Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޑީޕީ - ދަ ޑިމޮކްރެޓްސް

މަޖިލީހުގެ އިންތިޚާބުގައި ދަ ޑިމޮކްރެޓްސްއާ ގުޅިގެން މަސައްކަތް ކުރުމުގެ ވިސްނުމެއް ނެތް: ފައްޔާޒު

ދެ ޕާޓީގެ މެދުގައި ހުރި ޚިޔާލު ތަފާތުވުންތައް ހަމަ އެގޮތުގައި އެބަހުރި

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 24 ޖެނުއަރީ 2024 | ބުދަ 13:33
އެމްޑީޕީގެ ޗެއަރޕަރސަން، ފައްޔާޒު އިސްމާއީލް (މ)

އެމްޑީޕީގެ ޗެއަރޕަރސަން، ފައްޔާޒު އިސްމާއީލް (މ)

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ދަ ޑިމޮކްރެޓްސްއާ ގުޅިގެން މަސައްކަތްކުރުމުގެ ވިސްނުން ނެތްކަމަށާއި، އެފަދަ އެއްބަސްވުމެއް ވެސް ނެތްކަމަށް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ން ބުނެފިއެވެ.

ބުދަ ދުވަހު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ޗެއަރޕަރސަން ފައްޔާޒު އިސްމާއީލް ވިދާޅުވީ، ދެ ޕާޓީގެ މެދުގައި ހުރި ޚިޔާލު ތަފާތުވުންތައް ހަމަ އެގޮތުގައި އެބަހުރި ކަމަށެވެ. ނަމަވެސް ގައުމުގައި ހުރި ބައެއް ކަންކަމުގެ ސަބަބުން ދެޕާޓީން ވެސް ކަންބޮޑުވާތީ މަޖިލީހުގެ ތެރެއިން އެއްކޮށް މަސައްކަތްކޮށް، އެ މައްސަލަތަކަށް ހައްލު ހޯދުމަށް އެއްބަސްވެފައި ވާކަމަށް ފައްޔާޒު ވިދާޅުވިއެވެ.

Advertisement - newsAdvertisement

ފައްޔާޒު ވިދާޅުވީ، ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިޚާބުގައި އެއްކޮށް ވާދަކުރުމުގެ ވިސްނުމެއް ނެތް ކަމަށާއި، އެމްޑީޕީގެ ފަރާތުން ހުރިހާ ދާއިރާއަކަށް ކުރިމަތިލާނެ ކަމަށެވެ. އަދި ޑިމޮކްރެޓްސްއިން ކުރިމަތިލާ ދާއިރާތަކަށް އެ ޕާޓީން ކުރިމަތިލާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ 20 ވަނަ މަޖިލިސް އެކުލަވާލެވިގެން އަންނަ ގޮތަކުން އެމްޑީޕީ- ޑިމޮކްރެޓްސް ގުޅިގެން މަސައްކަތް ކުރާނެތޯ ނުވަތަ ނުކުރާނެތޯ ނިންމާނީ އެ ހާލަތަށް ބެލުމަށްފަހު ކަމަށެވެ.

މިއަދުގެ މަސައްކަތަކީ، ގައުމުގެ ކަންކަން ގޯސްވަމުންދާތީ އެކަންކަން އެހެންވިޔަ ނުދިނުމަށް ކުރަންޖެހޭ މަސައްކަތްކޮށް، ސަރުކާރު ހަމަމަގަށް އަޅުވައި، ރައްޔިތުންގެ ލާބަޔާ މަންފާއަށް މަސައްކަތްކުރުން ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު