Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިޓާލިއަން ލީގު

ސެލަނިޓާނާ ބަލިކޮށް، ރޯމާ އިން ގަދަ ހަތަރެއްގެ އުންމީދުގައި

މޮޅާއެކު ރޯމާ އޮތީ ލީގު ތާވަލްގެ ފަސް ވަނަ މަގާމުގަައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 31 ޖެނުއަރީ 2024 | ބުދަ 01:37
އިޓާލިއަން ލީގުގައި ރޯމާ އިން ކުޅުނު މެޗުގެ ތެރެއިން

އިޓާލިއަން ލީގުގައި ރޯމާ އިން ކުޅުނު މެޗުގެ ތެރެއިން

އިޓާލިއަން ލީގުގައި ސެލަނިޓާނާއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ރޯމާ އިން ލީގުގެ ހަތަރެއްގެ އުންމީދު ހިފަހައްޓައިފި އެވެ.

ލީގުގައި އަންގާރަ ދުވަހު ސެލަނިޓާނާގެ ދަނޑުގައި ކުޅުނު މެޗު ރޯމާ އިން ކާމިޔާބު ކުރީ 2-1 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައިނުވާއިރު، ދެ ޓީމުގެ ލަނޑުތައް ވެސް ފެނުނީ ދެ ވަނަ ހާފުގަ އެވެ.

ދެ ވަނަ ހާފުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ރޯމާ އިންނެވެ. ދެ ވަނަ ހާފު ފަށައިގެން ހަ ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ އާޖެންޓީނާގެ ޕައުލޯ ޑިބާލާ އެވެ. އެއީ ރޯމާ އަށް ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށްގެން ޑިބާލާ ޖެހި ލަނޑެކެވެ. އޭގެ ފަހުން 66 ވަނަ މިނެޓުގައި ލޮރެންޒޯ ޕެލެގްރީނީ ވަނީ ރޯމާގެ ދެ ވަނަ ލަނޑު ޖަހައި، ލީޑު ފުޅާ ކޮށްފަ އެވެ. އޭނާ އެ ލަނޑު ޖެހީ ރިކް ކާސްޑޯޕް ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. އޭގެ ހަތަރު މިނެޓު ފަހުން ސެލަނިޓާނާގެ ހަމައެކަނި ލަނޑު ޖެހީ ގްރިގޮރިސް ކަސްޓަނޯސް އެވެ.

މޮޅާއެކު ރޯމާ އޮތީ ލީގު ތާވަލްގެ ފަސް ވަނަ މަގާމުގަަ އެވެ. އެއީ މިހާތަނަށް ކުޅުނު 22 މެޗުން 35 ޕޮއިންޓު ހޯދައިގެންނެވެ. ރޯމާއާ، ހަތަރު ވަނައިގައި އޮތް އެޓަލަންޓާއާ ދެމެދު އޮތީ ޕޮއިންޓެއްގެ ފަރަގެކެވެ. ހަތަރު ވަނައިގައި އެޓަލަންޓާ އޮތީ ރޯމާ އަށް ވުރެ އެއް މެޗު މަދުން ކުޅެގެން 36 ޕޮއިންޓާއެކު އެވެ.

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް
26 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް
17 ޖެނުއަރީ 2017

އާ ސީޒަނަށް ނުކުންނާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން: ޝަޒީން

17 ޖެނުއަރީ 2017
އާ ސީޒަނަށް ނުކުންނާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން: ޝަޒީން
14 ޖެނުއަރީ 2017

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017
ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު