Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވަޒީރުންނަށް ރުހުންދިނުން

ސުޕްރީމު ކޯޓަށާއި މަޖިލީހަށް ގޮންޖަހައި، ރުހުން ނުދިން ތިން ވަޒީރުން އަލުން އައްޔަނުކޮށްފި

29 ޖެނުއަރީ 2024 | ހޯމަ 14:33

އެހެން ނަމަވެސް، ސަރުކާރުން ވަޒީރުން އަލުން އައްޔަނުކޮށްފައިވަނީ މަޖިލިސް އަދި ސުޕްރީމު ކޯޓަށް ވެސް ގޮންޖެހުމަށްފަހު

އަޙްމަދު ސަދޫފް މޫސާ
އަޙްމަދު ސަދޫފް މޫސާ | 29 ޖެނުއަރީ 2024 | ހޯމަ 14:33
ރުހުން ނުދޭން ނިންމި ތިން ވަޒީރުން

ރުހުން ނުދޭން ނިންމި ތިން ވަޒީރުން

ރައްޔިތުންގެ މަޖިލީހުން ރުހުން ނުދޭން ނިންމި ތިން ވަޒީރުންނަށް ހުވައިލައިދޭން ސުޕްރީމް ކޯޓުން ދެކޮޅު ހަދާފައިވަނިކޮށް، އެ ތިން ވަޒީރުން، އަލުން ވަޒީރުންގެ މަޖިލީހަށް އައްޔަނުކޮށްފިއެވެ.

ވަޒީރުންނަށް ރުހުން ދިނުމާ ގުޅޭ މައްސަލައިގައި، ތިން ވަޒީރަކަށް ރުހުން ނުދިނުމަށް މަޖިލީހުން ނިންމީ ހޯމަ ދުވަހު ބޭއްވި ޖަލްސާގައެވެ. އެގޮތުން ރުހުން ނުދޭން ނިންމި ވަޒީރުންނަކީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި، ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރުގެ އިތުރުން، އެޓާނީ ޖެނެރަލް ނުވަތަ ބަންޑާރަ ނައިބު، އަހްމަދު އުޝާމުއެވެ.

Advertisement - newsAdvertisement

އެ ތިން ބޭފުޅުންނަށް ރުހުން ނުދިނުމުން، ވަޒީރުންކަމަށް އެ ބޭފުޅުން އަލުން އައްޔަނުކޮށްފައިވާއިރު، އެކަމަކީ ސުޕްރީމު ކޯޓުން ދެކޮޅު ހަދާކަމެކެވެ. އެގޮތުން ހޯމަ ދުވަހު ރައީސް އޮފީހުގެ ފަރާތުން އެ ތިން ވަޒީރުންގެ ހުވާލައިދިނުމަށް ސުޕްރީމުކޯޓުިގައި އެދުނު ނަމަވެސް، އެކަމަށް އުއްތަމަ ފަނޑިޔާރު ވަނީ ދެކޮޅުހައްދަވާފައެވެ.

އެ ތިން ވަޒީރުންނަށް ހުވާ ލައިދިނުމަށް ސުޕްރީމު ކޯޓުން ދެކޮޅު ހަދަނީ، 2010 ވަނަ އަހަރު އެ ކޯޓުން ކުރި ޙުކުމަކަށް ރިއާޔަތްކޮށެވެ. އެގޮތުން އެ ޙުކުމުގައި ބުނީ މަޖިލީހުގެ ރުހުން ނުލިބޭ ފަރާތްތަކަށް ވަޒީރުކަމުގައި ދެމި ނުތިބެވޭނެ ކަމަށެވެ.

އެހެން ނަމަވެސް، އެ ތިން ވަޒީރުންގެ ތެރެއިން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު، އެ ވުޒާރާއަށް އައްޔަނުކުރިކަން ރަސްމީކޮށް އެ ވުޒާރާއިން އިއުލާންކޮށްފައިވެއެވެ.

ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައިގައި ހޯމަ ދުވަހު ބޭއްވި ޖަލްސާގައި، އެ ތިން ވަޒީރުންނަށް ރުހުން ނުދިނީ އެމްޑީޕީއިން އެކަމުގައި ތްރީ ލައިން ވިޕެއް ނެރެ، އެކަމުގައި ޑިމޮކްރެޓްސް ވެސް ބައިވެރިވުމާއެކުއެވެ. އެގޮތުން ބަންޑާރަ ނައިބު އުޝާމަށް ރުހުން ނުދޭން މަޖިލީހުން ފާސްކުރީ ވޯޓުގައި ބައިވެރިވި 64 މެމްބަރުންގެ ތެރެއިން 44 މެމްބަރުން އެގޮތަށް ވޯޓު ދެއްވައިގެންނެވެ.

މީގެ އިތުރުން، އިސްލާމީ ވަޒީރު ޑރ. ޝަހީމަށް ރުހުންދޭން ނުފެންނަ ކަމަށް، 31 މެމްބަރަކު ވޯޓު ދެއްވިއިރު، ހައުސިން މިނިސްޓަރު ހައިދަރަށް ރުހުންދޭން ނުފެންނަ ކަމަށް 46 މެމްބަރަކު ވޯޓު ދެއްވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

26 ފެބުރުއަރީ 2017

މައުމޫނާ ދެކޮޅަށް ބަޔާން ދޭން މަޖުބޫރުކުރި ކަމަށް ބުނާ މައްސަލަ މަޖިލީހަށް

26 ފެބުރުއަރީ 2017
މައުމޫނާ ދެކޮޅަށް ބަޔާން ދޭން މަޖުބޫރުކުރި ކަމަށް ބުނާ މައްސަލަ މަޖިލީހަށް
23 ފެބުރުއަރީ 2017

ބޮޑުކުރި އެލަވަންސް ފުލުހުންނަށް ނުދިން މައްސަލަ މަޖިލީހަށް!

23 ފެބުރުއަރީ 2017
ބޮޑުކުރި އެލަވަންސް ފުލުހުންނަށް ނުދިން މައްސަލަ މަޖިލީހަށް!
19 ފެބުރުއަރީ 2017

ގަދަކަމުން ޕީޕީއެމަށް މީހުން ވައްދަމުންދާތީ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި

19 ފެބުރުއަރީ 2017
ގަދަކަމުން ޕީޕީއެމަށް މީހުން ވައްދަމުންދާތީ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި
15 ފެބުރުއަރީ 2017

މަޖްބޫރުން މުވައްޒަފުން ޕީޕީއެމަށް ވައްދާތީ އެމްޑީޕީން މަޖިލީހަށް ޤަރާރެއް ހުށަހަޅައިފި

15 ފެބުރުއަރީ 2017
މަޖްބޫރުން މުވައްޒަފުން ޕީޕީއެމަށް ވައްދާތީ އެމްޑީޕީން މަޖިލީހަށް ޤަރާރެއް ހުށަހަޅައިފި
15 ފެބުރުއަރީ 2017

ކޮންސްޓްރަކްޝަން ދައިރާއާ ގުޅޭ ބިލް ވަރަށް އަވަހަށް މަޖިލީހަށް ހުށަހަޅާނަން: މުއިއްޒު

15 ފެބުރުއަރީ 2017
ކޮންސްޓްރަކްޝަން ދައިރާއާ ގުޅޭ ބިލް ވަރަށް އަވަހަށް މަޖިލީހަށް ހުށަހަޅާނަން: މުއިއްޒު
15 ފެބުރުއަރީ 2017

ތައުލީމުގެ ބިލް މަޖިލީހަށް ހުށަހަޅައިފި

15 ފެބުރުއަރީ 2017
ތައުލީމުގެ ބިލް މަޖިލީހަށް ހުށަހަޅައިފި
13 ފެބުރުއަރީ 2017

ޔޫއޭއީ އަށް ކަނޑައަޅާފައިވާ ސަފީރު ޑރ. ނިޔާޒަށް މަޖިލީހުން ރުހުންދީފި

13 ފެބުރުއަރީ 2017
ޔޫއޭއީ އަށް ކަނޑައަޅާފައިވާ ސަފީރު ޑރ. ނިޔާޒަށް މަޖިލީހުން ރުހުންދީފި
12 ފެބުރުއަރީ 2017

ޔޫއޭއީ އަށް ކަނޑައަޅާފައިވާ ސަފީރަށް ކޮމެޓީން ރުހުންދީފި

12 ފެބުރުއަރީ 2017
ޔޫއޭއީ އަށް ކަނޑައަޅާފައިވާ ސަފީރަށް ކޮމެޓީން ރުހުންދީފި
08 ފެބުރުއަރީ 2017

ހެއްކާބެހޭ ބިލް މަޖިލީހަށް ހުށަހަޅައިފި

08 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލް މަޖިލީހަށް ހުށަހަޅައިފި
07 ފެބުރުއަރީ 2017

ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި

07 ފެބުރުއަރީ 2017
ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް