Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އެމެރިކާގެ ފަލަސްތީނު ދަރިކޮޅުގެ ޒުވާނަކު މަރާލުން

އިޒްރޭލުން، ކާންދޭ އަތުގައި ދަތްއެޅިއިރު ވެސް އެމެރިކާއަށް ފިޔަވަޅެއް ނޭޅުނީ ކީއްވެ؟

އެމެރިކާގެ ފޮރިން މިނިސްޓްރީގެ ނައިބުގެ ތަރުޖަމާނު ވަނީ ކުރިމަތިލުންތަކަކަށް ނުގޮސް ވާނެ ގޮތެއް ހަދަން ހުރިހާ ފަރާތްތަކަށްވެސް ގޮވާލާފައި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 24 ޖެނުއަރީ 2024 | ބުދަ 12:08
ވިދާންތު ޕަޓޭލް؛ އެމެރިކާގެ ފޮރިން މިނިސްޓްރީގެ ނައިބު ތަރުޖަމާނު

ވިދާންތު ޕަޓޭލް؛ އެމެރިކާގެ ފޮރިން މިނިސްޓްރީގެ ނައިބު ތަރުޖަމާނު

ފަލަސްތީނުގެ ބިންތަކަށް ވެރިވެގަނެގެން އުޅޭ ޔަހޫދީ އިޒްރޭލުންގެ ސިލްސިލާ ހަމަލާތަކުގެ ލިސްޓު ލިޔެ ކޮޅުންލާކަށް ނެތެވެ. ޣައްޒާގައި ހިންގަމުން ގެންދާ ގަތުލުއާންމުގެ އިތުރަށް، ފަލަސްތީނުގެ އެހެން ސަރަހައްދުތަކުގައި ހިންގާ އަސްކަރީ ރެއިޑްތައްވެސް އެހާމެ ގިނައެވެ. އެ ރެއިޑްތަކުގައިވެސް އެތައް ބައެއްގެ ފުރާނަ ގެއްލެމުންދާކަމީ، އިންސާނިއްޔަތުކަމުގެ ޒައްރެއްގެ މިންވަރުވެސް ހުރި މީހަކު ވިއްޔާ ހިތާމަކުރާނެ ކަމެކެވެ.

އެންމެ ގިނަ ރެއިޑްތައް ހިންގާ އެއް ތަނަކީ ހުޅަނގު އައްސޭރިއެވެ. ހުސްވި ހަފުތާގައި ކުރިއަށްގެންދިޔަ ރެއިޑްތަކުން ރެއިޑެއްގައި މި ދުނިޔެ ދޫކުރި އެކަކީ، އުމުރުން އެންމެ 17 އަހަރުގެ ތައުފީގު އަބްދުލްޖައްބާރެވެ. އިޒްރޭލުގެ އުދުވާންތަކުގައި ފަލަސްތީނުން އެތައް ބަޔަކު މި ދުނިޔެއަށް ފަހުނޭވާ ދޫކުރަމުން ދާއިރު، ތައުފީގުގެ މަރަށް ޚާއްސަ ސަމާލުކަމެއް ހުއްޓުނެވެ. އޭނާއަކީ އެމެރިކާގައި އޮންނަ ފަލަސްތީނު ދަރިކޮޅުގެ ޒުވާނަކަށް ވީތީއެވެ. ތައުފީގުގެ ގާތް މީހުން ސިފަކުރި ގޮތުގައި އޭނާއަކީ އެހެން މީހުންގެ އިހުތިރާމް ހޯދާ، މަޖާ މިޒާޖެއްގެ، ޒުވާން ކުއްޖެކެވެ.

މަރުވިއިރު އޭނާ ދިޔައީ ވަރުގަދަ ބަހުސެއްވެސް ކުރަމުންނެވެ. ވަރުގަދަ އަޒުމެއްގައި ހުންނަ ތައުފީގު ބަހުސްކުރަމުން ދިޔައީ ފަލަސްތީނު ދަތުރު ނިންމާލުމަށްފަހު އަނބުރާ އެމެރިކާއަށް ގޮސް، ޔުނިވަރސިޓީ ތައުލީމު ފަށާނެ ދާއިރާއަކާ މެދުގައެވެ. ކުރިއަށްދާނީ ވިޔަފާރީގެ ރޮނގުންތޯ ނުވަތަ އިންޖިނޭރުކަމުގެ ރޮނގުންތޯ ކުރެވުނު ބަހުސް، ދުވަހަކުވެސް ކޮޅެއްގައި ޖެހުމެއް ދެން ނެތެވެ. ތައުފީގު ފަލަސްތީނަށް ދަތުރުކުރީ އެއީ އޭނާގެ މައިންބަފައިންގެ އުފަން ފަސްގަނޑު ކަމަށް ވީތީއެވެ. އޭނާ ފަލަސްތީނަށް ބަދަލުވީ، އަހަރެއްހާ ދުވަހު އެ ފަސްގަނޑުގައި ހުރުމުގެ އުންމީދުގައެވެ.

ތައުފީގުގެ ދެބެންގެދެދަރި ކުއްޖަކު މީޑިއާއަށް ކިޔައިދިން ގޮތުގައި، މިދިޔަ ހުކުރު ދުވަހު ތައުފީގުގެ މެޔަށާއި ބޮލަށް ބަޑިޖެހީ އޯފް-ޑިއުޓީގައި ހުރި އިޒްރޭލު ފުލުހުންގެ އޮފިސަރެކެވެ. އެ މީހަކީ ހުޅަނގު އައްސޭރީގައި ގަވައިދާ ޚިލާފަށް ވަޒަންވެރިވެގަނެގެން އުޅޭ ޔަހޫދީ އާބާދީއަށް ނިސްބަތްވާ މީހެއް ކަމަށްވެސް ވެއެވެ. ނިރުބަވެރި އިޒްރޭލު ފުލުހެއްގެ ޝިކާރައަކަށްވެ، މި ދުނިޔެއާ ތައުފީގު ވަކިކޮށްލީ، އޭނާގެ އެކުވެރިންތަކަކާއެކު ދަތުރެއް ދިޔަ މަގުމަތީގައެވެ.

ތައުފީގުގެ ދެބެންގެދެދަރި ބޭބެ، އުމުރުން 21 އަހަރުގެ މުހައްމަދު އަބްދުލްވައްހާބު ބުނިގޮތުގައި، އޭނާގެ ކޮއްކޮއާ ބެހޭގޮތުން އެފަދަ ޚަބަރެއް އަހަންޖެހިދާނެ ކަމަކަށް ދުވަހަކުވެސް ހީކުރެވިފައެއް ނެތެވެ. މެޑިކަލް އެސިސްޓަންޓެއްގެ ވަޒީފާ އަދާކުރަމުން އަންނަ މުހައްމަދު ބުނިގޮތުގައި، ވެދިޔަ ކަންތަކާމެދު އެތައް ބައެއްގެ ހިތުގައި ރުޅިވެރިކަމުގެ އަލިފާންގަނޑެއް ވަނީ އުފެދިފައެވެ.

ތައުފީގު އުފަންވެ، އުޅެ ބޮޑުވީވެސް އެމެރިކާގެ ނިއު އޯލީންސްގެ ރަށްފުށު ހިސާބުގައެވެ. ފަލަސްތީނުގެ ރާމަﷲގެ އިރުއުތުރުން އޮންނަ އަލްމަޒްރާ އައްޝަރްގިޔާއަށް އޭނާގެ މައިންބަފައިންނާއެކު ތައުފީގު ބަދަލުވީ މިދިޔަ އަހަރުގެ ތެރޭގައެވެ. އޭނާގެ މައިންބަފައިން އުޅެ ބޮޑުވި އަވަށަށް ދަތުރުކުރީ، އަރަބި ދަސް ކުރުމުގެ އިތުރަށް، އޭނާގެ ނަސްލުގެ ހަގީގީ މޫ ފެތުރިފައި އޮތް މަންޒިލާބެހޭ ކަންކަން ދަސްކުރުމުގެ ބޭނުމުގައެވެ.

މުހައްމަދަކީ ނިއު އޮލީންސްގައި އުޅުނު ދުވަސްވަރު ތައުފީގު އޭނާގެ ބޭބެއާއެކު ކޮންމެ ރެއެއްހެން ހޭދަކުރި ޒުވާނެކެވެ. އޭނާ ބުނިގޮތުގައި އެމީހުންގެ އަވަށަކީ ރައްކާތެރިކަން ލިބިފައި އޮތް އަވަށެއް ކަމަށް މިހާތަނަށް ގަބޫލު ކުރެވުނެވެ.

ބައިނަލްއަގުވާމީ މުޖުތަމައު އިޒްރޭލާ ދެކޮޅަށް ތެދުވެ އަޑު އުފުލަމުންދާއިރުވެސް، ލަދުގެ ކަންފުޅެއްވެސް ނެތި ފަލަސްތީނު ރައްޔިތުން ގަތުލުކުރަމުންދާ ދިއުމުގެ ފަހަތުގައި އޮތް އެންމެ "ބޮޑު ސިއްރަކީ" އެމެރިކާއެވެ. މި ފަހަރު އިޒްރޭލަށް ކާންދޭ އަތުގައި އެ އެޅުނީ ދަތެވެ. ނަމަވެސް، އެމެރިކާގެ ވާހަކަ ހުރިގޮތުން، ކުނާ ދަށަށް ކަހާލާ ކަމަކަށް މި ކަން ހެދުމަށް މަސައްކަތްކުރާކަން ދޭހަކޮށްދެއެވެ.

ހޯމަ ދުވަހު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން، އެމެރިކާގެ ގައުމީ ސަލާމަތާބެހޭ ވައިޓްހައުސް ތަރުޖަމާނު ޖޯން ކަރބީ ވިދާޅުވީ، ތައުފީގު މަރާލި މަރާލުމަކީ ހިތާމަވެރި ހާދިސާއެއް ކަމަށެވެ. އަދި އެކަމުގެ ޒިންމާ އުފުލަންޖެހޭ ފަރާތްތައް ޖަވާބުދާރީ ކުރުވުމަށްވެސް ކަރބީ ވަނީ އިޒްރޭލަށް ގޮވާލައްވާފައެވެ. އެއީ އެހެން ގައުމެއްގެ މީހަކު ކުރި ކަމެއް ނަމަ، މިއަދު ފެންނާނީ އެ ގައުމެއް ހަފުސްކޮށްލާ މަންޒަރު ނޫންކަމެއްވެސް ނޭނގެއެވެ.

އެމެރިކާގެ ފޮރިން މިނިސްޓްރީގެ ނައިބު ތަރުޖަމާނު، ވިދާންތު ޕަޓޭލްގެ ވާހަކަފުޅުވެސް ހުރީ ކަރބީއާ ދާދި އެއް ރޫހެއްގައެވެ.

އިޒްރޭލުގެ އިންސާނީ ހައްގުތަކާބެހޭ ޖަމްއިއްޔާއަކުން އާދީއްތަ ދުވަހު ޝާއިއުކުރި ދިރާސާއަކުން ދައްކާގޮތުގައި، ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް ޔަހޫދީ ވަޒަންވެރިން ހިންގާ އަނިޔާވެރިކަމުގެ ޝަކުވާ ހިމެނޭ ގާތްގަނޑަކަށް 94 ޕަސެންޓް މައްސަލަ، އިޒްރޭލުގެ ފުލުހުން ނިންމާލާފައި ވަނީ ދައުވާ ކުރުމަކާވެސް ނުލައެވެ.

ނިރުބަވެރި އިޒްރޭލުގެ ފުލުހުން ބުނާގޮތުގައި، އެ އިދާރާއިން ދަނީ ތައުފީގުގެ މަރުގެ ހާދިސާ ތަހުގީގު ކުރަމުންނެވެ. އެ މައްސަލަ ނިމޭނީ ކިހިނެއްކަން ލަފާކޮށްލެވޭތާއެވެ.

ފަލަސްތީނުގެ ޣައްޒާގައި އިޒްރޭލުން ގަތުލުއާންމު ހިންގަން ފެށި ފަހުން ފަލަސްތީނުގެ އެހެން ސަރަހައްދުތަކަށް ވެސް އިޒްރޭލުން ދެމުންދާ ހަމަލާތައް ވަނީ ވަރުގަދަކޮށްފައެވެ. އެގޮތުން މިދިޔަ 3 މަސް ދުވަހުގެ ތެރޭގައި ހުޅަނގު އައްސޭރިން އެކަނިވެސް 369 މީހުންގެ ފުރާނަ ދުއްވާލާފައި ވާކަމަށް، ފަލަސްތީނުގެ ސިއްހަތާބެހޭ ވުޒާރާއިން ބުނެއެވެ. އޭގެތެރޭގައި 95 ކުޑަކުދިންވެސް ހިމެނެއެވެ. 

ފަލަސްތީނުގެ ބިންތަކަށް ވެރިވެގަނެގެން އުޅޭ ޔަހޫދީ ވަޒަންވެރިންގެ ތެރޭގައި ހިމެނޭ ހަތިޔާރު އެޅި ގުރޫޕުތަކުން ހިންގަމުންދާ ޖަރީމާތަކާ ގުޅިގެން، ހުޅަނގު އައްސޭރީގެ 15 އާބާދަކުން އެތައް ބައެއްގެ ގެދޮރު ގެއްލިފައިވާ ކަމަށްވެސް މައުލޫމާތު ލިބެއެވެ.

އިޒްރޭލުގެ ފުލުހަކު ދިން ހަމަލާއެއްގައި އެމެރިކާގެ ފަލަސްތީނު ދަރިކޮޅުގެ ޒުވާނަކު މަރާލާފައިވާ މި ދަނޑިވަޅަކީ، ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމުގެ މައްސަލާގައި އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ސަރުކާރުން އަމަލުކުރާ ގޮތާމެދު ގިނަ އަދަދެއްގެ އަރަބީންނާއި އެމެރިކާގެ މުސްލިމުންގެ މެދުގައި ރުޅިވެރިކަން އުފެދިފައިވާ ދަނޑިވަޅެކެވެ. 4 މަހާ ގާތްވަމުންދާ ގަތުލުއާންމުގައި ޣައްޒާއިން މަރުވި މީހުންގެ އަދަދު 25000ށްވުރެ މައްޗަށް އަރާފައިވާއިރު، އޭގެތެރޭގައި ގިނައީ ކުޑަކުދިންނެވެ.

ކުރިއަށް އޮތީ އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ފޯރިކަމަށް ވާއިރު، 2 ވަނަ ދައުރަކަށް ކުރިމަތިލައްވާކަން އިއުލާން ކުރައްވާފައިވާ ބައިޑަންއާ ދެކޮޅަށް އެތައް ބަޔަކު މިހާރުވެސް ދަނީ ކެމްޕޭން ކުރަމުންނެވެ. އެވަރުންވެސް ބައިޑަންގެ ސަރުކާރުން ގޮތްދޫކުރާ ތަނެއް ނުފެނެއެވެ. ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް އެމެރިކާއިން ތާއީދު ނުކުރާކަމަށާއި، ޣައްޒާ ކޮންޓްރޯލްކުރާ ހަމާސް ޖަމާއަތް ނައްތާލުމަށް އެމެރިކާއިން އިޒްރޭލަށް އެއްބާރުލުން ދެމުން ދާނެކަމަށްވެސް ބައިޑަންގެ ސަރުކާރުން ވަނީ ބުނެފައެވެ. އެވަރުންވެސް، ޔަހޫދީ އިޒްރޭލުން އެ ދަތްއަޅަނީ ކާންދޭ އަތުގައެވެ! އެ ނޫން ގޮތަކަށް މިކަން ސިފަކުރާނަމަ އެކަން ކިޔުންތެރިންނަށް ދޫކޮށްލަމެވެ!

ކޮމެންޓް

އިތުރަށް ކިޔާލަން

7 އަހަރުގެ ރައްޔާންގެ މަރަކީ އިޒްރޭލުން ހިންގި މުޑުދާރު ޖަރީމާއެއް!

7 އަހަރުގެ ރައްޔާންގެ މަރަކީ އިޒްރޭލުން ހިންގި މުޑުދާރު ޖަރީމާއެއް!

01 އޮކްޓޯބަރު 2022
ޕްރިމިއަރ ލީގުގައި ކުޅުނު ސައުތު އެމެރިކާއަށް ނިސްބަތްވާ އެންމެ މޮޅު ތިން ކުޅުންތެރިން

ޕްރިމިއަރ ލީގުގައި ކުޅުނު ސައުތު އެމެރިކާއަށް ނިސްބަތްވާ އެންމެ މޮޅު ތިން ކުޅުންތެރިން

10 އޯގަސްޓު 2022
އަތުގައި އޮތީ ބިޑީގެ ބަދަލުގައި ޕާޓީގެ ދިދަ، ޖަލު ހުކުމް ގޭގައި

އަތުގައި އޮތީ ބިޑީގެ ބަދަލުގައި ޕާޓީގެ ދިދަ، ޖަލު ހުކުމް ގޭގައި

10 ސެޕްޓެމްބަރު 2021
ހުޅަނގުއައްސޭރި އާއި އިރުމަތީ ގުދުސް ހިފުމަށްފަހު އިޒްރޭލުން ކަންކުރަމުންދާ ގޮތް

ހުޅަނގުއައްސޭރި އާއި އިރުމަތީ ގުދުސް ހިފުމަށްފަހު އިޒްރޭލުން ކަންކުރަމުންދާ ގޮތް

19 މެއި 2021
އިޒްރޭލުން ގާޒާ އިސްތިއުމާރު ކުރުމާއި އޭގެ ފަސް

އިޒްރޭލުން ގާޒާ އިސްތިއުމާރު ކުރުމާއި އޭގެ ފަސް

19 މެއި 2021

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު