Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުވެންޓަސް

މޮއިސް ކީން ހޯދުމުގެ ޑީލުގައި ޔުވެންޓަސް އާއި އެތުލެޓިކޯ އެއްބަސްވުމަކަށް

28 ޖެނުއަރީ 2024 | އާދީއްތަ 06:05

ދެ ކުލަބަށް އެއްބަސްވުމަކަށް އާދެވިފައިވާއިރު، ދާއިމީ ގޮތެއްގައި އޭނާ ހޯދޭނެ މާއްދާ އެއްބަސްވުމުގައި ނުހިމަނާނެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 28 ޖެނުއަރީ 2024 | އާދީއްތަ 06:05
ޔުވެންޓަސް އަށް ކުޅެމުން އަންނަ މޮއިސް ކީން

ޔުވެންޓަސް އަށް ކުޅެމުން އަންނަ މޮއިސް ކީން

ޔުވެންޓަސް އަށް ކުޅެމުން އަންނަ އިޓަލީގެ ފޯވާޑް މޮއިސް ކީން ހޯދުމުގެ ޑީލުގައި، ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑާއި ޔުވެންޓަސް އަށް އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

އުމުރުން 23 އަހަރުގެ ޒުވާން ކުޅުންތެރިޔާ އެތުލެޓިކޯ އަށް ބަދަލުވާނީ ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ. މީޑިއާތަކުގައި ބުނެފައިވާ ގޮތުން މޮއިސް ހޯދުމަށް އެތުލެޓިކޯ އިން، ޔުވެންޓަސް އަށް ދައްކާނީ ފަސް ލައްކާ ޔޫރޯ އެވެ. އަދި އޭނާގެ މުސާރަ އެއްކޮށް ކަވަރުކުރާނީ ވެސް އެތުލެޓިކޯ އިން ކަމަށް ވަނީ ބުނެފަ އެވެ. ޔުވެންޓަސް އާއެކު ކުރިއަށް ގެންދިޔަ މަޝްވަރާތަކަށްފަހު، އެތުލެޓިކޯއާ ދެ ކުލަބަށް އެއްބަސްވުމަކަށް އާދެވިފައިވާއިރު، ދާއިމީ ގޮތެއްގައި އޭނާ ހޯދޭނެ މާއްދާ އެއްބަސްވުމުގައި ނުހިމަނާނެ އެވެ.

މޮއިސް ކީން އޭނާގެ ސީނިއާ ކެރިއަރު ފެށީ ވެސް ޔުވެންޓަސް އިންނެވެ. އޭގެ ފަހުން ދެ ވަނަ ފަހަރަށް ޔުވެންޓަސް އަށް ބަދަލުވީ ވެސް ބަދަލުވީ ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ. ލޯނު އެއްބަސްވުމެއްގެ ދަށުން ޔުވެންޓަސްގައި އެއް ސީޒަން ކުޅުމަށްފަހު، މިދިޔަ އަހަރު އޭނާ ވަނީ އެ ކުލަބާއެކު ދާއިމީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. ދެ އަހަރު ދުވަހަށް އެކުލަވާލި އެއްބަސްވުމުގެ މުއްދަތު ހަމަވާނީ އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އޭގެ ފަހުން ވެސް އެއްބަަސްވުމުގެ މުއްދަތު އައުކުރުމުގެ ފުރުސަތު އޮންނާނެ އެވެ.

މޮއިސް ކީން ވަނީ ދެ ވަނަ ފަހަރަށް ޔުވެންޓަސް އަށް ބަދަލުވެ އެ ޓީމަށް 93 މެޗު ކުޅެދީ 14 ލަނޑު ޖަހައިފަ އެވެ. މިހާރު ކުރިއަށްދާ ސީޒަނުގައި އޭނާ ވަނީ 11 މެޗު ކުޅެފަ އެވެ. އެންމެ ފުރަތަމަ ޔުވެންޓަސް އިން ސީނިއާ ކެރިއަރު ފެށުމަށް ފަހު އޭނާ ވަނީ އެ ކުލަބާއެކު ކާމިޔާބީތަކެއް ވެސް ހޯދައިފަ އެވެ. އެގޮތުން އިޓާލިއަން ލީގު ދެ ފަހަރު ކާމިޔާބު ކުރުމުގެ އިތުރުން، އިޓާލިއަން ކަޕް އަދި އިޓާލިއަން ސުޕަ ކަޕް ވަނީ ކާމިޔާބުކޮށްފަ އެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

12 އެޕްރީލު 2017

ބަސާ ބަލިކޮށް ޔުވެންޓަސްއިން ސެމީ ފައިނަލާ ގަތަށް ޖެހިލައިފި

12 އެޕްރީލު 2017
ބަސާ ބަލިކޮށް ޔުވެންޓަސްއިން ސެމީ ފައިނަލާ ގަތަށް ޖެހިލައިފި
09 އެޕްރީލު 2017

ޔުވެންޓަސް ލީގު ނެގުމާ ގާތަށް

09 އެޕްރީލު 2017
ޔުވެންޓަސް ލީގު ނެގުމާ ގާތަށް
26 މާރިޗު 2017

ހަމޭސްގެ ސޮއި ހޯދުމުގެ ރޭހުގައި ލިވަޕޫލްވެސް ބައިވެރިވެއްޖެ

26 މާރިޗު 2017
ހަމޭސްގެ ސޮއި ހޯދުމުގެ ރޭހުގައި ލިވަޕޫލްވެސް ބައިވެރިވެއްޖެ
25 މާރިޗު 2017

ގްރިޒްމަން ހޯދުމުގެ ރޭހުގައި ޗެލްސީވެސް ބައިވެރިވެއްޖެ

25 މާރިޗު 2017
ގްރިޒްމަން ހޯދުމުގެ ރޭހުގައި ޗެލްސީވެސް ބައިވެރިވެއްޖެ
08 މާރިޗު 2017

އިސްކޯ ހޯދުމުގެ ރޭހުގައި ސިޓީ ބައިވެރިވެއްޖެ

08 މާރިޗު 2017
އިސްކޯ ހޯދުމުގެ ރޭހުގައި ސިޓީ ބައިވެރިވެއްޖެ
01 މާރިޗު 2017

އިޓާލިއަން ކަޕް ސެމީގެ ފުރަތަމަ ލެގް ޔުވެންޓަސްއަށް

01 މާރިޗު 2017
އިޓާލިއަން ކަޕް ސެމީގެ ފުރަތަމަ ލެގް ޔުވެންޓަސްއަށް
25 ފެބުރުއަރީ 2017

އޭއެފްސީ ކަޕް: ގްރޫޕް ސްޓޭޖުން ޖާގަ ހޯދުމުގެ އުންމީދުގައި ވެލެންސިއާ ކަލްކަތާއަށް ފުރައިފި

25 ފެބުރުއަރީ 2017
 އޭއެފްސީ ކަޕް: ގްރޫޕް ސްޓޭޖުން ޖާގަ ހޯދުމުގެ އުންމީދުގައި ވެލެންސިއާ ކަލްކަތާއަށް ފުރައިފި
10 ފެބުރުއަރީ 2017

ޑެހެއާ ހޯދުމުގެ ރޭހުގައި ޔުވަންޓަސްވެސް ބައިވެރިވެއްޖެ

10 ފެބުރުއަރީ 2017
ޑެހެއާ ހޯދުމުގެ ރޭހުގައި ޔުވަންޓަސްވެސް ބައިވެރިވެއްޖެ
05 ފެބުރުއަރީ 2017

އަގުއެރޯ ހޯދުމުގެ ރޭހުގައި އެންމެ ފަހުން ޗެލްސީވެސް ބައިވެރިވެއްޖެ

05 ފެބުރުއަރީ 2017
އަގުއެރޯ ހޯދުމުގެ ރޭހުގައި އެންމެ ފަހުން ޗެލްސީވެސް ބައިވެރިވެއްޖެ
05 ފެބުރުއަރީ 2017

ކޮންޓޭ ހޯދުމުގެ މަސައްކަތް އިންޓަމިލާނުން ފަށައިފި

05 ފެބުރުއަރީ 2017
ކޮންޓޭ ހޯދުމުގެ މަސައްކަތް އިންޓަމިލާނުން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް