Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާގެ ޙާލަތު

ޣައްޒާގެ 8،000 އަށްވުރެ ގިނަ މީހުންނަށް މެޑިކަލް އިވެކުއޭޝަން ބޭނުންވޭ: ޑަބްލިއުއެޗްއޯ

ޕީޕަރކޯން ވިދާޅުވީ ރެފަރަލް ބޭނުންވާ މީހުންގެ ތެރެއިން 6،000 މީހުންނަކީ ހަނގުރާމައާ ގުޅުންހުރި ޒަޚަމްތައް ލިބިފައިވާ މީހުން ކަމަށް

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު | 2 ފެބުރުއަރީ 2024 | ހުކުރު 14:13
ޒަޚަމްވި މީހުންތައް އައްޝިފާ ހޮސްޕިޓަލަށް ގެންދިއުމަށް މަސައްކަތް ކުރަނީ

ޒަޚަމްވި މީހުންތައް އައްޝިފާ ހޮސްޕިޓަލަށް ގެންދިއުމަށް މަސައްކަތް ކުރަނީ

ޣައްޒާގެ 8،000 އަށް ވުރެ ގިނަ މީހުންނަށް މެޑިކަލް އިވެކުއޭޝަން ނުވަތަ އެހެން ތާކަށް ގެންގޮސްގެން އަވަސް ފަރުވާ ދިނުމަށް ބޭނުންވާ ކަމަށާއި އޭގެ ތެރެއިން ގިނަ މީހުންނަކީ ހަނގުރާމައާ ގުޅުން ހުރި ޒަހަމްތައް ލިބިފައިވާ މީހުން ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފިއެވެ.

ފަލަސްތީނުގެ ބިންތަކުގައި ހުންނަވާ ޑަބްލިއުއެޗްއޯގެ މަންދޫބު ރިޗަޑް ޕީޕަރކޯން ވީޑިއޯ ލިންކް މެދުވެރިކުރައްވާ ޖެނީވާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ އިސްރާއީލްގެ ހަމަލާތަކުގެ ސަބަބުން ޣައްޒާގައި ސީރިއަސް ޒަހަމްތައް ލިބިފައިވާ ބަލި މީހުންނަށް އެކަށީގެންވާ ފަރުވާދެވެން ޣައްޒާގައި މިހާރު ނެތްކަމަށެވެ. އެހެންކަމުން އެފަދަ މީހުންނަށް އަވަސް ފަރުވާދިނުމަށްޓަކައި މިސްރު މަގުން މިސްރަށް ނުވަތަ އެހެން ތަންތަނަށް ނަމަވެސް ބަލި މީހުން ތަރުތީބުކޮށް، ރައްކާތެރިކަމާއެކު އަދި ދެމެހެއްޓެނިވި ގޮތެއްގައި ބަދަލުކުރަން ޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޕީޕަރކޯން ވިދާޅުވީ ރެފަރަލް ބޭނުންވާ މީހުންގެ ތެރެއިން 6،000 މީހުންނަކީ ހަނގުރާމައާ ގުޅުންހުރި ޒަޚަމްތައް ލިބިފައިވާ މީހުން ކަމަށާއި 2000 މީހުންނަކީ އެހެނިހެން ސިއްހީ ހާލަތްތައް ހުރި މީހުން ކަމަށެވެ.

ހަނގުރާމަ ފެށުނުފަހުން ރަފާހް ބޯޑަރު ހުރަސްކޮށް 1025 އެހީތެރިންނާއެކު ޖުމްލަ 1،243 ޕޭޝަންޓުންއެކި ސަރަޙައްދު ތަކަށް ގެންދެވިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ޒަޚްމްވެފައިވާ 790 މީހުންނާއި، އެހެނިހެން ތަފާތު ބަލިތަކުގައި ތިބި 445 މީހުން ޣައްޒާއިން ބޭރަށް ފޮނުވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޣައްޒާގެ އުތުރުގައި ހުންނަ ޑަބްލިއުއެޗްއޯގެ މިޝަންތަކާ ބެހޭ ގޮތުން މަންދޫބު ވިދާޅުވީ ޖެނުއަރީ މަހު 15 މިޝަން ރާވާފައިވާ ކަމަށާއި ނަމަވެސް އޭގެ ތެރެއިން ކުރިޔަށް ގެންދެވިފައިވަނީ އެންމެ ތިން މިޝަން ކަމަށެވެ.

ޣައްޒާގައި ސަލާމަތީ ގެރެންޓީތަކާއި ހިއުމެނިޓޭރިއަން ކޮރިޑޯތައް ނެތުމުގެ ސަބަބުން ރައްކާތެރިކަމާއެކު އަދި ހަލުވިކަމާއެކު އިންސާނީ އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ ކަމަށާއި ހޮސްޕިޓަލްތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ނުވަދެވޭތީ ސިއްހީ ނިޒާމު ފުނޑުފުނޑުވެދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޣައްޒާފަލަސްތީނުއިޒްރޭލް

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި
10 ޑިސެމްބަރު 2025

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!
09 ޑިސެމްބަރު 2025

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި
08 ޑިސެމްބަރު 2025

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް
08 ޑިސެމްބަރު 2025

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު