Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާގެ ހޮސްޕިޓަލުތަކުގެ ޙާލަތު

ޣައްޒާ ޑޮކްޓަރުން މިހާރު އިސްކަންދެނީ ދިރިހުރުމުގެ ފުރުސަތު އެންމެ ބޮޑު ބަލިމީހުންނަށް: އޮފިޝަލުން

7 ފެބުރުއަރީ 2024 | ބުދަ 10:00

ޒަޚަމްވާ އެންމެންނަށް ފަރުވާދެވޭނެ ކެޕޭސިޓީއެއް މިހާރު ޣައްޒާގެ ހޮސްޕިޓަލުތަކުގައި ނެތް

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު | 7 ފެބުރުއަރީ 2024 | ބުދަ 10:00
އިސްރާއީލުން ދިން ވައިގެ ހަމަލާގައި ޒަހަމްވި ފަލަސްތީނުގެ އަންހެން ކުއްޖަކު ހޮސްޕިޓަލަށް ގެންދަނީ

އިސްރާއީލުން ދިން ވައިގެ ހަމަލާގައި ޒަހަމްވި ފަލަސްތީނުގެ އަންހެން ކުއްޖަކު ހޮސްޕިޓަލަށް ގެންދަނީ

ޣައްޒާ ހޮސްޕިޓަލުގައި ތިބި ޑޮކްޓަރުން މިހާރު އިސްކަންދޭން މަޖުބޫރުވެފައިވަނީ ދިރިހުރުމުގެ ފުރުސަތު އެންމެ ބޮޑު ބަލިމީހުންނަށް ކަމަށް ޣައްޒާގެ ސިއްހީ ދާއިރާގެ އޮފިޝަލުން ވިދާޅުވެއްޖެއެވެ.

ޣައްޒާގައި ހުންނަ ޔޫރަޕިއަން ޔޫނިއަންގެ ހޮސްޕިޓަލުގައި މަސައްކަތްކުރައްވާ ސީނިއާ ޑޮކްޓަރެއް އަލްޖަޒީރާއަށް ވިދާޅުވީ ޣައްޒާގެ ޔޫރަޕިއަން ހޮސްޕިޓަލުގައި މުވައްޒަފުންނާއި އިކުއިޕްމަންޓްތައް އެހާ މަދުވެފައިވުމުން މެޑިކަލް ޓީމުތަކުން ބަލައިގަންނަންވީ ކާކުކަމާމެދު ހިތާމަވެރި ނިންމުންތަކެއް ނިންމަން މަޖުބޫރުވެފައިވާ ކަމަށެވެ. 

ދެކުނުގެ ސިޓީއެއް ކަމަށްވާ ޚާން ޔުނިސްގައި ހުންނަ ޔޫރަޕިއަން ހޮސްޕިޓަލަކީ އެންމެ 240 މީހުންނަށް ހާއްސަ ކޮށްގެން ހަދާފައިވާ ހޮސްޕިޓަލެއް ނަމަވެސް މިހާރު ވެސް ގާތްގަނޑަކަށް 1،000 މީހުންނަށް ފަރުވާ ދެމުން އަންނަ އިރު، ގެދޮރު ގެއްލިފައިވާ އެތައް ބަޔަކު ވެސް އެ ހޮސްޕިޓަލުގެ ކޮރިޑޯތަކުގައި ހިޔާވަހިކަން ހޯދަމުން އަންނަ ކަމަށް އަލްޖަޒީރާގެ ރިޕޯޓްގައި ބުނެފައިވެއެވެ.

ޕްލާސްޓިކް ސާޖަން އަހްމަދު އަލް މުޚައްލަލާތީ ވިދާޅުވި ގޮތުގައި އެހޮސްޕިޓަލަށް ފަރުވާ ހޯދަން އަންނަ އެންމެންނަން ފަރުވާދެވޭ ވަރުގެ ކެޕޭސިޓީ ނެތުމުން ވަރަށް ގިނަމީހުންނަށް ފަރުވާ ނުދެވި އެ ހޮސްޕިޓަލުގައި އެބަތިއްބެވެ. އަދި ފަރުވާ ދިނުމުގައި ވަކިބަޔަކަށް އިސްކަން ދޭންޖެހޭތީ ކަންބޮޑުވާކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ މާނައަކީ ދިރިހުރުމުގެ ފުރުސަތު ބޮޑު އަދި ގޯސް ހާލަތެއްގައި ތިބި މީހުންނާއި، ވަރަށް ބޮޑަށް ފަރުވާ ބޭނުންވާ މީހުންނަށް ފަރުވާދިނުން އަވަސްކުރަން ހޮސްޕިޓަލުން މަސައްކަތްކުރާ ވާހަކަ ކަމަށެވެ.

ފޭޝަލް ސާޖަނެއް ކަމަށްވާ ތޭރް ދައިފައްލާ ވަނީ އެންމެ އަސާސީ އެއްޗެހި ވެސް މަދުވުމުގެ ޝަކުވާ ކޮށްފައެވެ.

އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 27،585 މީހުން ޝަހީދުކޮށް، 66،978 މީހުން ވަނީ ޒަޚަމްކޮށްލާފައެވެ.

އިސްރާއީލުން ދިން ޙަމަލާތަކުގެ ސަބަބުން ޣައްޒާގެ އާބާދީގެ 85 އިންސައްތަ މީހުން ކާބޯތަކެއްޗާއި ސާފު ފެނާއި ބޭހުގެ ދަތިކަން ބޮޑުވެ ގެދޮރު ގެއްލިފައިވާއިރު، އެންކްލޭވްގެ އިންފްރާސްޓްރަކްޗަރގެ 60 އިންސައްތަ ވަނީ ހަލާކުވެ ނުވަތަ ބޭނުން ނުކުރެވޭވަރުވެފައި ކަމަށް އދ.އިން ބުނެއެވެ.

އެންކްލޭވްގެ ގިނަ ހޮސްޕިޓަލުތައް ބަންދުކޮށްފައިވާއިރު، އޭގެ ތެރެއިން ބައެއް ހޮސްޕިޓަލުތަކަށް ސީދާ ހަމަލާދީ ނުވަތަ ރެއިޑްކޮށްފައިވާއިރު، އިސްރާއީލު ސިފައިން ގެންދަނީ އެ ތަންތާންގައި ފޯރިމަރަމުންނެވެ. އިސްރާއީލުން ބުނަނީ ހަމާސް އިން މިފަދަ ވަސީލަތްތައް ބޭނުންކުރަނީ އަސްކަރީ ބޭނުންތަކަށް ކަވަރުގެ ގޮތުގައި ކަމަށެވެ.

އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ރެޑްކްރޮސް އެންޑް ރެޑް ކްރެސެންޓް ސޮސައިޓީޒްގެ ތަރުޖަމާނު ޓޮމްމާސޯ ޑެލާ ލޯންގާ ވިދާޅުވީ ފާއިތުވި ހަފުތާތަކުގައި އެތައް ފަހަރެއްގެ މަތިން ގެއްލުން ލިބުނު އަލް އަމާލް ފަދަ ކައިރި ހޮސްޕިޓަލުތައް ހުޅުވާފައި ބެހެއްޓުމަށް ދަތިވެދާނެ ކަމަށެވެ.

އިތުރަށް ކިޔާލަން

05 ސެޕްޓެމްބަރު 2017

ޣައްޒާގެ މިލިއަނެއްހާ ކުދިން ތިބީ ދިރިނޫޅެވޭ ހާލަތެއްގައި ކަމަށް ސޭވް ދަ ޗިލްޑްރަންސްއިން ބުނެފި

05 ސެޕްޓެމްބަރު 2017
ޣައްޒާގެ މިލިއަނެއްހާ ކުދިން ތިބީ ދިރިނޫޅެވޭ ހާލަތެއްގައި ކަމަށް ސޭވް ދަ ޗިލްޑްރަންސްއިން ބުނެފި
26 އޯގަސްޓު 2017

ޓެކްސަސް އަށް އަރާފައިވާ ތޫފާން ހާވީގެ ބާރު މިހާރު ދަށްވެއްޖެ

26 އޯގަސްޓު 2017
ޓެކްސަސް އަށް އަރާފައިވާ ތޫފާން ހާވީގެ ބާރު މިހާރު ދަށްވެއްޖެ
11 އޯގަސްޓު 2017

ކެންޔާގެ ރިޔާސީ އިންތިޚާބު އެ ޤައުމުގެ މިހާރުގެ ރައީސް ކާމިޔާބު ކުރައްވައިފި

11 އޯގަސްޓު 2017
ކެންޔާގެ ރިޔާސީ އިންތިޚާބު އެ ޤައުމުގެ މިހާރުގެ ރައީސް ކާމިޔާބު ކުރައްވައިފި
21 ޖޫން 2017

ސައުދީގެ މިހާރުގެ ވަލީ އަހްދު މަގާމުން ދުރުކޮށް، ރަސްގެފާނުގެ ދަރިކަލުން މުހައްމަދު އެ މަގާމަށް އައްޔަން ކުރައްވައިފި

21 ޖޫން 2017
ސައުދީގެ މިހާރުގެ ވަލީ އަހްދު މަގާމުން ދުރުކޮށް، ރަސްގެފާނުގެ ދަރިކަލުން މުހައްމަދު އެ މަގާމަށް އައްޔަން ކުރައްވައިފި
13 ޖޫން 2017

އުތުރު ކޮރެއާގެ ނިއުކްލިއާ ޕްރޮގްރާމަކީ އެމެރިކާގެ ގައުމީ ސަަލާމަތަށް މިހާރުން މިހާރަށް ނުރައްކާވެފައިވާ އެންމެ ބޮޑު މައްސަލަ: ޖޭމްސް މެޓިސް

13 ޖޫން 2017
އުތުރު ކޮރެއާގެ ނިއުކްލިއާ ޕްރޮގްރާމަކީ އެމެރިކާގެ ގައުމީ ސަަލާމަތަށް މިހާރުން މިހާރަށް ނުރައްކާވެފައިވާ އެންމެ ބޮޑު މައްސަލަ: ޖޭމްސް މެޓިސް
12 ޖޫން 2017

ފްރާންސް އިންތިހާބު: މިހާރުގެ ރައީސް މެކްރޮންގެ ޕާޓީ އަށް ބޮޑު ކާމިޔާބެއް

12 ޖޫން 2017
ފްރާންސް އިންތިހާބު: މިހާރުގެ ރައީސް މެކްރޮންގެ ޕާޓީ އަށް ބޮޑު ކާމިޔާބެއް
09 ޖޫން 2017

އިނގިރޭސި ވިލާތުގެ އައު ސަރުކާރު އެކުލަވާލައްވާނީ މިހާރުގެ ބޮޑުވަޒީރު

09 ޖޫން 2017
އިނގިރޭސި ވިލާތުގެ އައު ސަރުކާރު އެކުލަވާލައްވާނީ މިހާރުގެ ބޮޑުވަޒީރު
21 މެއި 2017

ހަމާސްގެ އަސްކަރީ ކޮމާންޑަރު މަރާލި މައްސަލައިގައި ތިން މީހެއްގެ މައްޗަށް ޣައްޒާގެ ކޯޓަކުން މަރުގެ ހުކުމް އިއްވައިފި

21 މެއި 2017
ހަމާސްގެ އަސްކަރީ ކޮމާންޑަރު މަރާލި މައްސަލައިގައި ތިން މީހެއްގެ މައްޗަށް ޣައްޒާގެ ކޯޓަކުން މަރުގެ ހުކުމް އިއްވައިފި
20 މެއި 2017

އީރާނުގެ ރިޔާސީ އިންތިޚާބުގައި މިހާރުގެ ރައީީސް ހަސަން ރޫހާނީ ބޮޑުތަފާތަކުން ކުރި ހޯއްދަވައިފި

20 މެއި 2017
އީރާނުގެ ރިޔާސީ އިންތިޚާބުގައި މިހާރުގެ ރައީީސް ހަސަން ރޫހާނީ ބޮޑުތަފާތަކުން ކުރި ހޯއްދަވައިފި
10 މެއި 2017

އިންޑިއާގެ ޑޮކްޓަރުންނަށް މާޝަލް އާޓް ދަސްކޮށްދެނީ

10 މެއި 2017
އިންޑިއާގެ ޑޮކްޓަރުންނަށް މާޝަލް އާޓް ދަސްކޮށްދެނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް