Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެގަތަރުގެ މައްސަލަ

ގަތަރުގެ މައްސަލަ: ގަތަރުން މަޝްވަރާއަށް ތައްޔާރު ކަމަށް ބުނެފި

ކުވައިތް އިން ވަނީ މަޝްވަރާތަކުގައި މެެދުވެރިއެއްގެ ރޯލް އަދާ ކުރުމަށް ހުށަހަޅާފަ

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 6 ޖޫން 2017 | އަންގާރަ 14:50
ގަތަރަކީ ތެލުގެ މުއްސަނދިކަން ލިބިފައިވާ ގައުމެއް

ގަތަރަކީ ތެލުގެ މުއްސަނދިކަން ލިބިފައިވާ ގައުމެއް

އަރަބި ހަ ގައުމަކުން ގަތަރާއި ގުޅުން ކަނޑާލުމާ ގުޅިގެން ގަލްފުގެ މަޝްރަހު ހަަލަބޮލިވެފައިވާއިރު، މަޝްވަރާ ކުރުމަށް ތައްޔާރު ކަމަށް ގަތަރުން ބުނެފިއެވެ.

ގަތަރުން ޓެރަރިޒަމަށް ހިތްވަރު ދޭ ކަމަށް ބުނެ ގަތަރާއި އޮންނަ ޑިޕްލޮމިޓިކް ގުޅުން އަރަބި ހަ ގައުމަކުން ހޯމަ ދުވަހު ކަނޑާލައިފައިވާ އިރު އެ ހަ ގައުމަކީ ސައުދީ އަރަބިއްޔާ، ޔޫއޭއީ، މިސްރު، ބަހްރައިން, ޔަމަން އަދި ލީބިޔާ އެވެ. ސައުދީ އަދި ޔޫއޭއީ ހިމެނޭގޮތުން އެގައުމުތަކުގެ ވައިގެ ސަރަހައްދު އެގައުމުތަކުން ވަނީ ގަތަރަށް ބަންދުކޮށްފައެވެ.

ގަތަރާއި ގުޅުން ކަނޑާނުލާ އަރަބި ގައުމެއް ކަމަށްވާ، ކުވައިތް އިން ވަނީ މަޝްވަރާތަކުގައި މެެދުވެރިއެއްގެ ރޯލް އަދާ ކުރުމަށް ހުށަހަޅާފައެވެ. ގަތަރުން ބުނެފައި ވަނީ ގަަތަރުން މަޝްވަރާތައް އަޑުއަހަން ތައްޔާރު ކަމަށެވެ.

އަލްޖަޒީރާ އަށް ދެއްވި އިންޓަވިއުއެއްގައި ގަތަރުގެ ފޮރިން މިނިސްޓަރު ވިދާޅުވީ ކުވައިތުގެ އަމީރު އަންގާރަ ދުވަހު މަޝްވަރާއަށް ސައުދީ އަށް ވަޑައިގަންނަވާނެ ކަމަށެވެ. ޝެއިޚް މުހަންމަދު ބިން އަބްދުލްރަހްމާން އަލް-ސާނީ އަލްޖަޒީރާ އަށް ވިދާޅުވީ ގަތަރު ބޭނުން ވަނީ "ހުޅިވިފައިވާ އަދި ތެދުވެރި" މަޝްވަރާއެއް ކަމަށެވެ.

ސައުދީ، ޔޫއޭއީ އަދި ބަހްރައިންގައި ތިބި ގަތަރުގެ ރައްޔަތުން އެގައުމުތައް ދޫކޮށްދާން ވަނީ ދެ ހަފްތާގެ މުހުލަތެއް ދީފައެވެ.

ގަތަރު ގަޑިން އަންގާރަ ދުވަހު ހެނދުނުން ފެށިގެން ގަލްފް ސަރަހައްދުގެ ވައިގެ ދަތުރުފަތުރަށް ވަނީ ބުރޫއަރާފައެވެ. ގަތަރުގެ ވެރިރަށް ދޯހާ އަކީ ބައިނަލްއަގްވާމީ ފްލައިޓްތައް ގުޅުވާލަދޭ މައި ހަބެކެވެ.

ސައުދީ، ބަހްރައިން އަދި ޔޫއޭއީ އިން ވަނީ ގަތަރާ އެކު އޮންނަ ވައި، އެއްގަމު އަދި ކަނޑު މަގުގެ ދަތުރުފަަތުރުތައް ބަންދުކޮށްފައެވެ. ޔޫއޭއީ އަދި މިސްރުން ވަނީ ގަތަރުގެ ޑިޕްލޮމެޓުން އެގައުމުތައް ދޫކޮށްދާން 48 ގަނޑިއިރުގެ މުހުލަތެއް ދީފައެވެ. ސައުދީން ވަނީ ގަތަރުގެ ދައުލަތުން ފަންޑު ކުރާ ގަތަރުގެ އަލް ޖަޒީރާގެ އޮފީހެއް ބަންދުކޮށްފައެވެ.

ގަތަރާއެކު އޮންނަ ގުޅުން ބައެއް އަރަބި ގައުމުތަކުން ކަނޑާލުމާއި ގުޅިގެން، ގަތަރުގެ ފޮރިން މިނިސްޓްރީން ބުނީ ގަތަރާމެދު އެ ގައުމުތަކުން ކަންކުރި ގޮތަކީ އެގައުމުތަކަށް މަގްބޫލު ސަބަބެއް ދެއްކޭނެ ކަމެއް ނޫން ކަމަށާއި އަދި ގަަތަރާއި މެދު ދައްކާ ވާހަކަތަކަކީ ހަގީގަތާ ހިލާފު އަދި ހީތަކެއްގެ މައްޗަށް ދައްކާ ވާހަކަތަކެއް ކަަމަށެވެ. ގަަތަރުގެ ބަޔާނުގައި އިތުރަށް ބުނީ މިހާރު ހިނގާ ކަންކަމުން ދޭހަވެގެން ދަނީ ގަތަރުގެ ދައުލަތް ނިކަމެތިކޮށްލަން މަސައްކަތް ކުރާ ކަން ކަމަށެވެ.

.

އިތުރަށް ކިޔާލަން

07 މާރިޗު 2017

ސިހުރުހަދަން ކުޑަކުއްޖަކު މެރި މައްސަލައިގައި ތިން މީހުން ހައްޔަރުކޮށްފި

07 މާރިޗު 2017
ސިހުރުހަދަން ކުޑަކުއްޖަކު މެރި މައްސަލައިގައި ތިން މީހުން ހައްޔަރުކޮށްފި
03 މާރިޗު 2017

މުޒާހިރީން މެރި މައްސަލަ މުބާރަކްގެ މައްޗަށް ސާބިތެއް ނުވި

03 މާރިޗު 2017
މުޒާހިރީން މެރި މައްސަލަ މުބާރަކްގެ މައްޗަށް ސާބިތެއް ނުވި
28 ފެބުރުއަރީ 2017

ރަހީނެއްގެ ބޯ ބުރިކުރި މައްސަލައިގައި ރައީސް ޑުޓާޓޭ މަޢާފަށް އެދިވަޑައިގެންފި

28 ފެބުރުއަރީ 2017
ރަހީނެއްގެ ބޯ ބުރިކުރި މައްސަލައިގައި ރައީސް ޑުޓާޓޭ މަޢާފަށް އެދިވަޑައިގެންފި
25 ފެބުރުއަރީ 2017

ޕާކިސްތާނު މަތިންދާ ބޯޓަކަށް ގޮނޑިއަށް ވުރެ ގިނައިން ފަސިންޖަރުން އެރުވި މައްސަލަ ބަލަނީ

25 ފެބުރުއަރީ 2017
ޕާކިސްތާނު މަތިންދާ ބޯޓަކަށް ގޮނޑިއަށް ވުރެ ގިނައިން ފަސިންޖަރުން އެރުވި މައްސަލަ ބަލަނީ
24 ފެބުރުއަރީ 2017

ޑްރަގް ހަނގުރާމަ އާއި ދެކޮޅު ސެނެޓަރު ވެސް ޑްރަގް މައްސަލައިގައި ހައްޔަރުކޮށްފި

24 ފެބުރުއަރީ 2017
ޑްރަގް ހަނގުރާމަ އާއި ދެކޮޅު ސެނެޓަރު ވެސް ޑްރަގް މައްސަލައިގައި ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު