Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމެންބަރު އީސައަށް މަރުގެ އިންޒާރު

މެންބަރު އީސައާއި އާއިލާއަށް މަރުގެ އިންޒާރު ދީފި، އިންޒާރު ދިން މީހާ ބުނީ ވޯޓުލާން ދާ އެމްޑީޕީގެ ކޮންމެ މެންބަރަކުވެސް މަރާލާނެ ކަމަށް

ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައިގައި މަޖިލީހަށް ދާން ގެއިން ނުކުންނަ އެމްޑީޕީގެ ހުރިހާ މެންބަރުން މަރާލާނެކަމުގެ އިންޒާރު ދީފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 28 ޖެނުއަރީ 2024 | އާދީއްތަ 14:51
ކެނދިކުޅުދޫ ދާއިރާގެ މެންބަރު، އަހުމަދު އީސާ

ކެނދިކުޅުދޫ ދާއިރާގެ މެންބަރު، އަހުމަދު އީސާ

ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާއާއި އޭނާގެ އާއިލާގެ މެންބަރުން މަރާލާނެކަމަށް ބުނެ އިންޒާރުދީފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އީސަ ވިދާޅުވީ، ރާއްޖޭގެ ނަންބަރަކުން ގުޅާފައި، އޭނާއަށް ވަރަށް ހަޑި ހުތުރު ބަހުރުވައިން އެއްޗެހި ކިޔައި، އިންޒާރު ދީފައިވާ ކަމަށެވެ. އީސަ ވިދާޅުވީ ގުޅީ ފިރިހެނެއް ކަމަށާއި، އަޑުން ވައްތަރީ ޒުވާނަކާ ކަމަށެވެ. އަދި ގުޅާފައި ބުނީ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައިގައި ވޯޓުލާން މަޖިލީހަަށް ވަޑައިގަންނަވާނަމަ، ނުކުމެވަޑައިގަންނަވާ ތަނުން މަރާލާނެ ކަމަށެވެ.

Advertisement - newsAdvertisement

މަރާލަނީ އޭނާ އެކަނި ނޫން ކަމަށާއި، އަނބިދަރިން ވެސް މަރާލާނެ ކަމަށާއި، މަގުމަތިން ޅަ ދަރިއަކު ފެނުނަސް މަރާލާނެކަމަށް ބުނެ އިންޒާރު ދީފައިވާ ކަމަށެވެ. އަދި ވޯޓުލާން ވަޑައިގަންނަވާ، މަޖިލީހުގެ އެމްޑީޕީގެ މެންބަރުންވެސް މަރާލާނެކަމަށް ބުނެ ވަރަށް ހަޑިބަހުރުވައިން އިންޒާރުދިން ކަމަށެވެ.

އީސަ ވިދާޅުވީ ގުޅި ނަންބަރަކީ އޭނާ ދެނެވަޑައިގަންނަވާ ނަންބަރެއް ނޫންކަމަށާއި، އެ މައްސަލަ މަޖިލީހުގެ ރައީސް އަދި ރަސްމީ ވަޓްސްއެޕް ގްރޫޕަށްވެސް ލައްވާފައި ވާނެކަމަށެވެ.

މެންބަރު އީސަ ވިދާޅުވީ، މައްސަލަ ފުލުހުންނަށް ހުށަހެޅުމަކީ ބޭކާރު ކަމެއް ކަމަށާއި، މީގެ ކުރިންވެސް މިފަދަ މައްސަލަތައް ފުލުހުންނަށް ހުށަހެޅުއްވި ކަމަށާއި، އެއިން އެއްވެސް މައްސަލައެއް ބަލާފައި ނުވާކަމަށެވެ. އަދި މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ގޯތި ތެރޭގައި ހުންނަވަނިކޮށް ސައިކަލުގައި އައި މީހަކު އިންޒާރު ދިން މައްސަލައިގައި ސީސީޓީވީ ފުޓޭޖާއެކު މައްސަލަ ހުށަހެޅުއްވި ކަމަށާއި، ނަމަވެސް ފުލުހުން އެ މައްސަލަ ނުބަލާ ކަމަށެވެ.

އަދި މަޖިލީހުގެ މެންބަރުންނަށް ސިޔާސީ ކަންކަމާ ގުޅިގެން އަންނަ އިންޒާރުތަކަކީ ފުލުހުން އެޓެންޑްވާންޖެހޭ ކަންތައްތަކެއްގެ ގޮތުގައި ފުލުހުން ނުދެކޭކަމަށެވެ. އަދި އިންޒާރު ދިން މައްސަލައިގައި ފުލުހުންގެ އެހީތެރިކަމަށް އެދޭނީތޯ ނުވަތަ ފުލުހުން މިފަދަ މައްސަލަތަކުގައި އެއްބާރުލުން ނުދޭތީ، ޕްރޮސެކިއުޓަރ ޖެނެރަލްގެ އެހީތެރިކަމާއެކު އެކަން ކުރިއަށްގެންދާނީތޯ ގާނޫނީ ވަކީލުންނާ މަޝްވަރާކުރައްވަމުން ގެންދަވާކަމަށެވެ.

މެންބަރު އީސަ ވިދާޅުވީ، މި އިންޒާރަކީ ސަރުކާރުން ރާވައިގެން، ސަރުކާރުން ހިތްވަރުދީގެން އަދި އެހީތެރިވެގެން، ފާޅުކަން ބޮޑުގޮތެއްގައި ރާއްޖޭގެ ނަންބަރަކުން ގުޅާފައި ދިން އިންޒާރެއް ކަމަށާއި، ސަރުކާރުގެ އަތެއް މިކަމުގައި ނުވާނަމަ އެހާ ފާޅުކަން ބޮޑުގޮތެއްގައި އިންޒާރުދޭން ނުކުރޭނެ ކަމަށެވެ.

އަދި އެންމެ ބޮޑު ކަންބޮޑުވުމަކީ އޭނާއާއި އޭނާގެ އާއިލާއަށް ހަމަލާދިނުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ބައިވެރިވުން އޮވެގެން ކުރާ ކަމަށްވާތީ ކަމަށް މެންބަރު އީސަ ވިދާޅުވިއެވެ.

މެންބަރު އީސަ ވިދާޅުވީ، އިންޒާރު ދީފައިވަނީ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައިގައި ކަމަށް ގަބޫލުކުރެއްވޭ ކަމަށާއި، ސަބަބަކީ ގުޅާފައި އިންޒާރު ދިނީ ވޯޓުލާ ވާހަކައިން ކަމަށާއި، ވޯޓުލާން ގެއިން ނުކުމެއްޖެނަމަ މަރާލާނެކަމަށް ބުނެފައިވާކަމަށާއި، ދެން އާއިލާއަށް މަރުގެ އިންޒާރުދީ، ފޯނު ބާއްވަމުން ބުނީ ވޯޓުލާން މަޖިލީހަށް ވަޑައިގަންނަވާ އެމްޑީޕީގެ ކޮންމެ މެންބަރަކު ވެސް މަރާލާނެކަމަށް ކަމަށެވެ.

މެންބަރު އީސަ ވިދާޅުވީ ވަޒީރުންގެ ވޯޓަށް މަޖިލީހަށް ވަޑައިގަންނަވާނެ ކަމަށާއި، ކެނދިކުޅުދޫ ދާއިރާގެ މެންބަރުން އޭނާއާ ހަވާލުކޮށްފައިވާ މަސްއޫލިއްޔަތު އެންމެފަހު ވަގުތާ ޖެހެންދެން ވެސް އަދާކުރައްވަމުން ގެންދަވާނެ ކަމަށެވެ. އަދި މަސައްކަތް ކުރައްވަނީ އިންޒާރަކާއެކު ހަރުގައި ފިލާ އޮންނަވަން ނޫންކަމަށާއި، މަރާލިޔަސް ހަވާލުކުރެވިފައިވާ ޒިންމާ އަދާކުރައްވާނެ ކަމަށެވެ.

އިތުރަށް ކިޔާލަން

29 ޖެނުއަރީ 2017

އިންޒާރު: މޫނު ބުރުގާ އަޅައިގެން ސްކޫލަށް އައިސްގެން ނުވާނެ!

29 ޖެނުއަރީ 2017
އިންޒާރު: މޫނު ބުރުގާ އަޅައިގެން ސްކޫލަށް އައިސްގެން ނުވާނެ!
29 ޖެނުއަރީ 2017

މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ

29 ޖެނުއަރީ 2017
މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ
27 ޖެނުއަރީ 2017

ރައީސް ޔާމީނަކީ ޕީޕީއެމްއެއް ނޫން: މެންބަރު އަރީފު

27 ޖެނުއަރީ 2017
 ރައީސް ޔާމީނަކީ ޕީޕީއެމްއެއް ނޫން: މެންބަރު އަރީފު
26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
25 ޖެނުއަރީ 2017

ސީއެމްބިއުލާންސުގެ ފަޅުވެރިން ހަމަނުވުމުން، ފަޅުވެރިން ހަމަޖައްސަން ޖެހުނީ އާއިލާއަށް!

25 ޖެނުއަރީ 2017
ސީއެމްބިއުލާންސުގެ ފަޅުވެރިން ހަމަނުވުމުން، ފަޅުވެރިން ހަމަޖައްސަން ޖެހުނީ އާއިލާއަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު