Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ނޭމާ ޓެކްސްއަށް މަކަަރު ހެދުން

ޓެކްސް އަށް މަކަރު ހެދިކަމުގެ ކުށް ނޭމާގެ މައްޗަށް ސާބިތުވެއްޖެ

ނޭމާ ޖޫރިމަނާ ކޮށްފައިވަނީ އޭނާގެ އާއިލާ ހިއްސާވާ ތިން ކުންފުންޏެއް މެދުވެރިކޮށް އާމްދަނީ އޮޅުވާލަން މަސައްކަތްކުރި ކަމުގެ ކުށުގައި

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 21 އޮކްޓޯބަރު 2017 | ހޮނިހިރު 13:44
ނޭމާ: ޓެކްސް އަށް މަކަރު ހެދިކަމުގެ ކުށް ސާބިތުވެ، އޭނާ ވަނީ ނުވަ ލައްކަ ޕައުންޑުން ޖޫރިމަނާ ކޮށްފައި

ނޭމާ: ޓެކްސް އަށް މަކަރު ހެދިކަމުގެ ކުށް ސާބިތުވެ، އޭނާ ވަނީ ނުވަ ލައްކަ ޕައުންޑުން ޖޫރިމަނާ ކޮށްފައި

ޓެކްސް އަށް މަކަރު ހެދިކަމުގެ ކުށް ސާބިތުވެ، ފްރާންސްގެ ޕީއެސްޖީއަށް ކުޅެމުން އަންނަ ބްރެޒިލްގެ ފޯވާޑް ނޭމާ ޖޫރިމަނާ ކޮށްފިއެވެ.

ބްރެޒިލްގެ ސަރަހައްދީ ކޯޓަކުން ވަނީ އާމްދަނީ އޮޅުވާލުމަށް، ނޭމާގެ އާއިލާ އިން ހިއްސާވާ ތިން ކުންފުންޏެއް މެދުވެރިކޮށް އިމޭޖް ރައިޓްސް ވިއްކާފައިވާކަން ސާބިތުވާ ކަމަށް ނިންމައި، އޭނާ ނުވަ ލައްކަ ޕައުންޑުން ޖޫރިމަނާކޮށްފައެވެ.

2015 ވަނަ އަހަރު ނޭމާގެ މައްޗަށް އެންމެ ފުރަތަމަ ތުހުމަތު ކުރެވުނީ 2011 ވަނަ އަހަރުން ފެށިގެން 2013 ވަނަ އަހަރާއި ދެމެދު ޓެކްސް އަށް މަކަރު ހެދި ކަމުގެ ކުށުގައެވެ. އެގޮތުން އޭނާގެ އާމްދަނީ އިން އިންކަމް ޓެކްސްގެ ގޮތުގައި ދައްކަން ޖެހޭ 27.5 އިންސައްތައިގެ ބަދަލުގައި، އޭނާގެ އާއިލާ ހިއްސާވާ އިމޭޖް ރައިޓްސް ކުންފުނިތައް އާމްދަނީ ބަދަލުކޮށް، ކޯޕަރޭޓް ޓެކްސްގެ ގޮތުގައި ކުޑަ އަދަދެއް ދައްކާފައިވާ ކަމަށެވެ. ބްރެޒިލްގައި ކޯޕަރޭޓް ޓެކްސްގެ ގޮތުގައި ދައްކަން ޖެހެނީ އާމްދަނީގެ 15 އިންސައްތަ އާއި 25 އިންސައްތައާ ދެމެދުގެ އަދަދެކެވެ. މިކުށުގެ ތުހުމަތު ނޭމާގެ މައްޗަށް ކުރެވުމާއި ގުޅިގެން ބްރެޒިލްގެ ކަމާއިބެހޭ ފަރާތްތަކުން ވަނީ އޭނާގެ މިލްކިއްޔާތުގައި ހުރި 46 މިލިއަން ޕައުންޑު ހިފަހައްޓާފައެވެ.

ނޭމާގެ މައްޗަށް މި ހުކުމް އިއްވި ފަނޑިޔާރު ކާލޯސް މޫޓާ ބުނެފައިވަނީ ގާނޫނާޚިލާފަށް ކަންކަން ކުރުމަށް ނޭމާ މަސައްކަތް ކޮށްފައިވާ ކަމަށާއި، އޭނާގެ މި އަމަލަކީ ބްރެޒިލްގެ މަޝްހޫރު މީހެއްގެ ފަރާތުން ފެނިގެން ނުވާނެ ފަދަ އަމަލުތަކެއް ކަމަށެވެ.

މި މައްސަލައިގައި ނޭމާގެ މައިންބަފައިން އިތުރުން އޭނާގެ އާމްދަނީ އޮޅުވާލުމަށް ބޭނުންކުރި އާއިލީ ކުންފުނިތައްވެސް ވަނީ ޖޫރިމަނާ ކޮށްފައެވެ.

ދާދި ފަހުން ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ބްރެޒިލްގެ ޑިފެންޑަރ މާސެލޯގެ މައްޗަށް ވެސް ވަނީ ވަނީ ޓެކްސްއަށް މަކަރު ހެދިކަމުގެ ތުހުމަތު ކޮށްފައެވެ.

ސްޕެއިންގެ ކަމާ ގުޅޭ އިދާރާތަކުން ވަނީ، މާސެލޯގެ މައްޗަށް ގާތްގަނޑަކަށް 490،000 (ހަތަރު ލައްކަ ނުވަދިހަ ހާސް) ޔޫރޯގެ އަދަދަކުން ޓެކްސް އަށް މަކަރު ހަދާފައިވާ ކަމުގެ ތުހުމަތުކޮށްފަ އެވެ. އެގޮތުން ސްޕެއިންގެ ޓެކްސް އިދާރާ އަށް މަކަރު ހެދުމަށް، 2013 ވަނަ އަހަރު މާސެލޯގެ އިމޭޖް ރައިޓާއި އާމްދަނީ ބެލެހެއްޓުމަން އެހެން ގައުމެއްގެ ކުންފުންޏެއްގެ ބޭނުން ކޮށްފައިވާ ކަމަށް ސްޕެއިންގެ ޕަބްލިކް ޕްރޮސެކިއުޓަރުން ތުހުމަތު ކުރެއެވެ.

މި ތުހުމަތުތަކަށް 29 އަހަރުގެ މާސެލޯ އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އައިއޯސީގެ އިސް އޮފިޝަލެއްގެ މައްޗަށް ކޮރަޕްޝަންގެ ކުށް ސާބިތުވެއްޖެ

އައިއޯސީގެ އިސް އޮފިޝަލެއްގެ މައްޗަށް ކޮރަޕްޝަންގެ ކުށް ސާބިތުވެއްޖެ

04 ނޮވެމްބަރު 2017
ޕީއެސްޖީއަށް ސަމާލުކަން ލިބެނީ ނޭމާގެ ސަބަބުން: ފީގޯ

ޕީއެސްޖީއަށް ސަމާލުކަން ލިބެނީ ނޭމާގެ ސަބަބުން: ފީގޯ

31 އޮކްޓޯބަރު 2017
ޓެކްސް އަށް މަކަރު ހެދިކަމުގެ ތުހުމަތު ރެއާލްގެ ޑިފެންޑަރ މާސެލޯ އަށް

ޓެކްސް އަށް މަކަރު ހެދިކަމުގެ ތުހުމަތު ރެއާލްގެ ޑިފެންޑަރ މާސެލޯ އަށް

18 އޮކްޓޯބަރު 2017
ފްރެންޗް ލީގު: ނޭމާގެ ލަނޑުތަކާ އެކު ބޮޑު ތަފާތަކުން ޓޫލޫސްގެ މައްޗަށް ޕީއެސްޖީ ކުރި ހޯދައިފި

ފްރެންޗް ލީގު: ނޭމާގެ ލަނޑުތަކާ އެކު ބޮޑު ތަފާތަކުން ޓޫލޫސްގެ މައްޗަށް ޕީއެސްޖީ ކުރި ހޯދައިފި

21 އޯގަސްޓު 2017
ނޭމާގެ މަރުޙަބާގެ މެސެޖެއް ޕައުލީނިއޯ އަށް.!

ނޭމާގެ މަރުޙަބާގެ މެސެޖެއް ޕައުލީނިއޯ އަށް.!

15 އޯގަސްޓު 2017

އަހަރުތަކުން މިއަދު

12 އެޕްރީލު
ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ
20251 އަހަރު ކުރިން
ރާއްޖެ

ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި
20242 އަހަރު ކުރިން
ރާއްޖެ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި
20233 އަހަރު ކުރިން
ކުޅިވަރު

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ
20224 އަހަރު ކުރިން
ރާއްޖެ

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!
20197 އަހަރު ކުރިން
ރާއްޖެ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް
20188 އަހަރު ކުރިން
ތަފާތު ޚަބަރު

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު