Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއަރ ލީގު

އެއް ވަނައިގައި އޮތް ލިވަޕޫލް ބަލިކޮށް، އާސެނަލްއިން ފަރަގު ކުޑަކޮށްފި

އާސެނަލް ލީގު ރޭހުގައި

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 5 ފެބުރުއަރީ 2024 | ހޯމަ 02:58
އާސެނަލްގެ ދެވަނަ ލަނޑަށްފަހު މާޓިނެލީއާއި ކައި ހަވަޓްޒް

އާސެނަލްގެ ދެވަނަ ލަނޑަށްފަހު މާޓިނެލީއާއި ކައި ހަވަޓްޒް

އިނގިރޭސި ޕްރިމިއަރ ލީގު ތާވަލްގެ އެއްވަނައިގައި އޮތް ލިވަޕޫލް ބަލިކޮށް, އާސެނަލް އިން ފަރަގު ކުޑަކޮށްފިއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗު ކާމިޔާބުކޮށް, އާސެނަލް ވަނީ ލީގު ތާވަލްގެ ދެވަނަ އަށް ޖެހިލާފައެވެ. މެޗު އާސެނަލް އިން ކާމިޔާބުކުރީ 3-1 ނެވެ. 14 ވަނަ މިނިޓްގައި އާސެނަލް އަށް ލީޑް ނަގައިދިނީ ސަކާ އެވެ. އެކަމަކު ފުރަތަމަ ހާފްގެ ފަހު މިނިޓްގައި ގަބްރިއަލް އަތުން ބައިކޮޅަށް ވަން ލަނޑުން ނަތީޖާ ހަމަހަމަ ވިއެވެ. އާސެނަލްއަށް ދެވަނަ ފަހަރަށް ކުރި ހޯދައިދިނީ ދެވަނަ ހާފްގައި މާޓިނެލީ އެވެ. އަދި ލީޑް ފުޅާކޮށް, މެޗުން މޮޅު ޔަގީންކޮށްދިނީ މެޗުގެ އިތުރު ވަގުތުގައި ޓްރޮސާޑް އެވެ. އާސެނަލް އިން ޖެހި ތިން ގޯލްގެ ތެރެއިން ދެ ގޯލް ވަނީ ކީޕަރު އެލިސަން ބެކާއަށް ހެދުނު ގޯހެއްގެ ސަބަބުންނެވެ. މިއީ މިސީޒަންގެ ލީގުގައި ލިވަޕޫލްގެ ދެވަނަ ބައްޔެވެ.

ލީގު ތާވަލްގެ އެއްވަނައިގައި ލިވަޕޫލް އޮތީ 23 މެޗުން 51 ޕޮއިންޓާ އެކުއެވެ. ދެވަނައިގައި އާސެނަލް އޮތީ 23 މެޗުން 49 ޕޮއިންޓާއެކު އެވެ. މިނަތީޖާއާއެކު އެންމެ ބޮޑު ހިތްހަމަ ޖެހުމެއް ލިބުނީ 21 މެޗުން 46 ޕޮއިންޓާއެކު އޮތް ޗެމްޕިއަން މެންޗެސްޓަރ ސިޓީ އަށެވެ. މެޗުގެ އަދަދު ހަމަކުރާއިރު އެއްވަނަ އަސް ޖެހިލުމުގެ ފުރުޞަތު ސިޓީއަށް އެބައޮތެވެ.

ޕްރިމިއަރ ލީގުއާސެނަލްލިވަޕޫލް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި

11 ޑިސެމްބަރު 2025
ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި
10 ޑިސެމްބަރު 2025

ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

10 ޑިސެމްބަރު 2025
ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް
09 ޑިސެމްބަރު 2025

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް
07 ޑިސެމްބަރު 2025

ޞަލާޙުގެ އަސަރު ގަދަ ވާހަކަ ތަކެއް، ސްލޮޓްއާ އެއްވެސް ގުޅުމެއް ނެތް

07 ޑިސެމްބަރު 2025
ޞަލާޙުގެ އަސަރު ގަދަ ވާހަކަ ތަކެއް، ސްލޮޓްއާ އެއްވެސް ގުޅުމެއް ނެތް
07 ޑިސެމްބަރު 2025

ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

07 ޑިސެމްބަރު 2025
ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު