Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ކޮލެރާ ފެތުރުން

"ހޮސްޕިޓަލުން ނެރޭ އިރު ފުރާނަ ހުންނާނޭ ހީވެސް ނުވާހާ ބޮޑަށް ޙާލު ދެރަވި"

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ފެތުރެން ފެށި ކޮލެރާ ރޯގާ ޖެހުނު މީހުންގެ ޢަދަދު 10000 އަށް ވުރެ މައްޗަށް އަރާ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 23 ޖެނުއަރީ 2024 | އަންގާރަ 17:19
ކޮލެރާ ޖެހުނު ޒެމްބިއާގެ ސާންދްރާ ނަޔެންދްވާ އޭނާގެ އާއިލާއެކު

ކޮލެރާ ޖެހުނު ޒެމްބިއާގެ ސާންދްރާ ނަޔެންދްވާ އޭނާގެ އާއިލާއެކު

ނިޢުމަތެއް ލިބިފައި އޮންނަ ހިނދެއްގައި، އެ ނިޢުމަތެއްގެ އަގު ވަޒަން ކުރަން ދަންނަނީ އަހަރެމެންގެ ތެރެއިން ނިސްބަތުން މަދު ބައެކެވެ. ކޮންމެ އެއްޗެއްގެ އަގު ވަޒަން ކުރެވޭ ގޮތް ވަނީ، އެ އެއްޗެއް އަތުން ބީވެގެން ދާ ހިސާބުންނެވެ. އެ ނިޢުމަތެއްގެ ތަނަވަސްކަން ލިބިފައި ނެތް ބަޔަކު ދިރިއުޅެމުންދާ ޙާލު ދެކި، އެކަންކަމުން ޢިބްރަތް ހާސިލު ކުރަނީވެސް މަދު ބައެކެވެ. ނަމަވެސް، އެއީ ކަން އޮންނަން ވީ ގޮތެއް ނޫނެވެ.

އަހަރެމެންނަށް ވުރެ އިންތިހާ ނިކަމެތި ޙާލުގައި، ޟަރޫރީ އަދި އަސާސީ އެތައް ޚިދުމަތަކުން މަހްރޫމުވެފައި ވާ ޙާލުގައި އެތައް ބަޔަކު ދަނީ އެމީހުންގެ ޙަޔާތް ވޭތު ކުރަމުންނެވެ. އެފަދަ އެކަކީ ސާންދްރާ ނަޔެންދްވާއެވެ.

ސާންދްރާ ދިރިއުޅެމުން ދަނީ ޒެމްބިއާގެ ވެރިކަން ކުރާ ލުސާކާގައެވެ. އެ ސިޓީގައި ލިބެން ހުންނަ ފެނަކީ އެއްވެސް ވަރަކަށް ފިލްޓަރުކޮށްފައި ހުންނަ ފެނެއް ނޫނެވެ. އެހެނެއް ކަމަކު، ސާންދްރާ ބޮއެ އުޅުނީ އެ ފެނެވެ. އެއްވެސް ހާސް ކަމެއް، ޖެހިލުވުންމެއްވެސް ނެތިއެވެ. ނަމަވެސް އެއީ މިދިޔަ އަހަރުގެ ފަހުކޮޅު ޒެމްބިއާގައި ހަލުވި ދުވެލީގައި ކޮލެރާ ފެތުރިގެން ދިއުމާ ހިސާބަށެވެ. ސާންދްރާއަކީވެސް ކޮލެރާ ޖެހި، ޙާލު އިންތިހާއަށް ދެރަވި މީހެކެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ފެތުރެން ފެށި ކޮލެރާ ރޯގާ ޖެހުނު މީހުންގެ ޢަދަދު 10000 އަށް ވުރެ މައްޗަށް އަރާ ކަމަށް ޒެމްބިއާގެ ސަރުކާރުގެ ތަފާސް ހިސާބުތަކުން ދައްކައެވެ. މަރުވި މީހުންގެ ޢަދަދު އުޅެނީ 400 އަށް ވުރެ މަތީގައެވެ. ޒެމްބިއާގެ ކަމާ ބެހޭ ފަރާތުން ވަނީ ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް، ހަލުވި ދުވެލީގައި މަސައްކަތްވެސް ފަށާފައެވެ.

ޒެމްބިއާގެ 10 ޕްރޮވިންސްގެ ތެރެއިން 9 ޕްރޮވިންސަކުން އަދިވެސް ދަނީ ކޮލެރާ ކޭސްތައް ރިޕޯޓް ކުރަމުންނެވެ. އެންމެ ގިނަ ޢަދަދަކަށް ކޭސްތައް ރިޕޯޓް ކުރަމުން ދަނީ 3 މިލިއަނެއްހާ މީހުންގެ އާބާދީއެއް އޮތް ލުސާކާ ސިޓީއިންނެވެ. ނޭޝަނަލް ހީރޯޒް ސްޓޭޑިއަމްގެ ބޭރުގައި، ޒެމްބިއާގެ ކަމާ ބެހޭ ފަރާތްތަކުން މިހާރު ވަނީ ޞިއްޙީ ފަރުވާ ދިނުމަށް ޚާއްސަކޮށްގެން ވަގުތީ މަރުކަޒެއްވެސް އަޅާފައެވެ.

އޭނާގެ މާމައާއި، ދެދަރިންނާއެކު އެ މަރުކަޒުން ނިކުމެގެން ދަމުން ސާންދްރާ ބުނި ގޮތުގައި އެމީހުންނަކީ ދުވަހަކުވެސް ކްލޮރީން އަޅާ، ފެން ސާފުކޮށްގެން ބުއި ބައެއް ނޫނެވެ. މުޅިންވެސް ފެން ބޮއި އުޅުނީ ސީދާ ތާނގީން ނަގާ ގޮތަށް ކަމަށް ސާންދްރާ ކިޔައި ދިނެވެ.

ކަމުގެ ޙަޤީޤަތް އެނގުނު ހިސާބުން ސާންދްރާ މިހާރު ފެން ބޭނުން ކުރަނީ ކައްކާ، ސާފުކޮށްގެންނެވެ.

ކޮލެރާއަކީ ތަޣައްޔަރު ވެފައި ވާ ފެން ނުވަތަ ކާބޯތަކެތީގެ ޒަރިއްޔާއިން ޖެހޭ ބައްޔެކެވެ. ގިނަ ފަހަރަށް މި ބަލި ފެތުރެނީ، ސާފު ބޯފެން ލިބޭނެ ގޮތެއް ނެތުމުގެ އިތުރަށް، ރައްކާތެރި ނަރުދަމާގެ ނިޒާމެއްވެސް ނެތި، ގިނަ ބަޔަކު ތޮއްޖެހިގެން ދިރިއުޅޭ ތަންތަނުގައެވެ. ކޮލެރާ ޖެހި ސީރިއަސް ވާން ފަށާ ހިސާބުން، އާދަޔާ ޚިލާފު ގަދައަށް ބޭރަށް ހިންގާ ހޮޑުލާން ފަށައެވެ. އަދި މާ ގިނައިރުތަކެއް ނުވެ މި ދުނިޔެއާ އެ މީހަކު ވަކިކޮށްލުވައެވެ.

ޒެމްބިއާގެ އަވަށްޓެރި ޤައުމުތައް ކަމަށް ވާ ޒިމްބާބްވޭ، މަލާވީ އަދި މޮޒަމްބީކްއިން ވެސް ދަނީ މިދިޔަ އަހަރުން ފަށައިގެން ކޮލެރެއާ ދެކޮޅަށް ހަނގުރާމަ ކުރަމުންނެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮލެރާގެ ބަލިމަޑުކަން ފެތުރިގެން ދިޔަ މަންޒަރު ވަނީ ފެނިފައެވެ. އެ ބަލިން ދިފާޢުވުމަށް ދޭ ވެކްސިންގެ ސްޓޮކްވެސް ހުސްވިއެވެ.

އދގެ އިދާރާތަކުގެ އެހީތެރިކަމާ އެކީ ޒެމްބިއާއިން ދަނީ ކޮލެރާއާ ދެކޮޅަށް ދޭ އިޖާބަ ވަރުގަދަ ކުރަމުންނެވެ. އަދި ކުޑަކުދިންނަށް އަމާޒުކޮށްގެން، ވެކްސިން ދިނުމުގެ ކެމްޕޭންވެސް ވަނީ ހިންގަން ފަށާފައެވެ.

ކުޑަކުދިންނާ ބެހޭ އދގެ އިދާރާ (ޔުނިސެފް) އިން ބުނާ ގޮތުގައި ތަޢުލީމު ހާސިލު ކުރާ ޢުމުރު ފުރާއިން އެކަނިވެސް ކޮލެރާގެ 4.3 ކޭސް ވަނީ ރިޕޯޓް ކޮށްފައެވެ. އެހެން ކަމުން، ސްކޫލުތަކުގެ ކިޔެވުން ފަށާ ތާރީޚް، ހުރިހާ ސްކޫލެއްގައިވެސް ޖެނުއަރީ 29 އަށް ފަސްކޮށްފައި ވާ ކަމަށްވެސް ޔުނިސެފުން ބުނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މެލާނިއާ ސައުދީއަށް ވަޑައިގެންނެވިއިރު ހެދުން ތުރުކުރައްވާފައި ހުންނެވި ގޮތް ކަމުދޭތަ؟

މެލާނިއާ ސައުދީއަށް ވަޑައިގެންނެވިއިރު ހެދުން ތުރުކުރައްވާފައި ހުންނެވި ގޮތް ކަމުދޭތަ؟

20 މެއި 2017
ދިވެހި ކުއްޖަކު އުފަންވި އިރު ހިތް ހަށިގަނޑުން ބޭރުގައި، މަރާ ހަނގުރާމަ ކުރަނީ!

ދިވެހި ކުއްޖަކު އުފަންވި އިރު ހިތް ހަށިގަނޑުން ބޭރުގައި، މަރާ ހަނގުރާމަ ކުރަނީ!

19 މެއި 2017
އިންތިހާބު ނިމުނުތާ ހަފުތާއެއް ވީއިރުވެސް ރައީސްގެ ބަސްފުޅެއް ނެތް!

އިންތިހާބު ނިމުނުތާ ހަފުތާއެއް ވީއިރުވެސް ރައީސްގެ ބަސްފުޅެއް ނެތް!

14 މެއި 2017
ފުރާނައާއި ފުރާނަފުޅު!

ފުރާނައާއި ފުރާނަފުޅު!

26 އެޕްރީލު 2017
ޔާމީނަށް ހަމަލާ ދެމުން ދިޔައިރު އޭނާގެ ރުއިމުގެ އަޑު އިވުނު މީހެއްގެ ދުލުން....

ޔާމީނަށް ހަމަލާ ދެމުން ދިޔައިރު އޭނާގެ ރުއިމުގެ އަޑު އިވުނު މީހެއްގެ ދުލުން....

23 އެޕްރީލު 2017

އަހަރުތަކުން މިއަދު

4 މެއި
މަސްވެރިކަމުގެ ސިނާއަތް 2024 ގައި 48.4 އިންސައްތަ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މަސްވެރިކަމުގެ ސިނާއަތް 2024 ގައި 48.4 އިންސައްތަ ދަށަށް ހިނގައްޖެ

ރާއްޖެޓީވީއަށް ސަރުކާރުގެ ކުންފުނިތަކުން ދެމުންއައި ހުރިހާ ސްޕޮންސަރތައް ކަނޑާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖެޓީވީއަށް ސަރުކާރުގެ ކުންފުނިތަކުން ދެމުންއައި ހުރިހާ ސްޕޮންސަރތައް ކަނޑާލައިފި

ކެޕްޓަން ރަޝީދު: " އަޅުގަނޑުމެންނަށް ބޯޓު ނުޖައްސައި ފަރުޖެހޭކަށް ނެތް، ފިއުލްއެއްވެސް، ދާނެ ތަނެއްވެސް ނެތް"
20233 އަހަރު ކުރިން
ރިޕޯޓު

ކެޕްޓަން ރަޝީދު: " އަޅުގަނޑުމެންނަށް ބޯޓު ނުޖައްސައި ފަރުޖެހޭކަށް ނެތް، ފިއުލްއެއްވެސް، ދާނެ ތަނެއްވެސް ނެތް"

ބީޖީ ގަރާޖު ސަރަޙައްދުގައި މަރުވެފައި އޮތް މީހާއަކީ ކާކުކަން ދެނެގަނެފި
20224 އަހަރު ކުރިން
ރާއްޖެ

ބީޖީ ގަރާޖު ސަރަޙައްދުގައި މަރުވެފައި އޮތް މީހާއަކީ ކާކުކަން ދެނެގަނެފި

މަލިކު އިސްބަޣޫލު ފަނި ބުއިންތަ؟ މިއޮތީ ވަރަށް ތަފާތު ރެސިޕީއެއް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

މަލިކު އިސްބަޣޫލު ފަނި ބުއިންތަ؟ މިއޮތީ ވަރަށް ތަފާތު ރެސިޕީއެއް

ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުން- ވަޅުދިޔަ ހިއްކަން ފޭބީ ޑެޕިއުޓީ މިނިސްޓަރު
20197 އަހަރު ކުރިން
ރާއްޖެ

ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުން- ވަޅުދިޔަ ހިއްކަން ފޭބީ ޑެޕިއުޓީ މިނިސްޓަރު

ސައުދީގައި ފައްޅި އަޅަން ވެޓިކަން އާއިއެކު އެއްބަސްވެއްޖެ
20188 އަހަރު ކުރިން
ދުނިޔެ

ސައުދީގައި ފައްޅި އަޅަން ވެޓިކަން އާއިއެކު އެއްބަސްވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު