Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސެނެގާލްގެ ރިޔާސީ އިންތިޚާބު ފަސްކުރުން

ސެނެގާލްގެ ރިޔާސީ އިންތިޚާބު ޑިސެމްބަރު މަހަށް ފަސްކޮށްފި

6 ފެބުރުއަރީ 2024 | އަންގާރަ 12:58

ޕާލަމެންޓުން ހަލަބޮލި މަންޒަރުތައް ފެނުމާއެކު، ވެރިރަށުގެ މަގުތަކުގައި ވަނީ ހަމަނުޖެހުންތަކެއް ހިނގާފައި

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު | 6 ފެބުރުއަރީ 2024 | އަންގާރަ 12:58
އިންތިޚާބު ފަސްކުރުމާ ގުޅިގެން އުފެދުނު ހަމަނުޖެހުންތަކުގެ ތެރެއިން

އިންތިޚާބު ފަސްކުރުމާ ގުޅިގެން އުފެދުނު ހަމަނުޖެހުންތަކުގެ ތެރެއިން

ސެނެގާލްގެ ރިޔާސީ އިންތިޚާބު ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހަށް ފަސްކުރުމަށް އެގައުމުގެ ގާނޫނު ހަދާ މަޖިލީހުން ހޯމަ ދުވަހު ފާސްކޮށްފިއެވެ.

މި ބިލް ފާސްކޮށްފައިވާއިރު، ފަހަކަށް އައިސް ސެނެގާލްގައި ޑިމޮކްރަސީ ނެތެމުންދާތީ، ބައިނަލްއަގުވާމީ ފެންވަރުގައި ވަނީ ހަމަނުޖެހުންތައް އުފެދިފައެވެ.

މި ބިލު ފާސްކޮށްފައިވަނީ އިދިކޮޅު ގިނަ މެމްބަރުންތަކެއް ސަލާމަތީ ބާރުތަކުން ޗެމްބަރުން ގަދަކަމުން ނެރުމަށްފަހު ނެގި ހަލަބޮލި ވޯޓަކުން، ގާތްގަނޑަކަށް އިއްތިފާގުންނެވެ. ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބު ފަސްކުރުމަށް ރައީސް މެކީ ސަލް ނިންމެވީ މިދިޔަ ހޮނިހިރު ދުވަހުއެވެ.

165 ގޮނޑީގެ ޗެމްބަރުގެ 105 މެމްބަރުންގެ ތާއީދާއެކު ހުށަހަޅާފައިވާ މި ބިލުގައި ސަލްގެ ދައުރު ވަރަށް ބޮޑަށް  އިތުރުކޮށްފައިވާއިރު، އެ މުއްދަތު އަންނަ އޭޕްރީލް މަހުގެ 2 ވަނަ ދުވަހު ހަމަވާނެއެވެ.

މިފިޔަވަޅުގެ ސަބަބުން ހަރުކަށި އިހުތިޖާޖުތަކެއް ފަށާފައިވާއިރު، ވެރިރަށް ޑަކަރްގެ މަގުތަކުގައި ހަމަނުޖެހުންތައް އިތުރުވަމުންދާ ދަނޑިވަޅެއްގައި، ކަމާބެހޭ ފަރާތްތަކުން ވަނީ ހޯމަ ދުވަހު މޮބައިލް އިންޓަނެޓް ބޭނުންކުރުން މަނާކޮށްފައެވެ.

މި ބިލަށް މެމްބަރުން ބަހުސް ކުރައްވަމުން ގެންދަވަނިކޮށް ސަލާމަތީ ބާރުތަކުން ވަނީ ގާނޫނު ހަދާ މަޖިލީހުގެ އިދާރާގެ ބޭރުގައި އެއްވެ ތިބި މީހުންނާ ދިމާއަށް ކަރުނަ ގޭސް ޖަހާފައެވެ. މަގުތަކަށް ނުކުމެ ޓަޔަރު ރޯކޮށް، ރައީސް ސަލްއަށް ފާޑުކިޔުމުން އެތައް ބަޔަކު ވަނީ ހައްޔަރުކޮށްފައެވެ.

ވޯޓުލުން ފަސްކުރަން ނިންމި ނިންމުން އިސްތިއުނާފު ކުރުމަށް އިދިކޮޅު ދެ ޕާޓީއަކުން ކޯޓަށް މިހާރުވަނީ ހުށަހަޅާފައެވެ.

ސެނެގާލްގައި މިފަދަ ބިލެއް ފާސްކޮށްފައިވާއިރު، މިއީ އެ ސަރަހައްދުގައި ހަމަނުޖެހުންތައް އިތުރުވެފައިވާ ދަނޑިވަޅެކެވެ. އެގޮތުން ނައިޖަރާއި ބުރްކީނާ ފާސޯއާއި މާލީގެ ބޯޑަރު ސަރަހައްދުގައި އޮންނަ ހުރިހާ ގައުމަކުން ވެސް ފާއިތުވި އަހަރުތަކުގައި ވަނީ އަސްކަރީ ޖަންޓާތަކުން ބާރުތައް އަތުލާފައެވެ.

ސެނެގާލްގައި ވެސް ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ސިޔާސީ ނުތަނަވަސްކަން ބޮޑުވެފައިވާއިރު، 2023 ވަނަ އަހަރުގެ ޖޫން މަހު އިދިކޮޅު ލީޑަރު އުސްމާނޭ ސޮންކޯގެ ސަޕޯޓަރުން ސަލާމަތީ ބާރުތަކާ ކުރިމަތިލުމުން ކަމާބެހޭ ފަރާތްތަކުން ވަނީ މޯބައިލް ފޯނުން އިންޓަނެޓްގެ ޚިދުމަތް ކަނޑާލާފައެވެ.

ސޮންކޯއަކީ މި މަހުގެ ތެރޭގައި ރިޔާސީ ކެންޑިޑޭޓުންގެ ފައިނަލް ލިސްޓުން ގޮނޑި ނުގެއްލޭ ކަމަށް އިލެކްޝަންސް އޮތޯރިޓީން ކަނޑައެޅި އިދިކޮޅު ދެ ލީޑަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.

ރައީސް ސަލް މީގެ ކުރިން ވަނީ ތިންވަނަ ދައުރަކަށް ކުރިމަތިނުލައްވާނެ ކަމަށް ވިދާޅުވެފައެވެ. ވޯޓު ފަސްކުރުމަށް ނިންމެވި ނިންމެވުން ޖަސްޓިފައި ކުރެއްވުމުގެ ގޮތުން އޭނާ ވަނީ ކެންޑިޑެސީއާ ގުޅޭގޮތުން މަޖިލީހާއި ޝަރުއީ ދާއިރާއާ ދެމެދު އުފެދިފައިވާ އިންތިޚާބީ ޚިޔާލު ތަފާތުވުންތަކަށް އިޝާރާތް ކުރައްވާފައެވެ.

އެފްރިކަން ޔޫނިއަނުން ބުނީ އެ ގައުމުގެ އިންތިޚާބު ލަސްކުރަން ހުށަހަޅާފައިވާކަން އެނގިފައިވާކަމަށާއި، ސެނެގާލްގެ ކަމާބެހޭ ފަރާތްތަކަށް ވީހާވެސް އަވަހަކަށް އިންތިޚާބު ބޭއްވުމަށް ގޮވާލާ ކަމަށެވެ.

މިދިޔަ އާދީއްތަ ދުވަހު މުޒާހަރާ ބްރޯޑްކާސްޓް ކުރުމުން ސިގްނަލް ކަނޑާލި ޕްރައިވެޓް ވޯލްފް ޓީވީ ނެޓްވޯރކުން ބުނީ އެ މީހުންގެ ބްރޯޑްކާސްޓިންގ ލައިސަންސް ބާތިލްކޮށްފައި ވާކަމަށެވެ.

މިކަމާ ގުޅިގެން، އެމްނެސްޓީ އިންޓަރނޭޝަނަލްގެ ހުޅަނގު އަދި މެދުތެރޭ އެފްރިކާގެ ސަރަހައްދީ އޮފީހުން ވަނީ ބަޔާނެއް ނެރެފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

08 މެއި 2017

ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި ފްރާންސްގެ އެންމެ ޒުވާން ރައީސްއަކަށް މެކްރޮން

08 މެއި 2017
 ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި ފްރާންސްގެ އެންމެ ޒުވާން ރައީސްއަކަށް މެކްރޮން
24 އެޕްރީލު 2017

ފްރާންސްގެ އިންތިޚާބު: މެކްރޮން އާއި މެރިން ލެ ޕެން ދެވަނަ ބުރަށް

24 އެޕްރީލު 2017
ފްރާންސްގެ އިންތިޚާބު: މެކްރޮން އާއި މެރިން ލެ ޕެން  ދެވަނަ ބުރަށް
23 އެޕްރީލު 2017

އަހުމަދީނިޖާދަށް އިންތިޚާބުގައި ވާދައެއް ނުކުރެއްވުނު

23 އެޕްރީލު 2017
އަހުމަދީނިޖާދަށް އިންތިޚާބުގައި ވާދައެއް ނުކުރެއްވުނު
19 އެޕްރީލު 2017

ޖޫން 8ގައިި އާއްމު އިންތިޚާބު ބޭއްވުމަށް ގާނޫނުހަދާ މަޖިލީހުން ތާއީދުކޮށްފި

19 އެޕްރީލު 2017
ޖޫން 8ގައިި އާއްމު އިންތިޚާބު ބޭއްވުމަށް ގާނޫނުހަދާ މަޖިލީހުން ތާއީދުކޮށްފި
03 އެޕްރީލު 2017

އިކުއެޑޯގެ ރިޔާސީ އިންޚާބުގެ ނަތީޖާ އަޅޮވާލާފައިވާ އިދިކޮޅު ފަރާތްތަކުން ބުނެފި

03 އެޕްރީލު 2017
އިކުއެޑޯގެ ރިޔާސީ އިންޚާބުގެ ނަތީޖާ އަޅޮވާލާފައިވާ އިދިކޮޅު ފަރާތްތަކުން ބުނެފި
02 އެޕްރީލު 2017

ތިން މަހަށްފަހު ބޮބް ޑިލަން ނޮބެލް އިނާމާ ހަވާލުވެއްޖެ

02 އެޕްރީލު 2017
ތިން މަހަށްފަހު ބޮބް ޑިލަން ނޮބެލް އިނާމާ ހަވާލުވެއްޖެ
11 މާރިޗު 2017

އިންޑިއާގެ ސްޓޭޓް ތަކުގެ އިންތިޚާބުގައި ބީޖޭޕީ ކުރީގައި

11 މާރިޗު 2017
އިންޑިއާގެ ސްޓޭޓް ތަކުގެ އިންތިޚާބުގައި ބީޖޭޕީ ކުރީގައި
04 މާރިޗު 2017

ފްރާންސްގެ ރިޔާސީ ކެންޑިޑޭޓް ފިއޮން ގެ ކެމްޕެއިން މެނޭޖަރު އިސްތިއުފާ ދެއްވައިފި

04 މާރިޗު 2017
ފްރާންސްގެ ރިޔާސީ ކެންޑިޑޭޓް ފިއޮން ގެ ކެމްޕެއިން މެނޭޖަރު އިސްތިއުފާ ދެއްވައިފި
01 ފެބުރުއަރީ 2017

ފަސްކުރެވުނު ފަލަސްތީނުގެ ލޯކަލް ކައުންސިލް އިންތިޚާބު މޭ 13 ގައި ބާއްވަނީ

01 ފެބުރުއަރީ 2017
ފަސްކުރެވުނު ފަލަސްތީނުގެ ލޯކަލް ކައުންސިލް އިންތިޚާބު މޭ 13 ގައި ބާއްވަނީ
07 ޖެނުއަރީ 2017

ގެމްބިގާގެ އިންތިޚާބު:ސަރުކާރާ ދެކޮޅު ދެ ރޭޑިއޯ ސްޓޭޝަނެއް ބަންދުކޮށްފި

07 ޖެނުއަރީ 2017
ގެމްބިގާގެ އިންތިޚާބު:ސަރުކާރާ ދެކޮޅު ދެ ރޭޑިއޯ ސްޓޭޝަނެއް ބަންދުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް