Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހެލްތް މިނިސްޓްރީ

ޖަޕާން ސަރުކާރުން ރާއްޖެއަށް 9.2 މިލިޔަން ރުފިޔާގެ މެޑިކަލް އިކުއިޕްމެންޓް ހަދިޔާކޮށްފި

ހަދިޔާކުރި ބައެއް ތަކެތި ވަނީ މިހާރު އަތޮޅުތަކަށް ފޮނުވަން ފަށާފަ

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ | 24 އެޕްރީލު 2017 | ހޯމަ 14:43
މެޑިކަލް އިކުއިޕްމެންޓް ހަވާލު ކުރުމުގެ ރަސްމީއްޔާތުގެ ތެރެއިން

މެޑިކަލް އިކުއިޕްމެންޓް ހަވާލު ކުރުމުގެ ރަސްމީއްޔާތުގެ ތެރެއިން

ޖަޕާން ސަރުކާރުން ރާއްޖެއަށް 9.2 މިލިޔަން ރުފިޔާގެ މެޑިކަލް އިކުއިޕްމެންޓް ހަދިޔާކޮށްފިއެވެ.

ޖަޕާން ސަރުކާރުން ދިން މެޑިކަލް އިކްއިޕްމެންޓްތަކާ ދިވެހި ސަރުކާރުގެ ފަރާތުން ހަވާލުވެވަޑައިގެންނެވީ ހެލްތު މިިނިސްޓަރު އަބުދުﷲ ނާޒިމް އިބުރާހީމެވެ. އިކްއިޕްމެންޓްތައް ހަދިޔާކުރުމުގެ ލިއުންތައް މިނިސްޓަރާ ހަވާލު ކޮށްދެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކަޒޫމީ އެންޑޯ އެވެ.

Advertisement - newsAdvertisement

ހެލްތްމިނިސްޓްރީން މައުލޫމާތުދޭ ގޮތުގައި ޖަޕާނު ސަރުކާރުން ދިން އިކްއިޕްމެންޓްތަކަކީ ނޮން ޕްރޮޖެކްޓް ގްރާންޓްގެ ގޮތުގައި ދިން އެހީއެކެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ނާޒިމް ވިދާޅުވީ ޖަޕާނުން ހަދިޔާކުރި އިކްއިޕްމެންޓްގެ ބޮޑު ބައެއް މިހާރު ރާއްޖެއަށް ގެނެސްފައިވާ ކަމަށެވެ. އަދި އޭގެތެރެއިން ބައެއް ތަޖެތި އަތޮޅުތަކަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހެލްތް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ޖަޕާނުން ދިން ތަކެތީގެ ސަބަބުން ރާއްޖޭގެ ސިއްހީ ނިޒާމަށް އިތުރު ހަރުދަނާކަން އަންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި ވިދާޅުވީ މިއީ ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާ ކުރަން ޖަޕާނު ސަރުކާރުން ވަމުން އަންނަ އެހީގެ ތެރެއިން ވަރަށް މުހިއްމު އެހީއެއް ކަމަށެވެ. ޖަޕާނުން މިފަހަރު ރާއްޖެއަށް ހަދިޔާކުރި ތަކެތީގެ ތެރޭގައި މޯބައިލް އެކްސްރޭ މެޝިންތަކާއި ޑެންޓަލް ޔުނިޓްތަކާއި މޯބައިލް ވެންޓިލޭޓާ ފަދަ ތަކެތި ހިމެނެއެވެ. ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޖަޕާން ސަފީރު ވިދާޅުވީ ރާއްޖޭގެ ރައްޔިތުންގެ ސިއްހީ ހާލަތު ފާއިތުވި އަހަރުތަކުގައި ވަރަށް ބޮޑަށް ރަނގަޅުވެފައިވާ ކަމަށެވެ. އެގޮތުން ލައިފްއެކްސްޕެކްޓެންސީ ރޭޓް މަތިވުމާއި ޅަފަތުގައި ކުދިންގެ އަދަދު މަދުވުމާއި ގައިން ގަޔަށް އަރާ ބަލިތައް ކޮންޓްރޯލް ކުރުމުގައި ރާއްޖޭން ހޯދާފައިވާ ކާމިޔާބީ އޭނާ ފާހަގަކުރެއްވި އެވެ.

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

16 ޖެނުއަރީ 2017
ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު