Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޗެލްސީ

ޗެލްސީގައި ހޭދަކުރެވޭ ކޮންމެ ވަގުތުކޮޅެއް ވެސް ވަރަށް ޚާއްސަ: ސިލްވާ

25 ޖެނުއަރީ 2024 | ބުރާސްފަތި 00:42

ޗެލްސީ އާއެކު އެންމެ ފަހުން ސިލްވާ ސޮއިކުރި އެއްބަސްވުމުގެ މުއްދަތު ހަމަވާނީ މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 25 ޖެނުއަރީ 2024 | ބުރާސްފަތި 00:42
ޗެލްސީ އަށް ކުޅެމުން އަންނަ ބްރެޒިލްގެ ތިއާގޯ ސިލްވާ

ޗެލްސީ އަށް ކުޅެމުން އަންނަ ބްރެޒިލްގެ ތިއާގޯ ސިލްވާ

ޗެލްސީގައި ހޭދަކުރެވޭ ކޮންމެ ވަގުތަކީ ވެސް ވަރަށް ޚާއްސަ ވަގުތުކޮޅެއް ކަމަށް، އެ ޓީމަށް ކުޅެމުން އަންނަ ބްރެޒިލްގެ ޑިފެންޑަރު ތިއާގޯ ސިލްވާ ބުނެފި އެވެ.

އުމުރުން 39 އަހަރުގެ ކުޅުންތެރިޔާ މިހެން ބުނީ، ޗެލްސީގައި އޭނާގެ ކުރިމަގާ ގުޅޭ ގޮތުން ވާހަކަދައްކަމުންނެވެ. ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ދޫކޮށް، ސިލްވާ ޗެލްސީ އަށް ބަދަލުވީ 2020 ވަނަ އަހަރު އެވެ. ޗެލްސީ އާއެކު އެންމެ ފަހުން ސިލްވާ ސޮއިކުރި އެއްބަސްވުމުގެ މުއްދަތު ހަމަވާނީ މިއަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ނަމަވެސް މިހާތަނަށް ސިލްވާ، އޭނާގެ ކުރިމަގާ ގުޅޭ ގޮތުން ވަކި ނިންމުމެއް ނިންމައިފައެއް ނުވެ އެވެ.

ބައިނަލްއަޤުވާމީ މީޑިއާއަކާ ވާހަކަދައްކަމުން ސިލްވާ ބުނީ، ޗެލްސީގައި ހޭދަކުރަމުން ގެންދަނީ ވަރަށް ކާމިޔާބު ދުވަސްތަކެއް ކަމަށެވެ. ޚާއްސަކޮށް ގިނަ ކާމިޔާބީތަކެއް ވެސް ހޯދިފައިވާނެކަން ފާހަގަކޮށް އޭނާ ބުނީ، ޗެލްސީގައި އެކި ކަހަލަ އިޙުސާސްތައް ކުރެވިފައި ވާނެ ކަމަށެވެ. އުފާވެރި ވަގުތުތައް އަދި ހިތާމަވެރި ވަގުތައް ހޭދަކުރެވުނު ކަަމަށް އޭނާ ބުންޏެވެ. އެހެން ނަމަވެސް، ޗެލްސީގައި ހޭދަކުރެވޭ ކޮންމެ ވަގުތަކީ ވެސް އޭނާ އަށް ވަރަށް ޚާއްސަ ވަގުތު ކޮޅެއް ކަމަށް ސިލްވާ ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ސިލްވާ ބުނީ، މިހާރު އޭނާ ކުޅެމުން އަންނަ ކޮންމެ މެޗެއް ވެސް ނިމުމާއެކު، ޗެލްސީގައި އޭނާގެ އެންމެ ފަހު ދުވަސްތައް ކައިރިވެފައިވާކަމުގެ އިޙުސާސް ކުރެވޭ ކަމަށެވެ. އެހެން ވިޔަސް، މުސްތަޤުބަލު އޮތް ގޮތެއް ބުނަން އުނދަގޫ ކަމަށާއި ކޮންމެ ނިންމުމެއް ނިންމަން ޖެހުނު ނަމަވެސް، އެކަން ކުރާނީ އެންމެ ރަނގަޅު ގޮތަށް ވިސްނާފައި ކަމަށް ސިލްވާ ބުންޏެވެ.

މިހާތަނަށް ޗެލްސީގައި ހޭދަކުރި ހަތަރު ސީޒަންގެ ތެރޭގައި ސިލްވާ ވަނީ އެ ކުލަބަށް 141 މެޗު ކުޅެދީ، ހަތް ލަނޑު ޖަހައިފަ އެވެ. ޗެލްސީ އާއެކު އޭނާ ވަނީ ތިން ތައްޓެއް ކާމިޔާބުކޮށްފަ އެވެ. އެއީ ޔުއެފާ ޗެމްޕިއަންސް ލީގު، ޔުއެފާ ސުޕަ ކަޕް އަދި ފީފާ ކުލަބު ވޯލްޑް ކަޕެވެ. މީގެ އިތުރުން އެފްއޭ ކަޕްގެ ފައިނަލްގައި ދެ ފަހަރު އަދި ކަރަބޯ ކަޕްގެ ފައިނަލްގައި އެއް ފަހަރު ވަނީ ކުޅެފަ އެވެ.

އިތުރަށް ކިޔާލަން

07 އެޕްރީލު 2017

އުންމީދު ކުރިވަރަށް ވުރެން ރަނގަޅަށް ޓީމު ކުޅުނު، ނަމަވެސް ޓާގެޓް ހާސިލެއް ނުވި: އިބްރާހިމް ހަސަން

07 އެޕްރީލު 2017
އުންމީދު ކުރިވަރަށް ވުރެން ރަނގަޅަށް ޓީމު ކުޅުނު، ނަމަވެސް ޓާގެޓް ހާސިލެއް ނުވި: އިބްރާހިމް ހަސަން
19 މާރިޗު 2017

ވެންގާ ގޮތެއް ނިންމައިފި، ވަރަށް އަވަހަށް އިއުލާންކުރާނެ!

19 މާރިޗު 2017
ވެންގާ ގޮތެއް ނިންމައިފި، ވަރަށް އަވަހަށް އިއުލާންކުރާނެ!
13 މާރިޗު 2017

މެޗު ފަސޭހަކުރަން ބޭނުމެއް ނޫން، މޮޅުވުން ވަރަށް މުހިންމު: ނިޒާމްބެ

13 މާރިޗު 2017
މެޗު ފަސޭހަކުރަން ބޭނުމެއް ނޫން، މޮޅުވުން ވަރަށް މުހިންމު: ނިޒާމްބެ
02 މާރިޗު 2017

ޓީމު އޮތީ މުބާރާތަކަށް ވާންޖެހޭ ވަރަށް ތައްޔާރުވެފައެއް ނޫން: ސުޒޭން

02 މާރިޗު 2017
ޓީމު އޮތީ މުބާރާތަކަށް ވާންޖެހޭ ވަރަށް ތައްޔާރުވެފައެއް ނޫން: ސުޒޭން
22 ފެބުރުއަރީ 2017

ޔުނައިޓެޑްދެކެ ވަރަށް ލޯބެވޭ، ކްލަބުގައި މަޑުކުރަން ބޭނުން: މާޝިއާލް

22 ފެބުރުއަރީ 2017
ޔުނައިޓެޑްދެކެ ވަރަށް ލޯބެވޭ، ކްލަބުގައި މަޑުކުރަން ބޭނުން: މާޝިއާލް
25 ޖެނުއަރީ 2017

ޔުނައިޓެޑަށް ކުޅެމުން މިދަނީ ވަރަށް ހިތްހަމަޖެހިގެން ހުރެ: ޑެހެއާ

25 ޖެނުއަރީ 2017
ޔުނައިޓެޑަށް ކުޅެމުން މިދަނީ ވަރަށް ހިތްހަމަޖެހިގެން ހުރެ: ޑެހެއާ
17 ޖެނުއަރީ 2017

އެފްއޭއެމް އެވޯޑު ދީފައި ވަނީ ވަރަށް ރަނގަޅު ސިސްޓަމެއްގެ ތެރެއިން: ފެސްކޯ

17 ޖެނުއަރީ 2017
އެފްއޭއެމް އެވޯޑު ދީފައި ވަނީ ވަރަށް ރަނގަޅު ސިސްޓަމެއްގެ ތެރެއިން: ފެސްކޯ
07 ޖެނުއަރީ 2017

ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު

07 ޖެނުއަރީ 2017
ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު
04 ޖެނުއަރީ 2017

ފެންނާނެ ކްލަބް ވަރަށް އަވަހަށް އިއުލާންކުރާނަން: ދަގަނޑޭ

04 ޖެނުއަރީ 2017
04 ޖެނުއަރީ 2017

މުސްތާފީ ދަނީ ފަރިތަކުރުންތަކުގައި ބައިވެރިވަމުން، ސްކޮޑާ ގުޅޭނެ ވަރަށް އަވަހަށް: ވެންގާ

04 ޖެނުއަރީ 2017
މުސްތާފީ ދަނީ ފަރިތަކުރުންތަކުގައި ބައިވެރިވަމުން، ސްކޮޑާ ގުޅޭނެ ވަރަށް އަވަހަށް: ވެންގާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް