Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޓެކްސް އަށް މަކަރު ހެދުމުގެ މަ

ޓެކްސް އަށް މަކަރު ހެދިކަމުގެ ތުހުމަތު ރެއާލްގެ ޑިފެންޑަރ މާސެލޯ އަށް

މާސެލޯގެ މައްޗަށް ތަހުގީގު ހިންގަނީ 2013 ވަނަ އަހަރު ޓެކްސް އަށް މަކަރު ހެދި ކަމުގެ ތުހުމަތުގައި

މުޙައްމަދު ޒާހިރު
މުޙައްމަދު ޒާހިރު, ރާއްޖެ އެމްވީ | 18 އޮކްޓޯބަރު 2017 | ބުދަ 02:54
ރެއާލް މެޑްރިޑަށް ކުޅޭ ބްރެޒިލްގެ ޑިފެންޑަރ މާސެލޯ: ޓެކްސް އަށް މަކަރު ހެދުމުގެ މައްސަލައެއް ވަނީ ފެންމަތިވެފައި

ރެއާލް މެޑްރިޑަށް ކުޅޭ ބްރެޒިލްގެ ޑިފެންޑަރ މާސެލޯ: ޓެކްސް އަށް މަކަރު ހެދުމުގެ މައްސަލައެއް ވަނީ ފެންމަތިވެފައި

ޓެކްސް އަށް މަކަރު ހެދި ކަމުގެ ތުހުމަތު ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅޭ ބްރެޒިލްގެ ޑިފެންޑަރ މާސެލޯގެ މައްޗަށް ކޮށްފި އެވެ.

ސްޕެއިންގެ ކަމާ ގުޅޭ އިދާރާއިން ވަނީ، މާސެލޯގެ މައްޗަށް ގާތްގަނޑަކަށް 490،000 (ހަތަރު ލައްކަ ނުވަދިހަ ހާސް) ޔޫރޯގެ އަދަދަކުން ޓެކްސް އަށް މަކަރު ހަދާފައިވާ ކަމުގެ ތުހުމަތުކޮށްފަ އެވެ.

އެގޮތުން ސްޕެއިންގެ ޓެކްސް އިދާރާ އަށް މަކަރު ހެދުމަށް، 2013 ވަނަ އަހަރު މާސެލޯގެ އިމޭޖް ރައިޓާއި އާމްދަނީ ބެލެހެއްޓުމަން އެހެން ގައުމެއްގެ ކުންފުންޏެއްގެ ބޭނުން ކޮށްފައިވާ ކަމަށް ސްޕެއިންގެ ޕަބްލިކް ޕްރޮސެކިއުޓަރުން ތުހުމަތު ކުރެއެވެ.

ސްޕެއިންގެ އިދާރާތަކުން ބުނީ، 2007 ވަނަ އަހަރު ރެއާލް މެޑްރިޑާ ގުޅުނު މާސެލޯ، ސްޕެއިންގެ ޓެކްސްގެ އޮނިގަނޑު ބޭނުން ކޮށްގެން ނާޖާއިޒު މާލީ ފައިދާ ހޯދާފައިވާ ކަމަށް ސްޕެއިންގެ ޕަބްލިކް ޕްރޮސެކިއުޓަރގެ އޮފީހުން ބުނެ އެވެ.

މި ތުހުމަތުތަކަށް 29 އަހަރުގެ މާސެލޯ އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

މާސެލޯއަކީ ސްޕެއިންގައި ޓެކްސް އަށް މަކަރު ހެދި ކަމުގެ ތުހުމަތު ކުރި ފުރަތަމަ ކުޅުންތެރިޔާއެއް ނޫނެވެ. މީގެ ކުރިން ސްޕެއިންގައި ޓެކްސް އަށް މަކަރު ހެދި ކަމުގެ ތުހުމަތު ކުރެވުނު ކުޅުންތެރިންގެ ތެރޭގައި ބާސެލޯނާ އަށް ކުޅޭ އާޖެންޓީނާގެ ފޯވާޑް ލިއޮނެލް މެސީ، އަދި ޑިފެންޑަރ ހާވިއޭ މަޝަރާނޯގެ އިތުރުން ބާސެލޯނާ އަށް ކުޅުނު ބްރެޒިލްގެ ފޯވާޑް ނޭމާ އަދި ރެއާލް މެޑްރިޑަށް ކުޅޭ ޕޯޗުގަލްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ހިމެނެ އެވެ. މީގެ އިތުރުން ބާސެލޯނާގެ ކުރީގެ ރައީސް ސަންދްރޯ ރޮސެލް އާއި ރެއާލް މެޑްރިޑްގެ ކުރީގެ ކޯޗު ހޯސޭ މޮރީނިއޯގެ މައްޗަށް ވެސް ޓެކްސް އަށް މަކަރު ހެދި ކަމުގެ ތުހުމަތު ކޮށްފައި ވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޒިދާން ރެއާލްގެ އެއްބަސްވުން އާ ކޮށްފި: ރިޕޯޓް

ޒިދާން ރެއާލްގެ އެއްބަސްވުން އާ ކޮށްފި: ރިޕޯޓް

12 އޯގަސްޓު 2017
ބޭލް ވިއްކާލުމުގެ ވިސްނުމެއް ރެއާލްގެ ނެތް: ރެއާލްގެ ރައީސް

ބޭލް ވިއްކާލުމުގެ ވިސްނުމެއް ރެއާލްގެ ނެތް: ރެއާލްގެ ރައީސް

09 އޯގަސްޓު 2017
ޓެކްސް އަށް މަކަރުހަދާ އޮޅުވާލުމުގެ ދައުވާއާ ގުޅިގެން ރޮނާލްޑޯ ކޯޓަށް

ޓެކްސް އަށް މަކަރުހަދާ އޮޅުވާލުމުގެ ދައުވާއާ ގުޅިގެން ރޮނާލްޑޯ ކޯޓަށް

01 އޯގަސްޓު 2017
ކްލަބް ފްރެންޑްލީ: ޕެނަލްޓީ ޖަހައިގެން ރެއާލްގެ މައްޗަށް ޔުނައިޓެޑު ކުރިހޯދައިފި

ކްލަބް ފްރެންޑްލީ: ޕެނަލްޓީ ޖަހައިގެން ރެއާލްގެ މައްޗަށް ޔުނައިޓެޑު ކުރިހޯދައިފި

24 ޖުލައި 2017
ވޯލްޑްކަޕް ބިޑް ކާމިޔާބުކުރުމުގައި ޤަތަރަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް

ވޯލްޑްކަޕް ބިޑް ކާމިޔާބުކުރުމުގައި ޤަތަރަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް

27 ޖޫން 2017

އަހަރުތަކުން މިއަދު

12 ޖޫން
ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި
20242 އަހަރު ކުރިން
ދުނިޔެ

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި
20233 އަހަރު ކުރިން
ރާއްޖެ

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''
20215 އަހަރު ކުރިން
ރިޕޯޓު

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު