Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގެދޮރުވެރިޔާ މަޝްރޫއު

މި ހަފުތާގައި އާންމުކުރާނެ ކަމަށް ބުނި ފްލެޓް ލިސްޓުގެ ނިންމުން، ރަސްމީ ގަޑި ނިމުނުއިރު ވެސް ނުނެރޭ!

އަދިވެސް އެކަމުގެ މައުލޫމާތެއް އެ ކޮމިޝަނުން ދީފައެއް ނުވޭ

އަޙްމަދު ސަދޫފް މޫސާ
އަޙްމަދު ސަދޫފް މޫސާ | 1 ފެބުރުއަރީ 2024 | ބުރާސްފަތި 14:39
މިދިޔަ ސަރުކާރުން ފެށި ގެދޮރުވެރިޔާ ފްލެޓްތައް

މިދިޔަ ސަރުކާރުން ފެށި ގެދޮރުވެރިޔާ ފްލެޓްތައް

މި ހަފުތާގައި އާންމުކުރާނެ ކަމަށް ބުނި ގެދޮރުވެރިޔާ މަޝްރޫއުގެ ފްލެޓް ލިސްޓާމެދު އެ ކޮމިޝަނުގެ ނިންމުން، ހަފުތާގެ ރަސްމީ ވަގުތުތައް ނިމުނު ވެސް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ނެރިފައެއް ނުވެއެވެ.

ގެދޮރުވެރިޔާގެ ފްލެޓް ލިސްޓާ ގުޅިގެން އޭސީސީން ބަލަމުންދާ މައްސަލައިގައި، މި ހަފުތާގައި ގޮތެއް ނިންމާނެ ކަމަށް ބުނެ އޭސީސީން މީޑިއާތަކަށް މެސެޖެއް ފޮނުވީ މި ހަފުތާގެ އާދިއްތަ ދުވަހުއެވެ. އެ މެސެޖުގައި އޮތީ، ގެދޮރުވެރިޔާ ސްކީމްގެ ދަށުން އިއުލާންކުރި 4000 ފްލެޓާ ގުޅިގެން ކޮމިޝަނަށް ހުށަހެޅުނު މައްސަލައިގައި، ފްލެޓާގުޅޭ ކަންކަން މަޑުޖައްސާލުމަށް ކޮމިޝަނުން އެންގި އެންގުމާމެދު ކޮމިޝަނުން މިހަފުތާ ތެރޭގައި ގޮތެއް ނިންމާނެކަމަށެވެ.

Advertisement - newsAdvertisement

އެކަމާ ގުޅިގެން އޭސީސީއަށް ގުޅުމުން، ބުރާސްފަތި ދުވަހުގެ ހެނދުނު އެ އިދާރާއިން ބުނީ އެ ފްލެޓް ލިސްޓާމެދު އޭސީސީގެ ނިންމުން، ބުރާސްފަތި ދުވަހު ނެރޭނެ ކަމަށެވެ. އެހެން ނަމަވެސް ބުރާސްފަތި ދުވަހުގެ ރަސްމީ ގަޑި ނިމުނުއިރު ވެސް ލިސްޓާގުޅޭ މައުލޫމާތެއް އޭސީސީން އިއުލާންކޮށްފައެއް ނުވެއެވެ. އަދި އެކަމާ ގުޅިގެން އޭސީސީގެ މީޑީއާއަށް ގުޅުމުން ޖަވާބެއް ދީފައެއްނުވެއެވެ.

އޭސީސީން މިފަދައިން އަމަލުކުރާއިރު، ރައީސް މުއިއްޒުވެސް މީގެ ދެ ހަފުތާއެއް ކުރިން ވަނީ، އެ ހަފުތާގެ ތެރޭގައި ފްލެޓާއި ބިންތައް ލިބުނު ފަރާތްތަކަށް އެ ތަންތަން ހަވާލުކޮށް ނިންމުމުގެ މަސައްކަތް ފައްޓަވާނެ ކަމަށް ވިދާޅުވެފައެވެ. އެހެން ނަމަވެސް އެ ކަންތައް ވެސް މިއަދާ ހަމައަށް ވެސް ކުރެވިފައެއް ނުވެއެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަންގެދޮރުވެރިޔާ ސްކީމް

އިތުރަށް ކިޔާލަން

27 ނޮވެމްބަރު 2025

ފުލެޓުގެ މައުލޫމާތު ނުދީގެން ގާނޫނާ ޚިލާފުވި ކަމަށް ނިންމާ ހައުސިންގ މިނިސްޓްރީގެ މުވައްޒަފުންތަކެއް ގެ މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ ކުރަން ޕީޖީ އަށް ފޮނުވައިފި

27 ނޮވެމްބަރު 2025
ފުލެޓުގެ މައުލޫމާތު ނުދީގެން ގާނޫނާ ޚިލާފުވި ކަމަށް ނިންމާ ހައުސިންގ މިނިސްޓްރީގެ މުވައްޒަފުންތަކެއް ގެ މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ ކުރަން ޕީޖީ އަށް ފޮނުވައިފި
26 ނޮވެމްބަރު 2025

ފްލެޓު ތަކަށް އަންނަ އަހަރުގެ ދިރާސީ އައު އަހަރުގެ ކުރިން ވަދެވޭނެ: ރައީސް މުއިއްޒު

26 ނޮވެމްބަރު 2025
ފްލެޓު ތަކަށް އަންނަ އަހަރުގެ ދިރާސީ އައު އަހަރުގެ ކުރިން ވަދެވޭނެ: ރައީސް މުއިއްޒު
17 ނޮވެމްބަރު 2025

ކުޑޫގެ މެސެޖެއް އޭސީސީއަށް: ހޯދަން އެންގި 77 މިލިއަނުން ހޯދުނީ އެންމެ 49،000 ރުފިޔާ، ޓައި އަޅައިގެން އޮފީހަށް ދާނެ ކަމެއް ނެތް!

17 ނޮވެމްބަރު 2025
ކުޑޫގެ މެސެޖެއް އޭސީސީއަށް: ހޯދަން އެންގި 77 މިލިއަނުން ހޯދުނީ އެންމެ 49،000 ރުފިޔާ، ޓައި އަޅައިގެން އޮފީހަށް ދާނެ ކަމެއް ނެތް!
14 ނޮވެމްބަރު 2025

މުއިއްޒު ސަރުކާރުން ފްލެޓް އަތުލަނީ މާލޭގައި 15 އަހަރު އުޅުނުކަން ސާބިތު ނުވާ ކަމަށް ބުނެ، އެކަމަކު ފުލެޓް ލިސްޓު ވެރިފައި ކުރި އިރު އެކަން ނުބަލާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި!

12 ނޮވެމްބަރު 2025

އޭސީސީ އިން ބުނީ ސަރުކާރުގެ ނުފޫޒެއް ނެތް ކަމަށާ ބޭނުން ވަނީ މިހާރަށް ވުރެ ބޮޑު ބަޖެޓެއް ކަމަށް

12 ނޮވެމްބަރު 2025
އޭސީސީ އިން ބުނީ ސަރުކާރުގެ ނުފޫޒެއް ނެތް ކަމަށާ ބޭނުން ވަނީ މިހާރަށް ވުރެ ބޮޑު ބަޖެޓެއް ކަމަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު