Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިންޓަ މިއާމީ

ކެރިއަރުގެ ފަހު ދުވަސްކޮޅު ވެސް، މެސީއާ އެކު ހޭދަކުރެވޭތީ އުފާވޭ: ސުއަރޭޒް

ސުއަރޭޒް މިއާމީ އަށް ގެނައުމަށް އެންމެ ބޮޑަށް ބާރު އެޅީ މެސީ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 4 ފެބުރުއަރީ 2024 | އާދީއްތަ 01:39
އިންޓަ މިއާމީ އަށް ކުޅެމުން އަންނަ މެސީ އަދި ސުއަރޭޒް، ޖޯޑީ އަލްބާ އާއި ބުސްކެޓްސް އާއެކު

އިންޓަ މިއާމީ އަށް ކުޅެމުން އަންނަ މެސީ އަދި ސުއަރޭޒް، ޖޯޑީ އަލްބާ އާއި ބުސްކެޓްސް އާއެކު

އޭނާގެ ފުޓުބޯޅަ ކެރިއަރުގެ ފަހު ދުވަސްކޮޅު ވެސް، އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީއާއެކު ހޭދަކުރެވޭތީ އުފާވާ ކަމަށް، އުރުގުއޭގެ ލުއިސް ސުއަރޭޒް ބުނެފި އެވެ.

ސުއަރޭޒް މިހެން ބުނީ، ހޮންގް ކޮންގްއާ ދެކޮޅަށް މިއާމީން ކުޅޭ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުންނެވެ. އެގޮތުން އޭނާ ބުނީ، ގިނަ ދުވަސްތަކަކަށްފަހު، މެސީއާ އެއް ޓީމަކަށް ކުޅުމުގެ ފުރުސަތު ލިބުމުން އަނެއްކާ ވެސް ވަރަށް އުފަލުން ހުރި ކަމަށެވެ. ޚާއްސަކޮށް ގިނަ ދުވަސްތަަކެއް ވަންދެން އެކީގައި ކުޅުމުގެ ފުރުސަތު ގެއްލުމަށްފަހު، އަނެއްކާ އަލުން އެ ފުރުސަތު ލިބޭނެ ކަމަށް ކުރިން އުންމީދު ކޮށްފައި ނެތް ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ސުއަރޭޒް ބުނީ، މެސީއާ އޮންނަނީ ހަމައެކަނި ދަނޑު މަތީގައި އޮންނަ ގުޅުމެއް ނޫން ކަމަށެވެ. ދަނޑުން ބޭރުގައި ވެސް، މެސީއާ ވަރަށް ގާތް ގުޅުމެއް އޮންނަކަން އޭނާ ވަނީ ފާހަގަކޮށްފަ އެވެ. ޚާއްސަކޮށް މިހާރު، ކޮންމެ ދުވަހަކު މެސީއާ ދިމާވެ، އެކުގައި ވަގުތު ހޭދަކުރަން ފުރުސަތު ލިބުމަކީ ޚާއްސަ ކަމެއްގެ ގޮތުގައި ސުއަރޭޒް ވަނީ ސިފަ ކޮށްފަ އެވެ. ހަމައެހެންމެ، ދެ ކުޅުންތެރިން ވެސް ފުޓުބޯޅަ ކެރިއަރުގެ ފަހު ދުވަސްތައް ގުނަމުންދާއިރު، މެސީއާ އެއް ޓީމެއްގައި ހުރުމަކީ ސުއަރޭޒް އަށް ވަރަށް ޚާއްސަކަމެއް ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

މެސީ އާއި ސުއަރޭޒް އަކީ ވަރަށް ގާތް ގުޅުމެއް އޮންނަ ދެ ކުޅުންތެރިންނެވެ. ޚާއްސަކޮށް، ސްޕެއިންގެ ބާސެލޯނާ އަށް ކުޅުނު ދުވަސްވަރު، ދެ ކުޅުންތެރިންގެ މެދުގައި ގާތް ގުޅުމެއް ވަނީ އުފެދިފަ އެވެ. އޭގެ ފަހުން ސުއަރޭޒް ވަނީ، ބާސެލޯނާ ދޫކޮށް އެތުލެޓިކޯ މެޑްރިޑަށް ބަދަލުވެފަ އެވެ. މެސީ ބަދަލުވީ ފްރާންސް ލީގުގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށެވެ. ދެ ކުޅުންތެރިން ބާސެލޯނާ ދޫކޮށްލި ފަހުން ވެސް، އެކި ފަހަރު މަތިން ވަނީ ބައްދަލު ވެސް ކޮށްފަ އެވެ. ސުއަރޭޒް މިއާމީ އަށް ގެނައުމަށް އެންމެ ބޮޑަށް ބާރު އެޅީ މެސީ ކަަމަށް މީޑިއާ ތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ.

އިންޓަ މިއާމީލިއޮނެލް މެސީލުއިސް ސުއަރޭޒް

އިތުރަށް ކިޔާލަން

15 ޑިސެމްބަރު 2025

ރާހުލް ގާންދީއާ ބައްދަލުކޮށް، މެސީ ހަދިޔާ ކުރީ އާޖެންޓީނާގެ 10 ނަންބަރު ޖާޒީއެއް

15 ޑިސެމްބަރު 2025
ރާހުލް ގާންދީއާ ބައްދަލުކޮށް، މެސީ ހަދިޔާ ކުރީ އާޖެންޓީނާގެ 10 ނަންބަރު ޖާޒީއެއް
14 ޑިސެމްބަރު 2025

މެސީގެ އިންޑިއާ ދަތުރު، ދަނޑުގައި ހިނގި ހަމަ ނުޖެހުން ތަކަށް ޗީފް މިނިސްޓަރު މަމަތާ ބެނާޖީ މައާފަށް އެދިވަޑައިގެންފި

14 ޑިސެމްބަރު 2025
މެސީގެ އިންޑިއާ ދަތުރު، ދަނޑުގައި ހިނގި ހަމަ ނުޖެހުން ތަކަށް ޗީފް މިނިސްޓަރު މަމަތާ ބެނާޖީ މައާފަށް އެދިވަޑައިގެންފި
13 ޑިސެމްބަރު 2025

މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

13 ޑިސެމްބަރު 2025
މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް
07 ޑިސެމްބަރު 2025

މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި

07 ޑިސެމްބަރު 2025
މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި
18 އޮކްޓޯބަރު 2025

"މެސީ ކަޕް"ގެ ނަމުގައި ފުޓުބޯޅަ މުބާރާތެއް ބާއްވަނީ

18 އޮކްޓޯބަރު 2025
"މެސީ ކަޕް"ގެ ނަމުގައި ފުޓުބޯޅަ މުބާރާތެއް ބާއްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު