Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފުޓްބޯޅަ އާމްދަނީ

ފައިސާ ލީގުގައި އެއްވަނަ ރެއާލް އަށް، ސިޓީ ވެއްޓިއްޖެ

އެންމެ ކާމިޔާބު ކުލަބު ސިޓީއަށް 99 މިލިއަން މިދިޔަ ސީޒަނުގައި މަދުވި

ރާއްޖެ އެމްވީ | 25 ޖެނުއަރީ 2024 | ބުރާސްފަތި 09:51
މެޗުގައި ލަނޑުޖެހުމަށްފަހު ރެއާލްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ

މެޗުގައި ލަނޑުޖެހުމަށްފަހު ރެއާލްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ

ކޮންމެ އަހަރަކު ކުލަބުތަކަށް ލިބޭ އާމްދަނީ އަޅާބަލާއިރު އެއްވަނަ ސްޕޭންގެ ރެއާލް މެޑްރިޑް ހޯދައިފި އެވެ.

2022 އަދި 2023ގެ ސީޒަނުގެ ހިސާބުތައް ދައްކާގޮތުން ދެ ވަނަ ލިބެނީ އޭގެ ކުރީ އަހަރުގެ އެއްވަނަ ޓީމް މެންޗެސްޓާ ސިޓީ އަށެވެ.

ރެއާލް އަށް އެއްވަނަ ލިބުނީ 723 މިލިއަން ޕައުންޑްގެ އާމްދަނީ އެއް ލިބުމުންނެވެ. މިއީ ކުރީ ސީޒަނާ އަޅާ ބަލާއިރު 119 މިލިއަން ޕައުންޑްގެ ކުރިއެރުމެކެވެ. މިދިޔަ ސީޒަނުގެ އެންމެ ކާމިޔާބު ކުލަބު މެންޗެސްޓާ ސިޓީ އަށް ދެ ވަނަ ލިބުނީ 718 މިލިއަން ޕައުންޑްގެ އާމްދަނީއަކާއެކުގަ އެވެ. ނަމަވެސް މިއީ ކުރީ ސީޒަނާ އަޅާ ބަލާއިރު 99 މިލިއަން ޕައުންޑް މަދު އަދަދެކެވެ. އެކަމަކު ސިޓީ އަކީ އިނގިރޭސި ލީގާއި ޗެމްޕިއަންސް ލީގާއި ކްލަބް ވޯލްޑްކަޕާއި ޔޫރަޕިއަން ސުޕަކަޕް ވެސް ކާމިޔާބުކުރި ޓީމެވެ.

1. ރެއާލް މެޑްރިޑް 723 މިލިއަން ޕައުންޑް

2. މެންޗެސްޓާ ސިޓީ 718 މިލިއަން ޕައުންޑް

3. ޕީއެސްޖީ 697 މިލިއަން ޕައުންޑް

4. ބާސެލޯނާ 695 މިލިއަން ޕައުންޑް

5. މެންޗެސްޓާ ޔުނައިޓެޑް 648 މިލިއަން ޕައުންޑް

6. ބަޔާން މިއުނިކް 647 މިލިއަން ޕައުންޑް

7. ލިވަޕޫލް 593 މިލިއަން ޕައުންޑް

8. ޓޮޓެންހަމް 549 މިލިއަން ޕައުންޑް

9. ޗެލްސީ 512 މިލިއަން ޕައުންޑް

10. އާސެނަލް 463 މިލިއަން ޕައުންޑް

މިދިޔަ ސީޒަނުގައި އެންމެ ބޮޑު ވެއްޓުމެއް ކުރިމަތިވީ ލިވަޕޫލަށެވެ. މިދިޔަ ސީޒަނުގައި ހަތަރުވަނާގައި އޮތް ޓީމުގެ އާމްދަނީން ވަނީ އެއް މިލިއަން ޕައުންޑް މެދުވިއިރު ރޭންކިންގެ ހަތަކަށް ވެއްޓުނީ އެވެ.

ގަދަ 10ގައި އިޓަލީގެ އެއްވެސް ޓީމެއް ނުހިމެނެ އެވެ. ނަމަވެސް ގަދަ 20ގައި އިޓަލީގެ އެންމެ ގަދަ ތިން ކުލަބު ކަމަށްވާ އިންޓަމިލާނާއި އޭސީ މިލާން އަދި ޔުވެންޓަސް ހިމެނުނެވެ. ޔުވެންޓަސް އަށް 376 މިލިއަން ޕައުންޑް ލިބިގެން 11 ވަނަ ލިބުނުއިރު އޭސީ މިލާން 13 ވަނައިގައި އޮތީ 329 މިލިއަން ޕައުންޑާއެކުގަ އެވެ. ޖެހިގެން އިންޓަމިލާނަށް 14 ވަނަ ލިބުނީ 316 މިލިއަން ޕައުންޑްގެ އާމްދަނީއަކާއެކުގަ އެވެ. އިޓަލީގެ ޗެމްޕިއަން ނާޕޮލީ ލައްވާލީ 19 ވަނައިގަ އެވެ. ލިބުނީ 224 މިލިއަން ޕައުންޑްގެ އާމްދަނީއެކެވެ.

މި ލިސްޓުގެ 20 ވަނައިގައިވަނީ ފްރާންސްގެ މާސޭ އެވެ. ލިބުނީ 224 މިލިއަން ޕައުންޑްގެ އާމްދަނީއެކެވެ.

ކުލަބުތަކަށް އާމްދަނީ ލިބޭ އެންމެ ބޮޑު އެއް ވަސީލަތަކީ ޓީވީ ރައިޓްސް އެވެ. ނަމަވެސް ތަޖުރިބާކާރުން ދެކެނީ ކުރިއަށް އޮތްނުގައި ޓީވީ ރައިޓްސްއަށްވުރެ ބޮޑަށް އެހެން ގޮތްގޮތުން އާމްދަނީ ހޯދުމަށް ކުލަބުތަކުން މަސައްކަތް ކުރާނެ ކަމަށެވެ.

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް

22 ޖެނުއަރީ 2017
ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް
22 ޖެނުއަރީ 2017

ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

22 ޖެނުއަރީ 2017
ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި
20 ޖެނުއަރީ 2017

ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ

20 ޖެނުއަރީ 2017
ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ
20 ޖެނުއަރީ 2017

މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!

20 ޖެނުއަރީ 2017
މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!
18 ޖެނުއަރީ 2017

އިންސްޓަގްރާމްގައި ކުރި ޕޯސްޓަކުން ސިޓީގެ ސަގްނާ ޖޫރިމައިނާކޮށްފި

18 ޖެނުއަރީ 2017
އިންސްޓަގްރާމްގައި ކުރި ޕޯސްޓަކުން ސިޓީގެ ސަގްނާ ޖޫރިމައިނާކޮށްފި
15 ޖެނުއަރީ 2017

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް
06 ޖެނުއަރީ 2017

ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްނުލާނެކަން ހަމޭސް ރޮޑްރިގޭޒް ހާމަކޮށްފި

06 ޖެނުއަރީ 2017
ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްނުލާނެކަން ހަމޭސް ރޮޑްރިގޭޒް ހާމަކޮށްފި
04 ޖެނުއަރީ 2017

ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ

04 ޖެނުއަރީ 2017
ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ

04 ޖެނުއަރީ 2017
ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު