Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ދައުލަތުގެ ބެލުމުގެ ދަށުން ހިލޭ ހައްޖަށް ގެންދިއުނ

ދައުލަތުގެ ބެލުމުގެ ދަށުން ހިލޭ ހައްޖަށްދާ މީހުން ކަނޑައަޅާނީ ގުރުއަތުލުމަކުން

ކުރިޔަށް އޮތް 5 އަހަރުގެ ތެރޭގައި 1000 ފަގީރުން ދައުލަތުގެ މާލީ އެހީތެރިކަމުގައި ހައްޖަށް ފޮނުވޭނެ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 5 ފެބުރުއަރީ 2024 | ހޯމަ 16:20
ދިވެހި ޙައްޖުވެރިންތަކެއް

ދިވެހި ޙައްޖުވެރިންތަކެއް

ދައުލަތުގެ ބެލުމުގެ ދަށުން ހިލޭ ހައްޖަށް މީހުން ގެންދިއުމަށް ހައްޖަށް ފޮނުވާނެ މީހުން ކަނޑައަޅާނީ ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތަކުގެ މެދުގައި އާންމުކޮށް ހުޅުވައިލައިގެން ބާއްވާ ގުރުއަތުލުމަކުން ކަމަށް ދައުލަތުގެ ބެލުމުގެ ދަށުން ހިލޭ ފަރުޟުގައި ހައްޖަށް މީހުން ގެންދާނެ ގޮތުގެ އުސޫލުގައި ބުނެފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވައުދުތަކުގެ ތެރޭގައި، ދައުލަތުގެ ބެލުމުގެ ދަށުން، ފުދުންތެރިކަން ނެތް މީހުން ހިލޭ ފަރުޟު ހައްޖަށް ގެންދިއުން ހިމެނޭތީ، އެކަން ތަންފީޒުކުރުމަށް ޓަކައި، އިސްލާމިކް މިނިސްޓްރީގެ ބޭނުމަށް ރިޒާވްކުރާ ހައްޖު ކޯޓާއިން، "ފަޤީރުންނާއި މިސްކީނުންގެ ދަފުތަރު" ގައި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ފިޔަވަހިތަކަކަށް ބަހައިލައިގެން، ކަނޑައެޅޭ ވަކި އަދަދެއްގެ ބަޔަކަށް، ދައުލަތުގެ ބެލުމުގެ ދަށުން ހިލޭ ފަރުޟު ޙައްޖަށް ގެންދިއުމުގެ އިންތިޒާމުތައް ހަމަޖެއްސުމުގައި ޢަމަލުކުރާނެ އުސޫލުތަކާއި ހަމަތަކާއި މިންގަނޑުތައް ބަޔާންކުރާ އުސޫލު 04 ފެބްރުއަރީ 2024 ވަނީ ގެޒެޓްކޮށްފައެވެ.

Advertisement - newsAdvertisement

މި ސިޔާސަތުގެ ދަށުން ކުރިޔަށް އޮތް 5 އަހަރުގެ ތެރޭގައި 1000 ފަގީރުން ދައުލަތުގެ މާލީ އެހީތެރިކަމުގައި ހައްޖަށް ފޮނުވޭނެއެވެ. އެގޮތުން ފުރަތަމަ 50 ފަރާތަށް މި އަހަރު 1445 ވަނަ އަހަރު ހައްޖުގެ އަޅުކަމު ފުރުސަތު ލިބޭނެއެވެ.

މި އުސޫލުގެ ދަށުން ހައްޖަށް ފޮނުވާނެ މީހުން ކަނޑައަޅާނީ އިސްލާމިކް މިނިސްޓްރީން އެކުލަވާލައިފައިވާ ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކުގެ މެދުގައި އާންމުކޮށް ހުޅުވައިލައިގެން ބާއްވާ ގުރުއަތުލުމަކުންނެވެ.

މި އުސޫލުގެ ދަށުން ޖާގަ ލިބޭ ފަރާތްތައް ހައްޖަށް ދިއުމަށް ހަމަޖެހިފައިވަނީ، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް މެދުވެރިކޮށެވެ.

ހައްޖަށް ގެންދާ މީހުންނަށް ކޯޓާ ހަމަޖައްސާނީ، މިނިސްޓްރީގެ ބޭނުމަށް ރިޒާވްކުރާ ހައްޖު ކޯޓާގެ ތެރެއިން ކަމަށް އުސޫލުގައި ބުނެފައިވެއެވެ. އަދި ހައްޖު ކޯޕަރޭޝަންގެ ހައްޖު ކިއު ލިސްޓަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށްދާ މީހުންނަށް ހިލޭ ސާބަހަށް އެހީތެރިވެދޭ މީހުން ހޯދުމަށް ހައްޖު ކޯޕަރޭޝަނުން ވަނީ އިއުލާންކޮށްފައެވެ. އެ ކޯޕަރޭޝަނުން ބުނީ ހައްޖު ދަތުރުގައި ހިލޭ ސާބަހަށް މަސައްކަތް ކޮށްދޭން ހުށަހަޅާ މީހަކީ އަސާސީ ތައުލީމު ލިބިފައިވާ އަދި ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ ސިއްހަތު ރަނގަޅު މީހެއް ކަމަށް ވާންޖެހޭ ކަމަށެވެ.

މި މަސައްކަތްކޮށްދިނުމަށް އެދި ހުށަހަޅާ ފޯމު ހައްޖު ކޯޕަރޭޝަނުން އަދި ވެބްސައިޓުން ލިބޭނެއެވެ. މިމަސައްކަތް ކުރުމަށް ޝައުގުވެރިވާ މީހުން މިމަހުގެ 13 ވަނަ ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން ފޯމް ހުށަހަޅަންޖެހެއެވެ.

ހައްޖުހައްޖު ކޯޕަރޭޝަންއިސްލާމިކް މިނިސްޓްރީ

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮންޓްރެކްޓް ހަވާލުކުރި ފަރާތުން ބޭނުންވާ ގޮތަށް ކައުންސިލުން އަމަލު ނުކޮށްގެން، އިސްލާމިކް މިނިސްޓްރީން އެލްޖީއޭ އަށް މައްސަލަ ހުށަހަޅައިފި

ކޮންޓްރެކްޓް ހަވާލުކުރި ފަރާތުން ބޭނުންވާ ގޮތަށް ކައުންސިލުން އަމަލު ނުކޮށްގެން، އިސްލާމިކް މިނިސްޓްރީން އެލްޖީއޭ އަށް މައްސަލަ ހުށަހަޅައިފި

04 ޑިސެމްބަރު 2025
އެކަނިވެރި މައެއްގެ ޒާތީ މައުލޫމާތު ހާމަކުރެވުނީތީ ޝަހީމް މައާފަށް އެދިވަޑައިގެންފި

އެކަނިވެރި މައެއްގެ ޒާތީ މައުލޫމާތު ހާމަކުރެވުނީތީ ޝަހީމް މައާފަށް އެދިވަޑައިގެންފި

25 ނޮވެމްބަރު 2025
އައްޑޫ ސިޓީ ހިތަދޫ މިސްކިތުގައި ހުރި ގޮނޑިތަކާއި މުސްހަފުތަކަށް ގެއްލުންދީފި

އައްޑޫ ސިޓީ ހިތަދޫ މިސްކިތުގައި ހުރި ގޮނޑިތަކާއި މުސްހަފުތަކަށް ގެއްލުންދީފި

10 ނޮވެމްބަރު 2025
މި ސަރުކާރުގެ އެންމެ ބޮޑު ވަޤުފު ދެ މަޝްރޫއު އަށް ބީއެމްއެލުން ލޯނު ދޫ ކުރަނީ

މި ސަރުކާރުގެ އެންމެ ބޮޑު ވަޤުފު ދެ މަޝްރޫއު އަށް ބީއެމްއެލުން ލޯނު ދޫ ކުރަނީ

30 އޮކްޓޯބަރު 2025
ފްލެޓުތަކުގެ ކުލި ބޮޑު ކޮށް، އެޑްވާންސް ފައިސާ ނެގުމަށް ނިންމި މި ސަރުކާރުން، ޑައުންޕޭމަންޓު ނުދެއްކޭ 14 އާއިލާ އަކަށް ޒަކާތު ފަންޑުން ފައިސާ ދައްކާ ދެނީ

ފްލެޓުތަކުގެ ކުލި ބޮޑު ކޮށް، އެޑްވާންސް ފައިސާ ނެގުމަށް ނިންމި މި ސަރުކާރުން، ޑައުންޕޭމަންޓު ނުދެއްކޭ 14 އާއިލާ އަކަށް ޒަކާތު ފަންޑުން ފައިސާ ދައްކާ ދެނީ

30 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

1 ޖޫން
"އެންވަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ބިކަވެއްޖެ"
20251 އަހަރު ކުރިން
ރިޕޯޓު

"އެންވަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ބިކަވެއްޖެ"

އެމްޓީސީސީގެ 2024 ވަނަ އަހަރުގެ އާންމު ޖަލްސާ - ކުންފުނީގެ އަސާސީ އަދި ހިންގާ ޤަވައިދަށް އިސްލާހު ގެންނަން ހުށަހަޅަނީ
20242 އަހަރު ކުރިން
ރާއްޖެ

އެމްޓީސީސީގެ 2024 ވަނަ އަހަރުގެ އާންމު ޖަލްސާ - ކުންފުނީގެ އަސާސީ އަދި ހިންގާ ޤަވައިދަށް އިސްލާހު ގެންނަން ހުށަހަޅަނީ

މާލެއިން ދަތުރުކުރަމުންދިޔަ ދޯންޏެއްގައި ރޯވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

މާލެއިން ދަތުރުކުރަމުންދިޔަ ދޯންޏެއްގައި ރޯވެއްޖެ

13 ނަންބަރަށް ފައްކާކުރި ސިހުރާއި އަސޭލާގެ ވާހަކަ
20224 އަހަރު ކުރިން
ރިޕޯޓު

13 ނަންބަރަށް ފައްކާކުރި ސިހުރާއި އަސޭލާގެ ވާހަކަ

މައާފަށް އެދުމުން ފުދޭހެއްޔެވެ؟ އިހުމާލުން ތިޔަނަގާލީ މައުސޫމް ފުރާނައެކެވެ.
20215 އަހަރު ކުރިން
ރިޕޯޓު

މައާފަށް އެދުމުން ފުދޭހެއްޔެވެ؟ އިހުމާލުން ތިޔަނަގާލީ މައުސޫމް ފުރާނައެކެވެ.

ރައީސް ނަޝީދަށް 13 އަހަރުގެ ހުކުމް ކުރެއްވުމަށް ފަނޑިޔާރު އަބްދުﷲ ދީދީ އެއް މިލިއަން ޑޮލަރު ނެންގެވިކަމުގެ ތުހުމަތު!
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދަށް 13 އަހަރުގެ ހުކުމް ކުރެއްވުމަށް ފަނޑިޔާރު އަބްދުﷲ ދީދީ އެއް މިލިއަން ޑޮލަރު ނެންގެވިކަމުގެ ތުހުމަތު!

ޗައިނާގެ މުސްލިމުންނަށް ރޯދަ މަހު ރާ ބޯންދޭ ވީޑީއޯ!!!
20188 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ މުސްލިމުންނަށް ރޯދަ މަހު ރާ ބޯންދޭ ވީޑީއޯ!!!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު