Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ބަޓަރ ޗިކަންގެ މައްސަލަ ކޯޓަށް ހުށައެޅުން

ބަޓަރ ޗިކަން ތައްޔާރުކުރި މީހަކު ނޭނގިގެން ހައި ކޯޓަށް!

ގުޖްރާލް ޢާއިލާއިން ދަނީ ގެއްލުމުގެ ބަދަލުގެ ގޮތުގައި 240000 ޑޮލަރު ހޯދުމަށްވެސް ދަރްޔާގަންޖްއާ ދެކޮޅަށް ދަޢުވާ ކުރަމުން

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 25 ޖެނުއަރީ 2024 | ބުރާސްފަތި 07:53
ރިހަ ތައްޓެއްގެ އަސްލު ނޭނގިގެން ކޯޓަށް މައްސަލަ ވައްދާފައި ވާ އިރު، އިންޑިއާގެ ޓީވީ ޗެނަލްތަކުން ވެސް މިއަދު އެންމެ ފޯރީގައި ދައްކަމުން ދަނީ ބަޓަރ ޗިކަންގެ ވާހަކަ

ރިހަ ތައްޓެއްގެ އަސްލު ނޭނގިގެން ކޯޓަށް މައްސަލަ ވައްދާފައި ވާ އިރު، އިންޑިއާގެ ޓީވީ ޗެނަލްތަކުން ވެސް މިއަދު އެންމެ ފޯރީގައި ދައްކަމުން ދަނީ ބަޓަރ ޗިކަންގެ ވާހަކަ

ދިވެހިންގެ ކާ ސުފުރާތަކާއި ކެއިންބުއިމުގެ ޚިދުމަތްދޭ ތަންތަނުގެ ވިކުރާ ބަލާލުމުން، އެންމެ ގިނަ ބައެއްގެ މެދުގައި އެންމެ މަޤުބޫލު އެއް ބާވަތަކީ ބަޓަރ ޗިކަންއޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. ދުނިޔޭގެ ކޮންމެ ހިސާބަކަށް ބެލި ކަމުގައި ވީ ނަމަވެސް، މިއަދު އެކަން އޮތީ އެހެންނެވެ. ބަޓަރ ޗިކަންއަކީ ދިވެހިންގެ އެންމެ ގާތް އަވަށްޓެރި އިންޑިއާގެ އުފެއްދުމެކެވެ. އިންޑިއާގެ ކޭންތަކުގެ ތެރެއިން މުޅި ދުނިޔެއަށް އެންމެ މަޝްހޫރު ބާވަތްތަކުގެ ލިސްޓުގެ އެންމެ ކުރިން ޖާގަ ހޯދާ، އަނގަޔަށް އެހާމެ މީރު ރިހައެކެވެ. ބަޓަރ ޗިކަންގެ މަގުބޫލުކަމަށް ކުޑަ ނަމަވެސް ފަނޑުކަމެއް އައިސްފައި ނުވާ އިރު، އިންޑިއާގައި ރެސްޓޯރަންޓް ހިންގާ 2 ކުންފުންޏަކުން މިހާރު ދަނީ ބަޓަރ ޗިކަންގެ މައްސަލާގައި ކޯޓުގައި ތަޅާފޮޅަމުންނެވެ. މައްސަލައިގެ ފެށުމަކީ، ބަޓަރ ޗިކަންގެ އަސްލަކީ ކޮބައި ކަމާ މެދު އުފެދުނު ދެބަސްވުމެކެވެ.

އިންޑިއާގެ ސައި މޭޒުތަކުގައި މިއަދު އެންމެ ހޫނުކޮށް ދެކެވެމުންދާ އެއް ވާހަކައަކީވެސް ބަޓަރ ޗިކަން ކޯޓު ކޭހުގެ ވާހަކައެވެ. އެ މައްސަލަ ކޯޓާ ހިސާބަށް ގެންދިޔައީ އިންޑިއާގެ މަޝްހޫރު ރެސްޓޯރަންޓް ބްރޭންޑެއް ކަމަށް ވާ މޯޓީ މަހަލްއިންނެވެ. މޯޓީ މަހަލްގެ ކަސްޓަމަރުންގެ ލިސްޓުގައި އެމެރިކާގެ ކުރީގެ ރައީސް ރިޗަރޑް ނިކްސަން އަދި އިންޑިއާގެ އެންމެ ފުރަތަމަ ބޮޑުވަޒީރު، ޖަވާހަރްލާލް ނެހްރޫ ހިމެނިވަޑައިގަންނަވާ ކަން އެ ކުންފުނިން ފާހަގަ ކުރަނީ ފަޚްރާ އެކުގައެވެ.

މޯޓީ މަހަލް އިން ވަކާލާތު ކުރާ ގޮތުގައި ބަޓަރ ޗިކަންއަކީ އެ ރެސްޓޯރަންޓްގެ ބާނީ، ކުންދާން ލާލް ގުޖްރާލް، 1930ގެ އަހަރުތަކުގެ ތެރޭގައި އުފެއްދި ރެސިޕީއަކަށް އޭނާ ތައްޔާރު ކުރި ރިހައެކެވެ. އެއީ ދިއްލީއަށް ބަދަލު ކުރުމުގެ ކުރިން، އެ ކުންފުނީގެ ފުރަތަމަ ރެސްޓޯރަންޓް، ޕެޝާވަރުގައި ހުޅުވި ދުވަސްވަރެވެ. ބަޓަރ ޗިކަންގެ އަސްލީ މިލްކުވެރިއެއްގެ މައްސަލާގައި މޯޓީ މަހަލް އިން ދައުވާ ކުރަނީ، ވާދަވެރި ދަރްޔާގަންޖް ރެސްޓޯރަންޓް ޗެއިންއާއެވެ. ދަރްޔާގަންޖްއާ ދެކޮޅަށް މޯޓީ މަހަލްއިން ކޯޓަށް ހުށަހެޅި ދަޢުވާ، 2752 ކަރުދާހަށް ދެމިގެން ދެއެވެ.

ކަމުގެ ޙަޤީޤަތް އޮޅޭ ގޮތަށް، ބަޓަރ ޗިކަންއަކީ އެ ކުންފުނީގެ އުފެއްދުމެއް ކަމަށް ދަރްޔާގަންޖްއިން ވާހަކަދައްކާ ކަމަށާ، އިންޑިއާގައި މަޝްހޫރު މަހާނީ ޑިޝްއަކީވެސް އެ ރެސްޓޯރަންޓްގެ އުފެއްދުމެއް ކަމަށް ބުނަނީ އޮޅުވާލުމެއްގެ ތެރެއިން ކަމަށް މޯޓީ މަހަލްގެ ދަޢުވާގައި ތުހުމަތު ކޮށްފައި ވެއެވެ. މަހާނީއަކީވެސް ބަޓަރާއި ކްރީމް ބޭނުން ކޮށްގެން ތައްޔާރު ކުރާ މުގު ރިހައިގެ ބާވަތެކެވެ.

ދަރްޔާގަންޖްއިން މޯޓީ މަހަލް ވެބްސައިޓްގެ ލޭއައުޓް ނަކަލު ކޮށްފައި ވާ ކަމަށާ، ރެސްޓޯރަންޓްތައްވެސް ފަރުމާކޮށްފައި ހުންނަނީ މޯޓީ މަހަލްގެ އަސްލާ އެއް ގޮތަށް، އެ އަސަރުތަކާއި އިޙްސާސްތައް ގެނުވާ ގޮތަށް ކަމަށް ތުހުމަތުކޮށް، ގުޖްރާލް ޢާއިލާއިން ދަނީ ގެއްލުމުގެ ބަދަލުގެ ގޮތުގައި 240000 ޑޮލަރު ހޯދުމަށްވެސް ދަރްޔާގަންޖްއާ ދެކޮޅަށް ދަޢުވާ ކުރަމުންނެވެ.

މޯޓީ މަހަލްގެ ދަޢުވާތައް އަޑު އަހަން ދަރްޔާގަންޖްއިން ހިމޭނުން އޮތީއެއް ނޫނެވެ. ދަރްޔާގަންޖްގެ ވެބްސައިޓްއަކީ 2019 ވަނަ އަހަރު ލޯންޗްކުރި ވެބްސައިޓަކަށް ވީ ނަމަވެސް، އެ ޢާއިލާއިން ވަކާލާތު ކުރާ ގޮތުގައި، ގުޖްރާލްއާއެކު 1947 ވަނަ އަހަރު ދިއްލީގައި ރެސްޓޯރަންޓް ހުޅުވުމުގައި މަސައްކަތް ކޮށްފައި ވަނީ ދަރްޔާގަންޖް ޢާއިލާގެ މެންބަރެއް ކަމަށް ވާ ކުންދާން ލާން ޖައްގީއެވެ. އަދި ބަޓަރ ޗިކަން އަކީ އެ ރެސްޓޯރަންޓްގައި ފުރަތަމަ ފަހަރަށް ތައްޔާރު ކުރި އެއްޗެއް ކަމަށް ދަރްޔާގަންޖް ޢާއިލާއިން ބުނެއެވެ. އެހެންކަމުން، ބަޓަރ ޗިކަންގެ ޙަޤީޤީ ބާނީންނަކީ އެއީ ކަމުގައި ބުނުމުގެ ފުރުޞަތު އެ ޢާއިލާއަށްވެސް ލިބޭ ކަމަށް ދަރްޔާގަންޖްއިން ބުނެއެވެ.

ރިހަ ތައްޓެއްގެ އަސްލު ނޭނގިގެން ކޯޓަށް މައްސަލަ ވައްދާފައި ވާ އިރު، އިންޑިއާގެ ޓީވީ ޗެނަލްތަކުން ވެސް މިއަދު އެންމެ ފޯރީގައި ދައްކަމުން ދަނީ ބަޓަރ ޗިކަންގެ ވާހަކައެވެ. ސޯޝަލް މީޑިއާގައި ކުރާ ހޫނު ބަޙުސްތަކުގެ ވާހަކަ ރަނގަޅު ވާނީ މިފަދަ ތަނެއްގައި ނުދެއްކިއްޔާއެވެ.

ތަންދޫރު އުނދުނެއްގައި ރޯފިލުވާފައި ހުންނަ ކުކުޅާއި ޓޮމާޓޯ ރިގަނޑެއް އެއްކޮށް، އޭގެ ތެރެއަށް ކްރީމްއާއި ބަޓަރު އަޅައިގެން ތައްޔާރު ކުރާ ބަޓަރ ޗިކަންއަކީ، 4 ލައްކައެއްހާ މީހުން ވޯޓު ދީގެން 'ޓޭސްޓްއެޓްލަސް' އިން ހޮވާ ދުނިޔޭގެ އެންމެ އެންމެ ފުރިހަމަ ކޭންތަކުގެ ލިސްޓުން 43 ވަނައިގައި ރޭންކު ކޮށްފައި ވާ ޑިޝްއެވެ. އިންޑިއާގެ ކޭންތަކަށް ބަލާއިރު ބަޓަރ ޗިކަންއަށް ލިބެނީ 2 ވަނަ މަޤާމެވެ. އެއީ 1 ވަނަ މަޤާމުގައި އޮތް ގާލިކް ނާންގެ ފަހަތުން ކަމަށް ވާ އިރު، ބަޓަރ ޗިކަން އާއެކު ކެއުމަށް އެންމެ ގިނަ ބަޔަކު ޚިޔާރު ކުރާ އެކައްޗަކީވެސް ގާލިކް ނާންއެވެ.

ބަޓަރ ޗިކަންގެ އަސްލާ މެދު މޯޓީ މަހަލްއިން ދަރްޔާގަންޖްއާ ދެކޮޅަށް ކުރާ ދަޢުވާގެ ފުރަތަމަ އަޑު އެހުން، ދިއްލީ ހައި ކޯޓުގައި ކުރިއަށް ގެންދިޔައީ ހުސްވި ހަފުތާގެ ތެރޭގައެވެ. މައްސަލައިގެ އިތުރު އަޑު އެހުމެއް ދެން ކުރިއަށް ގެންދާނީ މެއި މަހުއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މީހަކު އެންޖެލީނާ ޖޯލީއަށްވާން 50 އޮޕަރޭޝަން ކޮށްފި

މީހަކު އެންޖެލީނާ ޖޯލީއަށްވާން 50 އޮޕަރޭޝަން ކޮށްފި

01 ޑިސެމްބަރު 2017
ޗައިނާގެ މީހަކު 25 އައިފޯނުން ޕްރޮޕޯސް ކޮށްފި

ޗައިނާގެ މީހަކު 25 އައިފޯނުން ޕްރޮޕޯސް ކޮށްފި

13 ނޮވެމްބަރު 2017
އެމެރިކާގެ އޭޓީއެމެއްގެ ތެރޭގައި މީހަކު ތާށި ވެއްޖެ

އެމެރިކާގެ އޭޓީއެމެއްގެ ތެރޭގައި މީހަކު ތާށި ވެއްޖެ

14 ޖުލައި 2017
ފަލަސްތީނުގެ އުމުރުން 81 އަހަރުގެ މީހަކު ހައި ސްކޫލް އިންތިހާނުގައި ދެ ވަނަ ފަހަރަށް ބައިވެރިވެއްޖެ

ފަލަސްތީނުގެ އުމުރުން 81 އަހަރުގެ މީހަކު ހައި ސްކޫލް އިންތިހާނުގައި ދެ ވަނަ ފަހަރަށް ބައިވެރިވެއްޖެ

07 ޖޫން 2017
ކަރަން ޖޯހަރަށް ބްލެކްމެއިލް ކުރި މައްސަލައެއްގައި 6 މީހަކު ހައްޔަރުކޮށްފި

ކަރަން ޖޯހަރަށް ބްލެކްމެއިލް ކުރި މައްސަލައެއްގައި 6 މީހަކު ހައްޔަރުކޮށްފި

18 މެއި 2017

އަހަރުތަކުން މިއަދު

25 ފެބުރުއަރީ
ރިޗަރޑް ގިއަރގެ އާއިލާ އެކު ރާއްޖޭގައި
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ރިޗަރޑް ގިއަރގެ އާއިލާ އެކު ރާއްޖޭގައި

މަޝްހޫރު ޤާނޫނީ ވަކީލް އަބްދުލްޙަކީމް މުހައްމަދު ރަޝާދު އަވަހާރަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

މަޝްހޫރު ޤާނޫނީ ވަކީލް އަބްދުލްޙަކީމް މުހައްމަދު ރަޝާދު އަވަހާރަވެއްޖެ

ނިޒާމް ދައްކާފައި ހުރި ވާހަކަތަކާއި ހެކިތަކަށް ބަލާއިރު، އޭނާ ކުރި ކަމަކުން ލިޓަން މަރުވެފައިވާކަމަށް ޤަބޫލު ކުރެވޭ: ޕީޖީ
20233 އަހަރު ކުރިން
ރާއްޖެ

ނިޒާމް ދައްކާފައި ހުރި ވާހަކަތަކާއި ހެކިތަކަށް ބަލާއިރު، އޭނާ ކުރި ކަމަކުން ލިޓަން މަރުވެފައިވާކަމަށް ޤަބޫލު ކުރެވޭ: ޕީޖީ

ފިންލޭންޑާއި ސުވިޑެން އިން ނޭޓޯއާއި ގުޅިގެއްޖެނަމަ އެކަމުގެ އަގު އަދާކުރަންޖެހޭނެ – ރަޝިއާ
20224 އަހަރު ކުރިން
ދުނިޔެ

ފިންލޭންޑާއި ސުވިޑެން އިން ނޭޓޯއާއި ގުޅިގެއްޖެނަމަ އެކަމުގެ އަގު އަދާކުރަންޖެހޭނެ – ރަޝިއާ

ޕީޕީއެމް ކުރިމަތީގައި މުއައްސަސާތައް ދަތްނެތް ސިންގާއަކަށްވެ، ވަރަނެތް ދޫންޏަކަށްވެ ނިމިއްޖެ
20215 އަހަރު ކުރިން
ރިޕޯޓު

ޕީޕީއެމް ކުރިމަތީގައި މުއައްސަސާތައް ދަތްނެތް ސިންގާއަކަށްވެ، ވަރަނެތް ދޫންޏަކަށްވެ ނިމިއްޖެ

އުފާވެރި ޚަބަރެއް: ކިޑީ އިނީ ބަލިވެ، ބަނޑަށް ހަ މަސް!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

އުފާވެރި ޚަބަރެއް: ކިޑީ އިނީ ބަލިވެ، ބަނޑަށް ހަ މަސް!

ރަސްދޫ އިން އެސްއޯގެ ހަތަރު ފުލުހުން ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ރަސްދޫ އިން އެސްއޯގެ ހަތަރު ފުލުހުން ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު