Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ޖޭއެސްސީ

އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައި ވަނިކޮށް ޖޭއެސްސީގެ ބައްދަލުވުމުގައި މަސީހް!

ޖޭއެސްސީގެ ރައީސް ކަމުގެ މަގާމުންނާއި މެމްބަރު ކަމުގެ މަގާމުން ފަނޑިޔާރު އަލީ ހަމީދު ވަނީ ވަކިކުރައްވާފަ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 10 ޖުލައި 2017 | ހޯމަ 06:32
މަޖިލީހުގެ ރައީސް މަސީހު ޖޭއެސްސީގެ ބައްދަލުވުމަށް ވަޑައިގަންނަވަނީ

މަޖިލީހުގެ ރައީސް މަސީހު ޖޭއެސްސީގެ ބައްދަލުވުމަށް ވަޑައިގަންނަވަނީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ މައްޗަށް އިތުބާރު ނެތް ކަމަށް މަޖިލީހަށް ހުށަހަޅާ އެމައްސަލަ ތާވަލްކޮށްފައި ވަނިކޮށް، ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ)ގެ ބައްދަލުވުމުގައި މަސީހު ބައިވެރިވެވަޑައި ގަންނަވައިފި އެވެ.

ޖޭއެސްސީން ހޯމަ ދުވަހު ބޭއްވި ބައްދަލުވުމުގައި މަސީހު ބައިވެރިވެވަޑައިގެންނެވިއިރު، އެ ބައްދަލުވުމުގެ އެޖެންޑާގައި އޮތީ އެކޮމިޝަންގެ ރައީސް ކަމުގެ މަގާމަށް ބޭފުޅަކު އައްޔަން ކުރުމެވެ. އަދި ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުލްބާރީ ޔޫސުފް އެކޮމިޝަނަށް ހާޒިރު ވުމަށް އަންގާފައިވާއިރު، އެބައްދަލުވުން ބޭއްވޭ ގޮތް ނުވެފައި ވަނީ ވެސް އެކޮމިޝަނުގެ ރައީސަކު ކަނޑައެޅިފައިނުވާތީ އެވެ.

Advertisement - newsAdvertisement

ޖޭއެސްސީގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ވަނީ އެމިކޮޝަނުގެ ރައީސް ކަމުގެ މަގާމުގެ އިތުރުން އެކޮމިޝަންގެ މެމްބަރު ކަމުން ވެސް ވަކިކުރައްވާފަ އެވެ.

ފަނޑިޔާރު އަލީ ހަމީދު ވަކިކުރެއްވުމަށް ފަހު، ސުޕްރީމް ކޯޓުން ޖޭއެސްސީގެ މެމްބަރު ކަމަށް އައްޔަން ކުރެއްވީ އެ ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފް އެވެ. ޖޭއެސްސީގެ މެމްބަރުކަން އަރީފް އައްޔަން ކުރައްވާފައިވާކަން ރައީސް އޮފީހުން ހާމަ ކޮށްފައިވަނީ ހޯމަ ދުވަހު އެވެ.

ޖޭއެސްސީގައި މަސީހު ހިމެނި ވަޑައިގަންނަވަނީ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުންނެވެ. މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅާފައިވަނިކޮށް، މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުގެ ބައެއް ޒިންމާތަކުން، އެކަހެރިވެ ވަޑައިގަންވަންޖެހޭއިރު، ޖޭއެސްސީގެ ބައްދަލުވުންތަކުގައި ބައިވެރި ނުވެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވިދާޅުވެއެވެ.

މަޖިލީހުގެ ތިމަރަފުށި ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވެފައި ވަނީ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިމަތީ އޮތްވާ މަޖިލީހުގެ ރައީސަށް ޖޭއެސްސީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައި ނުގެންނެވޭނެ ކަމަށެވެ. އަދި މުސްތަފާ ވަނީ ގާނޫނީ ވަކީލުންތައް ކޮބައިތޯ ވިދާޅުވެ ސުވާލު އުފައްދަވާފަ އެވެ.

އެނގިފައިވާ ގޮތުގައި ޖޭއެސްސީގެ ހޯމަ ދުވަހުގެ ބައްދަލުވުން ކުރިއަށް ގެންދެވިފައިނުވުމާ ގުޅިގެން އިތުރު ބައްދަލުވުމެއް ހޯމަ ދުވަހުގެ ރޭ ބޭއްވުމަށް ވަނީ ނިންމަވާފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު