Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޗެލްސީ

ސިލްވާގެ ކުރިމަގާ މެދު ގޮތެއް ނިންމާނީ ކުލަބުން: ޕޮޗެޓީނޯ

ސިލްވާއާ މެދު ހިތްހަމަ ޖެހޭކަން ފާހަގަކޮށް ޕޮޗެޓީނޯ ބުނީ، އޭނާގެ މުސްތަޤުބަލާ މެދު ގޮތެއް ނިންމާނީ ކުލަބާއި، ސިލްވާއާ ދެކެވޭ ވާހަކަ އިން ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 26 ޖެނުއަރީ 2024 | ހުކުރު 01:03
ޗެލްސީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ އަދި ތިއާގޯ ސިލްވާ

ޗެލްސީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ އަދި ތިއާގޯ ސިލްވާ

ޗެލްސީ އަށް ކުޅެމުން އަންނަ ބްރެޒިލްގެ ތަޖުރިބާކާރު ޑިފެންޑަރު، ތިއާގޯ ސިލްވާގެ ކުރިމަގާ މެދު ގޮތެއް ނިންމާނީ ކުލަބުން ކަމަށް އެ ޓީމުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނެފި އެވެ.

ޕޮޗެޓީނޯ މިހެން ބުނީ ޗެލްސީގައި ސިލްވާގެ ކުރިމަގާ ގުޅޭ ގޮތުން ވާހަކަ ދައްކަމުންނެވެ. އެގޮތުން، ޕޮޗެޓީނޯ ޤަބޫލު ކުރާ ގޮތުގައި އެއީ އޭނާ ދެއްކުމަށްވުރެ، ސިލްވާ ދެއްކުން އެންމެ ރަނގަޅު ވާހަކައެކެވެ. ޕޮޗެޓީނޯ ބުނީ އަންނަ ސީޒަނުގައި ކަންތައް ކުރާނެ ގޮތަކާމެދު، ސިލްވާއާއެކު އޭނާ މަޝްވަރާ ކޮށްފައި ނުވާނެ ކަމަށެވެ.

މީގެ އިތުރުން ޕޮޗެޓީނޯ ބުނީ، ސިލްވާ އަށް އޮތީ އޭނާގެ ފިޓްނަސް ރަނގަޅު ފެންވަރެއްގައި ހިފެހެއްޓުން ކަމަށެވެ. މިހާރު ސިލްވާގެ އުމުރަށް ބަލާއިރު، އޭނާ އަންނަނީ ރަނގަޅު މަސައްކަތްތަކެއްކޮށް، ރަނގަޅު ކުޅުމެއް ދައްކަމުން ކަމަށް ވެސް ޕޮޗެޓީނޯ ވަނީ ބުނެފަ އެވެ. އެހެންކަމުން، ސިލްވާއާ މެދު ވަރަށް އުފާވެ، ހިތްހަމަ ޖެހޭކަން ފާހަގަކޮށް ޕޮޗެޓީނޯ ބުނީ، އޭނާގެ މުސްތަޤުބަލާ މެދު ގޮތެއް ނިންމާނީ ކުލަބާއި، ސިލްވާއާ ދެކެވޭ ވާހަކަ އިން ކަމަށެވެ.

އުމުރުން 39 އަހަރުގެ ކުޅުންތެރިޔާ މިހެން ބުނީ، ޗެލްސީގައި އޭނާގެ ކުރިމަގާ ގުޅޭ ގޮތުން ވާހަކަދައްކަމުންނެވެ. ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ދޫކޮށް، ސިލްވާ ޗެލްސީ އަށް ބަދަލުވީ 2020 ވަނަ އަހަރު އެވެ. ޗެލްސީ އާއެކު އެންމެ ފަހުން ސިލްވާ ސޮއިކުރި އެއްބަސްވުމުގެ މުއްދަތު ހަމަވާނީ މިއަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ނަމަވެސް މިހާތަނަށް ސިލްވާ، އޭނާގެ ކުރިމަގާ ގުޅޭ ގޮތުން ވަކި ނިންމުމެއް ނިންމައިފައެއް ނުވެ އެވެ. އެކަމާ ގުޅޭ ގޮތުން ދާދި ފަހުން ސިލްވާ ބުނެފައި ވަނީ، ޗެލްސީގައި ހޭދަކުރެވޭ ކޮންމެ ވަގުތަކީ ވެސް އޭނާ އަށް ޚާއްސަ ވަގުތު ކޮޅެއް ކަމަށެވެ.

މިހާތަނަށް ޗެލްސީގައި ހޭދަކުރި ހަތަރު ސީޒަންގެ ތެރޭގައި ސިލްވާ ވަނީ އެ ކުލަބަށް 141 މެޗު ކުޅެދީ، ހަތް ލަނޑު ޖަހައިފަ އެވެ. ޗެލްސީ އާއެކު އޭނާ ވަނީ ތިން ތައްޓެއް ކާމިޔާބުކޮށްފަ އެވެ. އެއީ ޔުއެފާ ޗެމްޕިއަންސް ލީގު، ޔުއެފާ ސުޕަ ކަޕް އަދި ފީފާ ކުލަބު ވޯލްޑް ކަޕެވެ. މީގެ އިތުރުން އެފްއޭ ކަޕްގެ ފައިނަލްގައި ދެ ފަހަރު އަދި ކަރަބޯ ކަޕްގެ ފައިނަލްގައި އެއް ފަހަރު ވަނީ ކުޅެފަ އެވެ.

އިތުރަށް ކިޔާލަން

03 އެޕްރީލު 2017

ލޫކް ޝޯގެ ކޮމިޓްމެންޓާ މެދު މޮރީނިއޯ ސުވާލު އުފައްދައިފި

03 އެޕްރީލު 2017
ލޫކް ޝޯގެ ކޮމިޓްމެންޓާ މެދު މޮރީނިއޯ ސުވާލު އުފައްދައިފި
02 އެޕްރީލު 2017

ޓޮޓެންހަމުން ޗެލްސީއާ ދެމެދު އޮތް ފަރަގު ހަތް ޕޮއިންޓަށް ކުޑަކޮށްފި

02 އެޕްރީލު 2017
ޓޮޓެންހަމުން ޗެލްސީއާ ދެމެދު އޮތް ފަރަގު ހަތް ޕޮއިންޓަށް ކުޑަކޮށްފި
19 މާރިޗު 2017

ވެންގާ ގޮތެއް ނިންމައިފި، ވަރަށް އަވަހަށް އިއުލާންކުރާނެ!

19 މާރިޗު 2017
ވެންގާ ގޮތެއް ނިންމައިފި، ވަރަށް އަވަހަށް އިއުލާންކުރާނެ!
17 މާރިޗު 2017

މެދުކަނޑާލި މާލޭ ލީގުގެ ކުޅުން އެޕްރީލް ފުރަތަމަ ހަފްތާގައި ފަށަނީ

17 މާރިޗު 2017
މެދުކަނޑާލި މާލޭ ލީގުގެ ކުޅުން އެޕްރީލް ފުރަތަމަ ހަފްތާގައި ފަށަނީ
08 މާރިޗު 2017

މާލޭ ލީގު ޝެޑިއުލްއާ މެދު ހިތްހަމަ ނުޖެހޭ ކަމަށްބުނެ ބައެއް ކޯޗުން ފާޑުކިޔައިފި

08 މާރިޗު 2017
މާލޭ ލީގު ޝެޑިއުލްއާ މެދު ހިތްހަމަ ނުޖެހޭ ކަމަށްބުނެ ބައެއް ކޯޗުން ފާޑުކިޔައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު