Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބާސެލޯނާ

ޒަވީ ވަކި ކުރާކަށް އަހަރެން ބޭނުމެއް ނޫން: ލަޕޯޓާ

3 ފެބުރުއަރީ 2024 | ހޮނިހިރު 01:27

އުނދަގޫ ޙާލަތްތައް ކުރިމަތިވާ ކަމަށާއި، ނަމަވެސް، ޒަވީ މަގާމުން ވަކި ކުރުމުގެ ވިސްނުން އެއްވެސް އިރެއްގައި ގެންގުޅިފައި ނުވާނެ ކަމުގައި ވެސް ލަޕޯޓާ ވިދާޅުވި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 3 ފެބުރުއަރީ 2024 | ހޮނިހިރު 01:27
ބާސެލޯނާގެ ރައީސް ޖޯން ލަޕޯޓާ އަދި ކޯޗު ޒަވީ ހެނާންޑޭޒް

ބާސެލޯނާގެ ރައީސް ޖޯން ލަޕޯޓާ އަދި ކޯޗު ޒަވީ ހެނާންޑޭޒް | ރޮއިޓާސް

ބާސެލޯނާގެ ކޯޗުކަމުން ޒަވީ ހެނާންޑޭޒް ވަކި ކުރަން، އެއްވެސް ޙާލަތެއްގައި ބޭނުން ނުވާ ކަމަށް، އެ ކުލަބުގެ ރައީސް ޖޯން ލަޕޯޓާ ވިދާޅުވެއްޖެ އެވެ.

އުމުރުން 44 އަހަރުގެ ޒަވީ، ބާސެލޯނާގެ ކޯޗުކަމާ ހަވާލުވީ 2021 ވަނަ އަހަރު އެވެ. އެ ކުލަބާއެކު އޭނާ އެންމެ ފުރަތަމަ ސޮއި ކުރީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ. އެ އެއްބަސްވުމުގެ މުއްދަތު މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް ހަމަވާން އޮތް ނަމަވެސް، ބާސެލޯނާ އިން ވަނީ އިތުރު އެއް އަހަރަށް އޭނާގެ އެއްބަސްވުން އައު ކޮށްފަ އެވެ. އެ އެއްބަސްވުމުގެ މުއްދަތު އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ހަމަވާއިރު، މި ސީޒަނަށް ފަހު ބާސެލޯނާ ދޫކޮށްލަން މިހާރު ޒަވީ ވަނީ ނިންމައިފަ އެވެ.

އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ލަޕޯޓާ ވިދާޅުވީ، އެއްވެސް ޙާލަތެއްގައި ޒަވީ މަގާމުން ވަކި ކުރަން އޭނާ ބޭނުން ނުވާ ކަމަށެވެ. އުނދަގޫ ޙާލަތްތައް ކުރިމަތިވާ ކަމަށާއި، ނަމަވެސް، ޒަވީ މަގާމުން ވަކި ކުރުމުގެ ވިސްނުން އެއްވެސް އިރެއްގައި ގެންގުޅެފައި ނުވާނެ ކަމުގައި ވެސް ލަޕޯޓާ ވިދާޅުވި އެވެ.

މީގެ އިތުރުން ލަޕޯޓާ ވިދާޅުވީ، ބާސެލޯނާގެ ކޯޗުކަން ދޫކޮށްލުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ޒަވީ ބުނެފައިވާ ކަމަށެވެ. އަމިއްލަ އަށް މަގާމުން ވަކިވި ނަމަވެސް، އެއްބަސްވުމުގައި ބާކީ އޮތް އެއް އަހަރު ދޫކޮށްލަން ބޭނުންވާކަން ވެސް ޒަވީ ލަޕޯޓާ އަށް އެންގި އެވެ. ލަޕޯޓާ ވިދާޅުވި ގޮތުގައި، މިއަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ކުލަބުގައި މަޑުކޮށްދިނުމަށް އޭނާ ޒަވީ ގާތު އެދުނެވެ. އަދި ޒަވީ ކުލަބު ދޫކޮށްލުން ޤަބޫލު ކުރެވޭނެ ހަމައެކަނި ފޯމިއުލާ އަކީ އެއީ ކަމަށް ބުނެފައިވާނެ ކަމަށް ލަޕޯޓާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޒަވީގެ އަމިއްލަ ނިންމުމަށް އޭނާ ވެސް، އަދި ބާސެލޯނާ ވެސް ފުރިހަމަ އަށް އިޙުތިރާމް ކުރާނެ ކަމަށެވެ. އެއީ ހަަމައެކަނި ޒަވީ އަށްވުމުން އޮންނާނެ ކަމެއް ކަމަށާއި، ޒަވީ އަށް ކުރިމަގުގަައި ކާމިޔާބަށް އެދޭ ކަމަށް ވެސް ލަޕޯޓާ ވިދާޅުވި އެވެ. ޒަވީ އަކީ މީގެ ކުރިން ބާސެލޯނާ އަށް ކުޅެފައިވާ ކުޅުންތެރިޔެވެ. ބާސެލޯނާ އާއެކު އޭނާ ގިނަ ކާމިޔާބީތަކެއް ހޯދާފައިވާއިރު، އޭނާ ވަނީ ބާސެލޯނާގެ ކެޕްޓަންކަން ވެސް ކޮށްފަ އެވެ.

ބާސެލޯނާޒަވީޖޮއާން ލަޕޯޓާ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

4

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

5

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

އިތުރަށް ކިޔާލަން

20 ޖުލައި 2026

ފީފާ ވޯލްޑް ކަޕް 2026 - ސްޕެއިންގެ ކުބާސީ އަށް ވޯލްޑް ކަޕްގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމު ލިބިއްޖެ

20 ޖުލައި 2026
ފީފާ ވޯލްޑް ކަޕް 2026 - ސްޕެއިންގެ ކުބާސީ އަށް ވޯލްޑް ކަޕްގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމު ލިބިއްޖެ
22 ޖޫން 2026

ހުޝިޔާރު، ބިރުކުޑަ އަދި އިތުބާރުން ފުރިގެންވާ ލަމީން ޔަމާލް އެތައް ރެކޯޑެއް މުގުރާލައިފި

22 ޖޫން 2026
ހުޝިޔާރު، ބިރުކުޑަ އަދި އިތުބާރުން ފުރިގެންވާ ލަމީން ޔަމާލް އެތައް ރެކޯޑެއް މުގުރާލައިފި
07 ޖޫން 2026

ބާސެލޯނާ އިން ފުރުސަތު އެބަ އޮތް، ގޮތް ނިންމާނީ އެންމެ ރަނގަޅު ކުލަބެއް ބެލުމަށް ފަހު: ސިލްވާ

07 ޖޫން 2026
ބާސެލޯނާ އިން ފުރުސަތު އެބަ އޮތް، ގޮތް ނިންމާނީ އެންމެ ރަނގަޅު ކުލަބެއް ބެލުމަށް ފަހު: ސިލްވާ
30 މެއި 2026

ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ގޯޑަން ބާސެލޯނާ އަށް ބަދަލުވެއްޖެ

30 މެއި 2026
ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ގޯޑަން ބާސެލޯނާ އަށް ބަދަލުވެއްޖެ
28 މެއި 2026

ބާސެލޯނާ އިން ގޯޑަން ހޯދުމުގެ ޑީލް ކާމިޔާބު ކޮށްފި

28 މެއި 2026
ބާސެލޯނާ އިން ގޯޑަން ހޯދުމުގެ ޑީލް ކާމިޔާބު ކޮށްފި
24 މެއި 2026

ލެވަންޑޯސްކީގެ ފަހު މެޗުގައި ލަނޑު ޖެހި ނަމަވެސް، ބާސެލޯނާ ބަލިވެއްޖެ

24 މެއި 2026
ލެވަންޑޯސްކީގެ ފަހު މެޗުގައި ލަނޑު ޖެހި ނަމަވެސް، ބާސެލޯނާ ބަލިވެއްޖެ
19 މެއި 2026

ލެވަންޑޯސްކީ ނެތް ތަން ފޫބައްދަން އުނދަގޫ ވާނެ: ފްލިކް

19 މެއި 2026
ލެވަންޑޯސްކީ ނެތް ތަން ފޫބައްދަން އުނދަގޫ ވާނެ: ފްލިކް
18 މެއި 2026

ބެޓިސް އަތުން މޮޅުވެ، ޗެމްޕިއަން ބާސެލޯނާ އަށް ރެކޯޑެއް

18 މެއި 2026
ބެޓިސް އަތުން މޮޅުވެ، ޗެމްޕިއަން ބާސެލޯނާ އަށް ރެކޯޑެއް
17 މެއި 2026

އެއްބަސްވުން ހަމަވުމުން ބާސެލޯނާ ދޫކޮށްލަން ލެވަންޑޯސްކީ ނިންމައިފި

17 މެއި 2026
އެއްބަސްވުން ހަމަވުމުން ބާސެލޯނާ ދޫކޮށްލަން ލެވަންޑޯސްކީ ނިންމައިފި
14 މެއި 2026

ލީގު ޗެމްޕިއަންކަން ހޯދުމަށް ފަހު ކުޅުނު ފުރަތަމަ މެޗުން ބާސެލޯނާ ބަލިވެއްޖެ

14 މެއި 2026
ލީގު ޗެމްޕިއަންކަން ހޯދުމަށް ފަހު ކުޅުނު ފުރަތަމަ މެޗުން ބާސެލޯނާ ބަލިވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް