Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމެޑިކަލް އިވެކުއޭޝަން

މިއަދުގެ ކެބިނެޓް ބައްދަލުވުމުގައި މެޑިކަލް އިވެކުއޭޝަންއާ ގުޅޭގޮތުން މަޝްވަރާ ކޮށްފައެއްނުވޭ: ނާޒިމް

21 ޖެނުއަރީ 2024 | އާދީއްތަ 13:47

ކެބިނެޓްގައި މަޝްވަރާ ކުރެވޭނީ އެޖެންޑާކުރެވި، ތާވަލް ކުރެވިގެން

އަމްނާ އިމާދު
އަމްނާ އިމާދު | 21 ޖެނުއަރީ 2024 | އާދީއްތަ 13:47
ކެބިނެޓް ބައްދަލުވުމެއްގެ ތެރެއިން

ކެބިނެޓް ބައްދަލުވުމެއްގެ ތެރެއިން

މިދުވަސްވަރު ރައްޔިތުންގެ ކަންބޮޑުވުން އޮތް އެންމެ ބޮޑު އެއް މައްސަލަ ކަމަށްވާ މެޑިކަލް އިވެކުއޭޝަންއާ ގުޅޭގޮތުން ކެބިނެޓުގައި މަޝްވަރާ ނުކުރާކަމަށް ސަރުކާރުން ބުނެފިއެވެ.

އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ވަނީ، މި ދުވަސްވަރު މެޑިކަލް އިވެކުއޭޝަންއާ ގުޅޭގޮތުން ރައްޔިތުންގެ ވަރަށް ބޮޑެތި ކަންބޮޑުވުންތަކެއް ހުރިކަން ފާހަގަކޮށްފައެވެ. އަދި މި މައްސަލާގައި ސަރުކާރުގެ ނިންމުމަކީ ކޮބާތޯއާއި، މި މައްސަލައާ ގުޅިގެން ކެބިނެޓްގެ ބައްދަލުވުމުގައި މަޝްވަރާކުރެވިފައި ވޭތޯ ސުވާލުކޮށްފައިވެއެވެ.

Advertisement - newsAdvertisement

މި ސުވާލަށް ޖަވާބުދެއްވަމުން ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ, ކެބިނެޓުގައި މަޝްވަރާކުރެވޭނީ އެޖެންޑާ ކުރެވި، ތާވަލް ކުރެވިގެން ކަމަށާއި، އާދިއްތަ ދުވަހުގެ ބައްދަލުވުމުގެ އެޖެންޑާގައި މެޑިކަލްގެ މައްސަލާގެ މައުލޫ ހިމެނިފައި ނުވާކަމަށެވެ.

މެޑިކަލް އިވެކުއޭޝަންއާ ގުޅޭގޮތުން ކެބިނެޓުގައި މަޝްވަރާނުކުރާ ކަމަށް ސަރުކާރުން ބުނެފައިވާއިރު، ގއ. ވިލިނގިލިން އިތުރު ފަރުވާއަށް މާލެެއަށް ގެނައުން ލަސްވި ކުއްޖާ އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް 20 ޖެނުއަރީ 2024ގައި ވަނީ ނިޔާވެފައެވެ. ގއ އަތޮޅު ހޮސްޕިޓަލުގެ ޑޮކްޓަރުން އެ ކުއްޖާ މާލެ ފޮނުވަން އަންގާފައި ވަނިކޮށް ކުއްޖާ މާލެ ގެނެވުނީ އޭގެ 16 ގަޑިއިރު ފަހުންނެވެ.

ސަރުކާރަށް ފާޑުކިޔުން ބޮޑުވެފައިވަނިކޮށް، އިމަޖެންސީ ކޭސްއެއް އަތުވެއްޖެނަމަ، ފްލައިޓް ޝެޑިއުލުން އެންމެ އިސްކަމެއް ދީގެން އިމަޖެންސީކޮށް އުފުލަންޖެހޭ ފަރާތް އުފުލާގޮތަށް މޯލްޑިވިއަންގެ އުސޫލަށް ވަނީ ބަދަލު ގެނެސްފައެވެ. އަދި މި މައްސަލައާ ގުޅިގެން އާސަންދައިން ނެރުނު ބަޔާނުގައި ބުނީ، އެ ކުއްޖާ މާލެ ގެންދަން އިމަޖެންސީ އިވެކުއޭޝަނަކަށް ގއ. ވިލިނގިލީ އަތޮޅު ހޮސްޕިޓަލުން އެދުނީ 18 ޖެނުއަރީ 2024 ވީ ބުރާސްފަތި ދުވަހުގެ ފަތިހު 5:03ގައި ކަމަށެވެ. އެ ކުންފުނީގެ މެޑިކަލް ސެކްޝަނުން އެ ކޭސް 12 މިނިޓުތެރޭ ޕްރޮސެސްކޮށް، ކުއްޖާ އިމަޖެންސީގައި މާލެ ގެންނަން ހުއްދަ ދިން ކަމަށާއި، ފްލައިޓެއް ލިބޭތޯ ބަލަން އެ ކުންފުނިން 5:19ގައި ހޮސްޕިޓަލަށް އެންގިކަމަށް އާސަންދައިގެ ބަޔާނުގައި ބުނެފައިވެއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

އިތުރަށް ކިޔާލަން

10 ޖުލައި 2017

އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައި ވަނިކޮށް ޖޭއެސްސީގެ ބައްދަލުވުމުގައި މަސީހް!

10 ޖުލައި 2017
އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައި ވަނިކޮށް ޖޭއެސްސީގެ ބައްދަލުވުމުގައި މަސީހް!
09 ޖުލައި 2017

އޯއައިސީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް މިނިސްޓަރު އާސިމް ފުރާވަޑައިގެންފި

09 ޖުލައި 2017
އޯއައިސީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް މިނިސްޓަރު އާސިމް ފުރާވަޑައިގެންފި
08 ޖުލައި 2017

ޓައިނީ ހާޓްސްގެ މެޑިކަލް ކޭމްޕް ނިމިއްޖެ

08 ޖުލައި 2017
ޓައިނީ ހާޓްސްގެ މެޑިކަލް ކޭމްޕް ނިމިއްޖެ
07 ޖުލައި 2017

ޓައިނީ ހާޓްސްގެ މެޑިކަލް ކޭމްޕް ފަށައިފި

07 ޖުލައި 2017
ޓައިނީ ހާޓްސްގެ މެޑިކަލް ކޭމްޕް ފަށައިފި
05 ޖުލައި 2017

މަސީހުގެ އިތުބާރު ނެތް މައްސަލަ: ކެބިނެޓް މިނިސްޓަރުން ސޯޝަލް މީޑިޔާގައި ވަަރަށް ހަރަކާތްތެރި!

05 ޖުލައި 2017
މަސީހުގެ އިތުބާރު ނެތް މައްސަލަ: ކެބިނެޓް މިނިސްޓަރުން ސޯޝަލް މީޑިޔާގައި ވަަރަށް ހަރަކާތްތެރި!
15 ޖޫން 2017

ބިދޭސީންގެ ވޯކް ވިޒާ މެޑިކަލް ހެއްދުމުގެ ހުއްދަ ހަމައެކަނި ހަތަރު ފަރާތަކަށް

15 ޖޫން 2017
ބިދޭސީންގެ ވޯކް ވިޒާ މެޑިކަލް ހެއްދުމުގެ ހުއްދަ ހަމައެކަނި ހަތަރު ފަރާތަކަށް
06 ޖޫން 2017

ގިނަ ދުވަސްތަކަށް ފަހު މަޖިލީހުގައި ވަޒީރަކާ ސުވާލު ކުރުން މިއަދުގެ ޖަލްސާގައި!

06 ޖޫން 2017
ގިނަ ދުވަސްތަކަށް ފަހު މަޖިލީހުގައި ވަޒީރަކާ ސުވާލު ކުރުން މިއަދުގެ ޖަލްސާގައި!
24 އެޕްރީލު 2017

ޖަޕާން ސަރުކާރުން ރާއްޖެއަށް 9.2 މިލިޔަން ރުފިޔާގެ މެޑިކަލް އިކުއިޕްމެންޓް ހަދިޔާކޮށްފި

24 އެޕްރީލު 2017
ޖަޕާން ސަރުކާރުން ރާއްޖެއަށް 9.2 މިލިޔަން ރުފިޔާގެ މެޑިކަލް އިކުއިޕްމެންޓް ހަދިޔާކޮށްފި
28 މާރިޗު 2017

މިއަދުގެ ސަރުކާރަކީ ގަދަ ބާރު ފެކްޝަން: މެންބަރު އަލީ ހުސައިން

28 މާރިޗު 2017
މިއަދުގެ ސަރުކާރަކީ ގަދަ ބާރު ފެކްޝަން: މެންބަރު އަލީ ހުސައިން
05 މާރިޗު 2017

ބޭނުންވަނީ ތަރައްޤީ، ކަނޑުއަޑީގެ ކެބިނެޓް ބައްދަލުވުންތަކެއް ނޫން: ޠާރިޤު

05 މާރިޗު 2017
ބޭނުންވަނީ ތަރައްޤީ، ކަނޑުއަޑީގެ ކެބިނެޓް ބައްދަލުވުންތަކެއް ނޫން: ޠާރިޤު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް