ކ. މާލެ
|
5 ފެބްރުއަރީ 2024 | ހޯމަ 20:13
ޔޫއެންއާރްޑަބްލިއުއޭއާ ދެކޮޅަށް ޒަޔަނިސްޓުން ދަނީ ފުޅާދާއިރާއެއްގައި ދަތިކުރަމުން
ޔޫއެންއާރްޑަބްލިއުއޭއާ ދެކޮޅަށް ޒަޔަނިސްޓުން ދަނީ ފުޅާދާއިރާއެއްގައި ދަތިކުރަމުން
ރޮއިޓާސް
ޔޫއެންއާރްޑަބްލިއުއޭއަށް ދޭ މާލީ އެހީ ކަނޑާލުން
ޔޫއެންއާރްޑަބްލިއުއޭ އާ ދެކޮޅަށް ޒަޔަނިސްޓުން ހިންގާ ޖަރީމާތަކަކީ ޣައްޒާއާ ދެކޮޅަށް މުޅި ދުނިޔެއިން ހަނގުރާމަ ކުރަމުންދާ ކަމުގެ ހެއްކެއް!
 
ޔޫ.އެން.އާރް.ޑަބްލިއު.އޭ އަކީ ފަލަސްޠީނުގެ ސާބިތުކަން ވަރުގަދަކުރުމަށާއި، އެމެރިކާއާއި ޒަޔަނިސްޓް ވެރިންގެ ކުރިމަތީގައި ބޯނުލަނބާނެ އެޖެންސީއެއް

އދ.ގެ ރިލީފް އެންޑް ވޯކްސް އެޖެންސީ ފޮރ ފަލަސްތީން ރެފިއުޖީސް އިން ދަ ނިއަރ އީސްޓް (ޔޫ.އެން.އާރް.ޑަބްލިއު.އޭ)އަށް އެމެރިކާއާއި ހުޅަނގުގެ ބައިވެރިން ދޭ ފައިސާ މެދުކަނޑާލުމަކީ ހައިރާންވާވަރުގެ ކަމެއް ނޫނެވެ. އެއީ އެމެރިކާ، އިނގިރޭސިވިލާތް އަދި ޖަރުމަނުވިލާތް ނުވަތަ ކެނެޑާ، އޮސްޓްރޭލިއާ، އިޓަލީ، ޖަޕާން އަދި ނެދަލޭންޑްސް ފަދަ ގައުމުތަކުގެ ސިޔާސީ އަދި ލޮޖިސްޓިކް ސަޕޯޓެކެވެ.

ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގެ ދައުރުގައި އެމެރިކާއިން ވަނީ 2018 ވަނަ އަހަރު ޔޫއެންއާރްޑަބްލިއުއޭ އަށް ފަންޑުކުރުން ހުއްޓާލައި، 300 މިލިއަން ޑޮލަރު ބްލޮކްކޮށް، އެ އެޖެންސީން ފަލަސްތީނުގެ ރެފިއުޖީންގެ އަދަދު ހިސާބުކުރީ ގޯސްކޮށް ކަމަށާއި އޭގެ ތެރެއިން ގިނަ މީހުން ދިރިއުޅެނީ ހަމަޖެހުމާއި ތަނަވަސްކަން ލިބިފައިވާ އެހެން ގައުމުތަކުގައި ކަމަށް ބުނެފައެވެ.

މި ތުހުމަތު އައީ ސީދާ ޒަޔަނިސްޓުންގެ ރޭވުމުގެ ދަށުންނެވެ. އެހީދިނުން މެދު ކަނޑާލުމުގެ ހަގީގީ މަގްސަދަކީ ފަލަސްތީނާއި އަރަބީންނަށްޓަކައި ޓްރަމްޕް ތައްޔާރު ކުރެއްވި "ގަރުނުގެ އެއްބަސްވުމުގެ" ތެރެއިން ފަލަސްތީނުގެ ދަތުލަތެއް އެނބުރި އައުމުގެ ހައްގު އުވާލައި ފަލަސްތީނުގެ މަގުސަދު ގެއްލުވާލުމެވެ.

އޭގެ ފަހުން އަނެއްކާވެސް މިވަނީ ފަލަސްތީނުގެ ރެފިއުޖީންނަށް ހުޅަނގުގެ ގައުމުތަކުން އެމެރިކާވެސް ހިމެނޭގޮތުން ވެދެމުން އައި އެހީތައް މެދުކަނޑާލަފައިފައެވެ. މިފަހަރުގެ މެދުކަނޑާލުން ފަށާފައިވަނީ އިޒްރޭލުގެ މައްޗަށް ކުރާ ތުހުމަތުތަކުގެ މައްޗަށް ބިނާކޮށް، ބައިނަލްއަޤްވާމީ ކޯޓް އޮފް ޖަސްޓިސް އިން ނެރުނު ޙުކުމުގައި، އިސްރާއީލުން ޣައްޒާގައި މީހުން މެރުމުގެ ޢަމަލުތައް ހިންގަމުންދާކަމަށް އިޝާރާތްކުރި ދުވަހުއެވެ. މީގެ އިތުރުން އެ ހުކުމުގައި ޒަޔަނިސްޓް ދައުލަތަށް އެ ޖަރީމާ ތައް ހުއްޓުވައި، އިންސާނީ އެހީ އެއް މަސް ދުވަހުގެ ތެރޭގައި ޣައްޒާއަށް ވަނުމުގެ ހުއްދަ ދިނުމަށް ފިޔަވަޅުތައް އެޅުމަށް ވެސް ވަނީ ލާޒިމްކޮށްފައެވެ.

ޔޫ.އެން.އާރް.ޑަބްލިއު.އޭ ފަންޑިންގ ގެ މައްސަލަ އެމެރިކާއާއި ހުޅަނގުގެ ބައިވެރިން ބޭނުންކުރީ އެ ޙުކުމާއި އިސްރާއީލުން ޖަރީމާތައް ހިންގަމުންދާކަމަށް ކުރެވޭ ތުހުމަތުތަކުން ސަމާލުކަން އަނބުރާލުމަށްކަން އެނގެއެވެ. އަދި ރެފިއުޖީ ފައިލް އަބަދަށް ބަންދުކުރެވޭ ގޮތަށް އެ އެޖެންސީ ބަންދުކުރަން ވެސް ވަރަށް ބޮޑަށް އެދެއެވެ. މިއީ ބެންޖަމިން ނަތަންޔާހޫގެ އެތައް އަހަރެއް ވަންދެން އެދޭ އެދުމެކެވެ.

ފާއިތުވި ހަތަރު މަސް ދުވަހުގެ ތެރޭގައި ޔޫއެންއާރުޑަބްލިއުއޭ އިން ވަނީ ޣައްޒާ އާއި ހުޅަނގު އައްސޭރީގައި ޒަޔަނިސްޓުން ހިންގި ބޮޑެތި ހަނގުރާމައިގެ ޖަރީމާތަކުގެ ސަބަބުން ނަސްލީ ތަފާތުކުރުމުގެ ދައުލަތުގެ ތެރޭގައި ބިރުވެރިކަން އުފެދިފައެވެ. އެހެންކަމުން ޣައްޒާގައި ތިބި ޔޫއެންއާރްޑަބްލިއުއޭގެ 13،000 މުވައްޒަފުންގެ ތެރެއިން 12 މުވައްޒަފަކު އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ހަމާސްއާ ގުޅިފައިވާ ކަމަށް ބުނާ ވާހަކައެއްވެސް ވަނީ ފެންމަތި ކުރުވާފައެވެ. އެ އެޖެންސީން ވަނީ ނުވަ މީހަކު ވަގުތުން ބޭރުކޮށްލާފައެވެ.

ޔޫ.އެން.އާރު.ޑަބްލިއު.އޭ އުފެދުނީ ފަލަސްޠީނުގެ ބިން ފޭރިގަތްތާ އަހަރެއްހާ ދުވަސް ފަހުން އދ.ގެ ޢާންމު މަޖިލީހުގެ ޤަރާރު 302 ގައިވާ ގޮތުގެ މަތިން 8 ޑިސެމްބަރ 1949 ގައެވެ. އެޤައުމުގެ ރައްޔިތުންގެ ތެރެއިން 750،000 މީހުންނަކީ ނަސްލީ ގޮތުން ސީދާ ފަލަސްތީނަށް ނިސްބަތްވާ މީހުންނެވެ.

އޭގެފަހުން ފަލަސްޠީނުގެ ބިމުގައި ޒަޔަނިސްޓުން އެއުރެންގެ ދައުލަތް ޤާއިމުކުރިއެވެ. އެއީ ނަކްބާއެވެ. ޔޫއެންއާރުޑަބްލިއުއޭ އުފެއްދުމުގެ ފަހަތުގައި ވާ އދގެ އަމާޒާއި ފަލަސްތީނުން ބޭރުގައި ދިރިއުޅޭ މުޖުތަމައުތަކުގައި (އުރުދުން، ސީރިއާ އަދި ލުބުނާނުގެ ރެފިއުޖީ ކޭމްޕް) ރެފިއުޖީން ވަޒަންވެރިކުރުމުގެ މަޝްރޫއުތައް ހިންގުމަށް ކުރަމުންދާ މަސައްކަތްތަކާ މެދު ގިނަ ސުވާލުތަކެއް ވަނީ އުފެދިފައެވެ. މި މަޝްރޫއުތައް ނާކާމިޔާބުވީ އިސްރާއީލުގެ ވަޒަންވެރި-ކޮލޯނިއަލް ދައުލަތުގެ އަނިޔާވެރިކަމާ އެކުވެސް ފަލަސްތީނުގެ ބައެއް މީހުން އެމީހުންގެ ބިން ހިފަހައްޓައިގެން ތިބުމުންނެވެ.  1990 ގެ އަހަރުތަކުގައި އޮސްލޯ އެކޯޑްސް އަށް ފަހު މިފަދަ މަޝްރޫއުތައް އަލުން  ފެންމަތިވި ނަމަވެސް އަނެއްކާވެސް ނާކާމިޔާބުވީ އެ މީހުން "ސުލްހައިގެ މަރުހަލާ" ގެ ގޮތުގައި ސިފަކުރި ގޮތުގެ ސަބަބުންނެވެ.

ޒަޔަނިސްޓުންނަކީ ތާރީޚުގެ ފިލާވަޅުތައް ދަސްކުރާ ބައެއް ނޫނެވެ. އަދި ފަލަސްޠީނުގެ ސާބިތުކަމާއި، އެމީހުންގެ ބިމަށް އެމީހުންގެ ޢަޒުމާއި، އެމީހުންގެ ބިން ޒަޔަނިސްޓުންގެ އަތްދަށުން މިނިވަންކުރުމަށްޓަކައި ދެކޮޅު ހެދުމުގެ ޤާނޫނީ ޙައްޤުގެ މާނަވެސް އެމީހުންނަށް ނޭނގެއެވެ.

އެހެންނަމަވެސް، ފަލަސްޠީނުގެ ރެފިއުޖީންގެ ފަރާތުން ޔޫ.އެން.އާރު.ޑަބްލިއު.އޭ އިން ބޮޑު ދައުރެއް އަދާކޮށްފައިވާކަން އެއީ ޙަޤީޤަތެކެވެ. ޔޫ.އެން.އާރު.ޑަބްލިއު.އޭ އިން ފަލަސްޠީނުގެ ބިންތަކުގެ އެތެރެއާއި ބޭރުން ފަލަސްޠީނަށް ބޭނުންވާ ޒަރޫރީ ޚިދުމަތްތައް ފޯރުކޮށްދެއެވެ. އެހެންކަމުން ޑޮކްޓަރުންނާއި ނަރުހުންނާއި ޕެރަމެޑިކްސް ފަދަ މެޑިކަލް ސްޓާފުން ހިމެނޭ ގޮތަށް މެޑިކަލް ސްޓާފުން މަރާލައިގެން ނުވަތަ ހައްޔަރުކޮށްގެން ވިޔަސް ޔޫއެންއާރުޑަބްލިއުއޭގެ ކިބައިން ބަދަލު ހިފުމަށާއި އެ ކުންފުނީގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ކުރާ މަސައްކަތަށް މިނިވަން ދުނިޔެ އިން ގޮންޖަހަން ޖެހެއެވެ. އެގޮތުން ފާއިތުވި ހަތަރު މަސް ދުވަހުގެ ތެރޭގައި އިސްރާއީލުން ޣައްޒާގައި ޔޫއެންއާރްޑަބްލިއުއޭގެ 130 މުވައްޒަފަކު ވަނީ ޝަހީދުކޮށްލައިފައެވެ.

މިއީ ޔޫ.އެން.އާރް.ޑަބްލިއު.އޭ އުފެދުނީއްސުރެ ފަލަސްޠީނާއި އެޤައުމުގެ ރައްޔިތުންނާ ދެކޮޅަށް ބޮޑު ރޭވުމެއް ރާވާފައިވާކަމުގެ ރަމްޒެއް އަދި ހެއްކެކެވެ. މިއަދު އެމެރިކާ އާއި އެގައުމުގެ ބައިވެރިންގެ ތެރެއިން 15 ގައުމަކުން ޔޫއެންއާރްޑަބްލިއުއޭއަށް ދޭ ފައިސާ މެދުކަނޑާލާފައިވާއިރު، ރެފިއުޖީންގެ މައްސަލަ ލިކުއިޑޭޓްކޮށް، ފަލަސްތީނުގެ ހަތް މިލިއަނަށް ވުރެ ގިނަ މީހުންނަށް އެނބުރި އައުމުގެ ގާނޫނީ ހައްގު ނިގުޅައިގަތުމުގެ މަސައްކަތުގައި އެ މީހުން ދަނީ ބައިވެރިވަމުންނެވެ.

ޔޫ.އެން.އާރް.ޑަބްލިއު.އޭ އަކީ ފަލަސްޠީނުގެ ސާބިތުކަން ވަރުގަދަކުރުމަށާއި، އެމެރިކާއާއި ޒަޔަނިސްޓް ވެރިންގެ ކުރިމަތީގައި ބޯނުލަނބަން ދެކޮޅު ހެދުމުގައި އަސާސީ ދައުރެއް އަދާކޮށްފައިވާ ޖަމާޢަތެކެވެ. އެ އެޖެންސީއާ ދެކޮޅަށް ކުރާ ހަނގުރާމައަކީ ހަމައެކަނި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ކުރާ ނަސްލު ނައްތާލުމުގެ ހަނގުރާމައިގެ ބައެއް ކަމަށްވާއިރު، އެ އިދާރާ އުވާލަން ގޮވާލުމަކީ ފަލަސްތީނުގެ ރައްޔިތުން ބާރުވެރިކުރުވައި އެމީހުންގެ އެނބުރި އައުމުގެ ހައްގާއި އަމިއްލަ އިޚްތިޔާރާއި މިނިވަންކަމާއި މިނިވަންކަން ނިގުޅައިގަތުމަށް ގޮވާލުމުގެ ތެރެއިން ކުރާ ކަމެއް ކަން ވަރަށް ސާފުކޮށް އެނގެއެވެ.

އިސްރާއީލުގެ އަނިޔާވެރި ހަނގުރާމައިގެ މެޝިނުން ކިތަންމެ ގިނަ ބަޔަކު ޝަހީދުކޮށް ޒަޚަމްކޮށްލި ނަމަވެސް އަދި ސްކޫލްތަކާއި ހޮސްޕިޓަލްތައް ފަދަ މުހިންމު މަދަނީ އުމްރާނީ ވަސީލަތްތައް ހަލާކުވި ނަމަވެސް ފަލަސްތީނު ރައްޔިތުން ތިބީ އެމީހުންގެ ބިމުގައި ދެމިތިބުމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ރަފާ ސިޓީ އަށާއި ޖަބާލިއާ ރެފިއުޖީ ކޭމްޕަށް ހުއްޓުމެއް ނެތި އިޒްރޭލުން ހަމަލާ ދެނީ
އިޒްރޭލުން ގާޒާ ހިފުމަށް ފަހު ކަންކުރާނެ ގޮތުގެ ޕްލޭނަކާ މެދު ނަތަންޔާހޫގެ ކޯލިޝަން ކެބިނެޓް ގައި ނުތަނަވަސްކަން އިތުރު ވަނީ
އިޒްރޭލުން ހަމަލާދީ ގާޒާ އިން ވޭތުވެ ދިޔަ 24 ގަޑީއިރު ތެރޭ ފަލަސްތީނުގެ 83 މީހުން މަރާލައިފި
އިޒްރޭލުން ހިތުހުރި ގޮތަކަށް ފަލަސްތީނުގެ ރައްޔިތުން މަރަމުން ދާއިރު އިސްލާމީ ގައުމު ތަކުގެ ވެރިން ކޮބާ؟
އިންޑިއާގެ ބޮޑުވަޒީރު ކަމުގެ ތިންވަނަ ދައުރަކަށް މޯދީ ކުރައްވާ އުއްމީދު ހަގީގަތަކަށް ވެދާނެބާ؟
އިޒްރޭލްގެ އުދުވާން ކިތަންމެ ދިގުލައި ދިޔަޔަސް ހަމަލާތަކަށް ކުރިމަތި ލުމުގައި ދެމި ތިބޭނަން: ހަމާސް
އިޒްރޭލް ސަސްޕެންޑުކުރުމާ ގުޅޭގޮތުން ފީފާ އިން ޤާނޫނީ ލަފާ ހޯދަނީ
ރަފާ އަށް ދެމުންދާ ހަމަލާތައް ވަގުތުން ހުއްޓާލުމުގެ އަމުރަކަށް އެދި އދ ގެ ކޯޓަށް ހުށަހެޅި މައްސަލައިގައި އިޒްރޭލުން ދިފާއުގައި ވާހަކަ ދައްކައިފި