Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޓޮބްލެރޯންގެ މިލްކް ޗޮކްލެޓް މަނާކުރުން

ޕްލާސްޓިކުން ތަޣައްޔަރުވެފައިވާތީ، ޓޮބްލެރޯން މިލްކް ޗޮކްލެޓް ނުވިއްކަން އަންގައިފި

އެ އުފެއްދުމުގެ ސަބަބުން ކަރުގައި ޕްލާސްޓިކްކޮޅެއް ތާށިވުން، ނުވަތަ ދަތަށް ގެއްލުމެއް ލިބުންފަދަ ކަމެއް ދިމާވުމުގެ ފުރުސަތު އޮވެދާނެ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 29 ޖެނުއަރީ 2024 | ހޯމަ 16:39
ވިއްކުން މަނާކުރި ޓޮބްލެރޯން މިލްކް ހަނީ އެންޑް އަލްމަންޑް ޗޮކްލެޓް

ވިއްކުން މަނާކުރި ޓޮބްލެރޯން މިލްކް ހަނީ އެންޑް އަލްމަންޑް ޗޮކްލެޓް

ޕްލާސްޓިކުން ތަޣައްޔަރުވެފައިވާ ޓޮބްލެރޯން ޗޮކްލެޓް ރާއްޖެ އެތެރެކޮށްފައިވާތީ، އެ ނުވިއްކުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ(އެމްއެފްޑީއޭ)ން އަންގައިފިއެވެ.

އެ އޮތޯރިޓީން ނެރުނު ބަޔާނެއްގައި ބުނީ، ޕްލާސްޓިކުން ތަޣައްޔަރުވެފައިވާ، ސްވިޓްޒަލެންޑުގެ ޓޮބްލެރޯން ބްރޭންޑުގެ މިލްކް ދެ ވައްތަރެއްގެ ޗޮކްލެޓް އެތެރެވެފައި ވާކަމަށް، ޔޫރަޕްގެ ރެޕިޑް އެންޑް ސިސްޓަމް ފޯ ފުޑް އެންޑް ފީޑް އަދި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ އިންޓަނޭޝަނަލް ފުޑް ސޭފްޓީ އޮތޯރިޓީސް ނެޓްވޯރކް މެދުވެރިކޮށް އަންގާފައި ވާކަމަށެވެ.

Advertisement - newsAdvertisement

ޗޮކްލެޓް އުފައްދާ މެޝިނަށް ދިމާވި މައްސަލައަކާ ގުޅިގެން ޕްލާސްޓިކުން ތަޣައްޔަރުވެފައިވާތީ، އެ އުފެއްދުމުގެ ސަބަބުން ކަރުގައި ޕްލާސްޓިކް ކޮޅެއް ތާށިވުން ނުވަތަ ދަތަށް ގެއްލުމެއް ލިބުންފަދަ ކަމެއް ދިމާވުމުގެ ފުރުސަތު އޮވެދާނެކަމަށް އެ ފަރާތުން ފާހަގަކޮށްފައި ވާކަމަށް އެމްއެފްޑީއޭން ބުނެއެވެ.

އެހެންކަމުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ދަށުން، ހަ ލޭބަލެއްގައިވާ ޓޮބްލެރޯން މިލްކް ޗޮކްލެޓް އެތެރެނުކުރުމަށާއި ނުވިއްކުމަށް ވަނީ އަންގާފައެވެ.

މައްސަލަ ދިމާވި ޓޮބްލެރޯން މިލްކް ހަނީ އެންޑް އަލްމަންޑުގެ މުއްދަތު ހަމަވާނީ ސެޕްޓެމްބަރު 1، 2024ގައެވެ. މި ޗޮކްލެޓްތައް އުފެއްދާފައިވަނީ ސެޕްޓެމްބަރު 1، 2023ގައެވެ.

އިތުރަށް ކިޔާލަން

03 މެއި 2023

އިންޑިއާއިން އުފައްދާ ކޯފް ސިރަޕެއް ތަޣައްޔަރުވެފައިވާތީ ސަމާލުވުމަށް އެދިއްޖެ

03 މެއި 2023
އިންޑިއާއިން އުފައްދާ ކޯފް ސިރަޕެއް ތަޣައްޔަރުވެފައިވާތީ ސަމާލުވުމަށް އެދިއްޖެ
22 މާރިޗު 2022

ފޭކް ސްލިޕް ދައްކައިގެން ސިގިރޭޓް، ރެޑްބުލް، ޗޮކްލެޓް ގަތުމުން 4 މަހަށް ޖަލަށް

22 މާރިޗު 2022
ފޭކް ސްލިޕް ދައްކައިގެން ސިގިރޭޓް، ރެޑްބުލް، ޗޮކްލެޓް ގަތުމުން 4 މަހަށް ޖަލަށް
12 ޑިސެމްބަރު 2019

ހިންމަފުށީގެ ފެންފަށަލަ ތަޣައްޔަރުވެފައިވާތީ، ދިމާވާ ދަތިތައް ރައީސްއާ ހިއްސާކުރައްވައިފި

12 ޑިސެމްބަރު 2019
ހިންމަފުށީގެ ފެންފަށަލަ ތަޣައްޔަރުވެފައިވާތީ، ދިމާވާ ދަތިތައް ރައީސްއާ ހިއްސާކުރައްވައިފި
26 ސެޕްޓެމްބަރު 2019

ދިވެހި ކަނޑުތައް ޕްލާސްޓިކުން ސަލާމަތް ކުރުމަށް "ޕާލޭ" އާއި ގުޅިގެން މަސައްކަތް ކުރަނީ

26 ސެޕްޓެމްބަރު 2019
ދިވެހި ކަނޑުތައް ޕްލާސްޓިކުން ސަލާމަތް ކުރުމަށް "ޕާލޭ" އާއި ގުޅިގެން މަސައްކަތް ކުރަނީ
13 ޖޫން 2018

ޗޮކްލެޓް ޕެކްކުރެއްވި މެމްބަރުން މިފަހަރު މެޑަމްގެ އީދު ހަދިޔާ ބަންދުކުރުމުގައި

13 ޖޫން 2018
ޗޮކްލެޓް ޕެކްކުރެއްވި މެމްބަރުން މިފަހަރު މެޑަމްގެ އީދު ހަދިޔާ ބަންދުކުރުމުގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު