Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް މުއިއްޒު

ނޫސްވެރިކަމުގެ މިނިވަންކަން ހަނިކުރާ ބިލު އަނބުރާ ގެންދަން ސީޕީޖޭއިން ގޮވާލައިފި

ރައީސް މުޢިއްޒު ވިދާޅުވެފައިވަނީ ނޫސްވެރިކަން ކޮންޓްރޯލްކުރުމަށް ތާއީދު ނުކުރައްވާ ކަމަށް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 22 އޯގަސްޓު 2025 | ހުކުރު 03:19
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

މީޑިއާގެ މިނިވަންކަން ހަނިކޮށް، ނޫސްވެރިކަން ސަރުކާރުގެ ބާރުގެ ދަށަށް ގެންދިއުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލު އަނބުރާ ގެންދިއުމަށް ކޮމިޓީ ޓު ޕްރޮޓެކްޓް ޖާރނަލިސްޓްސް (ސީޕީޖޭ) އިން ރައީސް މުޙައްމަދު މުޢިއްޒަށް ގޮވާލައިފިއެވެ.

ސީޕީޖޭގެ އޭޝިއާ-ޕެސިފިކް ރީޖަނަލް ޑިރެކްޓަރ ބެހް ލިހް ޔީ ވިދާޅުވީ ރައީސް މުޢިއްޒު މީޑިއާގެ މިނިވަންކަން ދެމެހެއްޓުމަށް ވެފައިވާ ވަޢުދު ފުއްދުމަށްޓަކައި ނޫސްވެރިކަން "ފަހަތަށް ޖެހޭ" ގޮތަށް އޮތް މި ބިލު އަނބުރާ ގެންދަން ޖެހޭ ކަމަށެވެ.

މި ބިލުގެ ދަށުން މިހާރު ހިނގަމުންދާ މޯލްޑިވްސް މީޑިއާ ކައުންސިލާއި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން އުވާލައި، އައު ކޮމިޝަނެއް ގެ ގޮތުގައި "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން" އުފެއްދުމަށް ވަނީ ހުށަހަޅާފައެވެ.

އައު ކޮމިޝަނުގައި ހިމެނޭ 7 މެންބަރުންގެ ތެރެއިން 3 މެންބަރުން އައްޔަންކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދޭ އިރު، ކޮމިޝަނުގެ ރައީސް ވެސް އައްޔަންކުރާނީ ރައީސުލްޖުމްހޫރިއްޔާއެވެ. މީޑިއާއިން އިންތިޚާބުކުރާ 4 މެންބަރުން މަޖިލީހުގެ ވޯޓަކުން ވަކިކުރެވޭނެއެވެ.

މި ބިލުގެ ދަށުން ނޫސްވެރިންނަށް 5,000 އާއި 10,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމާއި، މީޑިއާ ވަސީލަތްތަކަށް 100,000 ރުފިޔާއާ ހަމައަށް ޖޫރިމަނާކުރުމުގެ ބާރު ކޮމިޝަނަށް ލިބިގެންދާނެއެވެ. މީގެ އިތުރުން ވެބްސައިޓްތައް ބްލޮކްކުރުމާއި، ބްރޯޑްކާސްޓް ހުއްޓުވުމުގެ ބާރުވެސް ކޮމިޝަނަށް ލިބިގެންދާނެއެވެ.

މޯލްޑިވްސް ޖާރނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން ބުނެފައިވަނީ މި ބިލަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް ނުރައްކާތެރި ބިލެއް ކަމަށާއި، ބިލު އެކުލަވާލުމުގައި ނޫސްވެރިންނާއި މީޑިއާ ވަސީލަތްތަކުގެ މަޝްވަރާ ހޯދާފައި ނުވާ ކަމަށެވެ.

މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ މިނިވަން މެންބަރު ޢަބްދުލް ޙަންނާން އަބޫބަކުރު އޯގަސްޓް 18 ވަނަ ދުވަހުއެވެ. މި ބިލަކީ މިދިޔަ އަހަރު ވެސް މިފަދަ ބިލެއް ހުށަހެޅި، އެ ބިލު އަނބުރާ ގެންދެވި ފަހުން އަލުން ހުށަހަޅާފައިވާ ބިލެކެވެ.

މިދިޔަ އަހަރު މި ބިލް ހުށައަޅާ އެކަމަށް ނޫސްވެރިން އިހްތިޖާޖް ކޮށް ބައިނަލްއަޤްވާމީ ކަމާގުޅޭ ޖަމްއިޔާތަކުން ބަޔާންތައް ނެރެންފެށުމުން ، ރައީސް މުޢިއްޒު ވިދާޅުވެފައިވަނީ ނޫސްވެރިކަން ކޮންޓްރޯލްކުރުމަށް ތާއީދު ނުކުރައްވާ ކަމަށާއި، މީޑިއާގެ މިނިވަންކަން އިތުރަށް ފުޅާކުރަން ބޭނުންފުޅުވާ ކަމަށެވެ.

ރައީސް މުއިއްޒުސީޕީޖޭމިނިވަން މީޑިއާމީޑިއާ ކޮމިޝަންއަބްދުލް ހަންނާންއެމްޖޭއޭ

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

މާލޭގައި 49 މަސް ދޯނި މުޒާހަރާކުރަމުން ދަނިކޮށް، ރައީސް މުއިއްޒު ދުވާފަރަށް ގޮސް ތިރީހަކަށް މަސްވެރިންނާ ބައްދަލު ކުރުމުން ޝަކުވާތައް ބަންޑުން ކޮށްލައިފި

13 ޑިސެމްބަރު 2025
މާލޭގައި 49 މަސް ދޯނި މުޒާހަރާކުރަމުން ދަނިކޮށް، ރައީސް މުއިއްޒު ދުވާފަރަށް ގޮސް ތިރީހަކަށް މަސްވެރިންނާ ބައްދަލު ކުރުމުން ޝަކުވާތައް ބަންޑުން ކޮށްލައިފި
13 ޑިސެމްބަރު 2025

ރައީސް މުއިއްޒު، މަސްވެރިންގެ އަޑު އިވޭތޯ؟ އިވެންޏާ ވެސް އަންގާލަދެއްވާ. ނީވެންޏާ ވެސް އަންގާލަދެއްވާ!

13 ޑިސެމްބަރު 2025
ރައީސް މުއިއްޒު، މަސްވެރިންގެ އަޑު އިވޭތޯ؟ އިވެންޏާ ވެސް އަންގާލަދެއްވާ. ނީވެންޏާ ވެސް އަންގާލަދެއްވާ!
12 ޑިސެމްބަރު 2025

ރައީސް މުޢިއްޒު ހުޅުމާލެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމުގެ ކުރިން، ހުޅުމާލެ މަގުތަކުގައި ހުރި ސްޕީޑު ބްރޭކަރުތައް ނަގައިފި

12 ޑިސެމްބަރު 2025
ރައީސް މުޢިއްޒު ހުޅުމާލެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމުގެ ކުރިން، ހުޅުމާލެ މަގުތަކުގައި ހުރި ސްޕީޑު ބްރޭކަރުތައް ނަގައިފި
12 ޑިސެމްބަރު 2025

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

12 ޑިސެމްބަރު 2025
ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު
11 ޑިސެމްބަރު 2025

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު