Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުޚިޔާލު ފާޅުކުރުން

ޚިޔާލު ފާޅުކުރުމުގެ އެންމެ މިނިވަން ޕްލެޓްފޯމަކީ ޢާންމު ފާޚާނާއެއްތަ؟

'ކަރމަ ކާޒީ' ގެނެސްދީފައި ވަނީ ޢާންމު ފާޚާތަކުގައި އެކި މީސްމީހުން ފާޅުކޮށްފައި ވާ ޚިޔާލުތަކާއި، ކުރަހާފައި ވާ ކުރެހުންތައް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 28 ޖެނުއަރީ 2024 | އާދީއްތަ 09:10
'ކަރމަ ކާޒީ'ގެ ނަމުގައި ބޭނުން ކޮށްފައި ވާ "ކާޒީ" އަކީ އިނގިރެސި ބަހުގެ ދަށު ދަރަޖައިގެ ބަހުރުވައިން ފާޚާނާއަށް ކިޔައި އުޅޭ ނަމެއް

'ކަރމަ ކާޒީ'ގެ ނަމުގައި ބޭނުން ކޮށްފައި ވާ "ކާޒީ" އަކީ އިނގިރެސި ބަހުގެ ދަށު ދަރަޖައިގެ ބަހުރުވައިން ފާޚާނާއަށް ކިޔައި އުޅޭ ނަމެއް

އެންމެ ބިނާކުރަނިވި ޚިޔާލުތަކާއި އުފެއްދުންތެރި ރޭވުންތައް ރޭވިގެންދާ އެއް ތަނަކަށް ވެފައި އޮންނަނީ ފާޚާނާ ކަމަށް ބުނާ މީހުން އުޅެއެވެ. ޚިޔާލު ފާޅު ކުރުމުގެ މިނިވަން ކަމުގެ ޙައްޤަށް ވަކާލާތު ކުރާ މީހުންގެ ތެރޭގައިވެސްމެއެވެ. މި ބުނި 2 ބައި މީހުންގެ ތެރެއަށް، ކުރެހުމުގެ ފަންނުވެރިން އިތުރުކޮށްލުމުން، ހިއްސާ ކުރަން މި އުޅެނީ ވާހަކައިގެ މައިގަނޑު ހުރިހާ ބައެއް ހަމަވީއެވެ. ދައްކަން މި އުޅެނީ ގެރިއްލާ އަރޓްގެ ވާހަކައެވެ.

ގެރިއްލާ އަރޓްއަކީ މަގުތައް މަތިން މި ފެންނަ މާސިންގާ ކުރެހުންތަކާއި މެސެޖުތަކެއް ނޫނެވެ. ގެރިއްލާ އަރޓް ކަމަށް ބުނަނީ، ބައެއްގެ ޚިޔާލާއި ފިކުރު، އަދި އެ އިރެއްގައި އެ މުޖުތަމަޢެއްގައި ހިނގާ ކަންކަމާ މެދު އެމީހެއްގެ ޚިޔާލު ފާޅުކޮށް، ޢާންމު ތަނެއްގައި، އެއީ ކާކުކަން ނޭނގޭ ގޮތަށް ކުރަހާ ކުރެހުންތަކެވެ. ނުވަތަ ދޭ މެސެޖުތަކެވެ. ގެރިއްލާ އަރޓްގެ ފަލްސަފާއަކީ އިނގިރޭސިވިލާތުގައި އުފެދިގެން އައި ކަމަކަށް ވީ ނަމަވެސް ދުނިޔޭގެ އެކި ހިސާބުތަކަށް މިކަން ވަނީ ފެތުރިފައެވެ. ގެރިއްލާ އަރޓިސްޓުން ފެނުނު ކަމުގައި ވީ ނަމަވެސް، އެ މީހެއްގެ އަސްލު ވަނަވަރު އޮންނަނީ ސިއްރު ކޮށްފައެވެ.

'ކަރމަ ކާޒީ' ގެ ނަމުގައި އިނގިރޭސިވިލާތުގައި ހަރަކާތްތެރިވާ އެކަކީވެސް ގެރިއްލާ އަރޓިސްޓެކެވެ. އޭނާ މިފަހަރު ހުށަހަޅައިދިން މައުރަޒު ވަރަށްވެސް ތަފާތެވެ. މިފަދަ ޢާންމު ޕްލެޓްފޯމެއްގައި ބޭނުން ކުރަން އެކަށީގެން ނުވާ ނަމަކުން ނަން ދީފައި ވާ މައުރަޒުގައި 'ކަރމަ ކާޒީ' ގެނެސްދީފައި ވަނީ ޢާންމު ފާޚާތަކުގައި އެކި މީސްމީހުން ފާޅުކޮށްފައި ވާ ޚިޔާލުތަކާއި، ކުރަހާފައި ވާ ކުރެހުންތަކެވެ.

'ކަރމަ ކާޒީ'ގެ ނަމުގައި ބޭނުން ކޮށްފައި ވާ "ކާޒީ" އަކީ އިނގިރެސި ބަހުގެ ދަށު ދަރަޖައިގެ ބަހުރުވައިން ފާޚާނާއަށް ކިޔައި އުޅޭ ނަމެކެވެ.

'ކަރމަ ކާޒީ' ބުނާ ގޮތުގައި، ޖެނުއަރީ 26 ވަނަ ދުވަހު ހުޅުވި މައުރަޒުން އެ ފެނިގެން ދަނީ އިނގިރޭސިވިލާތުގެ ވެރިރަށުގެ ވަޒަންވެރިންގެ ޙަޤީޤީ ޖަޒުބާތުތަކެވެ. އެއްވެސް ވަރަކަށް ސެންސަރު ކުރުމެއް ނުވަތަ ހުރަހެއްވެސް ނެތިއެވެ. މިއިން އެއްވެސް މެސެޖަކީ، ކާކު ދިން މެސެޖެއް ކަމެއް، ނުވަތަ ކުރަހާފައި ވާ ކުރެހުމަކީ ކާކުގެ މަސައްކަތެއް ކަމެއް އެނގޭނެ އެއް ގޮތެއްވެސް ނޯވެއެވެ.

މައުރަޒުގައި ޢާންމުކޮށް ފެންނާނެހެން ބަހައްޓާފައި ވާ މެސެޖު ބޯޑުތަކާ ހިސާބަށް 'ކަރމަ ކާޒީ' ދިޔައީ ދެތިން ދުވަހުގެ މަސައްކަތަކުން ނޫނެނެވެ. 'ކަރމަ ކާޒީ' ވަނީ އެ ރޮނގުން ގިނަ ދިރާސާތަކެއް ހަދާ، 250 އެއްހާ ޢާންމު ފާޚާނާއަށް ގޮސް، އެތަންތަނުގެ ފޮޓޯ ނަގާ، އިތުރު ހޯދުންތައް ހޯދާފައެވެ.

މައުރަޒުގެ މައިގަނޑު ކުރެހުމެއްގެ ގޮތުގައި ފެންނަނީ ކަޅު ކުލައިގެ ދޮރެއްގައި ޢާންމުން ފާޅު ކޮށްފައި ވާ ޚިޔާލުތަކާއި ކުރަހާފައި ވާ ކުރެހުންތަކެކެވެ. މައުރަޒުން ފެންނަނީ އެ ދޮރުގެ ފޮޓޯއެއް ނޫނެވެ. ނަމަވެސް 'ކަރމަ ކާޒީ'ގެ ޚާއްޞަ ސްޓެންސިލިންގް އުކުޅު ބޭނުން ކޮށްގެން ތައްޔާރުކޮށްފައި ވާ ނަކަލެކެވެ.

'ބޭންކްސީ' ފަދަ ޙަޤީޤީ ވަނަވަރު ނޭނގޭ ކުރެހުންތެރިންނާއި ފަންނުވެރިންގެ ފަހަތުން ކުރިއަރަމުން އަންނަ 'ކަރމަ ކާޒީ' ބުނި ގޮތުގައި، އޭނާގެ އަސްލު ހާމަ ކުރުންވެސް އަދި އޮތީ މަޑުޖައްސާލަފައެވެ. ސަބަބެއް ކަމަށް ބުނަނީ، އެނާގެ މަސައްކަތަށް ސަމާލުކަން ހޯދުމެވެ.

'ކަރމަ ކާޒީ'ގެ މައުރަޒު، ޖެނުއަރީ 28 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ވާހަކަތައް ހިއްސާ ކުރީ ފަހަރެއްގައިވެސް ޢާންމު ތަންތަނުގައި ބޭ އަދަބީ ލިޔުންތަކާއި ކުރެހުންތައް ކުރެހުމަށް ހިތްވަރު ދިނުމަކަށް ނޫނެވެ. ނަމަވެސް، އެއީ ދުނިޔޭގެ އެންމެ ތަރައްޤީ ވެފައި އޮތް ޤައުމުތަކުގައިވެސް ނުހުއްޓުވުނު ކަމަކަށް ވާ އިރު، އެފަދަ ތަންތަނުން ދޭ މެސެޖުތަކަށް ޢާންމުން ލޯ ހުޅުވާ ސަމާލުވުމަކީވެސް އޮތް ކަމަކަށް ވާތީއެވެ.

އިތުރަށް ކިޔާލަން

16 ނޮވެމްބަރު 2023

ޤަތުލުޢާންމުގެ ތެރޭގައިވެސް މެހެމާންދާރީ އަދާކުރުމުގައި ޣައްޒާގެ ރަށްވެހިން މުޅި ދުނިޔެއަށް ދައްކައިދެނީ ހިތްގައިމު ނަމޫނާއެއް!

16 ނޮވެމްބަރު 2023
ޤަތުލުޢާންމުގެ ތެރޭގައިވެސް މެހެމާންދާރީ އަދާކުރުމުގައި ޣައްޒާގެ ރަށްވެހިން މުޅި ދުނިޔެއަށް ދައްކައިދެނީ ހިތްގައިމު ނަމޫނާއެއް!
09 ނޮވެމްބަރު 2023

އިޒްރޭލުގެ ޤަތުލުޢާންމު: އައިމަންގެ ޙަޔާތަށް ހީވެސް ނުކުރާ ފަދަ ހުރަހެއް!

09 ނޮވެމްބަރު 2023
އިޒްރޭލުގެ ޤަތުލުޢާންމު: އައިމަންގެ ޙަޔާތަށް ހީވެސް ނުކުރާ ފަދަ ހުރަހެއް!
03 އޮކްޓޯބަރު 2023

އަފްޣާން އަންހެނުންނަށް މިނިވަން ދިރިއުޅުމެއް ހޯދައި ދިނުމަށް މަހްރާ ކުރަމުންދާ ބުރަ މަސައްކަތަށް ސެލިއުޓް!

03 އޮކްޓޯބަރު 2023
އަފްޣާން އަންހެނުންނަށް މިނިވަން ދިރިއުޅުމެއް ހޯދައި ދިނުމަށް މަހްރާ ކުރަމުންދާ ބުރަ މަސައްކަތަށް ސެލިއުޓް!
03 ޖުލައި 2023

"ކުރީގެ އަނބިމީހާގެ ޚިޔާލުތަކާ ދުރުވާން "ރަހުމަތްތެރިން" މަގު ދެއްކީ މަސްތުގެ ދުނިޔެއަށް"

03 ޖުލައި 2023
"ކުރީގެ އަނބިމީހާގެ ޚިޔާލުތަކާ ދުރުވާން "ރަހުމަތްތެރިން" މަގު ދެއްކީ މަސްތުގެ ދުނިޔެއަށް"
20 މެއި 2023

ޔަމަނުގެ އަންހެންވެރިންގެ މިނިވަންކަމާއި ކަމަރާ އޮތީ ކޮން ގުޅުމެއް؟

20 މެއި 2023
ޔަމަނުގެ އަންހެންވެރިންގެ މިނިވަންކަމާއި ކަމަރާ އޮތީ ކޮން ގުޅުމެއް؟
14 އޯގަސްޓު 2022

މިނިވަންކަމުން 2 ފަސް ކުރި އާއިލާއެއްގެ ހިތުގެ ޝަކުވާ: މަންމައާ ވަދާއީ ސަލާމް ކުރީ އެކަން ނޭނގި!

14 އޯގަސްޓު 2022
މިނިވަންކަމުން 2 ފަސް ކުރި އާއިލާއެއްގެ ހިތުގެ ޝަކުވާ: މަންމައާ ވަދާއީ ސަލާމް ކުރީ އެކަން ނޭނގި!
19 މެއި 2022

ބްރެޒިލްގެ 200 ވަނަ މިނިވަން ދުވަސް ފާހަގަކުރުމަށް ގްރެފިޓީ ކުރެހުންތަކެއް

19 މެއި 2022
ބްރެޒިލްގެ 200 ވަނަ މިނިވަން ދުވަސް ފާހަގަކުރުމަށް ގްރެފިޓީ ކުރެހުންތަކެއް
15 އޯގަސްޓު 2018

އިންޑިއާގެ މިނިވަންދުވަހު ބާރަތުގެ ޓީޒާރ ދައްކާލައިފި

15 އޯގަސްޓު 2018
އިންޑިއާގެ މިނިވަންދުވަހު ބާރަތުގެ ޓީޒާރ ދައްކާލައިފި
08 އެޕްރީލު 2018

ބްލެކްބަކް މަރާލި މައްސަލަ: މިނިވަން ވުމުން ސަލްމާން މުމްބާއީ އަށް ހިނގައްޖެ، ބޮލީވުޑްގެ 'ބޮޑެތި' ތަރިން އަދިވެސް ހިމޭނުން

08 އެޕްރީލު 2018
ބްލެކްބަކް މަރާލި މައްސަލަ: މިނިވަން ވުމުން ސަލްމާން މުމްބާއީ އަށް ހިނގައްޖެ، ބޮލީވުޑްގެ 'ބޮޑެތި' ތަރިން އަދިވެސް ހިމޭނުން
14 އޯގަސްޓު 2017

ޕާކިސްތާންގެ މިނިވަން ދުވަސް ފާހަގަކުރުމަށް "ނޯޓީ40" ގެ ޝޯ ކެންސަލް ކޮށްފި

14 އޯގަސްޓު 2017
ޕާކިސްތާންގެ މިނިވަން ދުވަސް ފާހަގަކުރުމަށް "ނޯޓީ40" ގެ ޝޯ ކެންސަލް ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު