Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބާސެލޯނާ

އެހެން މީހުން ދައްކާ ވާހަކަ އަށް ފެލިކްސްގެ ޝައުޤުވެރިކަމެއް ނެތް!

އަބަދު ވެސް ކޮންމެ ވެސް މީހަކު އޭނާގެ ވާހަކަ ދައްކާ ކަމަށާއި، ނަމަވެސް އެކަމާ އެއްވެސް ފަރުވާލެއް ނެތް ކަމަށް ފެލިކްސް ބުނި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 23 ޖެނުއަރީ 2024 | އަންގާރަ 01:35
ބާސެލޯނާ އަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ޔާއޯ ފެލިކްސް

ބާސެލޯނާ އަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ޔާއޯ ފެލިކްސް

އޭނާއާ ގުޅޭ ގޮތުން އެހެން މީހުން ދައްކަމުން އަންނަ ވާހަކަތަކަށް ޝައުޤުވެރިކަމެއް ނެތް ކަމަށް، ބާސެލޯނާ އަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ޔާއޯ ފެލިކްސް ބުނެފި އެވެ.

ފެލިކްސް މިހެން ބުނީ، ސްޕެނިޝް ލީގުގައި ބާސެލޯނާ އިން ރެއާލް ބެޓިސްގެ މައްޗަށް ކުރި ހޯދި މެޗަށްފަހު ވާހަކަ ދައްކަމުންނެވެ. އެ މެޗުގައި ފެލިކްސް ކުޅެން ނިކުމެފައި ވަނީ ވެސް ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ބެންޗުންނެވެ. ކުޅެން އަރާ، އޭނާ ވަނީ މެޗުގައި ބާސެލޯނާ އަށް ލީޑު ވެސް ނަގައިދީފަ އެވެ.

ބާސެލޯނާ އަށް މުހިންމު ތިން ޕޮއިންޓު ހޯދި މެޗަށްފަހު ވާހަކަ ދައްކަމުން ފެލިކްސް ބުނީ، މީހުން އޭނާއާ ގުޅޭ ގޮތުން ދައްކާ ވާހަކަތަކަށް މިހާރު ހޭނިއްޖެ ކަމަށެވެ. އެގޮތުން އޭނާ އަށް ނުކުޅެވޭ ކަމަށް މީހުން ވާހަކަ ދައްކާ ކަމަަށާއި، އަނެއް ބައި ފަހަރު ކުޅެވޭ ކަމަށް ބުނެ ވެސް މީހުން ވާހަކަ ދައްކާ ކަމަށް ފެލިކްސް ބުންޏެވެ. އަބަދު ވެސް ކޮންމެ ވެސް މީހަކު އޭނާގެ ވާހަކަ ދައްކާ ކަމަށާއި، ނަމަވެސް އެކަމާ އެއްވެސް ފަރުވާލެއް ނެތް ކަމަށް ފެލިކްސް ބުންޏެވެ. އޭނާ ފާހަގަ ކުރި ގޮތުގައި އަބަދު ވެސް މެޗުތަކަށް ނިކުންނައިރު، އަމިއްލަ ނަފްސަަށް ވަރަށް ބޮޑު އިތުބާރެއް ބާއްވަ އެވެ.

މީގެ އިތުރުން ފެލިކްސް ބުނީ، އަބަދު ވެސް ކޮންމެ ވެސް ބަޔަކު، ކޮންމެ ވެސް ގޮތަކަށް ވާހަކަ ދައްކާނެ ކަމަށެވެ. އެހެންކަމުން އެންމެ ރަނގަޅު ގޮތަކީ މީހުން ދައްކާ ވާހަކަ އަށް އަޑު އެހުމެއް ނެތި، އެ ވާހަކަތަކަށް ސަމާލުކަމެއް ނުދީ ކުރިއަށް ދިޔުން ކަމަށެވެ. އިތުރަށް ފެލިކްސް ބުނީ ބާސެލޯނާގައި ހުރީ ހިތްހަމަ ޖެހިގެން ކަމަށާއި، އެ ކުލަބާއެކު ކުރިއަށް ދާނެ ކަމަށެވެ.

އެތުލެޓިކޯ މެޑްރިޑުގައި ހުރުމަށްފަހު ފެލިކްސް ބާސެލޯނާ އަށް ބަދަލުވީ ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ. ބާސެލޯނާ އަށް ބަދަލުވެ އެ ކުލަބުގަައި ފެލިކްސް ދައްކަމުން އަންނަ ކުޅުމަށް ކޯޗު ޒަވީ ހެނާންޑޭޒް ވެސް ވަނީ ތައުރީފުކޮށްފަ އެވެ. ފެލިކްސް ވަނީ މިހާތަނަށް ބާސެލޯނާ އަށް ކުޅެދިން 26 މެޗުން ހަތް ލަނޑު ޖަހައިފަ އެވެ.

އިތުރަށް ކިޔާލަން

23 އެޕްރީލު 2017

އީގަލްސް ބަލިކޮށް ގްރީން ސްޓްރީޓް ތާވަލުގެ އެއްވަނައަށް އަރައި ފެންވަރު ދައްކާލައިފި

23 އެޕްރީލު 2017
އީގަލްސް ބަލިކޮށް ގްރީން ސްޓްރީޓް ތާވަލުގެ އެއްވަނައަށް އަރައި ފެންވަރު ދައްކާލައިފި
06 އެޕްރީލު 2017

ނަޕޯލީގެ ސަޕޯޓަރުން ނަފްރަތު ކުރަން އިތުރު ސަބަބެއް ހިގައިން ދައްކާލަދީފި

06 އެޕްރީލު 2017
ނަޕޯލީގެ ސަޕޯޓަރުން ނަފްރަތު ކުރަން އިތުރު ސަބަބެއް ހިގައިން ދައްކާލަދީފި
26 މާރިޗު 2017

ލިންގާޑްގެ ކޮންޓްރެކްޓަރ ވާހަކަތައް ފަށައިފި

26 މާރިޗު 2017
ލިންގާޑްގެ ކޮންޓްރެކްޓަރ ވާހަކަތައް ފަށައިފި
10 މާރިޗު 2017

މާލޭ ލީގު: ވެލެންސިއާ ބަލިކޮށް ޓީސީން ފެންވަރު ދައްކާލައިފި

10 މާރިޗު 2017
މާލޭ ލީގު: ވެލެންސިއާ ބަލިކޮށް ޓީސީން ފެންވަރު ދައްކާލައިފި
10 މާރިޗު 2017

ވިކްޓްރީ އަތުން ޕޮއިންޓެއް ލިބުމުން ހިތްހަމަޖެހޭ، ފޯވާޑެއް ނެތްތަން ދައްކާ: ސާންތި

10 މާރިޗު 2017
ވިކްޓްރީ އަތުން ޕޮއިންޓެއް ލިބުމުން ހިތްހަމަޖެހޭ، ފޯވާޑެއް ނެތްތަން ދައްކާ: ސާންތި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު