Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއައްމަޓީގެ މައްސަލަ

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި

21 ޖެނުއަރީ 2024 | އާދީއްތަ 07:02

ފިލައިގެން ދިއުމުގެ އިހުތިމާލު އޮތްކަމަށް ބެލެވުނު ޙާލަތު ބަދަލުވެފައިވާ ގޮތެއް ކްރިމިނަލް ކޯޓުގެ ނިންމުމުގައި ބުނެދެވިފައި ނެތް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 21 ޖެނުއަރީ 2024 | އާދީއްތަ 07:02
އައްމަޓީ ޕާސްޕޯޓު ދޫކޮށްލި މައްސަލައިގެ ޝަރީއަތް

އައްމަޓީ ޕާސްޕޯޓު ދޫކޮށްލި މައްސަލައިގެ ޝަރީއަތް

ސީލައިފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ވެރިޔާ ވ. ތިނަދޫ، ރެޑްހައުސް، އަހުމަދު މޫސާ މުހައްމަދު (އައްމަޓީ) ފުރުމަށް ކްރިމިނަލް ކޯޓުން ދީފައިވާ ހުއްދަ ބާތިލު ކުރަން ޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސްކޮށްފައިވާ މައްސަލައިގެ އަޑުއެހުމެއް އާދިއްތަ ދުވަހު ކުރިއަށް ގެންގޮސްފިއެވެ.

އައްމަޓީ ފުރުމަށް ކްރިމިނަލް ކޯޓުން ދީފައިވާ ހުއްދަ ބާތިލު ކުރަން ޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމާފައިވަނީ 26 ޑިސެމްބަރު 2023 ގައެވެ.

Advertisement - newsAdvertisement

އެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާއިރު، އެ މައްސަލާގައި ސުޕްރީމް ކޯޓުން ގޮތެއް ނިމެންދެން އޭނާ ފުރުން މަނާކުރުމުގެ ވަގުތީ އަމުރެއް ސުޕްރީމް ކޯޓުން ވަނީ ނެރެފައެވެ.

އާދިއްތަ ދުވަހު ސުޕްރީމް ކޯޓުގައި އޮތް އަޑުއެހުމަކީ މި މައްސަލައިގެ ގޮތް ނިންމުމަށް ބޭއްވި އަޑުއެހުމެކެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވަނީ ފަނޑިޔާރު އައިޝާ ޝުޖޫން މުޙައްމަދު، ފަނޑިޔާރު ހުސްނުއްސުއޫދު، އަދި ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ.

ފުރަތަމަ ފަނޑިޔާރު ޝުޖޫން ވަނީ ރައުޔު އިއްވަވާފައެވެ.

ޝުޖޫން ވިދާޅުވީ، މި މައްސަލައިގައި ސުޕްރީމް ކޯޓުން ޖަވާބުދޭން ޖެހެނީ މައިގަނޑު ދެ ސުވާލަކަށް ކަމަށެވެ.

އެއީ ކްރިމިނަލް ކޯޓުގެ ނިންމުން ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާއި ޚިލާފުނުވާކަމަށް ހައިކޯޓުން ނިންމާފައިވަނީ ރަނގަޅަށްތޯ ނުވަތަ ނޫންތޯއާއި، އައްމަޓީގެ ޕާސްޕޯޓު ވަކި މުއްދަތަކަށް ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުމަށް ހައިކޯޓުން ތާއީދު ކޮށްފައިވަނީ ރަނގަޅަށްކަން ނުވަތަ ނޫންކަމާއި ގުޅޭގޮތުންނެވެ.

ފަނޑިޔާރު ޝުޖޫން ވިދާޅުވީ، އައްމަޓީއަކީ ފިލާފާނެ ކަމުގެ އިހްތިމާލް އޮތް މީހެއް ކަމަށް މަތީ މަރުޙަލާގެ ކޯޓުތަކުގެ މީގެ ކުރީގެ ނިންމުންތަކަށް ރިޢާޔަތް ކުރާއިރު އެނގެން އޮތްކަމަށާއި، އެ ޙާލަތު ބަދަލުވިކަން ބުނެދެވިފައި އޮންނަންވާނެ ކަމަށެވެ.

މި މައްސަލައިގައި އައްމަޓީ ފިލައިގެން ދިއުމުގެ އިހުތިމާލު އޮތްކަމަށް ބެލެވުނު ޙާލަތު ބަދަލުވެފައިވާ ގޮތެއް ކްރިމިނަލް ކޯޓުގެ ނިންމުމުގައި ބުނެދެވިފައި އޮތްކަމަށް ދެކިވަޑައިނުގަންނަވާކަމަށް ޝުޖޫން ވިދާޅުވިއެވެ.

ވުމާއެކު، ކްރިމިނަލް ކޯޓުގެ ނިންމުން ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާއި ޚިލާފުނުވާކަމަށް ހައިކޯޓުން ނިންމާފައިވަނީ ރަނގަޅަކަށް ނޫން ކަމަށާއި، އައްމަޓީގެ ޕާސްޕޯޓު ވަކި މުއްދަތަކަށް ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުމަށް ހައިކޯޓުން ތާއީދު ކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށް ޝުޖޫންގެ ރައުޔުގައި ވިދާޅުވެފައިވެއެވެ.

އައްމަޓީގެ ފަރާތުން ފާހަގަކުރި ބައްޔަކީ ފައިގައި ރިއްސުމާއި، ބުރަކަށީގައި ރިއްސުމާއި، މައިބަދައިގައި ރިއްސުމާއި، މިކަމުގައި މައިބަދައިގެ އޮޕަރޭޝަނެއް ކުރަންޖެހޭކަމަށް ޑޮކްޓަރ ލަފާދީފައި އޮތުމެވެ.

އެހެންނަމަވެސް ޝުޖޫން ވިދާޅުވީ، މައިބަދައާ ގުޅިގެން އައްމަޓީ ޑޮކްޓަރަށް ދައްކާފައިވާކަން އެނގެން އޮތީ 24 ޖޫން 2021، 22 ސެޕްޓެމްބަރު 2021، 1 ނޮވެމްބަރު 2021، 24 މާރޗު 2022 އަދި 28 ނޮވެމްބަރު 2023 ގައިކަން އެނގެން އޮތް ކަމަށާއި، އޭގެ ތެރެއިން އޭނާ ބަންދުން ދޫކޮށްލި ދުވަހުގެ ފަހުން ޑޮކްޓަރަށް ދައްކާފައިވަނީ ދެފަހަރުކަންވެސް އެނގެން އޮންނަ ކަމަށެވެ. އެގޮތުން 28 ނޮވެމްބަރުގައި ޑޮކްޓަރު ދޫކުރި ލިއުމަށް ބަލާއިރު، އެމްއާރްއައި އަދި އެކްސްރޭއެއް ހެދުމަށްފަހު ސާރޖަރީޢަކަށް ތައްޔާރުވުމަށް އިރުޝާދު ދީފައިވާކަން އެނގެން އޮންނަ ކަމަށް ޝުޖޫން ވިދާޅުވިއެވެ.

ސާޖަރީއެއް ހަދަންޖެހޭނަމަ އޭގެ ކުރިން އަޅަންޖެހޭ ފިޔަވަޅުތަކެއް ހުރިއިރު، ޑޮކްޓަރު ލަފާ ދީފައިވާ ގޮތުގެ މަތިން އެ ކަންކަން ކޮށްފައިވާކަން އެނގެން ނެތްކަމަށް ޝުޖޫން ވިދާޅުވިއެވެ.

އަދި، މިތަނުގައި އައްމަޓީއަށް އެެހީތެރިކަން ފޯރުކޮށްދޭނެ މީހަކު ހުރިކަން ނުވަތަ ނެތްކަން ކަށަވަރު ކުރުމެއް ނެތި، ހަމައެކަނި އައްމަޓީ ބުނި ބުނުމެއްގެ މައްޗަށް ބަލައި އެގޮތަށް ނިންމިދާނެކަމަށް ޤަބޫލު ނުކުރައްވާކަމަށްވެސް ޝުޖޫން ފާހަގަ ކުރެއްވިއެވެ.

ޝުޖޫންވެސް ވަނީ އައްމަޓީ ކުރިންވެސް ރާއްޖެއިން ބޭރަށްގޮސް ހުއްޓައި ގެނެވުނީ، ޕާސްޕޯޓުގެ މުއްދަތު ހަމަވުމުންވެސް ވަކި ދުވަސްތަކެއްވަންދެން މަޑުކޮށްގެން ހުއްޓައި، ވިސާގެ މުއްދަތު ހަމަވުުމުންކަން އެނގެން އޮތްކަމަށް ވިދާޅުވެފައެވެ.

އެއަށްފަހު ފަނޑިޔާރު ސުއޫދުގެ ރައުޔު ތަފްސީލު ކޮށްދެއްވާފައިވާއިރު، ފަނޑިޔާރު ސުއޫދާއި ފަނޑިޔާރު މަހާޒުވެސް ވަނީ ފަނޑިޔާރު ޝުޖޫންގެ ރައުޔަށް ތާއީދު ކުރައްވާފައެވެ.

ކުށެއްގެ ތުހުމަތުގައި ކޯޓެއްގައި ދައުވާ އުފުލުމަކީ ސީރިއަސް ކަމެއްްކަން ފާހަގަ ކުރައްވައި ފަނޑިޔާރު ސުއޫދު ވިދާޅުވީ، ޖިނާއީ މައްސަލައެއްގައި ދައުވާލިބޭ މީހަކު ދިވެހިރާއްޖެއިން ބޭރަށް ފުރައިގެން ގޮސް ފިލައިފިނަމަ ޖިނާއީ އަދުލުގެ ނިޒާމު ވާގި ނެތި އަދުލުއިންސާފު ގާއިމު ކުރުމަށް ހުރަސް އެޅޭނެ ކަމަށެވެ.

އެހެންކަމުން އެކަން އެހެން ވިޔަ ނުދިނުމަށް ދައުލަތުން ފިޔަވަޅު އަޅަންޖެހޭކަަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

އޭގެ އިތުރުން، ގާނޫނުލްއުގޫބާތުގެ 22 ވަނަ މާއްދާގައި ބަޔާންކުރާ ޖިނާއީ މައްސަލައެއްގެ ދައުވާ ކޯޓަށް ހުށަހެޅުމާއެކު ދައުވާލިބޭ ފަރާތް ދިވެހިރާއްޖެއިން ބޭރަށް ދިއުން މަނާކުރުމަށް ކޯޓުން މޯލްޑިވްސް އިމިގްރޭޝަންއަށް އެންގުމާއެކު، އެފަދަ މީސްމީހުން ބްލެކްލިސްޓުކުރެވި އެފަދަ މީސްމީހުން ރާއްޖެއިން ބޭރަށް ނުފުރޭނެ ގޮތް ހެދުމަކީ މޯލްޑިވްސް އިމިގްރޭޝަންގެ ޒިންމާއެއްކަންވެސް ފާހަގަ ކުރައްވާފައިވެއެވެ.

ފަނޑިޔާރު ވިދާޅުވީ، ޖިނާއީ ބޮޑު މައްސަލައެއްގައި ދައުވާލިބޭ މީހެއްގެ މައްސަލަ އިސްތިއުނާފީ މަރުހަލާތަކުން ނިމެންދެން އެމީހަކު ރާއްޖެއިން ބޭރަށް ފުރުން މަނާވެފައި އޮންނަ އޮތުން ދަމަހައްޓަންޖެހޭނެ ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.

އޭގެ އިތުރުން، ޖިނާއީ ބޮޑު މައްސަލައެއްގެ ޝަރީއަތުގެ މަރުހަލާގައި ދައުވާލިބޭ މީހެއްގެ ބޭސްފަރުވާއަށް ދިވެހިރާއްޖެއިން ބޭރަށް ފުރުމުގެ ހުއްދަ ދޭންވާނީ އެ ފަރުވާއަކީ ދިވެހިރާއްޖެއިން ލިބެންނެތް ބޭސްފަރުވާއެއްކަމަށް ޑޮކްޓަރަކު ޝަރީއަތުގެ މަޖިލީހަށް ހާޒިރުވެ ދޭ ރައުޔެއްގެ މައްޗަށް ބިނާކޮށް އެ ރައުޔާމެދު ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ދެކޭ ގޮތް ސާފުކުރުމަށްފަހުގައި، އެ މީހަކު ބޭސްފަރުވާ ނިމުމުން އެނބުރި ދިވެހިރާއްޖެއަށް އަންނާނެކަން ކަށަވަރުކުރުމަށް ޝަރުތުކޮށްފައިކަމަށް ފަނޑިޔާރު ވިދާޅުވިއެވެ،

އެގޮތުން ކަނޑައެޅޭ ޝަރުތުތަކުގެ ތެރޭގައި ކަފާލާތުގެ ގޮތުގައި ދައުވާގައި ހިމެނޭ ފައިސާގެ އަދަދާ އެއްވަރުގެ ފައިސާގެ އަދަދެއް ނުވަތަ ބޭންކް ގަރަންޓީއެއް ނުވަތަ ބޮންޑެއް ބެހެއްޓުމަށް ޝަރުތުކުރުމުގެ އިޚްތިޔާރު ކޯޓަށް ލިބިގެންވާ ކަމަށާއި، މިގޮތުން ކަނޑައަޅާ ޝަރުތަކީ ޕްރޮސިކިއުޓަރ ޖެނެރަލް ގަބޫލުކުރާ ޝަރުތެއް ކަމަށް ވާންޖެހޭނެކަމަށްވެސް ބަޔާން ކުރައްވާފައިވެއެވެ.

 ބޭސް ފަރުވާއަށް ނޫން ބޭނުމަކު ޖިނާއީ ބޮޑު ކުށެއްގައި ދައުވާލިބޭ އެއްވެސް މީހަކު ދިވެހިރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދަ ކޯޓުން ދޭންވާނީ އެކަމަށްޓަކައި ޖިނާއީ އިޖުރާއަތުގެ ގަވާއިދުގައި ކަނޑައަޅާފައިވާ އުސޫލަކާ އެއްގޮތަށް ޕްރޮސިކިއުޓަރ ޖެނެރަލް އެކަމަށް އިއުތިރާޒު ނުކުރާނަމައެވެ.

ވުމާއެކު، ސުޕްރީމް ކޯޓުގައި މައްސަލަ ބެއްލެވި 3 ފަނޑިޔާރުންގެ އިއްތިފާޤުން ނިންމަވާފައިވަނީ ހައިކޯޓުގެ ނިންމުން ބާތިލު ކަމަށެވެ.

އެންމެ ހިނގާ

1

10 ބާވަތުގެ ސައީދު އާއި އިތުރު 23 ބާވަތުގެ މުހައްމަދު ސައީދު

2

ނޭޕާލުގެ މަހުޖަނު ވަރުން ޗައުދަރީއަށް ރާއްޖޭގައި ދިމާވި ނުރައްކާތެރި ހާދިސާ އަކުން ސަލާމަތްވީ އަދާނީގެ ސަބަބުން ކަމަށް ބުނެފި

3

ޓްރަމްޕްގެ ދަރިކަލުން ބެރޮން އަވަހާރަކޮށްލަން އީރާން އިން ހުށަހެޅީ 10 މިލިއަން ޑޮލަރު، ވީޑިއޯގައި އޮތީ "ބެރޮން ޓްރަމްޕް މަރާލާނީ ކޮންތާކު، ކިހިނެއް؟"

4

ގައުމުގެ ވެރިންނާ ދެކޮޅަށް ވަނަން ހަދައި ކިޔުމަކީ ގައުމާ ދެކޮޅުވުން: ރައީސް މުއިއްޒު

5

ޖަލަށް ފޯނާއި ޑްރަގް ވެއްދުމުގެ ތުހުމަތުގައި ހައްޔަރުކުރި އިތުރު އޮފިސަރަކާއެކު ނަސޭހަތުގެ އެއްބަސްވުން ހަދަން ހުށަހަޅައިފި

އިތުރަށް ކިޔާލަން

01 އެޕްރީލު 2017

"އަމިއްލަ ނަން ކިއުމުގެ ހުއްދަ އެބައޮތްތޯ" މައުމޫނު ސުވާލުކުރައްވައިފި

01 އެޕްރީލު 2017
"އަމިއްލަ ނަން ކިއުމުގެ ހުއްދަ އެބައޮތްތޯ" މައުމޫނު ސުވާލުކުރައްވައިފި
31 މާރިޗު 2017

ހުއްދަ ނުހޯދައި އޮފީހަށް ވަދެ، ގެއްލުންދިން މީހުން މައްޗަށް ދައުވާ ކުރާނަން: ރައީސް މައުމޫން

31 މާރިޗު 2017
ހުއްދަ ނުހޯދައި އޮފީހަށް ވަދެ، ގެއްލުންދިން މީހުން މައްޗަށް ދައުވާ ކުރާނަން: ރައީސް މައުމޫން
23 މާރިޗު 2017

އަލަށް ޓެކްސީ ހުއްދަ ހޯދުމުގެ ފުރުސަތު މުއްދަތެއް ނެތްގޮތަށް އިތުރުކޮށްފި

23 މާރިޗު 2017
އަލަށް ޓެކްސީ ހުއްދަ ހޯދުމުގެ ފުރުސަތު މުއްދަތެއް ނެތްގޮތަށް އިތުރުކޮށްފި
21 މާރިޗު 2017

ހުއްދަ ނެތި ވެކްސިން އެތެރެ ނުކުރަން އިލްތިމާސްކޮށްފި

21 މާރިޗު 2017
ހުއްދަ ނެތި ވެކްސިން އެތެރެ ނުކުރަން އިލްތިމާސްކޮށްފި
19 މާރިޗު 2017

އިތުރު ޓެކްސީތަކަށް ހުއްދަ ދޭން ނިންމައިފި

19 މާރިޗު 2017
އިތުރު ޓެކްސީތަކަށް ހުއްދަ ދޭން ނިންމައިފި
14 މާރިޗު 2017

ފީއަލީ ކައިރީގައި ފިލްމް މަންޒަރެއް ނެގޭނީ ހުއްދަ ނަގައިގެން ކަމަށް ކަނޑައަޅައިފި

14 މާރިޗު 2017
ފީއަލީ ކައިރީގައި ފިލްމް މަންޒަރެއް ނެގޭނީ ހުއްދަ ނަގައިގެން ކަމަށް ކަނޑައަޅައިފި
09 މާރިޗު 2017

އާންމު ތަނެއްގައި ގައުމީ ދިދަ ނަގަން ހޯމް މިނިސްޓްރީގެ ހުއްދަ ހޯދަންޖެހޭ ގޮތަށް ހަމަޖައްސައިފި

09 މާރިޗު 2017
އާންމު ތަނެއްގައި ގައުމީ ދިދަ ނަގަން ހޯމް މިނިސްޓްރީގެ ހުއްދަ ހޯދަންޖެހޭ ގޮތަށް ހަމަޖައްސައިފި
19 ފެބުރުއަރީ 2017

ހުއްދަ ނެތި ހުޅުމާލޭ ހުޅަނގު ފަރާތުގައި އަޅާފައިވާ އުޅަނދުތައް ނަގަން ނިންމައިފި

19 ފެބުރުއަރީ 2017
ހުއްދަ ނެތި ހުޅުމާލޭ ހުޅަނގު ފަރާތުގައި އަޅާފައިވާ އުޅަނދުތައް ނަގަން ނިންމައިފި
22 ޖެނުއަރީ 2017

ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ

22 ޖެނުއަރީ 2017
ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ
17 ޖެނުއަރީ 2017

ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި

17 ޖެނުއަރީ 2017
ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް