Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

މަޖިލިސް ކައިރިއަށް އެއްވި އިދިކޮޅު އެކްޓިވިސްޓުން މެންބަރު ރޮޒައިނާއަށް ފުރައްސާރަކޮށްފި

29 ޖެނުއަރީ 2024 | ހޯމަ 01:47

އެކަމަނާއަށް ފުރައްސާރަކުރާ ވީޑިއޯ އެއް ވެސް މީސް މީޑިޔާގައި ދަނީ ދައުރުވަމުން

އަޙްމަދު ސަދޫފް މޫސާ
އަޙްމަދު ސަދޫފް މޫސާ | 29 ޖެނުއަރީ 2024 | ހޯމަ 01:47
އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް

އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް

މަޖިލިސް ކައިރިއަށް އެއްވި އިދިކޮޅު އެކްޓިވިސްޓުން، އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމްއަށް ފުރައްސާރަކޮށްފިއެވެ.

ވަޒީރުންގެ އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅިގެން، އެމްޑީޕީގެ ޕީޖީން ނެރުނު ވިޕާއެކު އާދިއްތަ ދުވަހު މަޖިލިސް ސަރަހައްދުގައި ސަރުކާރު ހިންގާ ފަރާތްތަކުން ވަނީ ހަމަނުޖެހުންތަކެއް ހިންގާފައެވެ. އެ ހަމަނުޖެހުންތަކުގައި ސަރުކާރުގެ އެކި މަގާމުތަކުގެ އަދި އެކި ފެންވަރުގެ ބޭފުޅުން ބައިވެރިވެ ޝުއޫރު ފާޅުކުރިއިރު، އާދިއްތަ ދުވަހުގެ ރޭގެ ވަގުތެއްގައި މަޖިލީހަށް ވަޑައިގަންނަވަނިކޮށް އެ ސަރަހައްދުން އެކްޓިވިސްޓުންތަކެއް ވަނީ މެންބަރު ރޮޒައިނާއަށް ފުރައްސާރަކޮށް، އެކަމަނާގެ ގަޔަށް އަތްލާފައެވެ.

Advertisement - newsAdvertisement

އެގޮތުން އެކަމަށް އިޝާރަތްކުރައްވަމުން މެންބަރު ރޮޒައިނާ ވިދާޅުވީ އާދިއްތަ ދުވަހުގެ ކުރިން ވެސް މަޖިލިސް ކައިރިއަށް މީހުން އެއްވާ ކަމަށާއި، މިހާތަނަށް ވެސް އަނގައިން ބަސް ބުނި ނަމަވެސް އެއްވެސް މީހަކު އެކަމަނާގެ ގައިގައި އަތް ނުލާކަމަށެވެ. އެހެން ނަމަވެސް، އާދިއްތަ ދުވަހުގެ ރޭ، މަޖިލީހަށް ވަޑައިގަންނަވަނިކޮށް އެކަމަނާގެ ބަނޑުގައި އަޅައި އެކްޓިވިސްޓަކު ކޮށްޕާލިކަމަށް އެކަމަނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ ފިރިކަލުން އަދި ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒްއާ އެކު ސައިކަލުގައި ވަޑައިގެންނެވި އެ ވަގުތު، ބޮޑު އަނިޔާއެއް ލިބިވަޑައިނުގެންނެވީ އެވަގުތު އެ ސަރަހައްދުގައި ތިބި ފުލުހުން ޙިމާޔަތް ދިނުމުން ކަމަށެވެ.

ރޮޒައިނާ ވިދާޅުވީ އެކަމަކީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށާއި، ސިޔާސީ ގޮތުން ޚިޔާލު ތަފާތުވި ނަމަވެސް މަގުމައްޗަށް ނުކުމެ އުޅުވެންޖެހޭނެ ކަމަށެވެ. އަދި މަޖިލީހުގައި އަންހެނުން ގިނަކުރުމަށް ފަހި މަސައްކަތަކެއް ކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް، ޕީޕީއެމް އަދި ޕީއެންސީގެ ޕްރައިމެރީގައި ވެސް ފެނުނީ އެންމެ ދެ އަންހެނަކު ޕްރައިމެރީ ކާމިޔާބުކުރެއްވި މަންޒަރު ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

އަދި އެ އަންހެނުންގެ ތެރެއިން އެއް އަންހެނަކީ ރައީސް މުއިއްޒުގެ ކޮއްކޮއެއް ކަމުގައި ފާހަގަ ކުރައްވަމުން ރޮޒައިނާ ވިދާޅުވީ، މަޖިލީހުގައި މިހާރު ވެސް ތިއްބެވީ އެންމެ ހަތަރު ބޭފުޅުން ކަމަށާއި، އަންހެނުންގެ ގަޔަށް ބޮލަށް އަރަން މީހުން ފޮނުވުމުން ފެންނަނީ ރައީސް މުއިއްޒު ވިދާޅުވި ވާހަކަތައް ދިމާނުވާކަން ކަމަށެވެ.

ރޮޒައިނާ ވިދާޅުވީ މަޖިލީހުގައި ހޭދަކުރެއްވި 15 އަހަރުގެ ތެރޭގައި އެފަދަ ކަމެއް އަލަށް ހިނގުމުން ހުންނެވީ ޝޮކެއްގައި ކަމަށާއި، އެކަމުން ފެނުނީ މަޖިލިސް މެންބަރުންނަށް ރައްކާތެރިކަމެއް ނެތްކަން ކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

28 ފެބުރުއަރީ 2017

މަޖިލިސް މެމްބަރުންގެ ދޮންދަރިންނަށް ހެލްތު އިންޝުއަރެންސް ލިބޭ ގޮތަށް ހަމަޖައްސަނީ!

28 ފެބުރުއަރީ 2017
މަޖިލިސް މެމްބަރުންގެ ދޮންދަރިންނަށް ހެލްތު އިންޝުއަރެންސް ލިބޭ ގޮތަށް ހަމަޖައްސަނީ!
10 ފެބުރުއަރީ 2017

އިދިކޮޅު ފަރާތްތަކުގެ ފާޑު ކިޔުމަށް ފަރުވާލެއް ނެތް: އަބްދުއް ރަހީމް އަބްދުﷲ

10 ފެބުރުއަރީ 2017
އިދިކޮޅު ފަރާތްތަކުގެ ފާޑު ކިޔުމަށް ފަރުވާލެއް ނެތް: އަބްދުއް ރަހީމް އަބްދުﷲ
09 ފެބުރުއަރީ 2017

ޑިމޮކްރަސީއެއްގައި ވޯޓް ލަނީ ކިހިއްނެތޯ އިދިކޮޅު ފަރާތްތަކަށް ދަސްކޮށްދޭން ބޭނުން :އިބްރާހިމް މަނިކު

09 ފެބުރުއަރީ 2017
ޑިމޮކްރަސީއެއްގައި ވޯޓް ލަނީ ކިހިއްނެތޯ އިދިކޮޅު ފަރާތްތަކަށް ދަސްކޮށްދޭން ބޭނުން :އިބްރާހިމް މަނިކު
09 ފެބުރުއަރީ 2017

މަޖިލިސް މެމްބަރުންގެ އިންޝުއަރެންސް ކަންތަކާ މެމްބަރުން ކަންބޮޑުވެއްޖެ

09 ފެބުރުއަރީ 2017
މަޖިލިސް މެމްބަރުންގެ އިންޝުއަރެންސް ކަންތަކާ މެމްބަރުން ކަންބޮޑުވެއްޖެ
05 ފެބުރުއަރީ 2017

ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި

05 ފެބުރުއަރީ 2017
ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި
26 ޖެނުއަރީ 2017

ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު

26 ޖެނުއަރީ 2017
ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު
24 ޖެނުއަރީ 2017

އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު

24 ޖެނުއަރީ 2017
އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު
20 ޖެނުއަރީ 2017

ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި

20 ޖެނުއަރީ 2017
ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި
15 ޖެނުއަރީ 2017

ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި

15 ޖެނުއަރީ 2017
ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް