Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަޖިލީހުގެ ގަވާއިދުތަކެއް ބަދަލުކުރުން

މަޖިލީހުގެ ގަވާއިދުގެ ބައެއް ބާތިލުކުރަން ކޯޓަށް ދިޔުމަކީ، މަޖިލީހުގެ ބާރު ކަނޑުވާލުމުގެ މަސައްކަތް: އިބްރާ

އެގޮތުން ޤާނޫނު އަސާސީގެ 88 އަދި 90 ވަނަ މާއްދާގައި، މަޖިލީހުގައި ހިނގާ ކަންކަމާ ނުވަތަ ޢަމަލުކުރެވޭ ގޮތެއްގެ ސަބަބުން ދައުވާ ނުކުރެވޭނެ ކަމަށް ބަޔާންކޮށްފައިވޭ

އަޙްމަދު ސަދޫފް މޫސާ
އަޙްމަދު ސަދޫފް މޫސާ, ރާއްޖެ އެމްވީ | 31 ޖެނުއަރީ 2024 | ބުދަ 01:54
އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާހިމް އިސްމައީލް (އިބުރާ)

އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާހިމް އިސްމައީލް (އިބުރާ)

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ ބައެއް ބާތިލުކުރަން ބަންޑާރަ ނައިބު، ސުޕްރީމު ކޯޓަށް ދިޔުމަކީ ރައްޔިތުންގެ މަޖިލީހުގެ ބާރު ކަނޑުވާލައި، ރައްޔިތުންގެ މައްޗަށް ސަރުކާރު ގަދަވެގަތުމުގެ މަސައްކަތް ކަމަށް އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާހިމް އިސްމައީލް (އިބުރާ) ވިދާޅުވެއްޖެއެވެ.

އިބުރާ ކުރެއްވި ޕޯސްޓެއްގައި މިހެން ވިދާޅުވީ، މަޖިލީހުން ރައީސުލްޖުމްހޫރިއްޔާ ޢަޒުލުކުރުމުގެ ޕްރޮސެސް ބަޔާން ކުރާ މައްދާތަކަށް ބަދަލުގެނައީ، އެ މަޖިލީހަށް ލިބިފައިވާ އިޚްތިޔާރުގެ ބޭރުން ކަމަށް ކަނޑައަޅައި ދިނުމަށް އެދި، ބަންޑާރަ ނައިބުގެ އޮފީހުން ސުޕްރީމު ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅުމާ ގުޅިގެންނެވެ.

އެގޮތުން އެކަމަށް އިޝާރަތްކުރައްވަމުން އިބުރާ ވިދާޅުވީ، މަޖިލީހުގެ ގަވާއިދުގެ ބައެއް ބާތިލްކުރަން ދައުލަތުގެ ބަންޑާރަ ނައިބު އަޙްމަދު އުޝާމު، ސުޕްރީމު ކޯޓަށްދިޔުމަކީ، އެ މަގާމަށް ބަންޑާރަ ނައިބު އައްޔަނުކުރަން މަޖިލީހުން ރުހުން ނުދިނީ ސަބަބެއް ނެތި ނޫންކަން އަންގައިދޭ ކަމެއް ކަމަށެވެ.

އަދި މަޖިލީހަށް ދައުވާ ކުރަނީ ވެސް އަދި ދިފާއު ކުރަނީ ވެސް ބަންޑާރަ ނައިބު ކަމުގައި ފާހަގަ ކުރަމުން އިބުރާ ވިދާޅުވީ، ސުޕްރީމު ކޯޓަށް ހުށަހެޅި މައްސަލައަކީ ކުޑަ މައްސަލައެއް ނޫން ކަމަށާއި، އެކަމުން ސަރުކާރުން މަސައްކަތް ކުރަނީ މަޖިލީހުގެ ބާރު ކަނޑުވާލައި، ރައްޔިތުންގެ މައްޗަށް ގަދަވެގަތުމުގެ މަސައްކަތް ކަމަށެވެ.

އަދި މަޖިލިސް ނެތިގެން ދިޔުމަކީ ކޯޓުތައް ވެސް ނެތިދިޔުން ކަމުގައި ފާހަގަ ކުރައްވަމުން އިބުރާ ވިދާޅުވީ، މަޖިލީހުގެ ކަމެއް ހިންގި ގޮތް ނުވަތަ ނިންމި ނިންމުމެއް އެއްވެސް ކޯޓަކުން ނުބެލޭނެ ކަމަށް ޤާނޫނު އަސާސީގައި ލިޔުނު ހަނދުމަފުޅުވާ ކަމަށެވެ.

އިބުރާ އެފަދައިން ވިދާޅުވިއިރު، ޤާނޫނު އަސާސީގެ 88 ވަނަ މާއްދާގެ އިތުރުން، 90 ވަނަ މާއްދާގައި ވެސް އިސްލާމް ދީނާ ޚިލާފުނުވާނަމަ، މަޖިލީހުގައި ހިނގާ ކަންކަމާ ނުވަތަ ޢަމަލުކުރެވޭ ގޮތެއްގެ ސަބަބުން ދައުވާ ނުކުރެވޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ.

އެގޮތުން ޤާނޫނު އަސާސީގެ 88 ވަނަ މާއްދާ ކަމަށްވާ، މަޖިލިސް ހިންގުމުގެ ޤަވާއިދު ކަނޑައެޅުމުގެ (ށ)ގައި އޮތީ، ޤާނޫނޫ އަސާސީން އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހައި ހިނދަކު، ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ކަމެއް ހިނގި ގޮތުގެ ސައްޙަކަން ބެލުމަށްޓަކައި އެއްވެސް ކޯޓަކަށް މައްސަލައެއް ހުށަނޭޅޭނެ ކަމަށެވެ.

އަދި މަޖިލީހުގެ އިމްތިޔާޒު ފާހަގަކޮށް ޤާނޫނު އަސާސީގެ 90 ވަނަ މައްދާގައި ބަޔާންކޮށްފައިވަނީ، މަޖިލީހުގެ ޖަލްސާއެއްގައި ނުވަތަ މަޖިލީހުގެ ކޮމެޓީއެއްގައި މެމްބަރަކު ނުވަތަ އެނޫން ވެސް މީހަކު، އިސްލާމްދީނުގެ އަސްލަކާ ޚިލާފް ނުވާ ގޮތުގެ މަތިން ދެއްކި ވާހަކައެއް، ހުށަހެޅި ހުށަހެޅުމެއް ނުވަތަ ވޯޓު ދިނުމުގައި ޢަމަލު ކުރި ގޮތެއްގެ ސަބަބުން އެމީހަކު ހާޒިރުކޮށް، ތަހުގީގެއް ހިންގައި، ހައްޔަރުކޮށް، ބަންދެއްކޮށް ނުވަތަ ދައުވާއެއް ވެސް ނުކުރެވޭނެ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

29 ޖެނުއަރީ 2017
 ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް

ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް

26 ޖެނުއަރީ 2017
ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް

ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް

22 ޖެނުއަރީ 2017
ކެންޑިޑެސީ ބާތިލްކުރި މައްސަލަ ހައި ކޯޓަށް ހުށަހަޅައިފި

ކެންޑިޑެސީ ބާތިލްކުރި މައްސަލަ ހައި ކޯޓަށް ހުށަހަޅައިފި

15 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

15 އެޕްރީލު
އިގްތިޞާދު ބިނާކުރެވެނީ ޓިކްޓޮކް ކުޅެގެންތޯއެވެ.
20251 އަހަރު ކުރިން
ރިޕޯޓު

އިގްތިޞާދު ބިނާކުރެވެނީ ޓިކްޓޮކް ކުޅެގެންތޯއެވެ.

ޕްރެޝަރު ބޮޑުވެ، ސަރުކާރުން މަގޫދޫ ރައްޔިތުން "ގުނބޯ" ހައްދަން މަސައްކަތް ކުރަނީ!
20242 އަހަރު ކުރިން
ރިޕޯޓު

ޕްރެޝަރު ބޮޑުވެ، ސަރުކާރުން މަގޫދޫ ރައްޔިތުން "ގުނބޯ" ހައްދަން މަސައްކަތް ކުރަނީ!

އާމިލާ - "ބިޒީ މަންމަ އެއް، ހުށަހެޅުމާއި މަދަހަކިޔުމަށް ރަނގަޅު ފުރުސަތެއްގެ އުންމީދުގައި"
20233 އަހަރު ކުރިން
ރިޕޯޓު

އާމިލާ - "ބިޒީ މަންމަ އެއް، ހުށަހެޅުމާއި މަދަހަކިޔުމަށް ރަނގަޅު ފުރުސަތެއްގެ އުންމީދުގައި"

ޔޫކްރެއިންގެ 3،000 ސިފައިން މަރުވެއްޖެ، ރައީސް އެދިވަޑައިގަންނަވަނީ ރަޝިޔާއަކީ ޓެރަރިޒަމަށް ވާގިވެރިވާ ގައުމެއްގެގޮތުގައި ކަނޑައެޅުމަށް
20224 އަހަރު ކުރިން
ދުނިޔެ

ޔޫކްރެއިންގެ 3،000 ސިފައިން މަރުވެއްޖެ، ރައީސް އެދިވަޑައިގަންނަވަނީ ރަޝިޔާއަކީ ޓެރަރިޒަމަށް ވާގިވެރިވާ ގައުމެއްގެގޮތުގައި ކަނޑައެޅުމަށް

މާލެ ރައްޔިތުންގެ 24 އިންސައްތަ ލިބުމުން އެއީ ޕާޓީކުރަންވީ ސަބަބެއް ނޫން!
20215 އަހަރު ކުރިން
ރިޕޯޓު

މާލެ ރައްޔިތުންގެ 24 އިންސައްތަ ލިބުމުން އެއީ ޕާޓީކުރަންވީ ސަބަބެއް ނޫން!

ހަނގާ ކުރުން ހުއްޓުވަން ލަސްވެއްޖެ
20197 އަހަރު ކުރިން
ރިޕޯޓު

ހަނގާ ކުރުން ހުއްޓުވަން ލަސްވެއްޖެ

ރައީސް ޔާމީންގެ ދަނޑިމާރު ސަރުކާރު
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ ދަނޑިމާރު ސަރުކާރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު