Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމާލޭގެ މޭޔަރ ހުވާކު

މޭޔަރުގެ ހައިސިއްޔަތުން ރައީސްގެ ކިބައިން އާޒިމްގެ ފުރަތަމަ އެދިލެއްވުން - "އެމްޑީޕީގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތާއި އެއްގޮތަށް ގޯއްޗާއި ފްލެޓްގެ މަސައްކަތް ކޮށްދެއްވާ"

22 ޖެނުއަރީ 2024 | ހޯމަ 17:14

ލާމަރުކަޒީ ނިޒާމް ހަރުދަނާކުރާނެ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވާތީ އުފާކުރައްވާ ކަމަށް ވެސް އާޒިމް ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 22 ޖެނުއަރީ 2024 | ހޯމަ 17:14
މާލޭގެ މޭޔަރ އާދަމް އާޒިމް އަދި މާލެ ސިޓީ ކައުންސިލަށް އަލަށް އިންތިޚާބުވެވަޑައިގެންނެވި މެމްބަރުން ހުވާކުރެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން

މާލޭގެ މޭޔަރ އާދަމް އާޒިމް އަދި މާލެ ސިޓީ ކައުންސިލަށް އަލަށް އިންތިޚާބުވެވަޑައިގެންނެވި މެމްބަރުން ހުވާކުރެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން

އެމްޑީޕީގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތާއި އެއްގޮތަށް ގޯއްޗާއި ފްލެޓްގެ މަސައްކަތް ކޮށްދެއްވުމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރ އާދަމް އާޒިމް، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ކިބައިން އެދިވަޑައިގަންނަވައިފިއެވެ.

އާޒިމް އެފަދައިން ވިދާޅުވީ މޭޔަރކަމުގެ ހުވާކުރެއްވުމަށް ފަހު ދެއްކެވި ވާހަފުޅުގައެވެ. އާޒިމްވަނީ އެމަނިކުފާނު ޤަބޫލުކުރައްވާ ގޮތުގައި ޕާޓީ ނިޒާމަކީ އާއްމުން ބޭނުންވާ ކަންކަން ފުރިހަމަ ކުރަން އޮތް ހުރަހަކަށް ވެގެން ނުވާނެ ކަމަށް ވެސް ވިދާޅުވެފައެވެ. އާޒިމް ވަނީ އާއްމުން ތިބީ ވަރަށް ބޮޑަށް ބޯހިޔާވަހިކަމަށް ބޭނުންވެފައި ކަމަށް ވިދާޅުވެފައެވެ. އާޒިމް ވަނީ މާލޭގެ ރައްޔިތުން ދިރިއުޅެމުންދަނީ ވަރަށް ދަތި ހާލުގައިކަން ފާހަގަކުރައްވާފައެވެ. އެގޮތުން މާލޭގެ ގޭގެ އަށް ޒިޔާރަތްކުރުމުން ފެނިގެން ދަނީ ފިތްކަނޑައިގެން ދާހާ ހިތްދަތި މަންޒަރުތައް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ކަރުނުން ތެންމާލާ ފަދަ ހިތާމަވެރި މަންޒަރުތައް ފެނިވަޑައިގަންނަވާފައިވާ ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.

Advertisement - newsAdvertisement

އިތުރަށް އާޒިމް ވިދާޅުވީ މާލޭގައި އެތައް ކުދިންނެއް މަންމައާއި ބައްޕަ އާއި އެކު އެއް ކޮޓަރި ތެރޭގައި އުޅެ ބޮޑުވެފައިވާ ކަމަށާއި، އެ ކުދިންނަށް ކުދިން ލިބުނު އިރުވެސް އުޅެނީ ހަމަ އެއް ހާލެއްގައި ކަމަށް އާޒިމް ވިދާޅުވިއެވެ. އެހެންކަމުން އެ ރައްޔިތުންގެ އަޑު އަހާ ބޯހިޔާވަހިކަމުގެ މައްސަލަ އަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރަން ޖެހޭކަން އާޒިމް ވަނީ ފާހަގަކުރައްވާފައެވެ. މާލޭގެ ރައްޔިތުން އެދެނީ ބްރިޖަކުން ގުޅިފައިވާ ރަށްތަކަކަށް ދާން ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ. އެހެންކަމުން އެމްޑީޕީގެ ބޯހިޔާވަހިކަމުގެ ސިޔާސަތާއި އެއްގޮތަށް ފްލެޓާއި ގޯތީގެ މަސައްކަތް ކޮށްދެއްވުމަށް ރައީސްގެ ކިބައިން އާޒިމް އެދިލެއްވިއެވެ. މާލެ އާއި ދަފްތަރުގެ ރައްޔިތުންނަށް އަވަހަށް ބޯހިޔާވަހިކަން ހޯދާދެވޭނީ އެގޮތަށް ޢަމަލުކޮށްގެން ކަމަށް އާޒިމް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ގުޅީފަޅު، އުތުރުތިލަފަޅު އަދި ގިރާވަރުފަޅު މާލޭގެ އިހްތިސާސްގެ ތެރޭގައި ހިމަނާދެއްވުމަށް ވެސް އާޒިމް ވަނީ އެދިވަޑައިގަންނަވާފައެވެ. މީގެ އިތުރުން ބާރުތައް ދެމި އޮންނަނީ ރައްޔިތުންގެ ކިބައިގައި ކަމަށް ފާހަގަކުރައްވާ އާޒިމް ވިދާޅުވީ ޤާނޫނު އަސާސީ ދަންނަ ގޮތަކީ އެ މަގު ހޯދާދެވޭނެ ބޭފުޅަކީ ގައުމުގެ އެންމެ އިސްވެރިޔާ އަށް ވުން ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ. އަދި ލާމަރުކަޒީ ނިޒާމް ހަރުދަނާކުރުމަށް ޤާނޫނުތައް ފުރިހަމަކުރުމަށް ކުރީގެ ސަރުކާރުތަކުން ކޮށްފައިވާ މަސައްކަތް ފާހަގަކުރައްވާ އެކަމަށް ވެސް އާޒިމް ވަނީ ޝުކުރު އަދާކުރައްވާފައެވެ. އެގޮތުން ކައުންސިލްތައް މެދުވެރިކޮށް އާއްމުންނަށް ލިބޭ ޚިދުމަތްތައް އިތުރުކުރުމަށް ވޭތުވެދިޔަ ސަރުކާރުތަކުން މަސައްކަތް ކޮށްފައިވާ ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ. ހަމައެހެންމެ އެމްޑީޕީން އުފަންކޮށްފައިވާ ލާމަރުކަޒީ ނިޒާމް ހަރުދަނާކުރާނެ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވާތީ އުފާކުރައްވާ ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

10 އެޕްރީލު 2017

މަޖިލީހުގެ ރައީސް އާއި ނައިބް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅޭނީ 42 މެމްބަރުންގެ ސޮޔާއެކު ކަމަށް ފާސްކޮށްފި

10 އެޕްރީލު 2017
މަޖިލީހުގެ ރައީސް އާއި ނައިބް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅޭނީ 42 މެމްބަރުންގެ ސޮޔާއެކު ކަމަށް ފާސްކޮށްފި
05 އެޕްރީލު 2017

ޕީޕީއެމްގެ ރައީސްގެ އޮފީސް ބެލެހެއްޓުން ފުލުހުން ހުއްޓާލައިފި

05 އެޕްރީލު 2017
ޕީޕީއެމްގެ ރައީސްގެ އޮފީސް ބެލެހެއްޓުން ފުލުހުން ހުއްޓާލައިފި
31 މާރިޗު 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގެ ނަންބޯޑާއި ދިދަ އިރުއޮއްސި ހައެއް ޖެހުމުގެ ކުރިން ނެގުމަށް ފުލުހުން އަންގައިފި

31 މާރިޗު 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގެ ނަންބޯޑާއި ދިދަ އިރުއޮއްސި ހައެއް ޖެހުމުގެ ކުރިން ނެގުމަށް ފުލުހުން އަންގައިފި
31 މާރިޗު 2017

ފުލުހުންގެ ހިދުމަތާ ގުޅޭ ގޮތުން ހޯމް މިނިސްޓަރާއި ރައީސްގެ ވާހަކަފުޅު މުޅިން ތަފާތު!

31 މާރިޗު 2017
ފުލުހުންގެ ހިދުމަތާ ގުޅޭ ގޮތުން ހޯމް މިނިސްޓަރާއި ރައީސްގެ ވާހަކަފުޅު މުޅިން ތަފާތު!
22 މާރިޗު 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި ހުރި ގައުމީ ދިދަ ފުލުހުން ބާލައިފި

22 މާރިޗު 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި ހުރި ގައުމީ ދިދަ ފުލުހުން ބާލައިފި
16 ފެބުރުއަރީ 2017

ގާޒީ މަރިޔަމް ވަހީދުގެ ކިބައިން ޝަރީއަތްކުރުމުގެ ހައިސިއްޔަތު ނަގައިފި!

16 ފެބުރުއަރީ 2017
ގާޒީ މަރިޔަމް ވަހީދުގެ ކިބައިން ޝަރީއަތްކުރުމުގެ ހައިސިއްޔަތު ނަގައިފި!
16 ފެބުރުއަރީ 2017

ރައީސް ޔާމީންގެ ކިބައިން މިންޖުވުމަށް އެކުގައި މަސައްކަތް ކުރަންޖެހޭ:ނިޒާރު

16 ފެބުރުއަރީ 2017
ރައީސް ޔާމީންގެ ކިބައިން މިންޖުވުމަށް އެކުގައި މަސައްކަތް ކުރަންޖެހޭ:ނިޒާރު
05 ފެބުރުއަރީ 2017

ކޯޓް އަމުރެއްގެ ދަށުން އއ. ކައުންސިލްގެ ނައިބް ރައީސްގެ އިތުރުން 5 މީހުން ހައްޔަރުކޮށްފި

05 ފެބުރުއަރީ 2017
ކޯޓް އަމުރެއްގެ ދަށުން އއ. ކައުންސިލްގެ ނައިބް ރައީސްގެ އިތުރުން 5 މީހުން ހައްޔަރުކޮށްފި
15 ޖެނުއަރީ 2017

ރައީސްގެ ދެކަނބަލުންނަށް ތައުރީފް ކުރައްވަނީ ރުއްސަން: ނާޒިމް

15 ޖެނުއަރީ 2017
ރައީސްގެ ދެކަނބަލުންނަށް ތައުރީފް ކުރައްވަނީ ރުއްސަން: ނާޒިމް
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް