Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޤަތަރުގެ މައްސަލަ

ޝަރުތުތަކަކާއި އެކު ޤަތަރާ މަޝްވަރާއަށް ތައްޔާރު: ޤަތަރާއި ގުޅުން ކަނޑާލި ހަތަރު ގައުމެއް

ގަތަރާއި އެކު އޮންނަ ޑިޕްލޮމެޓިކް ގުޅުން ވަނީ އަރަބި ހަ ގައުމަކުން ކަނޑާލާފަ

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު, ރާއްޖެ އެމްވީ | 1 އޯގަސްޓު 2017 | އަންގާރަ 05:15
ޤަތަރަކީ މުއްސަނދި އަދި ދިރިއުޅުމުގެ ފެންވަރު މަތީ ގައުމެއް

ޤަތަރަކީ މުއްސަނދި އަދި ދިރިއުޅުމުގެ ފެންވަރު މަތީ ގައުމެއް

ޤަތަރަށް ކުރި ޑިމާންޑްތައް ގަބޫލްކުރާނަމަ އެ ގައުމާ އެކު މަޝްވަރާތައް ފަށަން ތައްޔާރަށް އޮތް ކަމަށް ޤަތަރާ ޑިޕްލޮމެޓިކް ގުޅުން ކަނޑާލި ހަތަރު ގައުމެއް ކަމުގައިވާ ސައުދީ އަރަބިއާ، މިސްރު، ޔޫއޭއީ އަދި ބަހްރައިން އިން ބުނެފިއެެވެ.

ގަތަރާއި ގުޅުން ކަނޑާލި ހަތަރު ގައުމެއް ފޮރިން މިނިސްޓަރުން ބަހްރައިންގެ ވެެރިރަށް މަނާމާގައި ގައި، ޤަތަރުގެ މައްސަލައާއި ބެހޭ ގޮތުން ބޭއްވި މަޝްވަރާއަށް ފަހު، މިހެން ބުނިއިރު ޤަތަރުގެ މައްސަލަ ހައްލުކުރަން އދ އިން އެހީތެރިވުމަށް ޤަތަރުގެ ފޮރިން މިނިސްޓަރު ޝެއިޚް މުހަންމަދު ބިން އަބްދުއްރަހްމާން އަލް ސާނީ ވަނީ ބުރާސްފަތި ދުވަހު ގޮވާލައްވާފައެވެ.

ޤަތަރުގެ ފޮރިން މިނިސްޓަރު މިހެން ވިިދާޅުވީ ޤަތަރުގެ މައްސަލައާއި ބެހޭގޮތުން އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް އާއި ބައްދަލު ކުރެއްވުމަށް ފަހު ރިޕޯޓަރުންނާއި ވާހަކަފުޅުދައްކަވަމުންނެވެ. ޤަތަރުގެ ފޮރިން މިނިސްޓަރު ވިދާޅުވީ ޤަތަރުގެ މައްސަލަ ހައްލު ކުރުމުގައި އދ. ގެ ސެކިއުރިޓީ ކައުންސިލާއި، ޖެނެރަލް އެސެމްބްލީ އަދި އދ. ގެ ހުރިހާ ގުނަވަންތަކުގެވެސް ރޯލެއް އެބައޮތް ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ ގަތަރުން މައްސަލަތައް ހައްލުކުރަން އެތައް ފަހަރަކު ބުނެފި ކަމަށާއި މަޝްވަރާގެ މަތިން ކަންކަން ހައްލު ކުރުމަށް ޤަތަރުން ބޭނުންވާ ކަމަށެވެ. ޤަތަރުގެ ފޮރިން މިނިސްޓަރު ޝެއިޚް މުހަންމަދު ބިން އަބްދުއްރަހްމާން އަލް ސާނީ ބުރާސްފަތި ދުވަހު ވިދާޅުވީ ޤަތަރާއި އެކު އޮންނަ ގުޅުން، އެއްގަމު، ވައި، އަދި ކަނޑު މަގުން ކަނޑާލި ގައުމުތަކުން ބައިނަލް އަގްވާމި ގާނޫނުތަކާ ހިލާފުވެފައިވާ ކަމަށާއި އަދި އެގައުމުތަކުން "ގޮތްދޫނުކުރުން" ދައްކަމުން ދާ ކަމަށާއި މައްސަަލަ ހައްލުކުރުމަށް އެއްވެސް ފިޔަވަޅެއްވެސް ނާޅާ ކަމަށެވެ.

ޤަތަރާއި ގުޅުން ކަނޑާލި ހަތަރު ގައުމެއް ފޮރިން މިނިސްޓަރުން ބަހްރައިންގެ ވެެރިރަށް މަނާމާގައި އާދީއްތަ ދުވަހު ބޭއްވި ބައްދަލު ކުރެއްވުމަށްފަހު ދެއްވި ޖޮއިންޓް ނިއުސް ކޮންފަރެެންސްއެއްގައި ބަހްރައިންގެ ފޮރިން މިނިސްޓަރު، ޝެއިޚް ހާލިދް ބިން އަލް-ހަލީފާ ވިދާޅުވީ އެ ހަތަރު ގައުމުން ކޮށްފައިވާ ތޭރަ ޑިމާންޑްތަކަށް ބޯލަނބާ، އެހެން ގައުމުތަކުގެ ދާހިލީ ކަންކަމަަށް ނުފޫޒު ނުފޯރުވާ އަދި ޓެރަރިޒަމަށް ފަންޑުކުރުން ހުއްޓާލުމަށް ނިންމައިފިނަމަ މަޝްވަރާއަށް ތައްޔާރު ކަމަށެވެ.

ސައުދީ އަރަބިއާ، މިސްރު، ޔޫއޭއީ އަދި ބަހްރައިން އިން ގަތަރަށް 13 ޑިމާންޑެއް ކޮށްފައިވާއިރު އޭގެތެރޭގައި ގަތަރުން މުސްލިމް ބްރަދާހޫޑަށް ވާގިވެރިވުން ހުއްޓާލުމާއި، އަލް ޖަޒީރާ ޓީވީ ޗެނަލް ބަންދު ކުރުމާއި އިރާނާއި އެކު އޮންނަ ގުޅުން ކުޑަ ކުރުން ފަދަ ޑިމާންޑްތައް ހިމެނެއެވެ.

ޤަތަރުން ޓެރަރިޒަމަށް ހިތްވަރު ދޭ ކަމަށް ބުނެ ޤަތަރާ އޮންނަ ޑިޕްލޮމިޓިކް ގުޅުން އަރަބި ހަ ގައުމަކުން ވަނީ ކަނޑާލާފައެވެ. އެ ގައުމުތަކަކީ ސައުދީ އަރަބިއާ، ޔޫއޭއީ، މިސްރު، ބަހްރައިން, ޔަމަން އަދި ލީބިއާއެވެ. ގަތަރާ މެދު ކުރެވޭ އެންމެހާ ތުހުމަތުތައް ގަތަރުން ދޮގު ކުރަމުންނެވެ. ޑިޕްލޮމެޓިކް ގުޅުން ކަނޑާލި ގައުމުތަކުން ދަނީ ގަތަރަށް އެކި ގޮތްގޮތުން ފިއްތުންތައް ކުރިމަތި ކުރަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގަތަރުން އީރާނާ އެކު ބާއްވާ ހުރިހާ ގުޅުމެއް ކަނޑާލާން ޖެހޭ: ބަހުރެއިން

ގަތަރުން އީރާނާ އެކު ބާއްވާ ހުރިހާ ގުޅުމެއް ކަނޑާލާން ޖެހޭ: ބަހުރެއިން

08 ޖޫން 2017
ތުރުކީގެ ފައުޖުތައް ގަތަރައް ފޮނުވުމަށް ތައްޔާރުވަނީ!

ތުރުކީގެ ފައުޖުތައް ގަތަރައް ފޮނުވުމަށް ތައްޔާރުވަނީ!

07 ޖޫން 2017
ގަތަރުގެ މައްސަލަ: ގަތަރުން މަޝްވަރާއަށް ތައްޔާރު ކަމަށް ބުނެފި

ގަތަރުގެ މައްސަލަ: ގަތަރުން މަޝްވަރާއަށް ތައްޔާރު ކަމަށް ބުނެފި

06 ޖޫން 2017
އެމެރިކާ އިން ކާމިޔާބުކަމާ އެކު މިސައިލް ޑިފެންސް ސިސްޓަމެއް ޓެސްޓްކޮށްފި

އެމެރިކާ އިން ކާމިޔާބުކަމާ އެކު މިސައިލް ޑިފެންސް ސިސްޓަމެއް ޓެސްޓްކޮށްފި

31 މެއި 2017
މިސައިލް ޓެސްޓާ އެކު އުތުރު ކޮރެއާގެ އިތުރު އިންޒާރެއް އެމެރިކާއަށް

މިސައިލް ޓެސްޓާ އެކު އުތުރު ކޮރެއާގެ އިތުރު އިންޒާރެއް އެމެރިކާއަށް

15 މެއި 2017

އަހަރުތަކުން މިއަދު

23 އެޕްރީލު
ރައުދު ހައްޔަރުކުރީ ޔުމްނު ވައްޓާލުމުގެ އަތެއް އޮވެގެން
20251 އަހަރު ކުރިން
ރާއްޖެ

ރައުދު ހައްޔަރުކުރީ ޔުމްނު ވައްޓާލުމުގެ އަތެއް އޮވެގެން

އިސްރާއިލުން ދެން އީރާނަށް ހަމަލާދީފިނަމަ އެ"ޒަޔަނިސްޓް ރެޖީމް" އެއްކޮށް ނައްތާލާނަން: އިބްރާހީމް ރައީސީ
20242 އަހަރު ކުރިން
ދުނިޔެ

އިސްރާއިލުން ދެން އީރާނަށް ހަމަލާދީފިނަމަ އެ"ޒަޔަނިސްޓް ރެޖީމް" އެއްކޮށް ނައްތާލާނަން: އިބްރާހީމް ރައީސީ

އާސެނަލްގެ ކުޅުންތެރިން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ
20233 އަހަރު ކުރިން
ކުޅިވަރު

އާސެނަލްގެ ކުޅުންތެރިން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ

ލަމްހާގެ ބަންދު މުރާޖައާގައި އޭނާ: "މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ"
20224 އަހަރު ކުރިން
ރާއްޖެ

ލަމްހާގެ ބަންދު މުރާޖައާގައި އޭނާ: "މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ"

ކޮވިޑުގެ ރެކޯޑު އިންޑިޔާއަށް: މުޅި ގައުމު ރޮނީ އޮކްސިޖަން ނުލިބިގެން
20215 އަހަރު ކުރިން
ރިޕޯޓު

ކޮވިޑުގެ ރެކޯޑު އިންޑިޔާއަށް: މުޅި ގައުމު ރޮނީ އޮކްސިޖަން ނުލިބިގެން

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
20197 އަހަރު ކުރިން
ރިޕޯޓު

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ
20188 އަހަރު ކުރިން
ރިޕޯޓު

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު