Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އިސްރާއީލާއި ހަމާސްގެ ހަނގުރާމަ

ހަނގުރާމައަށްފަހު ޣައްޒާގެ މައްޗަށް އިސްރާއީލުގެ ފުރިހަމަ ކޮންޓްރޯލް އޮތުން ނޫންގޮތެއް ނަތަންޔާހޫ ގަބޫލެއް ނުކުރައްވާނެ!

ނަތަންޔާހޫ ވަނީ، ދެ ދައުލަތުގެ ހައްލެއް އަދިވެސް އޮތް ކަމަށް ބައިޑަން ވިދާޅުވުމާ ގުޅިގެން، ސޯޝަލް މީޑިއާގައި އެކަން ދޮގުކުރައްވާފައި

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު, ރާއްޖެ އެމްވީ | 21 ޖެނުއަރީ 2024 | އާދީއްތަ 12:55
އިސްރާއީލުގެ ބޮޑުވަޒީރު، ބެންޖަމިން ނަތަންޔާހޫ

އިސްރާއީލުގެ ބޮޑުވަޒީރު، ބެންޖަމިން ނަތަންޔާހޫ

ހަނގުރާމައަށްފަހު ޣައްޒާގެ މައްޗަށް އިސްރާއީލުގެ ފުރިހަމަ ކޮންޓްރޯލް އޮތުން ނޫންގޮތެއް ގަބޫލުނުކުރައްވާނެ ކަމަށް، އިސްރާއީލުގެ ބޮޑުވަޒީރު ވިދާޅުވެއްޖެއެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހޮނިހިރު ދުވަހު ވިދާޅުވީ، ޣައްޒާގެ މައްޗަށް އިސްރާއީލުގެ ފުރިހަމަ ކޮންޓްރޯލް ގެނައުން ނޫންގޮތެއް އޭނާ ގަބޫލުނުރައްވާނެ ކަމަށާއި، ފަލަސްތީނުގެ އަމިއްލަ ދައުލަތެއް އުފެއްދުމާމެދު އޭނާ ކަނޑައެޅިގެން ދެކޮޅުހައްދަވާނެ ކަމަށެވެ.

ފަލަސްތީނުގެ އަމިއްލަ ދައުލަތެއް އޮތުމާމެދު ނަތަންޔާހޫ އަބަދުވެސް ދެކޮޅުކަން ހާމަކުރައްވާފައި މި ވަނީ، ފަލަސްތީނުގެ ދައުލަތެއް އުފައްދައި ހިންގުމާމެދު ލީޑަރުންގެ ވިސްނުންފުޅުގެ މެދުގައި ހުރި ފަރަގުތައް ނައްތާލެވޭނީ އުފެއްދުންތެރި ހައްލުތަކެއް ގެނައުމުން ކަމުގައި ރައީސް ޖޯ ބައިޑަން ލަފާދެއްވާފައި ވަނިކޮށެވެ.

ހުކުރު ދުވަހު ބައިޑަން ވިދާޅުވީ ދެ ދައުލަތުގެ ގިނަ ހައްލުތަކެއް އެބަހުރި ކަމަށާއި، އެހައްލުތައް ޖެހޭނީ ވިސްނުންތެރިކަމާއެކު ގެންނަން ކަމަށެވެ. ނަތަންޔާހޫ ވެރިކަމުގައި ހުންނެވުމުން ދެ ދައުލަތުގެ ހައްލެއް ހޯދުމަކީ ނާދިރު ކަމެއްތޯ ދެންނެވުމުން ބައިޑަން ވިދާޅުވީ، އަސްލު މައްސަލައަކީ އެކީ ނޫން ކަމުގައެވެ.

ދެ ދައުލަތުގެ ހައްލެއް ގެނެވިދާނެ ހެއްޔެވެ؟

ނަތަންޔާހޫގެ މި ވާހަކަފުޅާ ގުޅިގެން ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްގެ ތަރުޖަމާނަކު ވަނީ އެމެރިކާ އިތުރަށް ކުރިއަށް ދިއުމަށް ގޮވާލާފައެވެ. ނަބީލް އަބޫ ރުދައިނޭހް ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ މިއީ ފަލަސްތީނުގެ ދައުލަތް ބަލައިގަންނަންވީ ވަގުތު ކަމަށާއި، ހަމައެކަނި ދެ ދައުލަތުގެ ހައްލެއްގެ ވާހަކަ ދައްކަން ނުޖެހޭ ކަމަށެވެ.

އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ވިދާޅުވީ، އިސްރާއީލާއި ފަލަސްތީނަށް ދެ ދައުލަތުގެ ހައްލެއް ގެނައުމަށް ދެކޮޅު ހެދުމާއި ފަލަސްތީނުގެ ރައްޔިތުންނަށް ދައުލަތެއްގެ ހައްގު ނުދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ.

ނަތަންޔާހޫ ވިދާޅުވެފައިވަނީ އިސްރާލުން "ފުރިހަމަ ކާމިޔާބީއެއް" ލިބެންދެން ހަނގުރާމަ ކުރަންޖެހޭނެ ކަމަށާއި، ހަމާސްއަކީ މިހާރު ނުރައްކަލެއް އޮތް ޖަމާއަތެއް ނޫންކަމަށެވެ. ނަމަވެސް އެ ވިދާޅުވާ ފުރިހަމަ ކާމިޔާބީ ހާސިލްކުރާނެ ގޮތެއް ހާމަކުރައްވާފައެއް ނުވެއެވެ.

އިސްރާއީލުން ހަމާސްއާ ދެކޮޅަށް ހަނގުރާމަ ކުރަން ފެށީ މިދިޔަ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހު ހަމާސް ޖަމާއަތުން ދިން ނުރައްކާތެރި ހަމަލާއަށްފަހު، އެ ޖަމާއަތުން ދިން ހަމަލާގައި އިސްރާއީލުގެ ގާތްގަނޑަކަށް 1،200އެއްހާ މީހުން މަރުވުމާ ގުޅިގެންނެވެ. މީގެ އިތުރުން 250އްހާ މީހުން ވަނީ ރަހީނުކޮށްފައެވެ.

ހަމާސްގެ ވެރިކަންކުރާ ޣައްޒާގެ ސިއްހީ އިދާރާތަކުން ބުނާގޮތުގައި އިސްރާއީލުގެ ހަމަލާތަކުގައި ފަލަސްތީނުގެ ގާތްގަނޑަކަށް 25،000 މީހުން ޝަހީދުވެފައިވާއިރު، އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.

ފަހުގެ ތާރީޚެއްގައި ހަނގުރާމައެއްގައި އެންމެ ބޮޑަށް ހަލާކުވިޣައްޒާ ވަނީ އިސްރާއީލްގެ ހަނގުރާމައިގެ ކެމްޕެއިންތަކުގައި ސުންނާފަތިވެފައެވެ. އެ ސަރަހައްދުގެ ބޮޑު ބައެއް ފުނޑުފުނޑުވެ، 2.3 މިލިއަން މީހުން ދިރިއުޅޭ އާބާދީގެ 80 ޕަސެންޓަށްވުރެ ގިނަ މީހުން ވަނީ ގެދޮރު ގެއްލިފައެވެ. އަދި ޣައްޒާއަށް އެހީ އެތެރެކުރުމުގެ ހުއްދަ ދިނުމަށް އިސްރާއީލުން ހުރަސްއަޅާތީ ޣައްޒާއާއި ހުޅަނގު އައްސޭރީގައި ބަނޑުހައިހޫނުކަމާއި ބަލިތައް ފެތުރެމުންދާ ކަމަށް އދ.ގެ އޮފިޝަލުން ވަނީ ބުނެފައެވެ.

ނަތަންޔާހޫ ވިދާޅުވަމުން ގެންދަވަނީ ރަހީނުކުރި މީހުން އެނބުރި ގައުމަށް ގެނައުމަށް އޮތް ހަމައެކަނި ގޮތަކީ އަސްކަރީ ވަސީލަތްތައް މެދުވެރިކޮށް ހަމާސް ރޫޅާލުން ކަމަށެވެ. އިސްރާލުން ޖަލުގައި ބަންދުކޮށްފައި ތިބި ގިނައަދަދެއްގެ މީހުންގެ ތެރެއިން ފަލަސްތީނުގެ ބައެއް އަންހެނުންނާއި ކުޑަކުދިން ދޫކޮށްލުމުގެ ބަދަލެއްގެ ގޮތުން، ނޮވެމްބަރު މަހުގެ ކުރު މުއްދަތެއްގެ ތެރޭގައި އިސްރާއީލުގެ 100އަށްވުރެ ގިނަ މީހުން ވަނީ ދޫކޮށްލާފައެވެ. އިސްރާއީލުން ބުނީ ޣައްޒާގައި 130ށްވުރެ ގިނަ މީހުން އަދިވެސް އެބަތިބި ކަމަށާއި، ނަމަވެސް ދިރިތިބި ކަމަށް ބެލެވެނީ ގާތްގަނޑަކަށް 100އެއްހާ މީހުން ކަމަށެވެ.

ހަމާސްގެ ބެލުމުގެ ދަށުގައި ބާކީ ތިބި މީހުން ސަލާމަތްކުރުމަށް އެތެރޭގެ ޕްރެޝަރު ބޮޑުވުން

ނަތަންޔާހޫގެ ސަރުކާރަށް އަމިއްލަ ގައުމުގައި ކުރިމަތިވެފައިވާ ޕްރެޝަރުތަކުގެ ތެރޭގައި އިސްރާއީލުގެ އެތައް ހާސް ބަޔަކު އާ އިންތިޚާބެއް ބޭއްވުމަށް ގޮވާލައި، ތެލްއަވީވްގައި މުޒާހަރާ ކުރިއިރު، އަނެއް ބަޔަކު ވަނީ ހަމާސްއާއި އެހެނިހެން ހަނގުރާމަވެރިންގެ ބެލުމުގެދަށުގައި ބާކީ ތިބި 100އަށްވުރެ ގިނަ މީހުންގެ އާއިލާތަކާ ގުޅޭނެ ގޮތެއް ހެދުމަށް ގޮވާލާފައެވެ. މުޒާހަރާގެ ބައިވެރިން ވަނީ ބޮޑުވަޒީރުގެ ގޭގެ ބޭރުގައި އެމީހުންގެ ޑިމާންޑްތަކަށް އަޑުއުފުލައި، މުޒާހަރާކޮށްފައެވެ. ހަމާސްގެ އަތްދަށުގައި ތިބި އަސީރުންނަށް، އިސްރާއީލުގެ އަސްކަރީ ހަރަކާތުގެ ސަބަބުން އިތުރު ނުރައްކަލެއް ކުރިމަތިވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށް އެމީހުން ދިޔައީ ގޮވަމުންނެވެ.

އައްސޭރިފަށުގެ އަވަށެއް ކަމަށްވާ ސީޒަރިއާގައި ހުންނަ ނަތަންޔާހޫގެ ގެކޮޅުގެ ބޭރުގައި ކުރި އެ މުޒާހަރާ އިތުރަށް ހޫނުވެ، ފުލުހުން ވަނީ ބައިވެރިވި ބައެއް މީހުން ދުރަށް ޖެއްސުމާއެކު، ހައްޔަރުވެސް ކޮށްފައެވެ.

ހުކުރު ދުވަހު މުޒާހަރާ ފެށުނީ، ހަމާސް ޖަމާއަތުން ހިފަހައްޓާފައިވާ އުމުރުން 28 އަހަރުގެ ކުއްޖެއްގެ ބައްޕަ ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ފެށުމުންނެވެ. އެލީ ޝްޓިވީ ވައުދުވީ، ބޮޑުވަޒީރު އޭނާއާއި ބައްދަލުކުރައްވަން އެއްބަސްވެވަޑައިގަންނަވަންދެން ބަނޑުހައި ހޫނުކަމުގެ ހަޅުތާލު ކުރިއަށް ގެންދިއުމަށެވެ.

އަދި މީގެ އިތުރުން އިސްރާއީލުގެ ހަމަލާތަކާ ދެކޮޅަށް އަޑުއުފުލުމަށް އިސްރާއީލުގެ ހައިފާ ސިޓީއަށް ވަނީ އެތައް ބަޔަކު އެއްވެފައެވެ. ހަނގުރާމައާ ދެކޮޅު އެތައް ބަޔަކު އެއްވެ، "ޖެނޯސައިޑް ހުއްޓާލާށޭ" ލިޔެފައިވާ ބެނާތަކާއި، ބޯޑުތައް ހިފައިގެން، ހިފައިގެން ތިބިއިރު ފުލުހުންނާ އެއްވި މީހުންނާއި ދެމެދު ވަނީ މާރާމާރީ ހިންގާފައެވެ. ފުލުހުން ވަނީ އެތަނުންވެސް މީހަކު ހައްޔަރުކޮށްފައެވެ.

ޣައްޒާގެ ދެކުނުގައި ވަރުގަދަ ބޮމުގެ ހަމަލާތަކެއް

އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ ރަހީނުކުރި މީހުން ހޯދުމުގެ ގޮތުން ޣައްޒާގެ އެންމެ ދެކުނުގެ އަވަށެއް ކަމަށްވާ ރަފާއަށް ލީފްލެޓްތަކެއް އުކާފައެވެ. ރަހީނުކުރި މީހުންގެ ފޮޓޯ ހިމެނޭ މި ލީފްލެޓްތަކުގައި މެސެޖެއްވެސް ވަނީ ލިޔެފައެވެ.

"އެނބުރި ގެއަށް ދާން ބޭނުންތަ؟ އޭގެ ތެރެއިން އެކަކުގެ މައުލޫމާތު ނަމަވެސް ހިއްސާކުރޭ!" މެސެޖުގައި ވެއެވެ.

އޭގެ ގަޑިއިރުތަކެއް ފަހުން، ހަމާސްގެ ދާޚިލީ ސަލާމަތީ ބާރުތަކާ ގުޅުންހުރި މީޑިއާއެއް ކަމަށްވާ އަލް މަޖްދު އަލް އަމްނީ ވަނީ، ޣައްޒާގައި އިސްރާއީލު ސިފައިން ރަހީނުކޮށްގެން ތިބޭކަމުގެ އެއްވެސް މައުލޫމާތެއް އިސްރާއީލަށް ނުދިނުމަށް އިންޒާރު ދީފައެވެ.

އޭގެ ފަހުން، ދެކުނުގެ ސިޓީއެއް ކަމަށްވާ ޚާން ޔޫނިސްއާއި އުތުރުގައި އޮންނަ އާބަން ރެފިއުޖީ ކޭމްޕް ކަމަށްވާ ޖަބަލިއްޔާގެ ވަށައިގެން ހަނގުރާމަވެރިންނާއި އިސްރާއީލު ސިފައިންނާ ދެމެދު ވަރުގަދަ ބޮމުގެ ހަމަލާތަކެއް ދީ، ކުރިމަތިލުންތަކެއް ހިނގަމުންދާކަމަށް ރިޕޯޓްތައް ވަނީ ފެތުރިފައެވެ.

ޣައްޒާއަށް އިސްރާއީލުން ދެމުންދާ ހަމަލާތައް ހުއްޓާލުމުން ނޫނީ ރަހީނުން ދޫނުކުރާނެކަމަށް ހަމާސްއިން ވެފައިވާ ވައުދުގެ މަތީގައި ތިބިއިރު، އިސްރާއީލުން ބުނަނީ ހަމާސްގެ ވަސް ދުނިޔެއިން ފުހެލެވުމުން ނޫނީ ހަމަލާތައް ހުއްޓާނުލާނެކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް މައުމޫނުގެ މައްޗަށް ފުލުހުން އެ ހިންގަނީ ތަހްގީގެއް ނޫން، އެ ދަނީ މަހަށް؟!

ރައީސް މައުމޫނުގެ މައްޗަށް ފުލުހުން އެ ހިންގަނީ ތަހްގީގެއް ނޫން، އެ ދަނީ މަހަށް؟!

13 މާރިޗު 2018
ބީޗް ކުރޫޒަރ: ވަރަށް ފުރިހަމަ، ދަތުރުކުރަން މިވަރެއް ނެތް!

ބީޗް ކުރޫޒަރ: ވަރަށް ފުރިހަމަ، ދަތުރުކުރަން މިވަރެއް ނެތް!

19 ޖެނުއަރީ 2018
ކައިވެނިމައްޗަށް ދިއުން: މައިދައިތަންމެން ފަހަރި ބަލައިދިއުން

ކައިވެނިމައްޗަށް ދިއުން: މައިދައިތަންމެން ފަހަރި ބަލައިދިއުން

19 ޑިސެމްބަރު 2017
ބޮޑުތިލަދުން މައްޗަށްވީ އިހުމާލުގެ ހިތި 2018 ގައި ފެންނާނެ!

ބޮޑުތިލަދުން މައްޗަށްވީ އިހުމާލުގެ ހިތި 2018 ގައި ފެންނާނެ!

28 ނޮވެމްބަރު 2017
މަޖިލީހުގައި ނޫސްވެރިއެއްގެ ދައުރު ރޮޒެއިނާ އަދާކުރި ގޮތް ވަރަށް ފުރިހަމަ !

މަޖިލީހުގައި ނޫސްވެރިއެއްގެ ދައުރު ރޮޒެއިނާ އަދާކުރި ގޮތް ވަރަށް ފުރިހަމަ !

31 ޖުލައި 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު