Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކްރިސްޓިއާނޯ ރޮނާލްޑޯ

ޓެކްސް އަށް މަކަރުހަދާ އޮޅުވާލުމުގެ ދައުވާއާ ގުޅިގެން ރޮނާލްޑޯ ކޯޓަށް

މައްސަލައާ ގުޅިގެން ރޮނާލްޑޯގެ ފަރާތުން ކޯޓަށް ބަޔާނެއް ވަނީ ހުށަހަޅާފައި

ލީވާން އަލީ
ލީވާން އަލީ | 1 އޯގަސްޓު 2017 | އަންގާރަ 03:32
ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ

ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ

ޓެކްސް އަށް މަކަރުހަދާ އޮޅުވާލުމުގެ ދައުވާއާ ގުޅިގެން ރެއާލް މެޑްރިޑްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ކޯޓަށް ހާޒިރުވެއްޖެ އެވެ.

މި މައްސަލާގައި ރޮނާލްޑޯ ކޯޓަށް ހާޒިރުވެފައިވާއިރު، މި ދައުވާގެ ފުރަތަމަ އަޑުއެހުމުގައި މި މައްސަލައާ ގުޅިގެން ރޮނާލްޑޯގެ ފަރާތުން ކޯޓަށް ބަޔާނެއް ވަނީ ހުށަހަޅާފައެވެ. ސްޕެއިންގެ ޓެކްސް އޭޖެންސީ (އޭއީއޭޓީ) އިން ތައްޔާރުކޮށްފައިވާ ރިޕޯޓަކަށް ބިނާކޮށް ސްޕެއިނުގެ ޕްރޮސެކިއުޓާއިން ވަނީ ދާދި ފަހުން، 14.7 މިލިއަން ޔޫރޯގެ ޓެކްސްއަށް ރޮނާލްޑޯ މަކަރު ހަދާފައިވާ ކަމަށް ބުނެ މައްސަލައެއް ފެންމަތިކޮށްފައެވެ. އެގޮތުން އެގައުމުގެ ޕްރޮސެކިއުޓާއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ރޮނާލްޑޯގެ އިމޭޖް ރައިޓްސްއަށް ލިބޭ އާމްދަނީ ސިއްރުކުރުމުގެ ގޮތުން، 2010 ވަނަ އަހަރު އޭނާ ވިޔަފާރިތަކެއް އުފައްދާފައިވާ ކަމަށެވެ.

ނަމަވެސް މިކަމާ ގުޅިގެން ރޮނާލްޑޯ ނެރުނު ބަޔާނުގައި ބުނެފައި ވަނީ، އޭނާގެ ކުންފުނި ޓްރޮލިންއަކީ، މަކަރުހަދާ އޮޅުވާލުމަށް އުފައްދާފައިވާ ކުންފުންޏެއް ނޫން ކަމަށާއި، އެކުންފުންޏަކީ މާ ކުރިން ވެސް އޭނާގެ 100 އިންސައްތަ ހިއްސާ އޮންނަ ކުންފުންޏެއް ކަމަށެވެ. އަދި އެއްވެސް ކުންފުންޏެއް މެދުވެރިކޮށް އެފަދަ ކަމެއް ކޮށްފައި ނުވާނެ ކަމަށް ވެސް ރޮނާލްޑޯ ވަނީ ބުނެފައެވެ.

މި ތުހުމަތުތަކާ ގުޅިގެން އެކަމާ ހިތްހަމަނުޖެހިގެން އެންމެ ފަހުން ސްޕެއިން ދޫކޮށް ދިއުމަށް ރޮނާލްޑޯ ނިންމާފައިވާ ކަމަށް ޕޯޗުގަލްގެ މީޑިއާތަކުން މީގެ ކުރިން ވަނީ ރިޕޯޓުކޮށްފައެވެ. އެހެންނަމަވެސް ރެއާލް މެޑްރިޑްގައި މަޑުކުރާނެ ކަމުގެ ޔަގީންކަން ރޮނާލްޑޯ ވަނީ ދާދި ފަހުން ދީފައެވެ.

ރޮނާލްޑޯ އާއި އެންމެ ވާދަވެރި ކުޅުންތެރިޔާ ކަމަށްވާ ލިއޮނެލް މެސީގެ މައްޗަށް ވެސް ވަނީ ދާދި ފަހުން 4.1 މިލިއަން ޔޫރޯގެ ޓެކްސްއަށް މަކަރުހަދާފައިވާ ކަމަށް ބުނާ މައްސަލައެއް ސާބިތުވެފައެވެ. މި މައްސަލާގައި އޭނާގެ މައްޗަށް 21 މަސްދުވަހުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ. ނަމަވެސް މި މައްސަލާގައި މެސީ އަދި އެންމެ ދުވަހެއް ވެސް ޖަލުގައި ހޭދަކޮށްފައެއް ނުވެއެވެ.

ސްޕެއިންގެ ގާނޫނުގައި ވާގޮތުން، ޖޫރިމަނާ ފައިސާ ދައްކައި، އަދި މިނޫން ވެސް ކަންތައްތަކެއް ފުރިހަމަ ކުރުމުން ޕްރޮބޭޝަންގެ މުއްދަތެއް ކަނޑައަޅާނެއެވެ. އަދި މި މުއްދަތުގައި އިތުރު ކުށެއް ނުކުރާ ނަމަ ޖަލަށް ނުގޮސް ސަލާމަތް ވެވޭނެ އެވެ.

އިތުރަށް ކިޔާލަން

29 ނޮވެމްބަރު 2017

ޓެކްސްއަށް މަކަރު ހެދިކަމަށް މާސެލޯ އެއްބަސްވެއްޖެ

29 ނޮވެމްބަރު 2017
ޓެކްސްއަށް މަކަރު ހެދިކަމަށް މާސެލޯ އެއްބަސްވެއްޖެ
04 ނޮވެމްބަރު 2017

ޓެކްސްއަށް މަކަރެއް ނަހަދަން: މޮރީނިއޯ

04 ނޮވެމްބަރު 2017
ޓެކްސްއަށް މަކަރެއް ނަހަދަން: މޮރީނިއޯ
21 އޮކްޓޯބަރު 2017

ޓެކްސް އަށް މަކަރު ހެދިކަމުގެ ކުށް ނޭމާގެ މައްޗަށް ސާބިތުވެއްޖެ

21 އޮކްޓޯބަރު 2017
ޓެކްސް އަށް މަކަރު ހެދިކަމުގެ ކުށް ނޭމާގެ މައްޗަށް ސާބިތުވެއްޖެ
18 އޮކްޓޯބަރު 2017

ޓެކްސް އަށް މަކަރު ހެދިކަމުގެ ތުހުމަތު ރެއާލްގެ ޑިފެންޑަރ މާސެލޯ އަށް

18 އޮކްޓޯބަރު 2017
ޓެކްސް އަށް މަކަރު ހެދިކަމުގެ ތުހުމަތު ރެއާލްގެ ޑިފެންޑަރ މާސެލޯ އަށް
07 އޮކްޓޯބަރު 2017

ސަރަހައްދީ ބަންދާ ގުޅިގެން ވޯލްޑް ކަޕްގެ ތައްޔާރީތަކަށް ހުރަހެއް ނެތް: ގަތަރު

07 އޮކްޓޯބަރު 2017
ސަރަހައްދީ ބަންދާ ގުޅިގެން ވޯލްޑް ކަޕްގެ ތައްޔާރީތަކަށް ހުރަހެއް ނެތް: ގަތަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު