Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބާސެލޯނާ

ބާސެލޯނާ އަށް ލީގު ކާމިޔާބު ކުރެވޭނެ: ލަޕޯޓާ

ލަޕޯޓާ ވިދާޅުވީ، ބާސެލޯނާ އަށް މި ސީޒަންގެ ސްޕެނިޝް ލީގު ކާމިޔާބު ކުރުމަށް އުނދަގޫ ވާނެ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 25 ޖެނުއަރީ 2024 | ބުރާސްފަތި 00:38
ބާސެލޯނާގެ ރައީސް ޖޯން ލަޕޯޓާ

ބާސެލޯނާގެ ރައީސް ޖޯން ލަޕޯޓާ

ބާސެލޯނާ އަށް މި ސީޒަންގެ ސްޕެނިޝް ލީގު ކާމިޔާބު ކުރެވޭނެ ކަމަށް، އެ ކުލަބުގެ ރައީސް ޖޯން ލަޕޯޓާ ވިދާޅުވެއްޖެ އެވެ.

ލަޕޯޓާ މިހެން ވިދާޅުވީ މި ސީޒަންގެ ސްޕެނިޝް ލީގުގައި ބާސެލޯނާ އަށް އެކަށީގެންވާ ނަތީޖާއެއް ނުނެރެވޭ ކަމަށް ބުނެ، ދެކެވެމުންދާ ވާހަކަތަކާ ގުޅިގެންނެވެ. އެގޮތުން، ބާސެލޯނާ އަށް މި ސީޒަންގައި ސްޕެނިޝް ލީގުގެ ތަށި ދިފާއު ކުރުމަކީ ނުވާނެ ކަމެއް ކަމަށް ވެސް ސްޕެއިންގެ މީޑިއާތަކުން ވަނީ ބުނެފަ އެވެ. އެއީ ވާދަވެރި ރެއާލް މެޑްރިޑު މިވަގުތު އެކަށީގެންވާ ފޯމެއްގައި އޮތުމާއި، ނަތީޖާ ނެރުން މުހިންމު މެޗުތަކުން ބާސެލޯނާ އަށް މޮޅު ނުވެވޭތީ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

މި ކަމާ ގުޅިގެން ވާހަކަދައްކަވަމުން ލަޕޯޓާ ވިދާޅުވީ، ބާސެލޯނާ އަށް މި ސީޒަންގެ ސްޕެނިޝް ލީގު ކާމިޔާބު ކުރުމަށް އުނދަގޫވާނެ ކަމަށެވެ. ނަމަވެސް، އޭނާ ޤަބޫލުކުރާ ގޮތުގައި ބާސެލޯނާ އަށް ލީގު ކާމިޔާބު ކުރެވޭނެ ކަމަށް ވެސް ލަޕޯޓާ ވިދާޅުވި އެވެ. ލީގު ހޯދޭނެ ކެންޑިޑޭޓަކަށް ބާސެލޯނާ ވާނެ ކަމުގައި ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން ލަޕޯޓާ ވިދާޅުވީ، އަބަދުވެސް އެ ޓީމުގެ ކޯޗު ޒަވީ ހެނާންޑޭޒް އަށް ފުރިހަމަ އަށް އިތުބާރު ކުރާ ކަމަށާއި، ޒަވީ ދައްކާ ވާހަކަތައް ޤަބޫލު ކުރެވޭ ކަމަށެވެ. އެހެންކަމުން، ސީޒަންގެ ދެ ވަނަ ބައިގައި ބާސެލޯނާ އިން ވަރަށް ރަނގަޅު ކަންތައްތަކެއް ކުރާނެ ކަމުގެ އުންމީދު އޮތް ކަމުގައި ލަޕޯޓާ ވިދާޅުވި އެވެ. އެކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ، އެކަންކަމާއެކު މި ސީޒަންގެ ސްޕެނިޝް ލީގު ބާސެލޯނާ އަށް ކާމިޔާބު ކުރެވޭނެ ކަމަށެވެ.

ބާސެލޯނާ އަކީ ސްޕެނިޝް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަނުންނެވެ. ސީޒަންގެ މިހާތަނަށް ލީގުގައި އެ ޓީމު ވަނީ 20 މެޗު ކުޅެފަ އެވެ. އޭގެ ތެރެއިން ބާސެލޯނާ މޮޅުވީ 13 މެޗުންނެވެ. ދެ މެޗުން ބަލިވެފައިވާއިރު، ފަސް މެޗުން ވަނީ އެއްވަރުވެފަ އެވެ. މިހާތަނަށް ލިބުނު 44 ޕޮއިންޓާއެކު ބާސެލޯނާ އޮތީ ތިން ވަނައިގަ އެވެ. ދެ ވަނައިގައި އޮތް ޖިރޯނާ އަށް 51 ޕޮއިންޓު ލިބޭއިރު، ދެ ޓީމުގެ ދެމެދުގައި ހަތް ޕޮއިންޓުގެ ފަރަގު އެބައޮތެވެ. އެއް ވަނައިގައި ވާދަވެރި ރެއާލް މެޑްރިޑު އޮތީ 21 މެޗުން 52 ޕޮއިންޓާއެކު އެވެ.

އިތުރަށް ކިޔާލަން

12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
10 ޖެނުއަރީ 2017

އެވޯޑް ހަފްލާއަށް ނުދަޔައީ މާދަމާރޭ މުހިންމު މެޗެއް އޮތުމުން: ބާސެލޯނާ

10 ޖެނުއަރީ 2017
އެވޯޑް ހަފްލާއަށް ނުދަޔައީ މާދަމާރޭ މުހިންމު މެޗެއް އޮތުމުން: ބާސެލޯނާ
08 ޖެނުއަރީ 2017

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ
07 ޖެނުއަރީ 2017

ރާއްޖޭ ފުޓުބޯޅަ އެނގޭ، ކާމިޔާބުކުރެން އޮތް އެއްޗެއް ކުރާނަން: ސެކުލޮސްކީ

07 ޖެނުއަރީ 2017
ރާއްޖޭ ފުޓުބޯޅަ އެނގޭ، ކާމިޔާބުކުރެން އޮތް އެއްޗެއް ކުރާނަން: ސެކުލޮސްކީ
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
04 ޖެނުއަރީ 2017

ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ

04 ޖެނުއަރީ 2017
ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް