Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިސްރާއީލާއި ހަމާސްގެ މަޝްވަރާތައް

ހަނގުރާމަ ހުއްޓާލުމަށް ކުރެވޭ މަޝްވަރާތަކުގައި ހަމާސްގެ ވެރިންގެ މެދުގައި ޚިޔާލުތަފާތުވުމެއް ނެތް: ހަމާސް

4 ފެބުރުއަރީ 2024 | އާދީއްތަ 09:09

އިސްރާއީލުން ބުނަނީ ޣައްޒާގައި އަދިވެސް 130 އަށް ވުރެ ގިނަ މީހުން ހައްޔަރު ކޮށްފައިވާ ކަމަށް

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު | 4 ފެބުރުއަރީ 2024 | އާދީއްތަ 09:09
ޣައްޒާގައި ހަނގުރާމަ ހުއްޓާލަން ހުށަހެޅި ހުށަހެޅުން ހަމާސްގެ އޮފިޝަލުން ދަނީ ދިރާސާ ކުރަމުން

ޣައްޒާގައި ހަނގުރާމަ ހުއްޓާލަން ހުށަހެޅި ހުށަހެޅުން ހަމާސްގެ އޮފިޝަލުން ދަނީ ދިރާސާ ކުރަމުން

ހަނގުރާމަ ހުއްޓާލުމަށް ހުށަހަޅާފައިވާ ކަރުދާހާމެދު ކުރެވޭ މަޝްވަރާތަކުގައި ހަމާސްގެ ވެރިންގެ މެދުގައި އެއްވެސް ޚިޔާލުފަތާތުވުމެއް ނެތް ކަމަށާއި، މަޝްވަރާތައް ކުރިއަށްދަނީ އޮމާންކަމާއެކުގައި ކަމަށް ހަމާސްއިން ބުނެފިއެވެ.

ހަމާސް އިން ބުނީ ޣައްޒާގެ ހަނގުރާމައިގެ މައްސަލާގައި އެތެރޭގެ ނުތަނަވަސްކަން އުފެދިފައިވާ ކަމަށް ދެކެވޭ ވާހަކަތަކަކީ އޮޅުވާލާފައިވާ ވާހަކަތަކެއް ކަމަށެވެ.

އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ހުއްޓުމަކަށް އަންނާނެ އެއްބަސްވުމާ މެދު އެ ޖަމާއަތުގެ ލީޑަރުންގެ މެދުގައި ހިޔާލު ތަފާތުވުންތަކެއް އުފެދިފައިވާ ކަމަށް ދެކެވޭ ވާހަކަތައް ހަމާސް އިން ދޮގުކޮށްފައިވާއިރު، އެ ޖަމާޢަތުގެ އޮފިޝަލުންނާ ހަވާލާދީ ވޯލް ސްޓްރީޓް ޖާނަލް އިން ބުނީ އިސްރާއީލާ އެކު ވެފައިވާ އެއްވެސް އެއްބަސްވުމެއްގައި އިތުރު ލުއިތަކެއް ދިނުމަށް އެދެވިދާނެތޯ ނުވަތަ ނޫންތޯ ފަލަސްތީނު ޖަމާއަތުގެ ލީޑަރުންގެ މެދުގައި އަދިވެސް ސްޓިކް ޕޮއިންޓްތަކެއް އެބަހުރި ކަމަށެވެ.

މަޝްވަރާ ޓީމުގައި ހިމެނިވަޑައިގަންނަވާ ހަމާސްގެ އިސް އޮފިޝަލަކު "ނިއު އަރަބް" އަށް ވިދާޅުވީ އެ ހަރަކާތުގެ ތެރޭގައި ހިޔާލު ތަފާތުވުންތަކެއް އުފެދިފައިވާ ކަމަށް ދެކެވޭ ވާހަކަތަކަކީ "ވިސްނައިގެން އޮޅުވާލައިގެން ފަތުރާ ވާހަކަތަކެއް" ކަމަށެވެ.

ނަން ހާމަނުކުރަން ބޭނުންވާ އޮފިޝަލް ވިދާޅުވީ އެ ޖަމާއަތުން އިއުތިރާޒުކުރާ އެއްބަސްވުމުގެ ބައެއް ޝަރުތުތައް އަދިވެސް ދިރާސާ ކުރަމުން އަންނަ ކަމަށެވެ.

ހަމާސް އިން މި ހަފުތާގެ ކުރީކޮޅު ބުނެފައި ވަނީ، ޣައްޒާގައި އެ ޖަމާއަތުން ހިފަހައްޓައިގެން ތިބި މީހުން ދޫކޮށްލުމާއި ހަނގުރާމަ ހުއްޓާލުމާ ބެހޭ އާ ހުށަހެޅުމެއް އެ ޖަމާއަތަށް ލިބިފައިވާ ކަމަށާއި އެހުށަހެޅުން ދިރާސާ ކުރަމުން އަންނަ ކަމަށެވެ.

އިސްރާއީލުން ބުނަނީ ޣައްޒާގައި އަދިވެސް 130 އަށް ވުރެ ގިނަ މީހުން ހައްޔަރު ކޮށްފައިވާ ކަމަށެވެ.

އިސްރާއީލުގެ ރަސްމީ ތަފާސް ހިސާބުތައް ދައްކާ ގޮތުން އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު އިސްރާއީލުގެ ދެކުނުގެ ސަރަހައްދަށް ހަމާސް އިން ދިން ކުއްލި ހަމަލާގައި ހަމާސް އިން ހައްޔަރުކޮށްފައިވާ 253 މީހުންގެ ތެރޭގައި އެ މީހުން ވެސް ހިމެނެއެވެ.

އިސްރާއީލާއި އެމެރިކާ އަދި މިސްރުގެ އިންޓެލިޖެންސް އިސްވެރިން ގަތަރުގެ ބޮޑުވަޒީރާ އެކު ޕެރިހުގައި ބޭއްވި މަޝްވަރާތަކަށް ފަހު ހަނގުރާމަ ހުއްޓާލަން ވަނީ ހުށަހަޅައިފައެވެ.

ހަމާސްގެ ވެރިޔާ އިސްމާއިލް ހަނިއްޔާ މިދިޔަ ބުރާސްފަތި ދުވަހު ގާހިރާއަށް ވަޑައިގެން އެއްބަސްވުމާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވިއިރު، މިއީ މަހަކަށް ވުރެ ގިނަ ދުވަސް ތެރޭގައި އޭނާ ކުރައްވާ ފުރަތަމަ އާންމު ދަތުރުފުޅެވެ.

ރިޕޯޓްތައް ބުނާ ގޮތުން މި ހުށަހެޅުއްވުމުގައިވާ ގޮތަށް ދެފަރާތުންވެސް އެބަސްވެއްޖެނަމަ ހަނގުރާމަ އަށް ހަ ހަފުތާގެ މެދުކެނޑުމެއް އަންނާނެއެވެ.

މި އެއްބަސްވުމުގެ ސަބަބުން އިސްރާއީލުގެ ހަނގުރާމައިގެ ކެބިނެޓްގެ ވަޒީރުންގެ މެދުގައި ވަނީ ހިޔާލު ތަފާތުވުންތަކެއް އުފެދިފައެވެ.

އިސްރާއީލުން އޮޕަރޭޝަން ފެށުމުގެ ކުރިން ކަނޑައަޅާފައިވާ އަމާޒަކީ ހަމާސް ހަލާކުކުރުން ކަމަށާއި އެ އަމާޒަށް ވާސިލްވަންދެން ހަނގުރާމަ ކުރިއަށް ގެންދިއުމަށް ބައެއް ވަޒީރުން ގެންދަވަނީ ބާރު އަޅުއްވަމުންނެވެ.

އިސްރާއީލުގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްގައި ވަޒީރުންނަށް އަންގާފައި ވަނީ މަޝްވަރާތައް އަދިވެސް އޮތީ ވަރަށް ކުރީ މަރުހަލާގައި ކަމަށާއި އަދި ވެސް އެއްބަސްވުމުގެ ޑްރާފްޓެއް ނެތް ކަމަށެވެ.

އިސްރާއީލުން ޣައްޒާއަށް ދިން ވައިގެ ހަމަލާތަކާއި އެއްގަމު ހަމަލާތަކުގައި އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން މިހާތަނަށް 27،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު އޭގެ ތެރޭގައި ގިނައީ އާންމުންނެވެ.

ޣައްޒާއިޒްރޭލްފަލަސްތީނު

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި
10 ޑިސެމްބަރު 2025

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!
09 ޑިސެމްބަރު 2025

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި
08 ޑިސެމްބަރު 2025

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް
08 ޑިސެމްބަރު 2025

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ
07 ޑިސެމްބަރު 2025

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި
06 ޑިސެމްބަރު 2025

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި
05 ޑިސެމްބަރު 2025

ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

05 ޑިސެމްބަރު 2025
ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި
01 ޑިސެމްބަރު 2025

ކޮރަޕްޝަންގެ ދައުވާ ތަކަށް ނަތަންޔާހޫ މާފު ދޭން އެދުމުން، އިސްރާއީލް ގައި މުޒާހަރާ ކޮށްފި

01 ޑިސެމްބަރު 2025
ކޮރަޕްޝަންގެ ދައުވާ ތަކަށް ނަތަންޔާހޫ މާފު ދޭން އެދުމުން، އިސްރާއީލް ގައި މުޒާހަރާ ކޮށްފި
30 ނޮވެމްބަރު 2025

ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

30 ނޮވެމްބަރު 2025
ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް