Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ފޮރިން މިނިސްޓަރ ޚަލީލު

އިންޑިއާ އައުޓް ކެމްޕޭން ގައި އިސްކޮށް އުޅުއްވި ޚަލީލު، ބޭރު ގައުމުތަކާ ރާއްޖެ އިން އޮންނަ ގުޅުމަށް ބުރޫ އަރާ ގޮތައް ވާހަކަ ނުދެއްކުމަށް ލެކްޗަރު ދެއްވުމަކީ ބޮޑު ޖޯކެއް!

ދައްކާ ނޭދެވޭ ވާހަކައިގެން ބޭރު ގައުމުތަކާ އެކު އޮންނަ ގުޅުމަށް ބުރޫ އެރުމަކީ އަމިއްލަ ގައުމަށް އަމިއްލަ އަށް ހަމަލާ ދިނުން ކަމަށް ވާނަމަ، އެފަދަ ހަމަލާތައް ރޭވުމުގަ އާއި ތަންފީޒު ކުރުމުގައި އެންމެ މަތީ ދަރަޖައިގައި ޚަލީލު ވަނީ ބައިވެރިވެވަޑައިގެންފައި

ރާއްޖެ އެމްވީ | 11 ޖުލައި 2025 | ހުކުރު 14:09
ފޮރިން މިނިސްޓަރ އަބްދުﷲ ޚަލީލު (ކ) ރައީސް ޔާމީން އަދި މިހާރުގެ އިކޮނޮމިކް މިނިސްޓަރ ސައީދު، "އިންޑިއާ އައުޓް" ކެމްޕޭން ގައި

ފޮރިން މިނިސްޓަރ އަބްދުﷲ ޚަލީލު (ކ) ރައީސް ޔާމީން އަދި މިހާރުގެ އިކޮނޮމިކް މިނިސްޓަރ ސައީދު، "އިންޑިއާ އައުޓް" ކެމްޕޭން ގައި

ރާއްޖެ އާ ބޭރު ގައުމުތަކާ އޮންނަ ގުޅުމަށް ބުރޫ އަރާ ގޮތައް ވާހަކަ ދެއްކުމަކީ "އަމިއްލަ ގައުމަށް ދޭ ހަމަލާއެއް" ކަމަށް ވިދާޅުވެ، "އިންޑިއާ އައުޓް" ނަމުގައި އިންޑިއާ އާ މެދު ދިވެހިންގެ ހިތުގައި ނަފްރަތު އުފެއްދުމަށް ޕީޕީއެމް އިން ހިންގި ކެމްޕޭނުގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގެންނެވި މިހާރުގެ ޚާރިޖީ ވަޒީރު އަބްދުﷲ ޚަލީލު ވިދާޅުވުން ހަގީގަތުގައި ވެސް ސިފަ ކުރެވެނީ ބޮޑު ޖޯކެއްގެ ގޮތުގައެވެ.

"މިނިވަން ދިވެހިރާއްޖެ" ޑޮކިއުމެންޓްރީ ނަމުގައި ޕަބްލިކް ސާވިސް މީޑިއާ އިން އުފެއްދި ޑޮކިއުމެންޓަރީ އިފްތިތާޙު ކުރުމަށް ބޭއްވި ޖަލްސާގައި ޚަލީލު މި ވާހަކަފުޅު ދެއްކެވުމުން އެކަން ވެގެން ދިޔައީ އޭނާ އާ އެއް ގޮތަކަށް ވެސް ގުޅޭ ޒާތުގެ ވާހަކަ އަކަށް ނޫނެވެ.

މި ޖަލްސާ ގައި ދިވެހިންނަށް ރަނގަޅު ގޮތް ކިޔައިދެއްވަމުން، ބޭރުގެ ގައުމުތަކާ އޮންނަ ގުޅުން ރަނގަޅު ވުމުގެ މުހިންމު ކަން ފާހަގަ ކުރައްވަމުން، ޚަލީލް ވިދާޅުވީ ރާއްޖެ އަށް ދިމާވާ އެކި މައްސަލަތަކަށް ފަސޭހައިން ހައްލު ހޯދުމުގައި ބޭރުގެ އެހީތެރިކަން ލިބުން އޭގެ ތެރޭގައި ހިމެނޭ ކަމަށާއި، ގުޅުން ދެމިއޮންނާނީ ގާތް ގުޅުންތައް ދެމެހެއްޓިގެން ކަމަށާއި އެކަމަށް ބުރޫ އަރާނެ ކޮންމެ ކަމަކުން ކޮންމެ ދިވެއްސަކު ވެސް ދުރުވާން ޖެހޭނެ ކަމަށެވެ.

"އަޅުގަނޑުމެން ކޮންމެހެން ވެސް ގުޅުން ބާއްވާން ޖެހޭ ގައުމުތަކާ ދޭތެރޭ އޮންނަ ގުޅުމަށް ބުރޫ އަރާ ޒާތުގެ ވާހަކަތައް ބައެއް ފަހަރަށް މީޑިއާ ތަކުން އާދޭ، އެ ވާހަކަ ތައް ގެންނަ ނަމަ އަޅުގަނޑުމެންނަށް މި ކުރެވޭ ކަމަކީ އަޅުގަނޑުމެންގެ އަމިއްލަ އަތުން އަޅުގަނޑުމެންގެ ގައުމަށް ހަމަލާ ދެވެނީ؛" ކަމަށް ޚަލީލު ވިދާޅުވިއެވެ.

ދައްކާ ނޭދެވޭ ވާހަކައިގެން ބޭރު ގައުމުތަކާ އެކު އޮންނަ ގުޅުމަށް ބުރޫ އެރުމަކީ އަމިއްލަ ގައުމަށް އަމިއްލަ އަށް ހަމަލާ ދިނުން ކަމަށް ވާނަމަ، އެފަދަ ހަމަލާތައް ރޭވުމުގަ އާއި ތަންފީޒު ކުރުމުގައި އެންމެ މަތީ ދަރަޖައިގައި ޚަލީލު ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މިހާރު ޚަލީލު ވިދާޅުވަނީ "އެކަން ކޮށްގެން ނުވާނެ؛" ކަމަށެވެ. އެހެން ނަމަވެސް މަނިކުފާނަށް އެކަން އޮތީ ބޮޑު ކޮށް ކުރެއްވިފައެވެ. ޚަލީލު ނިސްބަތްވެ ވަޑައިގަންނަވާ ސަރުކާރުގެ އިސް ހުރިހާ މަގާމުތަކެއްގައި ކަހަލަ ގޮތަކަށް ތިއްބެވީ އިންޑިއާ އާ ދެކޮޅަށް ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު އަދާވާތްތެރި ކަމުގެ ކެމްޕޭން ގައި ނުކުރަން އެވިދާޅުވި ކަންތައް ކޮށްގެން ތިބި ފަރާތްތައްކަން ފާހަގަ ކުރެވެއެވެ.

ރައީސް ސޯލިހް ގެ ވެރިކަމުގައި އިންޑިއާ އާ ގުޅުން ބަދަހި ކުރުއްވުމަށް ކުރެއްވި މަސައްކަތްތަކަށް ހުރަސް އަޅުއްވާ ދިވެހިންގެ ހިތުގައި އިންޑިއާ އާ މެދު ރުޅި ވެރިކަން އުފެއްދުމުގައި ހަރާކަތްތެރިވި ޓީމުގެ ކުރީ ސަފުގައި ހުންނެވި މިހާރުގެ ފޮރިން މިނިސްޓަރ އަބްދުﷲ ޚަލީލު ނިސްބަތްވާ ސަރުކާރުގެ ފުރަތަމަ ކޮޅުގައި ވެސް އިންޑިއާ ރުޅި އެރުވުމުގެ ގޮތުން ސަރުކާރުގެ އެންމެ އިސްވެރިޔާގެ ގޮތުގައި ހުންނެވި ރައީސް މުހައްމަދު މުއިއްޒު ވެސް ވަނީ މަސައްކަތް ކުރައްވާފައެވެ.

އެ ގޮތުން ރައީސް މުޙައްމަދު މުޢިއްޒު ޗައިނާ އަށް ކުރެއްވި ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅަށް ފަހު އެނބުރި ވަޑައިގަތުމަށްފަހު، އޭރު އޮތް ޑިޕްލޮމެޓިކް ހަލަބޮލިކަން ރަނގަޅު ކުރެއްވުމުގެ ބަދަލުގައި، ހާލަތު އިތުރަށް ގޯސް ކުރައްވަން ވަނީ މަސައްކަތް ކުރައްވާފައެވެ.

"އަޅުގަނޑުމެންނަކީ ކުޑަ ޤައުމެއް ކަމުގައި ވިޔަސް، އެއީ އަޅުގަނޑުމެންނަށް އަމާޒުކޮށް ބުލީ ކުރަން ލިބޭ ހުއްދައެއް ނޫން،" ކަމަށް މުޢިއްޒު ވިދާޅުވިއެވެ.

އިންޑިއާ ރުޅިއެރުވުމުގެ ގޮތުން މުއިއްޒު އިތުރަށް ވިދާޅުވީ، އިންޑިއާ ކަނޑަކީ ވަކި ޤައުމަކަށް ނިސްބަތްވާ އެއްޗެއް ނެއް ނޫން ކަމަށާއި، ދިވެހިރާއްޖެ އަކީ "އެއްވެސް ބައެއްގެ ގޯތިތެރޭގައިވާ" ޤައުމެއް ނޫން ކަމަށެވެ.

އިންޑިއާ އައުޓް ކެމްޕޭންގެ ތެރޭގައި ރާވައިގެން ޚަލީލު ނިސްބަތްވެވަޑައިގެންނެވި ޕާޓީން ފެތުރި ދޮގު ވާހަކަތައް ކަމަށް ބޭރުގެ މީޑިއާ ތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި އިންތިޚާބީ ކެމްޕޭންގައި، ޕީޕީއެމް އިން ބުނެފައިވަނީ މާލެ ކައިރީގައިވާ އުތުރުތިލަފަޅުގައި އިންޑިއާ އިން އަޅަމުންދާ އަސްކަރީ މަރުކަޒަކީ ރާއްޖެ ހިފުމަށް ބޭނުން ކުރާނެ ތަނެއް ކަމަށެވެ.

އިންޑިއާ އައުޓް ކެމްޕޭން ގައި އިންޑިއާގެ އެތައް ހާސް ސިފައިން ރާއްޖޭގައި ތިބި ކަމަށާއި، އެއާއެކު އިންޑިއާ ސިފަކޮށްދީފައި ވަނީ ރާއްޖޭގެ މިނިވަންކަން ނަގާލުމަށް މަސައްކަތްކުރާ ބާރުގަދަ ޤައުމެއްގެ ގޮތުގައެވެ.

ކަންކަން ނުބައިން ނުބަޔަށް ގޮސް ދިވެހިރާއްޖޭގެ ރައީސް މުއިއްޒު އިންޑިއާ އަށް ފާޑުވިދާޅުވުމަކީ އެހާ އަޖައިބުވާންޖެހޭ ކަމެއް ނޫން ކަމަށް އިންޑިއާ ގެ މީޑީއާ އިން ރިޕޯޓު ކުރާ ހިސާބަށް ކަންކަން ދިޔަކަން ޚުދު ޚަލީލަށް އެނގިވަޑައިގަންނަވާނެއެވެ.

ޔޫރަޕިއަން ޔޫނިއަނުން އިންތިޚާބަށް ފަހު ނެރުނު ރިޕޯޓެއްގައި ބުނެފައި ޕީޕީއެމް އާއި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން އިންތިޚާބު ކާމިޔާބުކުރުމަށް އިންޑިއާއާ ދެކޮޅު ޝުޢޫރުތައް ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ބޭނުން ކޮށްފައިވާ ކަމަށެވެ.

ދިވެހިރާއްޖޭގެ ރިޔާސީ އިންތިޚާބާ ގުޅޭގޮތުން ޔޫރަޕިއަން ޔޫނިއަން އިލެކްޝަން އޮބްޒަވޭޝަން މިޝަން (އީޔޫ-އީއޯއެމް) ގެ ރިޕޯޓުގައި ބުނެފައި ވަނީ މުޢިއްޒުގެ ސަރުކާރަކީ އިންޑިއާއާ ދެކޮޅު ސަރުކާރެއް ކަމަށެވެ.

"އީޔޫ-އީއޯއެމްގެ އޮބްޒާވަރުންނަށް ފާހަގަ ކުރެވުނު ގޮތުގައި ޕީޕީއެމް-ޕީއެންސީގެ ފަރާތުން [ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް] އަށް ނިސްބަތްކޮށް ބޭއަދަބީ ބަސްތައް ބޭނުން ކޮށްފައިވެއެވެ. އެ ކެމްޕޭނުގައި އިންޑިއާ އާ މެދު ބިރުވެރިކަމާއި، ރާއްޖޭގައި އިންޑިއާގެ އަސްކަރީ ބަޔަކު ތިބުމާ މެދު ކަންބޮޑުވުން އުފައްދާ އިންޑިއާ އާ ދެކޮޅު ޝުޢޫރުތައް ހިމަނާފައިވެއެވެ،" ރިޕޯޓުގައި ބުނެފައިވެއެވެ.

"މި މައުޟޫޢާ ގުޅޭގޮތުން އޮންލައިންކޮށް ގިނަ ދޮގު މަޢުލޫމާތު ފެތުރުމުގެ މަސައްކަތްތަކެއް ކުރެވިފައިވެއެވެ،" ރިޕޯޓުގައި އިތުރުކޮށްފައިވެއެވެ.

މިކަންކަން މިހެން ހިނގާފައިވާއިރު ޚަލީލު ނިސްބަތްވެ ވަޑައިގަންނަވާ ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ސޯޝަލް މީޑިއާ އެކްޓިވިސްޓުން ކަމުގައިވާ މަލްޝާ ޝަރީފް އާއި މަރިޔަމް ޝިއުނާ އަދި ޢަބްދުﷲ މަޚްޒޫމް މާޖިދު ސޯޝަލް މީޑިއާގައި އިންޑިއާ ގެ ބޮޑު ވަޒީރު މޯދީއާ ދެކޮޅަށް ވަރަށް ހުތުރު ބަހުން ވާހަކަ ދެއްކި މައްސަލަ އެއް ފެންމަތިވެ، އިތުރަށް ދެ ގައުމުގެ ގުޅުން ގޯސްވެގެން ދިޔައެވެ.

މަލިކުގެ ފަތުރުވެރިކަން ކުރިއެރުވުމަށް މޯދީ ފެންނަ ވީޑިއޯއަކަށް ރައްދު ދިނުމުގެ ގޮތުން މި ތިން މީހުން ވަނީ ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި މޯދީއަށް ނިސްބަތްކޮށް "ކްލައުން"، "ޓެރަރިސްޓް" އަދި "އިސްރާއީލުގެ ޕަޕެޓް" ފަދަ ހަޑިހުތުރު ބަސްތައް ބޭނުންކޮށްފައެވެ.

އިންޑިއާ މީޑިއާގެ ރިޕޯޓުތަކުގައި ބުނެފައިވާ ގޮތުގައި، އިންޑިއާގެ ހައި ކޮމިޝަނުން މި މައްސަލަ ދިވެހި ސަރުކާރުގެ ސަމާލުކަމަށް ގެންނެވިއެވެ.

މަޝްހޫރު ބޮލީވުޑް ތަރިންނާއި ކުޅިވަރުކުޅުން ތެރިން ހިމެނޭ ގޮތުން މި ތިން މީހުންގެ ވާހަކަތަކާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް، ރާއްޖޭގެ ފަތުރުވެރިކަން ބޮއިކޮޓް ކުރުމުގެ ބޮޑު ކެމްޕޭން އެއް އިންޑިއާ ގައި ފެށިގެން ދިޔަތަން ފެނުނެވެ.

"ދިވެހިރާއްޖޭގެ އިސް މަޤާމުތަކުގައި ތިބި ފަރާތްތަކުން އިންޑިއާގެ މީހުންނާ ދެކޮޅަށް ނަފްރަތާއި ނަސްލީ ތަފާތުކުރުން ގެންގުޅޭ ކޮމެންޓްތައް ކޮށްފައިވާ ކަން ފާހަގަކުރެވުނު. އެމީހުން މިކަން ކުރަނީ އެމީހުންގެ ޤައުމަށް އެންމެ ގިނަ ފަތުރުވެރިން ފޮނުވާ ޤައުމާ ދެކޮޅަށް ކަމީ ހައިރާންވާން ޖެހޭ ކަމެއް،" ކަމުގައި އިންޑިއާގެ މަޝްހޫރު އެކްޓަރ އަކްޝޭ ކުމާރު އެކްސްގައި ބުނެފައިވެއެވެ.

މިކަމުގެ ސަބަބުން ރާއްޖެއަށް އަންނަ އިންޑިއާ ފަތުރުވެރިންގެ އަދަދު އިންތިހާ އަށް ދަށްވެ، ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް ނޭދެވޭ އަސަރުކޮށް އެތައް މިލިއަން ޑޮލަރުގެ ގެއްލުން ވިއެވެ.

ދިވެހި ރާއްޖެ އާ އިންޑިއާ އާ ދެ ޤައުމުގެ ދެމެދުގައި އޮތް ދިގު މުއްދަތުގެ ރަޙްމަތްތެރި ކަމާއި އިޤްތިޞާދީ ގުޅުން ތަކަށް ބޮޑެތި ލޮޅުންތަކެއް އެރި އެތައް ކަމެއް ހިންގުމުގައި އިސްކޮށް ހަރާކާތްތެރި ވެވަޑައިގަތުމަށް ފަހު ރައީސް މުއިއްޒުގެ ޚާރިޖީ ވަޒީރު އަވަށްޓެރި ގައުމުތަކާ އެކު އޮންނަ ގުޅުމަށް ބުރޫ އަރާފާނެ ވާހަކަތަކާ ދުރުހެލި ވުމަށް ދިވެހިންނަށް ނަސޭހަތް ދެއްވުމުގެ ބަދަލުގައި ތިޔަ ނަސޭހަތް ދެއްވަންވީ އަމިއްލަ ނަފްސަށެވެ. އޭގެ ފަހުގައި މަނިކުފާނުގެ ރައީސް މުއިއްޒު އަށެވެ. އޭގެ ފަހުން ކެބިނެޓް މިނިސްޓަރުންނަށާއި، ޕާޓީގެ އެކްޓިވިސްޓުންނަށެވެ. ދިވެހި އާންމު ރައްޔިތުންނަށް ނިސްބަތްކޮށް ތިޔަ ވާހަކަ ދެއްކެވުމުން ވާނީ ބޮޑު ޖޯކަކަށެވެ.

އަބްދުﷲ ޚަލީލްއިންޑިއާމުހައްމަދު މުއިއްޒުއިންޑިއާ އައުޓް ކެމްޕެއިން

ކޮމެންޓް

އިތުރަށް ކިޔާލަން

މެސީގެ އިންޑިއާ ދަތުރު، ދަނޑުގައި ހިނގި ހަމަ ނުޖެހުން ތަކަށް ޗީފް މިނިސްޓަރު މަމަތާ ބެނާޖީ މައާފަށް އެދިވަޑައިގެންފި

މެސީގެ އިންޑިއާ ދަތުރު، ދަނޑުގައި ހިނގި ހަމަ ނުޖެހުން ތަކަށް ޗީފް މިނިސްޓަރު މަމަތާ ބެނާޖީ މައާފަށް އެދިވަޑައިގެންފި

14 ޑިސެމްބަރު 2025
މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

13 ޑިސެމްބަރު 2025
އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

11 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމް ކޮށްފި

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމް ކޮށްފި

17 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

15 ޖެނުއަރީ
ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު
20242 އަހަރު ކުރިން
ރާއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"
20233 އަހަރު ކުރިން
ރިޕޯޓު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
20197 އަހަރު ކުރިން
ރާއްޖެ

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ
20188 އަހަރު ކުރިން
ސިއްހަތު

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު