Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
މިސްރުގެ ކޮފީ ޝޮޕް

ކޮފީއަކުން ނޫނީ ދުވަސް ނުފެށޭ މީހުންނަށް 'ވޭކް އަޕް ކޯލެއް'

ކޮފީގެ ވިޔަފާރިން ލިބޭ އާމްދަނީގެ 20 ޕަސެންޓަކީ، މިސްރު ރެޑް ކްރެސެންޓް މެދުވެރިކޮށް، ޣައްޒާއަށް ހަދިޔާކުރާނެ ފައިސާ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 3 ފެބުރުއަރީ 2024 | ހޮނިހިރު 07:55
ޓީބީއެސް ހޯލްޑިންގއިން މިސްރުގައި ހިންގާ 55 ބްރާންޗުގައިވެސް މިހާރު ބޭނުންކުރަނީ މި ފަރުމާގެ ތަށިތަކެއް

ޓީބީއެސް ހޯލްޑިންގއިން މިސްރުގައި ހިންގާ 55 ބްރާންޗުގައިވެސް މިހާރު ބޭނުންކުރަނީ މި ފަރުމާގެ ތަށިތަކެއް

ޚިޔާލު ފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަން ހަނިކުރެވެން އޮތް އެންމެ ބޮޑަކަށް ހަނި ކޮށްފައި އޮތް އެއް ގައުމަކީ މިސްރޭ ބުނުމަކުން ގޯހެއް ނެތެވެ. އަސްކަރީ ބަޣާވާތަކަށްފަހު މިސްރުގެ ފުރަތަމަ ޑިމޮކްރަޓިކް ސަރުކާރު ވައްޓާލިފަހުން، ޚިޔާލު ފާޅުކުރުމާއި އެއްވެ އުޅުން ފަދަ ހައްގުތަކަކީ އެ ގައުމުގައި އިންތިހާއަށް ހަނިކޮށްފައި އޮންނަ ހައްގުތަކެކެވެ. ނަމަވެސް، "އެޅިހާ ބަތަކަށް ރިހަ ވެގެން" ތިބުމަކީ މިސްރު ރައްޔިތުންގެ ގޮތެއް ނޫނެވެ. އެމީހުން ދަނީ ކިތަންމެ ރަނގަޅަކަށް އެކަން ސާބިތުވެސް ކޮށްދެމުންނެވެ.

ސިޔާސީ ހަރަކާތް ހިންގުމާއި މަގުމަތީ މުޒާހަރާތަކާއި އިހުތިޖާޖުތައް ކުރިއަށް ގެންދިއުމަކީ މިސްރުގައި މަނާ ކަމެކެވެ. އެހެން ކަމުން، މިސްރު މީހުން ދަނީ، އެމީހުންގެ ޚިޔާލާއި ޝުއޫރު ފާޅުކުރުމަށްޓަކައި ބިނާކުރަނިވި އީޖާދީ ގޮތްތަކެއް ހޯދަމުންނެވެ. ބައިނަލްއަގުވާމީ މަސްރަހުގައި އަދިވެސް އެންމެ ހޫނުވެފައި އޮތް، އިޒްރޭލާއި ފަލަސްތީނުގެ މައްސަލައާއި، ނިރުބަވެރި ޔަހޫދީން ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމާ ގުޅިގެން މިސްރު ރައްޔިތުން ދަނީ އެމީހުންނަށް ވީގޮތަކަށް ޚިޔާލު ފާޅުކުރަމުންނެވެ. އެމީހުން ތިބީ މި ވަގުތު އިންތިހާ އަނިޔާ ތަހައްމަލުކުރަން މަޖުބޫރުވެފައިވާ ޣައްޒާގެ ފަލަސްތީނު ރަށްވެހިންނާއެކުގައި ކަން ސާބިތު ކޮށްދެމުންނެވެ. އެމީހަކަށް ވީ މިންވަރަކުން މާލީ އެހީވެސް ފޯރު ކޮށްދެމުންނެވެ. ފަހަރެއްގައިވެސް ފަންޑު ފޮއްޓެއް ބަހައްޓައިގެންނެއް ނޫނެވެ.

މިސްރުގެ ކޮފީ ޝޮޕަކަށް ބަލައިލުމުން އެކަނިވެސް، މި ދެންނެވި ފަދަ ރީތި މިސާލުތައް އެ ހުރީ ފެންނާށެވެ. ކޮފީ ޝޮޕުގެ ތެރެއިން މުޅިންހެންވެސް ފެންނަނީ ފަލަސްތީނުގެ މިނިވަން ކަމަށް ގޮވާލާ ޝިއާރު ޕްރިންޓް ކޮށްފައިވާ ތަށިތަކެވެ. އަހަރެމެންގެ ތެރެއިން ގިނަ މީހުންނަކީ ކޮފީއަކުން ނޫނީ ދުވަސް ނުފެށޭ ބަޔަކަށް ވާއިރު، ކޮފީ ތަށިތަކުގެ ޒަރީއާއިން ފޯރުކޮށްދެމުން އެ ދަނީ މުހިންމު މެސެޖެކެވެ. ފަލަސްތީނުގެ އަޚުންނާއި އުޚުތުންގެ މަތިން ހަނދާން ނެތި ނުދާނެކަން ޔަގީންތާއެވެ.

ޓީބީއެސް ހޯލްޑިންގގެ މި ކޮފީ ތަށިތަކުން ފެންނަނީ އިޒްރޭލުން ފަލަސްތީނުގެ ބިންތަކަށް ވެރިވެގަތުމުގެ ކުރިން (1948 ވަނަ އަހަރުގެ ކުރިން) ފަލަސްތީނުގެ ޗާޓު އޮތް ގޮތުގެ ކުރެހުމެކެވެ. ކުރެހުމަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެނީ ފަލަސްތީނު ދިދައިގެ ކުލަތަކުންނެވެ. އަދި އެއީ 'ވޭކް އަޕް ކޮފީ' އެއް ނޫން ކަމަށާއި، އެއީ 'ވޭކް އަޕް ކޯލް' އެއް ނުވަތަ، ހަގީގަތަށް ލޯ ހުޅުވާލަންވީ ވަގުތު ޖެހިއްޖެކަން ހަނދާންކޮށްދޭ ޝިއާރެއްވެސް ތައްޓަށް ޕްރިންޓްކޮށްފައި ހުރެއެވެ.

މިސްރާއި މިސްރުން ބޭރުގެ އެހެން ބްރޭންޑްތަކުންވެސް ދަނީ މި ޑިޒައިނުގެ ތަށިތައް ބޭނުންކުރަމުންނެވެ. ޓީބީއެސް ހޯލްޑިންގުން މިސްރުގައި ހިންގާ 55 ބްރާންޗުގައިވެސް މިހާރު ބޭނުންކުރަނީ މި ފަރުމާގެ ތަށިތަކެވެ. އަދި ކޮފީގެ ވިޔަފާރިން ލިބޭ އާމްދަނީގެ 20 ޕަސެންޓަކީ މިސްރު ރެޑް ކްރެސެންޓް މެދުވެރިކޮށް، ޣައްޒާއަށް ހަދިޔާ މކުރާނެ ފައިސާ ކަމަށްވެސް މައުލޫމާތު ލިބެއެވެ.

އިޒްރޭލުން ޣައްޒާގައި ގަތުލުއާންމު ފެށިތާ މާ ގިނަ ދުވަހެއް ނުވެ، އޮކްޓޯބަރ 2023ގެ މެދުތެރޭގައި މި ފަދަ 73،000 ތަށި އުފެއްދިއެވެ. އަދި 3 މަހެއްހާ ދުވަހުގެ ތެރޭގައި ވިޔަފާރި ދެކޮޅު ޖައްސާލެވޭނެ ކަމަށް އަންދާޒާ ކުރިއެވެ. ކަން ވީ އެހެންނެއް ނޫނެވެ. މަސް ދުވަހުގެ ތެރޭގައި ހުރިހާ ތައްޓެއް ވިކި ހުސްވީއެވެ. އޭގެ ފަހުން ޑިސެމްބަރު މަހު 85000 ތަށި ވިއްކާލިއިރު، ފެށުނު އައު އަހަރުގެ ފުރަތަމަ މަސް ދުވަހުގެ ތެރޭގައި އެކަނިވެސް ލައްކައެއްހާ ތަށި ވިކޭނެ ކަމަށްވެއެވެ.

ނިރުބަވެރި އިޒްރޭލުން ޣައްޒާގައި ގަތުލުއާންމު ފެށުމާއެކު، ނަސީޖު ކުންފުނީގެ ބާނީ، މުހައްމަދު މަރްދީނީގެ ދިރިއުޅުން މުޅިންހެން ހުއްޓުމަކަށް އައި ފަދައެވެ.

މަރްދީނީއަކީ ފޮތީގެ އެކި އުފެއްދުންތަކުގެ ވިޔަފާރިކުރާ މީހެކެވެ. އޭނާގެ މިހާރުގެ  މަސައްކަތަކީ، ފަލަސްތީނު މީހުންގެ ރަމްޒެއްގެ ގޮތުގައި ބަލާ ކޫފިޔާ އަސްލަކަށް ބަލައިގެން ކުދި ބާލީސް ނުވަތަ ކުޝަން ފަރުމާކޮށް، ތައްޔާރުކުރުމެވެ. ނިރުބަވެރިންގެ ޢުދުވާންތަކުގައި ފުރާނަ ގެއްލިދިޔަ ބައެއް ކުދިންގެ ނަންތައްވެސް އެ ފަރުމާގައި ހިމަނާފައިވެއެވެ.

މަރްދީނީގެ ވިޔަފާރިން ލިބުނު އާމްދަނީގެ ގާތްގަނޑަކަށް 80 ޕަސެންޓް ހަދިޔާކޮށްފައި ވަނީ ޣައްޒާގައި ތިބި ފަލަސްތީނުގެ އަޚުންނާއި އުޚުތުންނަށެވެ. މަރްދީނީ އެ މަސައްކަތް ފެށީ 200 ވަރަކަށް އުފެއްދުމަށް އަމާޒު ކަނޑައަޅައިގެން ކަމަށް ވީނަމަވެސް، މިސޑރާއި މިސްރުން ބޭރަށް 1000ށްވުރެ ގިނަ އުފެއްދުން ވިއްކާލިއެވެ. ބައިނަލްއަގުވާމީ ވިޔަފާރިން އެކަނިވެސް ގާތްގަނޑަކަށް 7،250 ޑޮލަރު އަދި ދޭސީ ވިޔަފާރިން ގާތްގަނޑަކަށް 2،232 ޑޮލަރު ނުވަތަ 69،000 މިސްރު ޕައުންޑް ވަނީ ޣައްޒާގެ ކުދިންނަށް ހަދިޔާކޮށްފައެވެ.

ކޮފީފަލަސްތީނުޣައްޒާދުނިޔެ

ކޮމެންޓް

އިތުރަށް ކިޔާލަން

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު