Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސައޫދީ ޕްރޯ ލީގް

ބެންޒެމާ އަށް ވެސް ސައޫދީ ކަމަކުނުދިޔަ، ބޭނުންވަނީ ޔޫރަޕުގައި ކުޅެން

ބެންޒެމާ ވަނީ ކުލަބުގެ ފަރިތަކުރުންތަކަށް ނުނުކުމެ ހިމޭން އިހްތިޖާޖެއްކޮށްފައި

ރާއްޖެ އެމްވީ | 24 ޖެނުއަރީ 2024 | ބުދަ 10:52
ކަރީމް ބެންޒެމާ: އަލް އިއްތިހާދު ކުޅުންތެރިއެއްގެ ގޮތުގައި ދައްކާލި ރަސްމިއްޔާތުގައި

ކަރީމް ބެންޒެމާ: އަލް އިއްތިހާދު ކުޅުންތެރިއެއްގެ ގޮތުގައި ދައްކާލި ރަސްމިއްޔާތުގައި

ސައޫދީ އަރަބިއާގެ އަލް އިއްތިހާދަށް ކުޅެމުން އަންނަ ފްރާންސްގެ ފޯވަޑް ކަރީމް ބެންޒެމާ އަށް އެ ގައުމުގައި ކެތްނުކުރެވި، އަލުން ޔޫރަޕަށްދާން މަސައްކަތް ފަށައިފި އެވެ.

މިކަމަށް މަގުފަހި ކުރުމުގެ ގޮތުން އޭނާ ވަނީ އިއްތިހާދުން ކުޅުންތެރިންނަށް ޗުއްޓީދިނުމުން އަލުން ޕްރެކްޓިހަށް ނުނުކުމެ، ހަފުތާއެއްހާ ދުވަހު މަޑުކޮށްފަ އެވެ. އޭނާ އަލުން ފަރިތަކުރުންތަކަށް ނުކުތީ މި ހަފުތާގެ ކުރީކޮޅު އެވެ. މިއީ ކުލަބު ބަދަލު ކުރުމަށް އޭނާކުރި ހިމޭން އިހްތިޖާޖެއް ކަމަށް ސައޫދީ އާއި ޔޫރަޕުގެ މީޑިއާތަކުން ސިފަކުރެ އެވެ.

ބެންޒެމާ ހުރީ ޔޫރަޕުގެ ރަނގަޅު ކުލަބަކަށް ބަދަލުވާން ބޭނުންވެފަ އެވެ. އޭނާ އަށް ހުށަހެޅުން ލިބިފައިވާ ކުލަބުތަކުގެ ތެރޭގައި އިނގިރޭސިވިލާތުގެ ޗެލްސީ އާއި އާސެނަލް ހިމެނެ އެވެ. އަދި ފްރާންސްގެ ގިނަ ކުލަބުތަކަކުން ވެސް އޭނާ ބޭނުންވެ އެވެ.

ސްޕޭނުގެ ރެއާލް މެޑްރިޑަށް 12 އަހަރު ކުޅެދީ އެކުލަބުގެ ކެޕްޓަންކަން ވެސް ކުރި ބެންޒެމާ އިއްތިހާދަށް ބަދަލުވީ މިދިޔަ އޮގަސްޓަމަހު އެވެ. އެއިރު އޭނާ ހުރީ ރަނގަޅު ފޯމެއްގަ އެވެ. އަދި ރެއާލްއިން އޭނާ ވަކިވީ އެކުލަބުން އޭނާ ބަހައްޓަން ބޭނުންކަމަށް ބުނެފައިވަނިކޮށެވެ. ސައޫދީ އަށް ބަދަލުވުމަށްފަހު ބެންޒެމާ ފުރަތަމަ ބުނީ އޭނާ އަކީ މުސްލިމް ކުޅުންތެރިއަކަށްވުމުން ކެރިއަރުގެ ފަހުބައި ސައޫދީގައި ހޭދަކުރަން ބޭނުންވީ ކަމަށެވެ.

ނަމަވެސް ސައޫދީ ލީގަށް ބަދަލުވި ޔޫރަޕުގެ ގިނަ ކުޅުންތެރިން ވަނީ އެގައުމުގައި އުޅެން ދަތިކަމަށް ބުނެފަ އެވެ. އެންމެ ބޮޑު މައްސަލައަކީ ސައޫދީގެ ހޫނު މާހައުލާއި ޔޫރަޕުގައި ކުޅުންތެރިން އުޅޭފަދަ މިނިވަން އުސޫލުތަކެއް ސައޫދީގައި ނެތުމެވެ. މިހެންވެ ލިވަޕޫލްގެ ކުރީގެ ކެޕްޓަން ޖޯޑަން ހެންޑަސަން ވެސް ވަނީ ސައޫދީގެ އަލް އިއްތިފާގު ދޫކޮށް ނެދަލޭންޑްސްގެ އަޔެކްސް އަށް ބަދަލުވެފަ އެވެ. އަދި މެންޗެސްޓާ ސިޓީ ދޫކޮށް އައް ނަސްރަށް ބަދަލުވި ސްޕޭންގެ އެމެރިކް ލަޕޯޓް ވެސް ވަނީ ސައޫދީ ލީގަށް ބަދަލުވި ޔޫރަޕުގެ ގިނަ ކުޅުންތެރިން ތިބީ މާހުލަށް ނުހޭނި ހިތްހަމަނުޖެމެއްގެ ތެރޭގައި ކަމަށް ބުނެފަ އެވެ.

އިތުރަށް ކިޔާލަން

27 މެއި 2017

އަހަރެން ބޭނުންވަނީ ޗެލްސީގައި މަޑުކުރަން: ވިލިއަން

27 މެއި 2017
އަހަރެން ބޭނުންވަނީ ޗެލްސީގައި މަޑުކުރަން: ވިލިއަން
13 މެއި 2017

ޗެމްޕިއަންކަން ހޯދަން ބޭނުންވަނީ ސައްތައިން ސައްތަ ރެކޯޑަކާއެކު: ފޮޓޯ

13 މެއި 2017
ޗެމްޕިއަންކަން ހޯދަން ބޭނުންވަނީ ސައްތައިން ސައްތަ ރެކޯޑަކާއެކު: ފޮޓޯ
11 މެއި 2017

މާޒީގެ ވާހަކަ ދައްކަން ބޭނުމެއް ނެތް، ޓީސީއަތުން ބޭނުންވަނީ މޮޅެއް: ސެކުލޮސްކީ

11 މެއި 2017
މާޒީގެ ވާހަކަ ދައްކަން ބޭނުމެއް ނެތް، ޓީސީއަތުން ބޭނުންވަނީ މޮޅެއް: ސެކުލޮސްކީ
11 މެއި 2017

ރޫނީ އަދިވެސް ބޭނުންވަނީ ޔުނައިޓެޑްގައި މަޑުކުރަން

11 މެއި 2017
ރޫނީ އަދިވެސް ބޭނުންވަނީ ޔުނައިޓެޑްގައި މަޑުކުރަން
14 އެޕްރީލު 2017

ރޮނާލްޑޯ އާއި ބެންޒެމާ ވެސް ސްޕޯޓިން މެޗަށް ދަތުރުނުކުރާނެ

14 އެޕްރީލު 2017
ރޮނާލްޑޯ އާއި ބެންޒެމާ ވެސް ސްޕޯޓިން މެޗަށް ދަތުރުނުކުރާނެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު