Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ބާސެލޯނާ

ޒަވީ އަކީ ތެދުވެރި ލެޖެންޑެއް، ނިންމުމަށް އިޙުތިރާމް ކުރާނަން: ލަޕޯޓާ

އެއީ ޒަވީގެ އަމިއްލަ ނިންމުމެއް ކަމަށް ލަޕޯޓާ ވިދާޅުވި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 29 ޖެނުއަރީ 2024 | ހޯމަ 01:52
ބާސެލޯނާގެ ރައީސް ލަޕޯޓާ އަދި ކޯޗު ޒަވީ

ބާސެލޯނާގެ ރައީސް ލަޕޯޓާ އަދި ކޯޗު ޒަވީ

ޒަވީ ހެނާންޑޭޒް އަކީ ބާސެލޯނާގެ ތެދުވެރި ލެޖެންޑެއް ކަމަށާއި، އޭނާގެ ނިންމުމަށް ފުރިހަމަ އަށް އިޙުތިރާމް ކުރާނެ ކަމަށް ބާސެލޯނާގެ ރައީސް ޖޯން ލަޕޯޓާ ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ، މި ސީޒަނަށް ފަހު ބާސެލޯނާ ދޫކޮށްލަން ނިންމާފައިވާކަން ޒަވީ ހާމަކޮށްފައި ވަނިކޮށެވެ. ބާސެލޯނާ އާއެކު ޒަވީ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އެހެން ނަމަވެސް، އެއްބަސްވުމުގައި ބާކީ އެއް އަހަރު އޮއްވާ، މި އަހަރުގެ ޖޫން މަހުގެ ފަހުން ކުލަބު ދޫކޮށްލަން ޒަވީ ވަނީ ނިންމައިފަ އެވެ. އެ ނިންމުން ހާމަކުރަމުން ޒަވީ ބުނެފައި ވަނީ، އެކަން ކުލަބުގެ އިސްވެރިންނާ ވެސް ހިއްސާކޮށްފައިވާނެ ކަމަށެވެ. އަދި އިތުރަށް އޭނާ ކުލަބުގައި ހުރުމަކީ، ކުލަބަށް އެންމެ ރަނގަޅު ގޮތެއް ވެސް ނޫން ކަމަށް ވަނީ ބުނެފަ އެވެ.

އެކަމާ ގުޅޭ ގޮތުން ވާހަކަ ދަައްކަވަމުން ލަޕޯޓާ ވިދާޅުވީ، ސީޒަން ނިމުމާއެކު މަގާމު ދޫކޮށްލާނެކަން ޒަވީ ހިއްސާކޮށްފައިވާ ކަމަށެވެ. އަދި އެއީ ޒަވީގެ އަމިއްލަ ނިންމުމެއް ކަމަށް ލަޕޯޓާ ވިދާޅުވި އެވެ. އެކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ، ޒަވީ އަކީ ބާސެލޯނާގެ ލެޖެންޑެއް ކަމަށާއި، އަދި އޭނާ އަކީ ޝަރުވެރިކަމާއެކު މަސައްކަތް ކުރާ ބާސެލޯނާ ދެކެ ލޯބިވާ މީހެއް ކަމަށެވެ.

މީގެ އިތުރުން ލަޕޯޓާ ވިދާޅުވީ ސްޕެނިޝް ލީގުގެ ތަށި ދިފާއުކޮށް، ޗެމްޕިއަންކަން ހޯދުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށެވެ. ނަމަވެސް، މަސައްކަތް ބާކީ ނުކޮށް، ރަނގަޅު މަސައްކަތް ކުރުމުގައި ކުރިއަށް ދާން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ޚާއްސަކޮށް ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށާއި، ނަޕޯލީއާ ދެކޮޅަށް ނިކުންނައިރު ގިނަ ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމުގައި އޭނާ ވަނީ ވިދާޅުވެފަ އެވެ.

ބާސެލޯނާ އަށް ކުރިން ކުޅެފައިވާ ކުޅުންތެރިޔާ، އެ ޓީމުގެ ކޯޗުކަމާ ހަވާާލުވީ 2021 ވަނަ އަހަރު އެވެ. އެއީ، އޭނާގެ ކުރިން އެ މަގާމުގައި ހުރި ރޮނާލްޑް ކޫމަން ވަކި ކުރުމަށްފަހު އެވެ. ބާސެލޯނާގެ ކޯޗުކަމާ ޒަވީ ހަވާލުވީއިރު، އެ ޓީމުގެ ނަތީޖާތައް ވަނީ ދަށްވެފަ އެވެ. ނަމަވެސް ބާސެލޯނާ އާއެކު އޭނާ ވަނީ މިހާތަނަށް ކާމިޔާބު މަސައްކަތްތަކެއް ކޮށްފަ އެވެ. އޭނާގެ އިރުޝާދުގެ ދަށުން ބާސެލޯނާ ވަނީ ދެ ތައްޓެއް ވެސް ކާމިޔާބު ކޮށްފަ އެވެ. ބާސެލޯނާގެ ކޯޗުކަމުން ދުރަށް ދާން ޒަވީ ނިންމިއިރު، އޭނާ އަށް އޮތީ އިންތިހާ އަށް ޕްރެޝަރު ވެސް ބޮޑުވެފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔޫވީ އަކީ މުޅިން ތަފާތު ޓީމަކަށް އިރާދަކުރެއްވިއްޔާ ވެގެންދާނެ: ނަޒީހު

ޔޫވީ އަކީ މުޅިން ތަފާތު ޓީމަކަށް އިރާދަކުރެއްވިއްޔާ ވެގެންދާނެ: ނަޒީހު

14 އެޕްރީލު 2017
ފްރެންޗް އޯޕަންއަކީ އެންމެ ފަހު ކްލޭ ކޯޓު މުބާރާތް: ފެޑަރާ

ފްރެންޗް އޯޕަންއަކީ އެންމެ ފަހު ކްލޭ ކޯޓު މުބާރާތް: ފެޑަރާ

08 އެޕްރީލު 2017
ޔޫވީއަކީ ކައުންޓަ އެޓޭކްގައި ނުރައްކާ ކުރާ ޓީމެއް، ސަމާލުވާންޖެހޭ: ނިޒާމްބެ

ޔޫވީއަކީ ކައުންޓަ އެޓޭކްގައި ނުރައްކާ ކުރާ ޓީމެއް، ސަމާލުވާންޖެހޭ: ނިޒާމްބެ

06 އެޕްރީލު 2017
ބެންގަލޫރު އެފްސީއަކީ ވަރުގަދަ ޓީމެއް، އެހެނަސް ޖެހިލުމެއް ނުވޭ: ސެކުލޮސްކީ

ބެންގަލޫރު އެފްސީއަކީ ވަރުގަދަ ޓީމެއް، އެހެނަސް ޖެހިލުމެއް ނުވޭ: ސެކުލޮސްކީ

03 އެޕްރީލު 2017
ސުނިލް ޗެތްރީއަކީ މެސީއެއް ނޫން، މޮޅުވެވޭނީ އެންމެން އެކުގައި ކުރާ މަސައްކަތުން: ރޯކާ

ސުނިލް ޗެތްރީއަކީ މެސީއެއް ނޫން، މޮޅުވެވޭނީ އެންމެން އެކުގައި ކުރާ މަސައްކަތުން: ރޯކާ

03 އެޕްރީލު 2017

އަހަރުތަކުން މިއަދު

12 ޖެނުއަރީ
މެމްބަރު ޒިޔާދުގެ ފޯމުގައި ހެކިވެރިންގެ ގޮތުގައި ސޮއިކޮށްފައިވަނީ ރ. އަލިފުށީ އައިމިނަތު އަލީ އާއި ސ.ހުޅުދޫ އަލީ އިޒްހާން
20251 އަހަރު ކުރިން
ރާއްޖެ

މެމްބަރު ޒިޔާދުގެ ފޯމުގައި ހެކިވެރިންގެ ގޮތުގައި ސޮއިކޮށްފައިވަނީ ރ. އަލިފުށީ އައިމިނަތު އަލީ އާއި ސ.ހުޅުދޫ އަލީ އިޒްހާން

ސަރުކާރުގެ ކެންޑިޑޭޓު ބަލިކުރައްވައި، ބޮޑު ތަފާތަކުން އާޒިމް ގޮނޑި ކާމިޔާބުކުރައްވައިފި
20242 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ކެންޑިޑޭޓު ބަލިކުރައްވައި، ބޮޑު ތަފާތަކުން އާޒިމް ގޮނޑި ކާމިޔާބުކުރައްވައިފި

ކުރީގެ ރައީސް މައުމޫން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް މައުމޫން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި

ރާޝިދުގެ ކެމްޕެއިނަށް ވަޑައިގެންނެވުމުން، ހުސައިންގެ ދަރިކަނބަލުން ނަޝާއަށް ހޫނު ތަރުހީބެއް!
20224 އަހަރު ކުރިން
ރާއްޖެ

ރާޝިދުގެ ކެމްޕެއިނަށް ވަޑައިގެންނެވުމުން، ހުސައިންގެ ދަރިކަނބަލުން ނަޝާއަށް ހޫނު ތަރުހީބެއް!

ރިސޯޓު މުވައްޒަފުން ކަރަންޓީނު ނުވެ، އާއިލާ ކައިރިއަށް ދެވެންޖެހޭ: ޑރ މައުސޫމް
20215 އަހަރު ކުރިން
ރާއްޖެ

ރިސޯޓު މުވައްޒަފުން ކަރަންޓީނު ނުވެ، އާއިލާ ކައިރިއަށް ދެވެންޖެހޭ: ޑރ މައުސޫމް

ރައީސް ސޯލިހްގެ ނަސޭހަތް: އަގުބޮޑު މެޑެލް ކަމުގައި ހަދަންވީ ރިވެތި އަދަބާއި އިސްލާމީ އަހްލާގު
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިހްގެ ނަސޭހަތް: އަގުބޮޑު މެޑެލް ކަމުގައި ހަދަންވީ ރިވެތި އަދަބާއި އިސްލާމީ އަހްލާގު

ދަރިފުޅު ބަނޑަށް މަރުވެފައިވާތާ ހަފްތާއެއް، އަދިވެސް ބަނޑުން ދަރިފުޅު ނުނަގާ!
20188 އަހަރު ކުރިން
ރާއްޖެ

ދަރިފުޅު ބަނޑަށް މަރުވެފައިވާތާ ހަފްތާއެއް، އަދިވެސް ބަނޑުން ދަރިފުޅު ނުނަގާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު