Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޓެކްސްއަށް މަކަރު ހެދުން

ޓެކްސްއަށް މަކަރު ހެދިކަމަށް މާސެލޯ އެއްބަސްވެއްޖެ

މާސެލޯ ވަނީ ގާތްގަނޑަކަށް 490،000 ޔޫރޯގެ އަދަދަކުން ޓެކްސް އަށް މަކަރު ހަދާފައި

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 29 ނޮވެމްބަރު 2017 | ބުދަ 01:13
ރެއާލްގެ ޑިފެންޑަރު މާސެލޯ - އޭނާ ވަނީ ޓެކްސްއަށް މަކަރު ހެދިކަމަށް އެއްބަސްވެފައި

ރެއާލްގެ ޑިފެންޑަރު މާސެލޯ - އޭނާ ވަނީ ޓެކްސްއަށް މަކަރު ހެދިކަމަށް އެއްބަސްވެފައި

ޓެކްސްއަށް މަކަރު ހެދިކަމަށް ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ބްރެޒިލްގެ ޑިފެންޑަރު މާސެލޯ އެއްބަސްވެއްޖެއެވެ.

ސްޕެއިންގެ ޝަރުއީ ކޯޓެއްގެ އޮފިޝަލަކާއި ހަވާލާދީ އެ ގައުމުގެ އެންމެ ބޮޑު ފުޓްބޯޅަ ނޫސްކަމަށްވާ 'މާސާ' އިން ބުނެފައިވަނީ ޓެކްސްއަށް މަކަރު ހެދިކަމަށް މާސެލޯ ކޯޓުގައި އެއްބަސްވެފައިވާ ކަމަށެވެ.

ސްޕެއިންގެ ކަމާ ގުޅޭ އިދާރާއިން ވަނީ، މާސެލޯގެ މައްޗަށް ގާތްގަނޑަކަށް 490،000 (ހަތަރު ލައްކަ ނުވަދިހަ ހާސް) ޔޫރޯގެ އަދަދަކުން ޓެކްސް އަށް މަކަރު ހަދާފައިވާ ކަމުގެ ތުހުމަތުކޮށްފަ އެވެ.

އެގޮތުން ސްޕެއިންގެ ޓެކްސް އިދާރާ އަށް މަކަރު ހެދުމަށް، 2013 ވަނަ އަހަރު މާސެލޯގެ އިމޭޖް ރައިޓާއި އާމްދަނީ ބެލެހެއްޓުމަށް އެހެން ގައުމެއްގެ ކުންފުންޏެއްގެ ބޭނުން ކޮށްފައިވާ ކަމަށް ސްޕެއިންގެ ޕަބްލިކް ޕްރޮސެކިއުޓަރުން ތުހުމަތު ކުރެއެވެ. އެގޮތުން 2006 ވަނަ އަހަރުން ފެށިގެން އުރުގުއޭ އަދި އިނގިރޭސިވިލާތަށް ނިސްބަތްވާ ކުންފުނިތައް ބޭނުން ކޮށްގެން އޭނާއަށް ލިބުނު އާމްދަނީ އޮޅުވާލާފައިވާ ކަމަށް ސްޕެއިންގެ ޕޮރެސެކިއުޓަރުން ބުނެއެވެ.

ސްޕެއިންގެ އިދާރާތަކުން ބުނީ، 2007 ވަނަ އަހަރު ރެއާލް މެޑްރިޑާ ގުޅުނު މާސެލޯ، ސްޕެއިންގެ ޓެކްސްގެ އޮނިގަނޑު ބޭނުން ކޮށްގެން ނާޖާއިޒު މާލީ ފައިދާ ހޯދާފައިވާ ކަމަށެވެ. މި މައްސަލައިގެ އަޑުއެހުމުގައި މާސެލޯ ވަނީ މިކަމަށް އެއްބަސްވެފައެވެ. އެގޮތުން އޭނާވަނީ މި އަދަދަށް ސްޕެއިންގެ އިދާރާތަކަށް ފައިސާ ދައްކަން ނިންމާފައެވެ. މާސެލޯ ފައިސާ ދައްކަން އެއްބަސްވުމާއި ވިދިގެން އޭނާ ޖަލުގެ ހުކުމެއް ތަންފީޒުކުރަން ނުޖެހޭނެއެވެ.

މާސެލޯއަކީ ސްޕެއިންގައި ޓެކްސް އަށް މަކަރު ހެދި ކަމުގެ ތުހުމަތު ކުރި ފުރަތަމަ ކުޅުންތެރިޔާއެއް ނޫނެވެ. މީގެ ކުރިން ސްޕެއިންގައި ޓެކްސް އަށް މަކަރު ހެދި ކަމުގެ ތުހުމަތު ކުރެވުނު ކުޅުންތެރިންގެ ތެރޭގައި ބާސެލޯނާ އަށް ކުޅޭ އާޖެންޓީނާގެ ފޯވާޑް ލިއޮނެލް މެސީ، އަދި ޑިފެންޑަރ ހާވިއޭ މަޝަރާނޯގެ އިތުރުން ބާސެލޯނާ އަށް ކުޅުނު ބްރެޒިލްގެ ފޯވާޑް ނޭމާ އަދި ރެއާލް މެޑްރިޑަށް ކުޅޭ ޕޯޗުގަލްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ހިމެނެ އެވެ.

މީގެ އިތުރުން ބާސެލޯނާގެ ކުރީގެ ރައީސް ސަންދްރޯ ރޮސެލް އާއި ރެއާލް މެޑްރިޑްގެ ކުރީގެ ކޯޗު ހޯސޭ މޮރީނިއޯގެ މައްޗަށް ވެސް ޓެކްސް އަށް މަކަރު ހެދި ކަމުގެ ތުހުމަތު ކޮށްފައި ވެއެވެ.

އިތުރަށް ކިޔާލަން

01 އޯގަސްޓު 2017

ޓެކްސް އަށް މަކަރުހަދާ އޮޅުވާލުމުގެ ދައުވާއާ ގުޅިގެން ރޮނާލްޑޯ ކޯޓަށް

01 އޯގަސްޓު 2017
ޓެކްސް އަށް މަކަރުހަދާ އޮޅުވާލުމުގެ ދައުވާއާ ގުޅިގެން ރޮނާލްޑޯ ކޯޓަށް
26 ޖުލައި 2017

ރެކޯޑު ފީއަކާއެކު އެމްބަޕޭ ހޯދުމަށް ރެއާލް އިން އެއްބަސްވެއްޖެ

26 ޖުލައި 2017
ރެކޯޑު ފީއަކާއެކު އެމްބަޕޭ ހޯދުމަށް ރެއާލް އިން އެއްބަސްވެއްޖެ
16 ޖުލައި 2017

ނޮލީޓޯ ސެވިއްޔާ އަށް ވިއްކާލުމަށް މެންޗެސްޓާ ސިޓީން އެއްބަސްވެއްޖެ

16 ޖުލައި 2017
ނޮލީޓޯ ސެވިއްޔާ އަށް ވިއްކާލުމަށް މެންޗެސްޓާ ސިޓީން އެއްބަސްވެއްޖެ
20 ޖޫން 2017

ޔުވަންޓަސްގެ ޑެނީ އަލްވޭޒް ސިޓީއަށް ބަދަލުވާން އެއްބަސްވެއްޖެ

20 ޖޫން 2017
ޔުވަންޓަސްގެ ޑެނީ އަލްވޭޒް ސިޓީއަށް ބަދަލުވާން އެއްބަސްވެއްޖެ
10 ޖޫން 2017

ކޮންޓްރެކްޓް އާކުރަން މެސީ އެއްބަސްވެއްޖެ

10 ޖޫން 2017
ކޮންޓްރެކްޓް އާކުރަން މެސީ އެއްބަސްވެއްޖެ
24 މެއި 2017

ޓެކްސް އަށް މެސީ މަކަރު ހެދިކަމަށް ބުނާ މައްސަލަ އަށް ހައިކޯޓުން ތާއީދުކޮށްފި

24 މެއި 2017
ޓެކްސް އަށް މެސީ މަކަރު ހެދިކަމަށް ބުނާ މައްސަލަ އަށް ހައިކޯޓުން ތާއީދުކޮށްފި
30 އެޕްރީލު 2017

ސްޕެނިޝް ލަލީގާ: މާސެލޯގެ ލަނޑުން ރެއާލް މޮޅުވިއިރު، ސުއަރޭޒްގެ ލަނޑުތަކުން ބާސާ ވެސް މޮޅުވެއްޖެ

30 އެޕްރީލު 2017
ސްޕެނިޝް ލަލީގާ: މާސެލޯގެ ލަނޑުން ރެއާލް މޮޅުވިއިރު، ސުއަރޭޒްގެ ލަނޑުތަކުން ބާސާ ވެސް މޮޅުވެއްޖެ
01 ފެބުރުއަރީ 2017

ހިލޭޖެހުން ނަގަން ފަރިތަ ނުކުރާކަމަށް ޑޭވިޑް ލުއިޒް އެއްބަސްވެއްޖެ

01 ފެބުރުއަރީ 2017
ހިލޭޖެހުން ނަގަން ފަރިތަ ނުކުރާކަމަށް ޑޭވިޑް ލުއިޒް އެއްބަސްވެއްޖެ
30 ޖެނުއަރީ 2017

މާސޭއަށް ޕަޔެޓް ވިއްކާލުމަށް ވެސްޓްހަމް އިން އެއްބަސްވެއްޖެ

30 ޖެނުއަރީ 2017
މާސޭއަށް ޕަޔެޓް ވިއްކާލުމަށް ވެސްޓްހަމް އިން އެއްބަސްވެއްޖެ
20 ޖެނުއަރީ 2017

ޑިޕޭ ލިއޯން އަށް ވިއްކާލަން ޔުނައިޓެޑުން އެއްބަސްވެއްޖެ

20 ޖެނުއަރީ 2017
ޑިޕޭ ލިއޯން އަށް ވިއްކާލަން ޔުނައިޓެޑުން އެއްބަސްވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު