Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފުނަދޫގެ ތެޔޮ ސްޓޯރޭޖް ބަދަލުކުރުން

ފުނަދޫގެ ތެޔޮ ސްޓޯރޭޖް، ހުޅުމާލެ ކައިރީގައި އޮންނަ މާގިރިފަޅަށް ބަދަލުކުރަނީ

މާގިރިފަޅު އޮންނަނީ ޝެރަޓަން ރިސޯޓު އަދި ކަނޑުއޮތްގިރި ކައިރީގައި

އަޙްމަދު ސަދޫފް މޫސާ
އަޙްމަދު ސަދޫފް މޫސާ | 21 ޖެނުއަރީ 2024 | އާދީއްތަ 14:34
ފުނަދޫގެ ތެޔޮ ސްޓޯރޭޖް

ފުނަދޫގެ ތެޔޮ ސްޓޯރޭޖް

މާލެ ކައިރީ އޮންނަ ކ. ފުނަދޫގައި ހުރި ތެޔޮ ސްޓޯރޭޖްތައް، ހުޅުމާލެ ކައިރީގައި އޮންނަ މާގިރިފަޅަށް ބަދަލުކުރުމަށް ސަރުކާރުން ނިންމައިފިއެވެ.

އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ރައީސް އޮފީހުގެ ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުﷲ ނާޒިމް ވިދާޅުވީ، އެސްޓީއޯގެ ބެލުމުގެ ދަށުން ފުނަދޫގައި ހުންނަ ތެޔޮ ސްޓޯރޭޖްތައް މާގިރިފަޅަށް ބަދަލުކުރުމަށް ނިންމާފައިވަނީ އިކޮނޮމިކް ކައުންސިލުން ކަމަށެވެ.

Advertisement - newsAdvertisement

އަދި މިހާރު އެކަން ނިންމައި، އެ މަސައްކަތް ކުރުމަށް އެސްޓީއޯގައި އަންގާފައިވާކަމަށް ނާޒިމް ވިދާޅުވިއެވެ.

މާގިރި ފަޅަކީ، ހުޅުމާލެ ކައިރީގައި އޮންނަ ފަޅެކެވެ. އެ ފަޅު އޮންނަނީ ޝެރަޓަން ރިސޯޓު އަދި ކަނޑުއޮތްގިރި ކައިރީގައިއެވެ.

މި ފަޅަށް އެސްޓީއޯގެ ފިއުލް ފާމްތައް ބަދަލުކުރަން ސަރުކާރުން ނިންމާފައިވަނީ، ގްރޭޓާ މާލެ ސަރަހައްދުގައި ހިންގުމަށް ރާވާފައިވާ ވެލާނާ އެއާޕޯޓު ބޮޑުކުރުމުގެ މަޝްރޫއުގެ ދަށުންނެވެ. އެގޮތުން ޚާއްސަ އިގްތިސާދީ ސަރަހައްދެއްގެ ގޮތުގައި މާލެ ސަރަހައްދު ކަނޑައަޅައި، ފުނަދުއާއި ވެލާނާ އެއާޕޯޓު ރޭލުގެ ނިޒާމުން ގުޅުވާލައި، ފުނަދޫގައި ބައިނަލްއަގުވާމީ ފައިނޭންސް ހަބެއް ގާއިމްކޮށް، ކޮންވެންޝަން ސެންޓަރުތަކާއި އަދި ހޮޓާތައް ގާއިމްކުރަން ވަނީ ނިންމާފައެވެ.

އަދި އެ މަޝްރޫއުގެ ދަށުން، މާގިރިފަޅު ކައިރީގައި އޮންނަ ޝެރަޓަން ރިސޯޓަށް ސީޕްލޭން ޓާމިނަލް ބަދަލުކޮށް، މިހާރު ސީޕްލޭން ޓާމިނަލް ހުރި ސަރަހައްދު އިތުރަށް ހިއްކައި، އެއާޕޯޓުގެ ޖާގަ ބޮޑުކުރުމަށް ވަނީ ނިންމާފައެވެ.

އިތުރަށް ކިޔާލަން

09 އެޕްރީލު 2017

ޤާނޫނާ ޚިލާފަށް ޤާސިމް ހައްޔަރުކުރެވިގެން، ރައީސް ޔާމީން އުޅުއްވަނީ ބޮލަށް ތެޔޮ އަރައިގެން: ރިޔާޒް

09 އެޕްރީލު 2017
ޤާނޫނާ ޚިލާފަށް ޤާސިމް ހައްޔަރުކުރެވިގެން، ރައީސް ޔާމީން އުޅުއްވަނީ ބޮލަށް ތެޔޮ އަރައިގެން: ރިޔާޒް
06 އެޕްރީލު 2017

ހުޅުމާލެއިން ވަގަށް ނަގާފައިވާ ޑޮލަރު ތަކެއް ހޯދައި މީހަކު ހައްޔަރުކޮށްފި

06 އެޕްރީލު 2017
ހުޅުމާލެއިން ވަގަށް ނަގާފައިވާ ޑޮލަރު ތަކެއް ހޯދައި މީހަކު ހައްޔަރުކޮށްފި
05 އެޕްރީލު 2017

ދުވާފަރު އެމްޑީޕީ ކެމްޕެއިން އޮފީހަށް ބަޔަކު ކަޅުތެޔޮ ޖަހައިފި

05 އެޕްރީލު 2017
ދުވާފަރު އެމްޑީޕީ ކެމްޕެއިން އޮފީހަށް ބަޔަކު ކަޅުތެޔޮ ޖަހައިފި
30 މާރިޗު 2017

މުޅި ހުޅުމާލެއިން ކަރަންޓް ކެނޑިއްޖެ

30 މާރިޗު 2017
މުޅި ހުޅުމާލެއިން ކަރަންޓް ކެނޑިއްޖެ
22 މާރިޗު 2017

ސިމެންތި ބަރުކޮށްގެން ދަތުރުކުރި ދޯންޏެއް ތެޔޮފުނަދޫ ނެރުމައްޗަށް އަރައިފި

22 މާރިޗު 2017
ސިމެންތި ބަރުކޮށްގެން ދަތުރުކުރި ދޯންޏެއް ތެޔޮފުނަދޫ ނެރުމައްޗަށް އަރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު