Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކުލަބު ވެލެންސިއާ

އައު ބޯޑާއެކު، ވެލެންސިއާގައި ބައްސާމްގެ ބާރު ގެއްލިއްޖެ!

31 ޖެނުއަރީ 2024 | ބުދަ 01:34

އަލަށް ޢައްޔަން ކުރި މެމްބަރުންނަކީ، ޔޫސުފް އަޒީމް އަދި އަޙުމަދު ޝަރީފް

ރާއްޖެ އެމްވީ | 31 ޖެނުއަރީ 2024 | ބުދަ 01:34
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް

ކުލަބު ވެލެންސިއާގެ ހިންގާ ކޮމެޓީގެ އައު ބޯޑެއް، ކޮމިޝަނަރ އޮފް ސްޕޯޓްސްގައި ރަޖިސްޓްރީ ކުރުމާއެކު، ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް ބައްސާމް އަދީލް ޖަލީލް އެ ކުލަބުގައި ދަމަހައްޓަމުން އައި ބާރު ގެއްލިއްޖެ އެވެ.

ވެލެންސިގާ ހިންގާ ކޮމެޓީގައި ބައްސާމާ ގުޅުން އޮންނަ ތިން މެމްބަރަކު ތިބޭއިރު، ހިންގާ ކޮމެޓީން ވަނީ އެ ތިން މެމްބަރުން ދުރުކޮށްފަ އެވެ. އެއީ ވެލެންސިއާގެ ފައިނޭސް ޑައިރެކްޓަރުގެ މަޤާމުގައި ހުރި ޙަސަން ވަޙީދު (ދޮނާ)ގެ އިތުރުން، މިސްބާހު މުޙައްމަދު އަދި އަލީ މަމްދޫހު މުޙައްމަދު އެވެ. މީގެ ތެރެއިން ދޮނާ އަކީ ބައްސާމާ ވަރަށް ގާތް ގުޅުމެއް އޮންނަ، ބައްްސާމްގެ އަރިސް ބޭފުޅެކެވެ. ދެން ހިމެނޭ މިސްބާހު އަދި މަމްދޫހް އަކީ ބައްސާަމްގެ އަނބިކަނބަލުން އާމިނަތު މައުރީނާ (މައު)ގެ އާއިލާ ދެ މީހުންނެވެ.

ވެލެންސިއާގެ ބޯޑުން މި ތިން މެމްބަރުން ވަކި ކުރުމަށްފަހު، އެހެން ތިން މެމްބަރުން ވަނީ އައްޔަން ކޮށްފަ އެވެ. އެއީ ޔޫސުފް އަޒީމް (ޔޫއްޓޭ)، އަހްމަދު ޝަރީފް (މާޑޭ) އެވެ. ވެލެންސިއާގެ ބޯޑަށް ގެނެސްފައިވާ ބަދަލާއެކު، އައު ބޯޑު މިހާރު ވަނީ ކޮމިޝަނަރ އޮފް ސްޕޯޓްސްގައި ރަޖިސްޓްރީ ކޮށްފަ އެވެ. އެކަމާ ހިތްހަމަ ނުޖެހި، ބޯޑުން ވަކި ކުރި މެމްބަރުން ވަނީ ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލް (ޠަލާ) ދިރިއުޅުއްވާ ގެކޮޅު ކައިރި އަށް އެއްވެ މުޒާހަރާ ކޮށްފަ އެވެ. އަދި އެ މެމްބަރު ވަނީ ކޮމިޝަނަރ ޠަލާގެ އިސްތިއުފާ އަށް ވެސް ގޮވައިފަ އެވެ.

މިދިޔަ ޑިސެމްބަރު މަހު ވެލެންސިއާގެ ޗެއާމަންކަމަށް ވަނީ، ކުޅިވަރު ނޫސްވެރިޔާ ޢަބްދުﷲ އަޒްމީން އިންތިޚާބު ކޮށްފަ އެވެ. އެއީ ކުރިން އެ މަގާމުގައި ހުރި ބައްސާމްގެ ކޮއްކޮ ރަސްލާން އަދީލް ޖަލީލް އިސްތިއުފާ ދެއްވުމުންނެވެ. ވެލެންސިއާގެ ޗެއާމަނަކަށް އަޒްމީން އިންތިޚާބު ކުރި ފަހުން، އޭނާ އިސްތިއުފާ ދެއްވި ކަމަށް ވެސް ބައްސާމް އަށް ތާއީދު ކުރާ މެމްބަރުން ވަނީ ބުނެފަ އެވެ. ނަމަވެސް، އަޒްމީން ވަނީ އެކަން ދޮގު ކޮށްފަ އެވެ.

ވެލެންސިއާގެ އެތެރޭގައި މައްސަލަ ޖެހުނީ، އެފްއޭއެމްގެ ރައީސް ކަމަށް ވާދަކުރައްވާ ޤައުމީ ޓީމުގެ ކުރީގެ ފޯވާޑް އަޙުމަދު ޠާރިޤް (ޓޮމް) އަށް، އަޒްމީން ސޮއި ކުރައްވާާ ތާއީދު ސިޓީ ދީފައި ވަނިކޮށެވެ. އިންތިޚާބުގައި ވާދަކުރައްވަން ފޯމު ހުށަހެޅުއްވި ކުލަބު އީގަލްސްގެ ވައިސް ޗެއާމަން، މުފާވިޒް ޙާޝިމް (މުފާ) އަތުގައި ވެސް ވެެލެންސިއާގެ ތާއީދު ސިޓީ އޮތެވެ. އިންތިޚާބުގެ މަރުހަލާގައި އެފްއޭއެމްގެ އިލެކްޓޯރަލް ކޮމެޓީން ވަނީ ވެލެންސިއާގެ ދެ ސިޓީ ވެސް ބާތިލު ކުރުމަށް ނިންމައިފަ އެވެ. އޭގެ ފަހުން، ޓޮމްގެ ފަރާތުން އެ މައްސަލަ އިސްތިއުނާފުކޮށް، ދުނިޔޭގެ ފުޓުބޯޅަައިގެ މައި އިދާރާ (ފީފާ) އަށް ވެސް ހުށަހެޅުއްވި އެވެ. ފީފާ އަދި އޭއެފްސީން އެންގީ އެފްއޭއެމްގެ އިންތިޚާބު ކެންސަލު ކުރުމަށެވެ.

ބޯޑުން ވަކި ކުރި މެމްބަރުން އިސްނަގައިގެން ވަނީ، އަޒްމީންގެ އިތުބާރު ނެތް ކަމަށް ވެސް ފާސްކޮށްފަ އެވެ. އަޒްމީންގެ އިތުބާރު ނެތް ކަމަށް އެންމެ ފުރަތަމަ ފާސްކުރި ނަމަވެސް، ކޮމިޝަނަރު ވަނީ އެކަން ބަަލައި ނުގަންނަން ނިންމައިފަ އެވެ. އެއީ އެކަން ކުރިއަށް ގެންގޮސްފައި ވަނީ ވެލެންސިއާގެ އަސާސީ ޤަވާއިދާ ޚިލާފަށް ކަމަށް ބުނެ އެވެ. އޭގެ ފަހުން ދެ ވަނަ ފަހަރަށް އެ މެމްބަރުން އަޒްމީންގެ އިތުބާރު ނެތް ކަމަށް ފާސް ކުރަން ޖަލްސާ ބޭއްވީ، ކޮމިޝަނަރަށް ވެސް ދައުވަތު ދީގެންނެވެ. އެހެން ނަމަވެސް، އެ ދައުވަތު ކޮމިޝަނަރު ޤަބޫލުކޮށްފައެއް ނުވެ އެވެ.

އެނގިފައިވާ ގޮތުގައި އެ ބައްދަލުވުން ބޭއްވިއިރު ވެސް، ވެލެންސިއާގެ ހިންގާ ކޮމެޓީ އަށް ވަނީ ބަދަލު ގެނެސްފަ އެވެ. އެ ބައްދަލުވުމަށް ކޮމިޝަނަރު ވަޑައިނުގަތީ، އައު ބޯޑެއް ރަޖިސްޓްރީ ކޮށްފައިވާތީ އެވެ. އަދި އެ ބައްދަލުވުން ބޭއްވީ ފަހުން އައްޔަން ކުރި ބޯޑުގައި ނުހިމެނޭ މެމްބަރުންނަށް ވާތީ އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

15 ޖުލައި 2017

އަނބުރާ ޔުނައިޓެޑަށް އައުމުގެ ދޮރު އިބްރާހިމޮވިޗަށް ވަނީ ހުޅުވާލެވިފައި: މޮރީނިއޯ

15 ޖުލައި 2017
އަނބުރާ ޔުނައިޓެޑަށް އައުމުގެ ދޮރު އިބްރާހިމޮވިޗަށް ވަނީ ހުޅުވާލެވިފައި: މޮރީނިއޯ
11 ޖުލައި 2017

ފޯމުގައި ޓީސީ އޮއްވާ ދިގު ބްރޭކެއް އައުމުން މައްސަލަތައް ދިމާވި: ނިޒާމްބެ

11 ޖުލައި 2017
ފޯމުގައި ޓީސީ އޮއްވާ ދިގު ބްރޭކެއް އައުމުން މައްސަލަތައް ދިމާވި: ނިޒާމްބެ
02 މެއި 2017

ބައްސާމްގެ ދައުރު ނިމެންދެން އަންހެން ފުޓުބޯޅަ ޓީމުގެ ކޯޗަކަށް އާތީ

02 މެއި 2017
ބައްސާމްގެ ދައުރު ނިމެންދެން އަންހެން ފުޓުބޯޅަ ޓީމުގެ ކޯޗަކަށް އާތީ
19 އެޕްރީލު 2017

ކްލަބްތައް ބާރުވެރިކުރުމަށް ހާއްސަ ސަމާލުކަމެއް ދޭނަން: ލަތީފް

19 އެޕްރީލު 2017
ކްލަބްތައް ބާރުވެރިކުރުމަށް ހާއްސަ ސަމާލުކަމެއް ދޭނަން: ލަތީފް
19 އެޕްރީލު 2017

ވަކިން ހާއްސަކޮށް މޯހަން ބާގަން މެޗަށް ތައްޔާރެއް ނުވަން، ޓީމަށް އިތުބާރު އެބައޮތް: މާޒިޔާ ކޯޗު

19 އެޕްރީލު 2017
ވަކިން ހާއްސަކޮށް މޯހަން ބާގަން މެޗަށް ތައްޔާރެއް ނުވަން، ޓީމަށް އިތުބާރު އެބައޮތް: މާޒިޔާ ކޯޗު
05 އެޕްރީލު 2017

އަޔަން މޭން މާލެ އައުމުން ހޫނު މަރުހަބާއެއް ކިޔައިފި

05 އެޕްރީލު 2017
އަޔަން މޭން މާލެ އައުމުން ހޫނު މަރުހަބާއެއް ކިޔައިފި
30 މާރިޗު 2017

ޕާކިސްތާނުގެ އެންމެ ބާރު އުކުންތެރިޔާ ސަސްޕެންޑްކޮށްފި

30 މާރިޗު 2017
ޕާކިސްތާނުގެ އެންމެ ބާރު އުކުންތެރިޔާ ސަސްޕެންޑްކޮށްފި
26 މާރިޗު 2017

މިއާމީ އޯޕެންގައި ފެޑެރާގެ އެނބުރި އައުން ރަނގަޅުކޮށްފި

26 މާރިޗު 2017
މިއާމީ އޯޕެންގައި ފެޑެރާގެ އެނބުރި އައުން ރަނގަޅުކޮށްފި
07 މާރިޗު 2017

އޭޝިޔާގެ ބާރު ދުވުންތެރިންނާއެކު ސާއިދު ވާދަކުރަނީ

07 މާރިޗު 2017
އޭޝިޔާގެ ބާރު ދުވުންތެރިންނާއެކު ސާއިދު ވާދަކުރަނީ
28 ޖެނުއަރީ 2017

އިންޓައަށް ބަދަލުވާތޯ ރޮނާލްޑޯ އަށް މިދަނީ ބާރުއަޅަމުން: ޖޯ މާރިއޯ

28 ޖެނުއަރީ 2017
އިންޓައަށް ބަދަލުވާތޯ ރޮނާލްޑޯ އަށް މިދަނީ ބާރުއަޅަމުން: ޖޯ މާރިއޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް