Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސަރުކާރުގެ ނޫސްވެރިންގެ ބައްދަލުވުން

ކޮންމެ ހަފްތާއަކު ބާއްވާނެ ކަމަށް ސަރުކާރުން ބުނި ނޫސްވެރިންގެ ބައްދަލުވުން ނުބާއްވާތީ ކުރި ސުވާލަށް ވެސް މިސަރުކާރުގެ ޖަވާބެއް ނެތް

31 ޑިސެންބަރުގައި ޝަހީބް މަގާމުން ވަކި ކުރެއްވި ނަމަވެސް މިއަދާ ހަމައަށް ސަރުކާރުން ތަރުޖަމާނެއް ހަމަޖައްސާފައިނުވޭ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 28 ޖެނުއަރީ 2024 | އާދީއްތަ 17:26
ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހިމް ވާހަކަދައްކަވަނީ

ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހިމް ވާހަކަދައްކަވަނީ

ނޫސްވެރިން ބޭނުންވާ މައުލޫމާތު ހާމަކުރުމަށް ކޮންމެ ހަފްތާއަކު ރައީސް އޮފީހުން ނޫސްވެރިންގެ ބައްދަލުވުންތައް ބާއްވާނެ ކަމަށް ސަރުކާރުން ބުނި ނަމަވެސް އެކަން ނުކުރާތީ ނޫސްވެރިން ކަންބޮޑުވުންފާޅުކޮށްފިއެވެ.

އާދިއްތަ ދުވަހު ރައީސް އޮފީހުން ވަނީ ނޫސްވެރިންގެ ބައްދަލުމެއް ބާއްވަވާފައެވެ. މި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރުންގެ މަޖިލީހުގެ ނިންމެވުންތަކާއި ގުޅޭ މައުލޫމާތުތައް ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހިމް ހިއްސާކުރެއްވިއެވެ. ނަމަވެސް ގިނަ ނޫސްވެރިން ކުރި ގިނަ ސުވާލުތަކަށް ޖަވާބު ނުދެއްވައި ނާޒިމް ވަނީ ނޫސްވެރިންގެ ބައްދަލުވުން ނިންމަވާލައްވާފައެވެ.

Advertisement - newsAdvertisement

ގިނަ ނޫސްވެރިން ކުރި ސުވާލުތަކަށް ނާޒިމް ވިދާޅުވީ މައުޟޫއާ ނުގުޅޭތީ ޖަވާބު ދެވެން ނެތް ކަމަށެވެ. ނޫސްވެރިންގެ ކަންބޮޑުވުންތައް ހިއްސާކުރުމުން ނާޒިމް ވިދާޅުވީ އެކަމަށް ވަރަށް ބޮޑަށް އިހުތިރާމް ކުރާ ކަމަށެވެ.

ރައީސް އޮފީހުގެ އިސް ތަރުޖަމާނުގެ މަގާމުގައި ހުންނެވި މުހައްމަދު ޝަހީބު 31 ޑިސެންބަރު 2023 ގައި އެމަގާމުން ވަކި ކުރެއްވި ނަމަވެސް މިއަދާ ހަމައަށް ސަރުކާރުން ތަރުޖަމާނެއް ހަމަޖައްސާފައެއްނުވެއެވެ. މިކަމާއި ގުޅިގެން ވެސް ނޫސްވެރިން ވަނީ ގައުމުގައި ހިނގާ ކަންކަމުގެ މައުލޫމާތު ސާފުކުރުމަށް ސަރުކާރުގެ ތެރެއިން ގުޅަން ވީ ކޮން ބޭފުޅަކަށްތޯ ސުވާލު ކޮށްފައެވެ. އަދި ވަޒީރުންގެ މަޖިލީހުގެ ނިންމެވުންތައް ހިއްސާކުރުމަށް ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގެ އިތުރުން ރައީސް އޮފީހުން ކޮންމެ ހަފްތާއަކު ނޫސްވެރިންގެ ބައްދަލުވުން ބާއްވާނެ ކަމަށް ސަރުކާރުން ހާމަކުރި ނަމަވެސް އެ ނޫސްވެރިންގެ ބައްދަލުވުންތައް ނުބާއްވަނީ ކީއްވެގެންތޯ ސުވާލުކޮށްފައިވެއެވެ. ނަމަވެސް މިސުވާލުތަކަށް ވެސް ނާޒިމް ސީދާ ޖަވާބެއް ދެއްވާފައިނުވެއެވެ.

ނާޒިމް ވިދާޅުވީ ސަރުކާރުގެ އެކި އިދާރާތަކުގެ ވަޒީރުން މީޑިއާތަކާއި ވަރަށް ގާތުން މަސައްކަތް ކުރައްވާ ކަމަށެވެ. އެގޮތުން މިފަހުން ވެސް އެއް ގަޑިއިރު ކުރިއަށް ގެންދިޔަ ޓީވީ ޕްރޮގްރާމެއްގައި ވަޒީރުންތަކެއް ބައިވެރިވެވަޑައިގަންނަވާ ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވާފައިވާ ކަމަށެވެ. ނާޒިމް އެ ފާހަގަކުރެއްވީ 25 ޖެނުއަރީ 2024 ގައި ދައުލަތުގެ މީޑީއާއިން ކުރިއަށް ގެންދިޔަ "އަހާ" ޕްރޮގްރާމަށެވެ. މި ޕްރޮގްރާމްގައި ސުވާލު ކުރުމުގެ ފުރުސަތު ދީފައިވަނީ ސަރުކާރުން ބޭނުންވާ މީހުންނަށް ކަމަށާއި، ގިނަ މީހުންނަށް ފުރުސަތު ނުލިބޭ ކަމަށް އާާންމުން ތުހުމަތުކޮށްފައިވެއެވެ.

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު