Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ ރައީސް ފިޔާޒް އަށް އިންޒާރު ދިނުން

ރައީސަކު ނޫސްވެރިއަކަށް އިންޒާރު ދިނުމުން އެނގެނީ ހަތަރު އުދަރެސް ފެނުޖެހިފައިވާ މިންވަރު - ޕާޕާ

24 މާރިޗު 2025 | ހޯމަ 05:50

މި މައްސަލަ އާއި ގުޅިގެން މި ހިނގާ މާޗް މަހުގެ 20 ވަނަ ދުވަހު ފިޔާޒް ޕޮލިހަށް ހާޒިރުކޮށް އޭނާގެ ބަޔާން ވަނީ ނަގާފައި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 24 މާރިޗު 2025 | ހޯމަ 05:50
ރިޓަޔަރޑް ކާނަލް އަހުމަދު ފަޔާޒް (ޕާޕާ) ރާއްޖެޓީވީގެ ކާލާ ބައިސާ ޕްރޮގްރާމްގައި ވާހަކަދައްކަވަނީ

ރިޓަޔަރޑް ކާނަލް އަހުމަދު ފަޔާޒް (ޕާޕާ) ރާއްޖެޓީވީގެ ކާލާ ބައިސާ ޕްރޮގްރާމްގައި ވާހަކަދައްކަވަނީ

ރައީސުލްޖުމްހޫރިއްޔާކަމުގައި ހުންނަވާ ބޭފުޅަކު ނޫސްވެރިއަކަށް ގުޅާ ބިރު ދެއްކުމުން އެނގެނީ އެ މަނިކުފާނު ގޮތް ހުސްވެ ހަތަރު އުދަރެސް ފެނުޖެހިފައިވާ މިންވަރު ކަމަށް ރިޓަޔަރޑް ކާނަލް އަހުމަދު ފަޔާޒް (ޕާޕާ) ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ ރާއްޖެޓީވީގެ ކާލާ ބައިސާ ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

14 މާރޗް 2025 ރޭ އިރާކޮޅުގެ ވަގުތެއްގައި ރައީސް މުޢިއްޒު ވަނީ ފިޔާޒަށް ފޯނުން ގުޅައި އިންޒާރުދެއްވާ ބިރު ދައްކަވާފަވާ ކަމަށް އޭނާ ވަނީ ބުނެފަ އެވެ. ފޯނުން ގުޅުއްވާ ފިޔާޒް އާ ދެކޮޅަށް އެޅުއްވެން ހުރި ހުރިހާ ފިޔަވަޅެއް އަޅުއްވާނެ ކަމަށް މުއިއްޒު ވިދާޅުވި ކަމަށް ވެސް އަދަދު ނޫހުން ވަނީ ހާމަކޮށްފަ އެވެ.

އެ މައްސަލަ އާއި ގުޅިގެން 'އަދަދު' ނޫހަށް ސީދާ ރައީސުލްޖުމްހޫރިއްޔާ ގުޅުއްވައި އިންޒާރު ދެއްވަންޖެހޭ ސަބަބެއް ނެތްކަމަށް އެ ނޫހުން ދެކޭކަން އަދަދު ނޫހުން ނެރުނު ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

އެ މައްސަލަ އަށް އިޝާރާތްކުރައްވާ ވާހަކަދައްކަވަމުން ފަޔާޒް ވިދާޅުވީ އެއީ ރާއްޖޭގެ ތާރީހުގައި ވެސް ހިނގާފައި ނެތް ވަރުގެ ދަށު ދަރަޖައިގެ އަމަލެއް ކަމަށެވެ. އަދި އެއީ މީގެ ކުރިން ރައީސްކަމުގައި ހުންނެވި ބޭފުޅަކު ކުރައްވާފައިވާ ފަދަ އަމަލެއް ނޫން ކަމަށް ފަޔާޒް ވަނީ ވިދާޅުވެފަ އެވެ.

ދަންވަރެއްގަ ގުޅިއްޔާ ވެދާނެ ދެބަ ދޭތެރޭގަ ކުރެއްވި ކަމަކަށް. މިހާރު މުޅިން ދަންވަރުތާ ދައުލަތް އޮޕަރޭޓްކުރަނީ.

ފަޔާޒްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ ވެސް ވަނީ ރައީސެއްގެ ކިބައިން މިފަދަ ކަމެއް ފެނުމަކީ ވަރަށް ދެރަވަރު ކަމެއް ކަމަށް ފާހަގަކުރައްވާފައެވެ. އަދި އެއީ ނިކަން ލަދު ގަންނަން ޖެހޭ ޒާތުގެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މި މައްސަލަ އާއި ގުޅިގެން މޯލްޑިވްސް ޖަރނަލިސްޓް އެސޯސިއޭޝަނުން ބުނެފައި ވަނީ ގައުމުގެ އިސްވެރިޔާގެ ފަރާތުން ނޫސްވެރިންނަށް އިންޒާރު ލިބުމަކީ އެއްގޮތަކަށްވެސް ބަލައިގަންނަ ކަމެއް ނޫން ކަމަށެވެ. އެމްޖޭއޭއިން ނެރުނު ބަޔާނުގައި ވަނީ މީގެ އިތުރުންވެސް އަދަދު ނޫހުގެ އެކި ނޫސްވެރިންނަށް އެކި ފަހަރުމަތިން ލިބިފައިވާ އިންޒާރުތަކާއި ގުޅޭ ގިނަ މައްސަލަތަކެއް ހުރިއިރު، އެކަންކަމާއި ގުޅިގެން އެކަށީގެންވާ ފިޔަވަޅެއް އެޅިފައި ނެތުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

އެހެންކަމުން އަދަދު ނޫހުގެ ފަރާތުން ހުށަހަޅާފައިވާ މައްސަލަ، އިންސާފުވެރިކަމާއި އެކު ވީހާވެސް އަވަހަށް ތަހުގީގު ކޮށްދިނުމަށް ދިވެހި ފުލުހުންގެ ޚިދުމަތަށް އެމްޖޭއޭއިން ވަނީ ގޮވާލާފަ އެވެ. މި މައްސަލަ އާއި ގުޅިގެން މި ހިނގާ މާޗް މަހުގެ 20 ވަނަ ދުވަހު ފިޔާޒް ޕޮލިހަށް ހާޒިރުކޮށް އޭނާގެ ބަޔާން ވަނީ ނަގާފައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

02 މާރިޗު 2017

ފ އަތޮޅަށް އަރައިގެން ނުވާނެ ކަމަށް ރާއްޖެޓީވީއަށް އިންޒާރުދީފި

02 މާރިޗު 2017
ފ އަތޮޅަށް އަރައިގެން ނުވާނެ ކަމަށް ރާއްޖެޓީވީއަށް އިންޒާރުދީފި
01 މާރިޗު 2017

ވަޅިހަރައި މަރާލާނެ ކަމުގެ އިންޒާރުދިންތާ ފަސް ދުވަސް ވީއިރު ވެސް އެމީހާ ހައްޔަރެއް ނުކުރެވުނު!

01 މާރިޗު 2017
ވަޅިހަރައި މަރާލާނެ ކަމުގެ އިންޒާރުދިންތާ ފަސް ދުވަސް ވީއިރު ވެސް އެމީހާ ހައްޔަރެއް ނުކުރެވުނު!
26 ފެބުރުއަރީ 2017

އިސްކަންދަރު ކޮއްޓަށް އިންޒާރުގެ ލިޔުން ތަކެއް އެޅި ދެ ފުލުހަކު ވަޒީފާއިން ވަކިކޮށްފި

26 ފެބުރުއަރީ 2017
އިސްކަންދަރު ކޮއްޓަށް އިންޒާރުގެ ލިޔުން ތަކެއް އެޅި ދެ ފުލުހަކު ވަޒީފާއިން ވަކިކޮށްފި
25 ފެބުރުއަރީ 2017

މެމްބަރު އިމްތިޔާޒަށް މަރުގެ އިންޒާރުދިން މައްސަލަ ބަލަނީ

25 ފެބުރުއަރީ 2017
މެމްބަރު އިމްތިޔާޒަށް މަރުގެ އިންޒާރުދިން މައްސަލަ ބަލަނީ
25 ފެބުރުއަރީ 2017

ވަޅި ހަރައި މަރާލާނެ ކަމަށް ބުނެ މެމްބަރު އިމްތިޔާޒަށް އިންޒާރުދީފި

25 ފެބުރުއަރީ 2017
ވަޅި ހަރައި މަރާލާނެ ކަމަށް ބުނެ މެމްބަރު އިމްތިޔާޒަށް އިންޒާރުދީފި
15 ފެބުރުއަރީ 2017

އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް އުދައެރުމުގެ އިންޒާރު ދީފި

15 ފެބުރުއަރީ 2017
އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް އުދައެރުމުގެ އިންޒާރު ދީފި
07 ފެބުރުއަރީ 2017

ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!

07 ފެބުރުއަރީ 2017
ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!
29 ޖެނުއަރީ 2017

އިންޒާރު: މޫނު ބުރުގާ އަޅައިގެން ސްކޫލަށް އައިސްގެން ނުވާނެ!

29 ޖެނުއަރީ 2017
އިންޒާރު: މޫނު ބުރުގާ އަޅައިގެން ސްކޫލަށް އައިސްގެން ނުވާނެ!
19 ޖެނުއަރީ 2017

ރައީސް ޔާމީން ފެކްޝަނުން ރައީސް މައުމޫނަށް އިންޒާރު ދީފި

19 ޖެނުއަރީ 2017
ރައީސް ޔާމީން ފެކްޝަނުން ރައީސް މައުމޫނަށް އިންޒާރު ދީފި
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް