Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުނޫސްވެރިންގެ ބައްދަލުވުންތައް

ނޫސްވެރިންނަށް މައުލޫމާތު ދޭން އަރުވަނީ ވަރަށް "ސްކޯޕް" ދަށް ބޭފުޅުން

ވަޒީރުންގެ ބައްދަލުވުމާ ގުޅޭގޮތުން ވެސް ޖަވާބެއް ނުދެއްވާ

އަމްނާ އިމާދު
އަމްނާ އިމާދު | 29 ޖެނުއަރީ 2024 | ހޯމަ 11:58
އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހީމް ވާހަކަފުޅުދައްކަވަނީ

އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހީމް ވާހަކަފުޅުދައްކަވަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތީ މީޑީއާތަކަށް ފުރިހަމަ މިނިވަންކަމާއި މައުލޫމާތު ދެއްވާނެކަމުގެ ވައުދުފުޅާ އެކުގައެވެ. ދެފުށް ފެންނަ ސިޔާސަތާއެކު، ގައުމު ހިންގަވާނެ ކަމަށް ވިދާޅުވެފައެވެ.

ނަމަވެސް ވެރިކަމަށް ދެ މަސްވެގެން ދިޔައިރު، ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަން ހުންނަވާ ބޭފުޅާއަށް "ސްކޯޕް" ދަށްކަމުން ނޫސްވެރިންގެ އެއްވެސް ސުވާލަކަށް ޖަވާބެއް ނުދެއްވައެވެ. އެގޮތުން އެންމެ ފަހުން ރައީސް އޮފީހުން ޖެނުއަރީ މަހުގެ 28 ވީ އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހީމް ނޫސްވެރިން ދެންނެވި ގިނަ ސުވާލުތަކަށް ޖަވާބު ދެއްވާފައެއް ނުވެއެވެ.

ނޫސްވެރިން ދެންނެވި ސުވާލުތަކަށް ނާޒިމް ވިދާޅުވެފައިވަނީ މައުލޫއާ ނުގުޅޭތީ ސުވާލަށް ޖަވާބުދެއްވެން ނެތްކަމަށެވެ. ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ނުދެއްވާތީ ނޫސްވެރިން ކަންބޮޑުވުން ފާޅުކުރުމާ ގުޅިގެން ނާޒިމް ވެސް ވިދާޅުވެފައިވަނީ، އެބޭފުޅާ ވެސް ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އަދި ސްކޯޕް ދަށްކަން އަމިއްލަފުޅަށް ނާޒިމް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ނާޒިމް ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ ވަޒީރުންގެ މަޖިލީހުގެ ނިންމެވުންތަކާ ގުޅޭގޮތުން ސުވާލުތައް ބައްޓަންކުރުމަށެވެ. ނަމަވެސް އެ ނިންމެވުންތަކާ ގުޅޭގޮތުން ސުވާލު ދެންނެވުމުން ވެސް ނާޒިމްއަށް ޖަވާބު ދެއްވިފައެއް ނުވެއެވެ.

ނޫސްވެރިން ފާހަގަކުރެއްވި އެއް ކަމަކީ މަސްވެރިންނަށް ދޭންޖެހޭ ފައިސާ ދިނުން ލަސްވާ ސަބަބު ހާމަކޮށްދިނުމަށާއި، ޓެލެކޮމިއުނިކޭޝަން ލައިސަންސް ފީ ދެއްކުމުގައި އުރީދޫ އަދި ދިރާގު ހަމަހަމަކުރުމުން އަހަރެއްގެ މައްޗަށް ކިހާ ގެއްލުމެއް ސަރުކާރަށް ވާނެތޯއެވެ. ނަމަވެސް ނާޒިމް ވިދާޅުވެފައިވަނީ ''ޑީޓެއިލް ކަލްކިއުލޭޝަނެއް ނެތް'' ކަމަށެވެ. ނަމަވެސް ވަޒީރުންގެ ބައްދަލުވުމުގައި ޓެލެކޮމިއުނިކޭޝަން ފީ ކުޑަކުރުމަށް ނިންމައި، މިފްކޯ ހިންގުމުގައި މަސްވެރިންގެ ދައުރު ފުޅާކުރުމަށް މިފްކޯ ބޯޑަށް މަސްވެރިން ތަމްސީލުކުރާ ފަރާތެއް އައްޔަންކުރުމަށް ރައީސް ނިންމަވައި، އެކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވިކަމަށް ނާޒިމް ވިދާޅުވެފައިވެއެވެ.

މި މޭރުމުން ވާހަކަފުޅުދައްކަވަމުން ގެންދެވިއިރު، ނޫސްވެރިން ވަނީ ސުވާލުތަކުގެ ޖަވާބު ދެއްވޭނެ ވަގުތެއް ނުވަތަ ޖަވާބު ދެއްވޭނީ ކޮން ބޭފުޅަކަށްތޯ ވެސް އަހާފައެވެ. އެއީ ސަބަބުތަކެއް ވެސް ނެތިއެއް ނޫނެއެވެ. 31 ޑިސެންބަރު 2023ގައި ރައީސް އޮފީހުގެ އިސް ތަރުޖަމާނުގެ މަގާމުގައި ހުންނެވި މުހައްމަދު ޝަހީބު އެމަގާމުން ވަކިކުރެއްވުމަށްފަހު، މިއަދާހަމައަށް ވެސް އެމަގާމަށް ބޭފުޅަކު އައްޔަން ކުރައްވާފައެއް ނުވެއެވެ. އެހެންކަމުން ސަރުކާރުގެ އެކިއެކި މަސައްކަތްތަކާ ގުޅޭގޮތުން އިތުރު މައުލޫމާތު ހޯދުމަށް ގުޅަންވީ ކޮން ބޭފުޅަކަށް ކަމެއް ނޭނގެއެވެ. ރައްޔިތުންނާއި ގައުމާ ގުޅުންހުރި ހައްސާސް މައްސަލަތަކުގައި، ކަމާގުޅޭ މިނިސްޓްރީތަކާއި މިނިސްޓަރުންނަށް ގުޅި ނަމަވެސް އެކަމުގެ މައުލޫމާތެއް ނުލިބެއެވެ. އެ މައްސަލަ ވެސް ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން ވަޒީރުންގެ މަޖިލީހުގެ ނިންމެވުންތައް ހިއްސާކުރެއްވުމަށް ބާއްވަވާ ނޫސްވެރިންގެ ބައްދަލުވުމުގެ އިތުރުން، ރައީސް އޮފީހުން ކޮންމެ ހަފުތާއަކު ނޫސްވެރިންގެ ބައްދަލުވުން ބާއްވާނެކަމަށް ސަރުކާރުން ބުނިނަމަވެސް އެ ނޫސްވެރިންގެ ބައްދަލުވުންތައް ނުބާއްވަނީ ކީއްވެގެންތޯ ދަންނަވާފައިވެއެވެ. ނަމަވެސް މި ސުވާލުތަކަށް ވެސް ނާޒިމް ސީދާ ޖަވާބެއް ދެއްވާފައެއް ނުވެއެވެ. ނާޒިމް ވިދާޅުވެފައިވަނީ ނޫސްވެރިންނާ ބަހުސްކުރައްވަން ބޭނުންފުޅުނުވާކަމަށެވެ.

ބަހުސަށް ދާން ބޭނުންފުޅު ނުވާކަމަށް ނާޒިމް އެ ވިދާޅުވަނީ ކިހިނެއް ކަމެއް ޚުދު ނޫސްވެރިންނަކަށް ވެސް ނޭނގެއެވެ. ނޫސްވެރިންގެ ބައްދަލުވުމަށް ނޫސްވެރިން ދާނީ ވެސް ސުވާލުކުރާށެވެ. ސުވާލުކުރުމަކީ ބަހުސްކުރުން ކަމަށްވާނަމަ، ނޫސްވެރިންނަށް ދައުވަތު ނުދީ ވަޒީރުންގެ ބައްދަލުވުންތަކުގެ ނިންމެވުންތައް ރައީސް އޮފީހުން ހާމަކުރުމުން މާ ރަނގަޅުވާނެއެވެ. އޭރުން ނޫސްވެރިންގެ ވަގުތު ސަލާމަތްވާނެތާއެވެ.

ގަޑިއެއްގެ އިރަށް ދިގުދެމިގެން ދިޔަ މި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ނުދެއްވުނު ނަމަވެސް ނާޒިމް ވިދާޅުވީ، މި ސަރުކާރަކީ މައުލޫމާތު ދިނުމަށް އައި ސަރުކާރެއް ކަމަށެވެ. އަދި ނޫސްވެރިންގެ ކަންބޮޑުވުންތަކަށް އިހުތިރާމްކުރައްވާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

ނާޒިމްގެ އިތުރުން ނޫސްވެރިންނާ ދެން އެންމެ ގާތުން މަސައްކަތްކުރެއްވީ ޝަހީބާއި، ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީ ފޯ ޕަބްލިކް ޕޮލިސީ މުހައްމަދު ފިރުޒުލް އަބްދުﷲ ޚަލީލެވެ. މިދެ ބޭފުޅުން ވެސް ކުރިއަށްގެންދެވި ނޫސްވެރިންގެ ބައްދަލުވުންތަކުގައި ސްކޯޕް ކުޑަވުމުގެ ސަބަބުން ވަރަށް ގިނަ ސުވާލުތަކަށް ޖަވާބު ނުދެއްވައި ދޫކޮށްލަވައެވެ. އަދި ރައީސް އޮފީހުގެ މިނިސްޓަރު އިބްރާހީމް ޚަލީލު ނޫސްވެރިންނާ ގާތުން މަސައްކަތް ކުރެއްވިނަމަވެސް، ފަހަކަށްއައިސް ނޫސްވެރިންގެ ސުވާލުތަކަށް ދެއްވާ ޖަވާބަކީ، އެ ސުވާލުތަކުގެ ޖަވާބު ހޯދުމަށް ކަމާގުޅުންހުރި އިދާރާތަކަށް ނުވަތަ މިނިސްޓްރީތަކަށް ފޮނުއްވާފައި ވާކަމަށެވެ. ނަމަވެސް އެސުވާލުތަކަށް ޖަވާބު ލިބޭ ދުވަހަކަށް އިރެއް ނާރައެވެ.

މި ސަރުކާރުގައި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ހޯދުމަށް މިވަނީ ވަރަށް ބޮޑަށް ދަތިވެފައެވެ. ޖަވާބު ހޯދުމަށް މަސައްކަތްކުރާނެ ގޮތަކާމެދު ވެސް ސުވާލު އުފެދިފައި ވެއެވެ. މޮހަނަށް އޮޑި ދިން އުސޫލުން ނޫސްވެރިންގެ ބައްދަލުވުންތައް ބާއްވަވާނަމަ އެބޭފުޅުންގެ އަގު ވެއްޓި، ސަރުކާރުގެ ބޭޒާރުވުން ނޫން ކަމެއް ނުވާނެއެވެ. ނޫސްވެރިން ރައިޓް ޗެނަލަށް ދިއުމަށް މިސަރުކާރުގެ ބޭފުޅުން ވިދާޅުވާއިރު، ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދާރީވެވަޑައިގެން، ރައްޔިތުންނަށް މިގައުމުގައި އަދި މިސަރުކާރުގައި ހިނގާ ކަންކަން ސާފުކޮށް ހާމަކޮށްދިނުމަށް ސަރުކާރުގެ ބޭފުޅުން ރައިޓް ޗެނަލަށް ވަޑައިގަތުން މާ ބުއްދިވެރިއެވެ.

އިތުރަށް ކިޔާލަން

04 މެއި 2017

ވޯޓު ދޭންވީ ކޮން ކޮޅަކަށް؟

04 މެއި 2017
ވޯޓު ދޭންވީ ކޮން ކޮޅަކަށް؟
29 އެޕްރީލު 2017

"ލޯބިވާ، މިހާރު ވަރަށް ކަންބޮޑުވެއްޖެ، ހެޔޮނުވާނެ ސަލާމަތުން ހުރިއްޔާ އަންގާލަ ދީބަލަ"

29 އެޕްރީލު 2017
"ލޯބިވާ، މިހާރު ވަރަށް ކަންބޮޑުވެއްޖެ، ހެޔޮނުވާނެ ސަލާމަތުން ހުރިއްޔާ އަންގާލަ ދީބަލަ"
23 އެޕްރީލު 2017

ޔާމިން ރަޝީދު ރަހުމު ކުޑަކޮށް މަރާލުން – ކޮމިޝަނަރ އިސްތިއުފާ ދޭންޖެހޭ!

23 އެޕްރީލު 2017
ޔާމިން ރަޝީދު ރަހުމު ކުޑަކޮށް މަރާލުން – ކޮމިޝަނަރ އިސްތިއުފާ ދޭންޖެހޭ!
10 އެޕްރީލު 2017

ސެމްސޮން ގެލެކްސީ އެސް8ގެ ފެށުން ވަރަށް ވެސް ފުރިހަމަ

10 އެޕްރީލު 2017
ސެމްސޮން ގެލެކްސީ އެސް8ގެ ފެށުން ވަރަށް ވެސް ފުރިހަމަ
26 މާރިޗު 2017

އަތޮޅުތެރޭގައި ހޭންޑްބޯޅައިގެ ފޯރިގަދަކުރުން، ކުޅިވަރަށް ލިބޭނެ އިތުރު ކުރިއެރުމެއް

26 މާރިޗު 2017
އަތޮޅުތެރޭގައި ހޭންޑްބޯޅައިގެ ފޯރިގަދަކުރުން، ކުޅިވަރަށް ލިބޭނެ އިތުރު ކުރިއެރުމެއް
11 މާރިޗު 2017

ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!

11 މާރިޗު 2017
ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!
07 މާރިޗު 2017

އުތުރު ކޮރެއާ އާއި މެލޭޝިއާގެ ގުޅުން ވަރަށް ގޯސްވެއްޖެ! ނިމޭނީ ކިހާ ހިސާބަކުންބާ؟!

07 މާރިޗު 2017
އުތުރު ކޮރެއާ އާއި މެލޭޝިއާގެ ގުޅުން ވަރަށް ގޯސްވެއްޖެ! ނިމޭނީ ކިހާ ހިސާބަކުންބާ؟!
26 ފެބުރުއަރީ 2017

މިނިސްޓަރު ޝައިނީ ރައީސް މައުމޫންގެ ވާހަކަ ދެއްކީމަ ވަރަށް މަޖަލެވެ.

26 ފެބުރުއަރީ 2017
މިނިސްޓަރު ޝައިނީ ރައީސް މައުމޫންގެ ވާހަކަ ދެއްކީމަ ވަރަށް މަޖަލެވެ.
11 ފެބުރުއަރީ 2017

"އިސްކަން ދޭންވީ އިދާރީ ހިންގުން ހަރުދަނާކުރަން، އަދި ރައީސް ނަޝީދަށް ކެންޑިޑެސީ ހޯދައިދިނުމަށް"

11 ފެބުރުއަރީ 2017
"އިސްކަން ދޭންވީ އިދާރީ ހިންގުން ހަރުދަނާކުރަން، އަދި ރައީސް ނަޝީދަށް ކެންޑިޑެސީ ހޯދައިދިނުމަށް"
07 ޖެނުއަރީ 2017

އަމްޖޭ އަކީ އެވޯޑު ލިބުމުގައި ވަރަށް ބަދު ނަސީބު މީހެއް

07 ޖެނުއަރީ 2017
އަމްޖޭ އަކީ އެވޯޑު ލިބުމުގައި ވަރަށް ބަދު ނަސީބު މީހެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު