Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެތުލެޓިކޯ މެޑްރިޑު

ސިމޯން އެދެނީ ކޮރެއާ އަށް ފުރިހަމަ ކާމިޔާބަށް

ސިމޯން ބުނީ، އޭނާ ކޮރެއާއާ ވާހަކަ ދައްކާފައިވާނެ ކަމަށާއި، ކޮންމެ ނިންމުމެއް ނިންމިޔަސް، ފުރިހަމަ އަށް އިޙުތިރާމް ކުރާނެ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 24 ޖެނުއަރީ 2024 | ބުދަ 01:34
އެންހެލް ކޮރެއާ އަދި ޑިއޭގޯ ސިމޯން

އެންހެލް ކޮރެއާ އަދި ޑިއޭގޯ ސިމޯން

އެތުލެޓިކޯ މެޑްރިޑަށް ކުޅެމުން އަންނަ އާޖެންޓީނާގެ ފޯވާޑް، އެންހެލް ކޮރެއާ އަށް އެންމެ ފުރިހަމަ ކާމިޔާބަށް އެދޭ ކަމަށް، އެ ޓީމުގެ ކޯޗު ޑިއޭގޯ ސިމޯން ބުނެފި އެވެ.

އޭނާ މިހެން ބުނީ އެތުލެޓިކޯގައި ކޮރެއާގެ ކުރިމަގާ ގުޅޭ ގޮތުން ވާހަކަ ދައްކަމުންނެވެ. ކޮރެއާ، އެތުލެޓިކޯ އަށް ބަދަލުވީ 2015 ވަނަ އަހަރު އެވެ. އެ ކުލަބާއެކު އެންމެ ފަހުން އޭނާ ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ނަމަވެސް، ސައުދީ ޕްރޯ ލީގުން ވަނީ ކޮރެއާ އަށް ހުށަހެޅުމެއް ލިބިފައި ކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ. އެކަމާ ގުޅޭ މަޝްވަރާތައް އޭނާއާ ކުރެވެމުންދާ ކަމަށާއި، މިހާތަނަށް އޭނާ ވަކި ގޮތެއް ނުނިންމާ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.

އުމުރުން 28 އަހަރުގެ ކުޅުންތެރިޔާގެ ކުރިމަގާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ސިމޯން ބުނީ، އަބަދު ވެސް އޭނާ އެދެނީ ކޮރެއާ އަށް ފުރިހަމަ ކާމިޔާބަށް ކަމަށެވެ. ސިމޯން ބުނީ، އޭނާ ކޮރެއާއާ ވާހަކަ ދައްކާފައިވާނެ ކަމަށާއި، ކޮރެއާ ކޮންމެ ނިންމުމެއް ނިންމި ކަމަަށްވީ ނަމަވެސް، އެއަށް ފުރިހަމަ އަށް އިޙުތިރާމް ކުރާނެ ކަމަށެވެ. މީގެ އިތުރުން އޭނާ ބުނީ އެތުލެޓިކޯ އަށް ހިތާއި ރޫޙުން ކަންކަން ކޮށްދީފައިވާ ކުޅުންތެރިން، އެ ކުޅުންތެރިންގެ ނިންމުމަށް އަބަދު ވެސް އިޙުތިރާމްކޮށް ސަޕޯޓު ކުރާނެ ކަމަށެވެ. އެއީ އަބަދު ވެސް އޭނާ ޤަބޫލު ކުރާ ހަމައެއް ކަަމަށާއި، އަބަދު އެ ވާހަކަ ހިއްސާ ކުރަމުން އަންނަ ކަމަށް ވެސް ސިމޯން ބުންޏެވެ.

ކޮރެއާ ވަނީ މިހާތަނަށް އެތުލެޓިކޯ އަށް ކުޅެދިން 397 މެޗުގައި 74 ލަނޑު ޖަހައިފަ އެވެ. އެ ކުލަބާއެކު އޭނާ ވަނީ ސްޕެނިޝް ލީގު، ޔުއެފާ ޔޫރޮޕާ ލީގު އަދި ޔުއެފާ ސުޕަ ކަޕް ކާމިޔާބު ކޮށްފަ އެވެ. އޭގެ އިތުރުން ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލެއްގައި ވެސް އޭނާ ވަނީ އެ ޓީމާއެކު ކުޅެފަ އެވެ. އެތުލެޓިކޯގައި ސިމޯން އެންމެ އިސްކަން ދެމުން އަންނަ ކުޅުންތެރިންގެ ތެރޭގައި ވެސް އޭނާ ހިމެނެ އެވެ.

މީގެ އިތުރުން ކޮރެއާ އަންނަނީ 2015 ވަނަ އަހަރުން ފެށިގެން އާޖެންޓީނާގެ ޤައުމީ ޓީމުގައި ވެސް ކުޅެމުންނެވެ. މިހާތަނަށް އޭނާ ވަނީ ޤައުމީ ޓީމަށް 24 މެޗު ކުޅެދީ، ތިން ލަނޑު ޖަހައިފަ އެވެ. އާޖެންޓީނާ އާއެކު އޭނާ ވަނީ ކޮޕާ އެމެރިކާ ފުޓުބޯޅަ މުބާރާތް އަދި ފީފާ ވޯލްޑް ކަޕް ކާމިޔާބު ކޮށްފަ އެވެ.

އިތުރަށް ކިޔާލަން

12 މެއި 2017

ތައްޓަކާއެކު، އެންމެ ފުރިހަމައަށް ސީޒަން ނިންމާލަން މިއޮތީ ފުރުސަތު ލިބިފައި: މޮރީނިއޯ

12 މެއި 2017
ތައްޓަކާއެކު، އެންމެ ފުރިހަމައަށް ސީޒަން ނިންމާލަން މިއޮތީ ފުރުސަތު ލިބިފައި: މޮރީނިއޯ
02 މެއި 2017

ރޭންކު މަތިކުރުމަށް އަމާޒު ހިފައި ނެޓްބޯލް ޓީމު ކޮރެއާއަށް ފުރައިފި

02 މެއި 2017
ރޭންކު މަތިކުރުމަށް އަމާޒު ހިފައި ނެޓްބޯލް ޓީމު ކޮރެއާއަށް ފުރައިފި
22 އެޕްރީލު 2017

ޔޫވީ މެޗަށް ފުރިހަމައަށް ތައްޔާރު، ރަނގަޅު ނަތީޖާއެއް ނެރެވޭނެ: ފެސްކޯ

22 އެޕްރީލު 2017
ޔޫވީ މެޗަށް ފުރިހަމައަށް ތައްޔާރު، ރަނގަޅު ނަތީޖާއެއް ނެރެވޭނެ: ފެސްކޯ
21 އެޕްރީލު 2017

ހޭންޑްބޯލް ޖޫނިއާ ރެފްރީ ކޯސް ބެޗް 1 ފުރިހަމަ ކުރި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮއްފި

21 އެޕްރީލު 2017
ހޭންޑްބޯލް ޖޫނިއާ ރެފްރީ ކޯސް ބެޗް 1 ފުރިހަމަ ކުރި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮއްފި
07 އެޕްރީލު 2017

ތިން ޕޮއިންޓް ލިބުމުން ހުރިހާ ކަމެއް ފުރިހަމަވެއްޖެ: ނިޒާމްބެ

07 އެޕްރީލު 2017
ތިން ޕޮއިންޓް ލިބުމުން ހުރިހާ ކަމެއް ފުރިހަމަވެއްޖެ: ނިޒާމްބެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު